ފަރުބަދަތަކުގެ ވާހަކަ ޤުރުޢާނުގައި..

ދުނިޔެއާ ދުނިޔޭގައިވާހާ އެއްޗެއް  ހެއްދެވީﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްގެ ގޮތުގައި ކަން ޔަގީނެވެ. ހަމަަ އެހެންމެ ﷲ ގެ ކޮންމެ ހަލްގުކުރެއްވުމެއްގައިވެސް ހިކުމަތްތަކެއްވާނެކަން ޔަގީނެވެ.  ފަރުބަދަތައް ކައިރިއަށްގޮސް އެ ބިޔަ ފަރުބަދަތައް ބަލާލުމުން ބުނަން ނޭގޭފަދަ އިހްސާސްތަކެއްކުރެއެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ

ފަރުބަދަތައް ގޮވާ ދުނިޔޭގައި ދަނީ އެތަކެއް ކާރިޡާހިނގަމުންނެވެ. އެތައްހާސް ބަޔަކު މަރުވެ އެތައް  ސަހަރެއްވަނީ ފަނާވެފައެވެ.  ވިސްނާބަޔަކަށް ހެކިތަކެއް ހުއްޓެވެ. ގަދަފަދަ ފަރުބަތައް ސިކުންތުކޮޅެއްތެރޭގައި ނެތި ފަނާވެދާދިއުމާ މެދު ވިސްނާލަމާތޯއެވެ.

ދުނިޔޭގެ އެންމެ އަޑިންފަށައިގެން  އުފެދެމުން އައިސް ބިމުގެ މައްޗައް އެތައް ހާސް މީޓަރެއް އުފުލިފައިވާ ފަރުބަތައް ކުނޑިކުނޑިވެ އަޅިޔައްވެގެންދަނީ މަދެއްކޮށްނޫނެވެ. ފަރުބަދަ ގޮވާ އަޅިޔައްވެ ސަހަރުތައް ފޮރުވިގެންދެއެވެ. މިގޮތުން ދުނިޔޭގައި ކުޑަހިނދުކޮޅެއްގެތެރޭގައި ފަރުބަދަ ގޮވުމުން ފޮރުވިގެން ދިޔަ ރަށަކީ އިޓަލީވިލާތުގެ ޕޮމްޕެއިކިޔާ ރަށެވެ. އެއީ 79 ވަނައަހަރު އެތާހުރި ވެސުވިއަސް ފަރުބަދަ ގޮވުމުގެ ހާދިސާއެވެ.

ފަރުބަދަ ގޮވާއިރު ބިމުގެ އެންމެ އަޑިޔާ ހަމައިންފެށިގެން ގޮވައެވެ. އާންމުކޮށް ވޮލްކެނޯ ނުވަތަ އަލިފާން ފަރުބަދަތައް ގޮވާއިރު ވަރަށް ބޮޑު ވަޅުގަނޑެއް އުފެދެއެވެ. ބައެއް ވަޅުތަކުގެ ފުންކަމުން ރަނގަޅަށް އަޑި ސާފްކޮށް ފެންނަން ނުހުރެއެވެ. 1922 ވަނައަހަރު ވެސްޓް ޖާވާގައި ގޮވާފައިވާ ފަރުބަދަކައިރިއަށް  އެ ދާއިރާގެ ތަޖުރިބާކާރު މީހުންނާއި އެކު އަޅުގަނޑު ގޮސް ހޭދަކޮށްލެވުނު ވަގުތު ﷲ ގެ ކުޅާދުންވަންތަކަމާއި ގަދަފަދަވަންތަކަން އިތުރަށް ޔަގީންވިއެވެ. އެ ބޮޑުފަރުބަދަ ގޮވާފައިވާ ވާތާ އެހާ ދުވަސްވީއިރުވެސް މިއަދާހަމަޔަށް ދުންއެރުން ނުހުއްޓެއެވެ. އަދި އެހިސާބުގައި ހެދޭ ގަސްތަކުގައި އާދަޔާ ހިލާފު ކަޅު ދެލިކުލައެއް ހުންނަކަން ފާހަގަކުރެވޭއިރު 2800 މީޓަރ މަތީގައި ފަރުބަދައިގެ ކައިރި ހިސާބެއްގައި ހުންނަ ފެންގަނޑުތަކުގައި ހޫނު އާވިއަރައަރާ ހުންނަމަންޒަރުފެނެއެވެ. ހަމަ އެހެންމެ އެސަރަހައްދުގެ ޖަންގަލީގެ ބައެއް ހިސާބުތައް ބަލާލުމުން ފެނިގެންދިޔައީ ފަރުބަދަ ގޮވުމުގެ ސަބަބުން އަޅިތައްބުރައިގެން ބައެއްގަސްތަކުގެ ބޮޑުބައެއް އަޅިގަނޑުގެ ތެރޭގައި ހުއްޓައެވެ. މި ކޮންމެ ކަމަކުންވެސް ވިސްނާބަޔަކަށް ހެކިތަކެއްވާނެކަންޔަގީނެވެ. ބުނެވޭގޮތުގައި މީވެސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ގޮވާފައިވާ ގޮވުމެކެވެ. ﷲ ކަމަކަށް ވާށޭ ވަހީކުރެއްވުމުން ލަސްވުމެއްނެތި އެކަމެއްވެދެއެވެ.

ބިމުގައިވާ ގަދަފަދަ ފަރުބަދަ ތަކުގެ ސަބަބުން ބިން ހަރުއްލައްވާ ގަދަކުރައްވަވާކަމަށް  އަދި ބިން ހިފެހެއްޓުމަށްވާ ކަޑަތަކެއް ގޮތުގައި ފަރުބަތައް ސިފަކޮށް ބަޔާންކުރައްވާފައިވާ އާޔަތްތައް ފެންނާން އެބަހުއްޓެވެ.މިގޮތުން ސޫރަތުލް ނަބާގެ 7ވަނަ އާޔަތުގައިވަނީ ” އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާންގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟” މިފަދައިންނެވެ. އަދި ނަހުލު ސޫރަތުގެ 15 ވަނަ އާޔަތުގެ މާނައަކީ އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާންގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބއިމީހުންނަށް މަގު އެންގުމަށްތަކައެވެ. ނިކަން ވިސްނާލަމާތޯއެވެ. އެންމެ ފަރުބަދައެއް ގޮވާ ހަލާކުވާ ވަގުތަކީވެސް ދުނިޔޭގައި އެތައް ޅޮޅުންތަކެއް އަރާ ވަގުތެކެވެ. ބައެއްފަހަރަށް ޖިއޮގުރަފީގޮތުން އުފެދިފައިވާގޮަތަށް ބަދަލުވެސް އާދެއެވެ. އެތައް ބަޔަކު ތެޅިފޮޅި މަރުވެ ގެދޮރު ރޫޅި ސަހަރުތައް ފޮރުވެއެވެ.

އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް 1400 އަހަރުކުރިންވެސް ބިންސާބިތުވެ އޮތުމަށް ފަރުބަތައް ގުޅި ލާމެހިފައިވާކަން ﷲ ގެ އާޔަތްތަކުންފެންނަންއެބަހުއްޓެވެ. ފަރުބަތަކުގެ އުފެދުމާއި ފަރުބަދަތަކުގެ ބޭނުންވެސް މިވަނީ ތަފްސީލްކޮށް ﷲ ގެ ފޮތުގައި ބަޔާންކުރެވިފައެވެ، މިގޮތުން ސޫރަތުލް ބަގަރާގެ 32 ވަނަ އާޔަތާއި ، ސޫރަތުއް ނަބާގެ 7 ވަނަ އާޔަތް،  ނަހުލު ސޫރަތުގެ 15 ވަނަ އާޔަތް،  އަލް އަންބިޔާތް ސޫރަތުގެ 31 ވަނައާޔަތް، މުއްޒައްމިލް ސޫރަތުގެ 14 ވަނަ އާޔަތް، ނޫރު ސޫރަތުގެ 43 ވަނަ އާޔަތް، ލުޤުމާން ސޫރަތުގެ 10 ވަނައާޔަތް، ބަގަރާ ސޫރަތުގެ 20 ވަނަ އާޔަތުގައިވެސް ފަރުބަދަތަކާއި ބެހޭގޮތުން އައިސްފައިވެއެވެ. މިފުރިހަމަ އިލްމީ ހަގީގަތް މިއަދުގެ ސައިންސްވެރިންގެ ދިރާސާތަކުގެ ކުރިންވެސް ﷲ ގެ ފޮތުގައި މިވަނީ ސާފްކޮށް ބަޔާންކުރަށްވާފައެވެ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިސްލާމީ އެއްބަނޑު އެއްބަފާކަން

Next Article

ނަމެއް ނޭނގިފައި

Related Posts