ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. ކޮންމެ އިންސާނަކަށްވެސް އިންސާނީ ޙައްޤެއްގޮތުގައި ލިބިދޭންޖެހޭ މުހިންމު ޙައްޤެކެވެ. އެހެންކަމަށްވާއިރު އެ ޙައްޤަކީ ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ހަމަހަމަ ގޮތެއްގައި ލިބެންޖެހޭ ޙައްޤެކެވެ. އަދި އެޙައްޤަކީ އިންސާނީ ޙައްޤަކަށްވާއިރު އެމީހެއްގެ ސިޔާސީ ފިކުރެއްގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ހުރަސް އެޅިގެންނުވާނެވެ. އަދި ހައްޤު ބޭނުންކުރާ ފަރާތްތަކުންވެސް ޙައްޤު ބޭނުންކުރަން ޖެހޭނީ ގާނޫނާއި އެއްގޮތަށެވެ. އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފް ނުވާނޭގޮތުގެ މަތީންނެވެ. އެހެންނަމަވެސް ރާއްޖޭގައި ހިޔާފާޅުކުރުމުގެ ޙައްޤުގެ ނަމުގައި ޙައްޤުގެ ބޭނުން ގިނަ ފަރާތްތަކުން ހިފަނީ ޤާނޫނާއި ހިލާފަށެވެ.
އަދި މުޖުތަމަޢުގައި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ހިޔާލުފާޅުކޮށް އެމީހަކު ދެކޭގޮތް ހާމަކުރުމަކީ އެގޮތުން ކޮންމެ އިންސާނަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ. އަދި އެހިޔާލާ އިދިކޮޅު މީހާޔައްވެސް އިދިކޮޅު ހިޔާލު ފާޅުކޮށް އެމީހާގެ ވިސްނުން އެހެން މީހުނަށް އަންގައިދީ ހާމަކޮށް ދިނުމަކީވެސް އިންސާނީ ޙައްޤެކެވެ. އެހެންނަމަވެސް ކޮންމެކަމެއްވެސް ރަނގަޅުގޮތުގައި ކުރުމަށްޓަކައި ހައްދެއް އޮންނަންޖެހޭނެއެވެ. އިންސާނީ މުޖުތަމަޢު ގަބޫލުކުރާ ރިވެތި އުސޫލުތަކަކާއި މިންގަޑުތަކެއް އޮންނަންޖެހޭނެއެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވެފައި ދިވެހިރާއްޖޭގެ ދުސްތޫރޫގައި “ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗައް ބިނާކުރެވިފައިވާ ” ދައުލަތެއްކަމުގައި ބަޔާންކުރެވިފައިވާ ހިނދު ހިސްލާމްދީނުގައި ހުއްދަ ނޫންގޮތަކަށް އެޙައްޤުގެ ބޭނުންކުރުމަކީ ދިވެހި ދުސްތޫރާއި ހިލާފްކަމެކެވެ. އަދި އަނެކާގެ ޙައްޤަށް އަރައިގަތުމަކީވެސް ކުށެކެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމުތަކުގެ ތެރޭން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ދެވިފައިވާ އެއްޤައުމެވެ. އެހެންނަމަވެސް ދިވެހިން މިޙައްޤުގެ ބޭނުންކުރަމުން އަންނަނީ އެންމެ އެދެވޭ ގޮތެއްގައި ނޫންކަން ފާހަގަކުރެވެއެވެ. އަދި ކިއެއްތަ ދިވެހި ބައެއް މީޑިއާތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމޭ ބުނެ ކުރަމުންއަންނަ ގިނަ ކަންތައްތަކަކީ ދިވެރާއްޖޭގެ ދުސްތޫރުގެ ރޫހާއި ހިލާފްކަންތައްތަކެވެ.
މިއަދު ދިވެހި ނޫސްވެރިކަން މިވަނީ ހައްދުފަހަނައަޅާފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.. މީހަކާއި ބެހޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކައެއް މީޑިއާއިން ދެއްކުމުން އެމީހަކު އެކަމާއި ސަކުވާކުރުމުން އެއީ މީޑިއާއަށް ފާޑުކިއާ މިނިވަން މީޑިއާ ނައްތާލުމަށް މަސައްކަތްކުރާ މީހެކޭ ބުނެވޭނެ ފުރުސަތެއްނޯންނާއެވެ. އަދި އިސްލާމީ ސަރިއަތުގައި ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ ކުއްވެރިއެއްގެ ގޮތުގައި ނުބެލެވެއެވެ. އެހެންކަމުން ހަމަ އަޑެއް އިވޭއިރަށް ކަމުގެ ދެކޮޅުނުބަލާ އަދި އެއީ ސާބިތުވެފައި ނުވާކަމަކަށްވާއިރު މީޑިއާގައި އެވާހަކަ ކިއުމަކީ މީހެއްގެ ޙައްޤައް އަރައިގަތުމެވެ. ހަމައެހެންމެ އެއީ އެމީހެއްގެ އަބުރާބެހުމެވެ. ކުރުގޮތަކަށް ބުނާނަމަ ދޮގު ހެދުމާއި، މަލާމާތްކުރުމާއި އަބުރާ ބެހުމާއި ދޮގުވާހަކަ ފެތުރުމަކީ އިސްލާމްދީނާއި ހިލާފްކަމެކެވެ. އެހެންކަމުން ދީނާ ހިލާފް ކަމަކަށްވާއިރު އެ ހިޔާފާޅުކުރެވެނީ ދިވެހި ރާއްޖޭގެ ޤާނޫނާއި ހިލާފަށެވެ. އެ ގާނޫނުގައި ހުއްދަދެވިފައިވަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހިޔާފާޅުކުރުމަށެވެ.
ކޮންމެ މީހަކީވެސް ޙައްޤުތަކެއްވާ މީހެކެވެ. އެއްވެސް މީހެއްގެ އަބުރާ އިއްޒަތައް ގެއްލުންވާނޭފަދަ އެއްވެސް ކަމެއް އެއްވެސް މީޑިޔާއަކުން އަދި އެއްވެސް މީހަކު ކުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ހައްދުފަހަނައަޅާއި ދިއުމެވެ. އިސްލާމްދީނުގައި ކޮންމެ އިންސާނެއްގެވެސް އަބުރާ އިއްޒަތްވަނީ ހުރުމަތްތެރިވެގެންނެވެ. އަދި އިންސާނުންގެ އަބުރާއި އިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމަށް ކޮންމެ ކަމެއްގައިވެސް ރިވެތި އުސޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ.
ސާބިތު ނުހިފޭ ވާހަކަތަކާއި ދޮގުވާހަކަތަށް ދެއްކުމުގެ ޙައްޤު ދިވެހިރާއްޖޭގެ ދުސްތޫރުން ލިބިދީފައިވޭބާއެވެ. ޝައްކެއްނެތެވެ. އެ ޙައްޤުއެއްވެސް މީޑިއާއަކަށް ލިބިގެންނުވެއެވެ. ދިވެހި ރާއްޖޭގެ ޤާނޫނުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން(ބާބު-2) ގައި ގާނޫންގެ 16 ވަނަ މާއްދާ ހައްޤުތަށް ކަށަވަރުކޮށްދިނުން ގެ ބައިގެ (ހ)ގައި ވަނީ މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި ހަމަ މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫންގެ މަޞްދަރެކެވެ. އެހެންކަމުން އިސްލާމީ ޝަރީޢާތާއި ހިލާފްކޮންމެ ކަމަކީ ދިވެހި ޤާނޫނާއި ހިލާފުކަމެކެވެ. ހަމަ އެމާއްދާގެ (ށ)ގައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ. ހަމައެހެންމެ ޤާނޫނުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ (27)މާއްދާގައިވެސް ވަނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފްނުވާ ގޮތުގެ މަތީން ހިޔާލު ފާލުކުރުމުގެ މިނިވަންކަން ލިބިގެންވާކަމަށެވެ.
މީޑިއާތަކުން ދައުވާކުރާ މިނިވަން ނުސްވެރިކަމުގެ ހައްގުތަށް ދިން ގާނޫނުގައި އެބައިމީހުން އެބުނާ ނޫސްވެރިކަމުގު ޙައްޤުތައް ދެވޭނެ އުސޫލެވެ. މީހުންނާއި ބެހޭގޮތުން ދޮގުވާހަކަ ފެތުރުމާއި ސާބިތުނުހިފޭ ވާހަކަތަށް ފެތުރުމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފް އަދި އިސްލާމްދީނުގައި ހަރާމްކުރަށްވާފައިވާ ނުބައިފާފަތަކެވެ. އެހެންކަމުން އެފަރާތްތަކުން އެދައުވާކުރާ ގޮތަށް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފަން ޤާނޫނު ހުއްދަކުރެއޭ ،އެއީ އެމީހުންނަށް ޤާނޫނުން ލިބިދީފައިވާ ޚައްޤެކޭ ބުނެވޭނޭ ފުރުސަތެއްނެތެވެ.
މިއަދު ޤައުމުގެ މީޑިއާތަކުން ނުސްވެރިކަމުގައި ހައްދުފަހަނައަޅާ މީހުންގެ ޒާތީ ދިރިއުޅުމަށް ވަދެ މީސްމީހުންގެ ޒާތީ ދިރިއުޅުމުގެ ހުރުމަތްކެނޑޭފަދަ ދޮގުވާހަކަތަށް ފަތުރަނީ ހަމައެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭން ކުރާކަންތައްކަމަށާއި ހަމަ އެމީހުންނަށް އެޤާނޫނުން ލިބިދީފައިވާ ޙައްޤެއްކަމަށް ބުނަމުންނެވެ. އެހެންނަމަވެސް އެބުނާ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ޤާނޫނުގައި ހަމަ އެޙައްޤު ލިބިދިން ބާބުގައި 24 ވަނަ މާއްދާ(ޒާތީ ދިރިއުޅުން) މިބައިގައި ވަނީ ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ،ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަންމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ،އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ. މީ ޤާނުނުގައި ބަޔާންކުރެވިފައިވާ ގޮތްކަމުގައި ވީނަމަވެސް މީޑިއާއިން ޒާތީ ދިރިއުޅުމާއި ޢާއިލީ ދިރިއުޅުމާއި ގޮވަތި ގެދޮރާއި އަނެކުންނަށް ކުރާ ޒާތީ މުއާމަލާތުތަކާއި ބެހި ނޫސްވެރިކަމުގެ ނަމުގައި ހައްދުފަހަނައަޅާދަނީއެވެ. އަދި އެއީ އިސްލާމްދީނާއި ހިލާފުކަމެކެވެ. އެހެންކަމުން ޤާނޫނުގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަޔަށް ލިބިދީފައިވާއިރު ޙައްޤުތަށްކަށަވަރުކުރުމުގެ ބާބު ފެށުމުގައި އަދި 24 ވަނަ މާއްދާ، 27 ވަނަ މާއްދާ، އަދި 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާ ހިލާފްނުވާނޭގޮތަށް ދިވެހި މީޑިއާބައްޓަންކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ. މީ އިސްލާމީ ދައުލަތެކެވެ. އިސްލާމުން ދިރިއުޅޭ ރާއްޖެއެކެވެ. އިސްލާމްދީނާއި ހިލާފަށް އެއްވެސްކަމެއްކުރުމަކީ ހަމަ ދިވެހި ޤާނޫނާއިވެސް ހިލާފުކަމެއްކަންޔަގީނެވެ.
މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަކީ އެއްވެސް ހާލެއްގައި މީހުންގެ ކުށްތަށް ފަލީހަތްކޮށް އައިބުތަށް ހާމަކުރުމެއް ނޫނެވެ. އަދި ކިއެއްތަ އެކަމަކީ ﷲ ނަހީކުރަށް ވާފައިވާ ކަމެކެވެ. ކީރިތި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. [ޙަދީޘްގެ މާނަ] “މާނައީ: “އެމީހެއްގެ ދުލުކުރިން އީމާންވެ އަދި އެމީހެއްގެ ހިތުތެރެއަށް އީމާންކަން ނުވަންނަ މީހާ (ދަންނާށެވެ!) ތިޔަބައިމީހުން މުސްލިމުންނަށް ޣީބަ ނުބުނާށެވެ. އަދި އެމީހުންގެ ޣައިބު ހޯދުމަށްޓަކައި މަސައްކަތް ނުކުރާށެވެ! ފަހެ، ހަމަކަށަވަރުން މުސްލިމުންގެ ޢައިބު ހޯދުމަށްޓަކައި މަސައްކަތްނުކުރާށެވެ! ފަހެ، ހަމަކަށަވަރުން މުސްލިމުންގެ ޢައިބު ހޯދުމަށް މަސައްކަތްކޮށްފިމީހާގެ، ޢައިބު މާތްﷲ ހާމަކުރައްވާނެއެވެ. އަދި މާތްﷲ އެމީހެއްގެ ޢައިބު ހާމަކުރައްވައިފި މީހާ އޭނާ ގޭތެރޭގައި ވީނަމަވެސް އެކަލާނގެ އޭނާ ފަޟީޙަތް ކުރައްވާނެއެވެ.” އަދި ހަޤީގަތާއި ހިލާފް ވާހަކަތައް ފަތުރާ، މީހުން ބަދުނާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލި އެކުވެރިކަމުގެ ގުޅުންކެނޑި ހަތުރުންނަށް ބަދަލުވުމާއި، އާއިލާގެ ތެރޭގައި ބައިބައިވުން އުފެދުމާއި، މުޖްތަމަޢުގައި އަމަންކަން ގެއްލި ސުލްހަ މަސަލަސްކަން ގެއްލިދާ ކަމެކެވެ.
މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަކީ އެއްވެސް ހާލެއްގައި މީހުންގެ ކުށްތަށް ފަލީހަތްކޮށް އައިބުތަށް ހާމަކުރުމެއް ނޫނެވެ. އަދި ކިއެއްތަ އެކަމަކީ ﷲ ނަހީކުރަށް ވާފައިވާ ކަމެކެވެ. ކީރިތި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. [ޙަދީޘްގެ މާނަ] “މާނައީ: “އެމީހެއްގެ ދުލުކުރިން އީމާންވެ އަދި އެމީހެއްގެ ހިތުތެރެއަށް އީމާންކަން ނުވަންނަ މީހާ (ދަންނާށެވެ!) ތިޔަބައިމީހުން މުސްލިމުންނަށް ޣީބަ ނުބުނާށެވެ. އަދި އެމީހުންގެ ޣައިބު ހޯދުމަށްޓަކައި މަސައްކަތް ނުކުރާށެވެ! ފަހެ، ހަމަކަށަވަރުން މުސްލިމުންގެ ޢައިބު ހޯދުމަށްޓަކައި މަސައްކަތްނުކުރާށެވެ! ފަހެ، ހަމަކަށަވަރުން މުސްލިމުންގެ ޢައިބު ހޯދުމަށް މަސައްކަތްކޮށްފިމީހާގެ، ޢައިބު މާތްﷲ ހާމަކުރައްވާނެއެވެ. އަދި މާތްﷲ އެމީހެއްގެ ޢައިބު ހާމަކުރައްވައިފި މީހާ އޭނާ ގޭތެރޭގައި ވީނަމަވެސް އެކަލާނގެ އޭނާ ފަޟީޙަތް ކުރައްވާނެއެވެ.” އަދި ހަޤީގަތާއި ހިލާފް ވާހަކަތައް ފަތުރާ، މީހުން ބަދުނާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލި އެކުވެރިކަމުގެ ގުޅުންކެނޑި ހަތުރުންނަށް ބަދަލުވުމާއި، އާއިލާގެ ތެރޭގައި ބައިބައިވުން އުފެދުމާއި، މުޖްތަމަޢުގައި އަމަންކަން ގެއްލި ސުލްހަ މަސަލަސްކަން ގެއްލިދާ ކަމެކެވެ.