އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ހަމަޖެހުން އަދި އަމަންއަމާންކަމަށްޓަކައި، ބާވާލައްވާފައިވާ ފުރިހަމަ ނިޒާމެކެވެ. މި ޝަރީޢަތަކީ އުނިވުމެއްނުވާ މާތް ފުރިހަމަ ޝަރީޢަތެކެވެ. ހަމައެހެންމެ މި ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކަކީ އެހާމެ ފުރިހަމަ ޙުކުމްތަކެވެ. މިއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަސްލަޙަތުހުރި ގޮތް އެންމެ އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ. ނަމަވެސް ހިތާމައަކީ، މާތްﷲ ބިންމަތީގައި އިންސާނާއަށް ކުޑަކުޑަ ބާރެއް އެފަރާތުން ދެއްވާއިރަށް އިންސާނާ ބޮޑާވެގަންނަކަމެވެ. އެކަލާނގެ ޝަރީޢަތާ ދެކޮޅަށް އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތް ބޭނުން ކޮށްގެން ކުޑަމީސް ބަސްބުނެ ފާޑު ކިޔަންފަށާކަމެވެ. އާދޭހެވެ! އިސްލާމީ ޝަރީޢަތުގެ ހުރިހާ އަސާސްތަކެއް ބިނާވެފައިވަނީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނުންނަށް ލިބޭނޭ މަގުންނެވެ.

ކެންސަރުޖެހުނީމާ  ކެންސަރު ޖެހުނު ގުނަވަނެއް ޖެހެނީ ބުރިކުރާށެވެ. އެހެނީ އެއީ އެބަލި މުޅި ހަށިގަނޑަށް ފެތުރި ފުރާނައަށް ނުރައްކާވެދާނެތީއެވެ.މިއީ ޢިލްމި ޙަޤީޤަތެކެވެ. ހަމަމިބީދައިން ކުށްކުރާ މީހާއަށް އެކުށަށް އިސްލާމީ ޝަރީޢަތުގައި ޢުޤޫބާތްތަކެއް ކަނޑައަޅުއްވާފައިވަނީ މުޖުތަމަޢުތަކަކީ ކުށްތަކުން ސަލާމަތްވެފައިވާ އަމާން ތަނަކަށް ހެދުމުގެ ބޭނުމުގައެވެ. އަދި ކުއްކުރާ މީހާ އެކުށުން ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. އެހެނީ ކުށްކުރާ މީހުނަށް އަދަބުދެވިގެންމެނުވީ ކުއްތަކުން ސަލަމަތް ވެވޭކަށްނެތެވެ.  އެގޮތުން މިޝަރީޢަތްވަނީ މުޖުތަމައުތައް ވަލު ޖަނަވާރިތަކެއް އުޅޭ ނާމާން ޖައްޔަކުން ސަލާމަތް ކުރުމަށްޓަކައި ޙައްދުތަކެއް ކަނޑައަޅުއްވާފައެވެ.

ޙައްދުގެމާނަ:

ޢަރަބި ބަހުގައި ޙައްދުގެ މާނައަކީ، މަނާކުރުމެވެ. އެއީދެއެއްޗެއްގެ ދެމެދުގައިވާ ހުރަހެވެ. ނުވަތަ އިމެވެ. މިސާލަކަށް ދެގޯތީގެ ސަރަޙައްދު ކަނޑައަޅާދޭ އިމަކީ ޙައްދެވެ. އިސްލާމީ ކަނޑައަޅުއްވާފއިވާ އުރެދުންތަކަށް އަރާގެންފިމީހަކަށް ދެވޭ ޢުޤޫބާތަށް ނުވަތަ އަދަބަށް ޙައްދެވެކިޔެވެ. އިސްލާމީ ޝަރުޢުގައި، ޙައްދަކީ، މާތްﷲ އަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއްގެ ގޮތުން، ދިނުމަށް ކަނޑައެޅިފައިވާ ޢުޤޫބާތެވެ.

ޙައްދުގެ ވައްތަރުތައް:

1.ވައްކަމުގެ ޙައްދު:  ވައްކަމުގެ މާނައަކީ، އެހެންމީހެއްގެ މުދަލެއް، އަމިއްލައަށް މިލްކު ކުރުމުގެ ނިޔަތުގައި، ސިއްރުގޮތެއްގައި، ރައްކާކޮށްފައިވާ ތަނަކުން، ނެގުމެވެ.

  1. މަގުފޭރުމުގެ ޙައްދު: މީގެ މާނައަކީ، މީހަކު ނުވަތަ ޖަމާޢަތެއްވެގެން، މީހުން ހިނގައި ނުވަތަ ދަތުރުކޮށް އުޅޭ މަގަކުން ނުވަތަ ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން އެހެންމީހެއްގެ މުދާ ފޭރިގަނެ ނުވަތަ އެމީހުންގެ ފުރާނައަށް ނުވަތަ އަބުރަށް ގެއްލުންދީ ހެދުމެވެ.
  2. ޤަޛްފުގެ ޙައްދު:ޤަޛްފުގެ މާނައަކީ، ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.
  3. ރަލުގެ ޙައްދު: ރަލަކީ ހުރިހާ ނުބައިކަމެއްގެ ބައްޕައެވެ. އަނަސްގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި، އަބޫ ބަކުރުގެ ފާނާއި، ދެބޭކަލުންގެ ޢަމަލުފުޅުން ސާބިތުވަނީ، މަސްތުވާތަކެތި ބޭނުންކުރާމީހާ، ސާޅިސް އެތިފަހަރުން ޙައްދުޖެހުން ކަމުގައެވެ. މާތް ﷲވަނީ ބުއްދި ހިމާޔަތް ކުރައްވާފައެވެ. އެގޮތުން ބުއްދި ފިލައިދާ ކޮންމެ ކަމެއްވަނީ ޙަރާމް ކުރައްވާފައިވާއެއްޗެކެވެ.
  4. މުރުތައްދުވުމުގެ ޙައްދު: މުރުތައްދުވުމަކީ، މުސްލިމަކު އިސްލާމްދީނުން ބޭރުވާފަދަ ޢަމަލެއް ކޮށް ނަވަތަ ބަހެއް ބުނުމެވެ.
  5. ޤިޞާޞްގެ ޙައްދު: ޤިޞާޞްގެ މާނައަކީ، ޖިނާޔަތެއް ދެވުނު މީހާއަށް ލިބުނުފަދަ ގެއްލުމެއް، ޖިނާޔަތް ދިންމިހާއަށްވެސް ދިނުމެވެ. މަރައިފިނަމަ މެރުމެވެ. ގުނަވަނެއް ބުރިކޮށްފިނަމަ ބުރިކުރުމެވެ. ޒަޚަމް ކޮށްފިނަމަ ޒަޚަމްކުރުމެވެ.[1]
  6. ޒިނޭކުރުމަކީ، ފިރިހެނާގެ ޒަކަރުން، ޚިތާނުކުރީމާ ފާޅުވާ ހިސާބު ނުވަތަ އެބައި ނެތް މީހާ، ޒަކަރުން ދެން އޮތް ބައިން އެމިންވަރު، ކައިވެނީގެ ޝުބުހައެއްނެތި ޠަބީޢީގޮތުން އެދުންވެރިވާ، ޙަރާމްވެގެންވާ ފަރުޖަކަށް ވެއްދުމެވެ.[2]

 

އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާ މީހުންނާއި އެބައިމީހުންގެ ބުނަމުންދާ ބަސްތައް:

ހުޅަނގުގެމީޑިއާއިންފަތުރާޕްރަޕަގަންޑާގެތެރެއިންއިސްލާމްދީނާދެކޮޅަށްއެބައިމީހުންއެންމެފަރުވާތެރިކަމާއެކުފަތުރާއެއްކަމަކީ،އިސްލާމީޝަރީޢަތުހައިބަތުނަގައިލުމެވެ.މިކަންއެބައިމީހުންކުރަނީއިސްލާމީޝަރީޢަތަކީ،ބޯދާ،ކަޓު،ހައްދުފަހަނައަޅާފައިވާޤާނޫނުތަކެއްހިމެނޭޝަރީޢަތެއްގެގޮތުގައިއިންސާނީބުއްދިތަކަށްތަޞައްވަރުވާނެގޮތަށްއެޝަރީޢަތުގެވާހަކަތައްގެނެސްދީގެންނެވެ.އަދިއިސްލާމީފޭރާމުގައިތިބޭމުނާފިޤުންނަކީމިސަފުގެއެންމެކުރީގައިތިބެއަންބާކިޔަމުންފުމެއަރަމުންދާނޭބައެކެވެ.އިސްލާމީކޮންމެމުޖުތަމަޢަކުންވެސްމިމަންޒަރުދަނީފެންނަމުންނެވެ.ޝަރީޢަތަށްފާޑުކިޔާމީހުންމިއީމުސްކުޅިޝަރީޢަތެއްކަމަށްނުވަތަޒަމާނަށްނުފެތޭޝަރީޢަތެއްކަމަށްދައުވާކުރެއެވެ.އަދިޝަރީއަތުގައި  ކަނޑައަޅުއްވާފައިވާ ޙައްދުތަކަކީ ހަރުކަށި އިންސާނީ ޙައްޤަށާއި މިނިވަންކަމަށް ފުށޫއަރާ ޙައްދުތަކެއް ކަމުގައި ބުނެ މުސްތަޝްރިޤުން ފަދަ އިސްލާމްދީނާ އިދިކޮޅު މީހުން ދަނީ އަޑުއުފުލަމުންނެވެ. އަދި ހަމައެހެންމެ އިސްލާމީ ޙައްދުތަކަކީ، ޣައިރު މުސްލިމުންނާއި އެ މީހުންގެ ނާރެހުގައި ހިނގާ، އިސްލާމް ދީނަށް ނިސްބަތްވާ ބައެއް ޢަލްމާނީން ވަރަށް ބޮޑު ކަމަކަށް ހަދައި އެއާ މެދު ތަފާތު ގޮތް ގޮތަށް އަޑު ފަތުރާ އެއްޗެކެވެ. އެއީ ވަރަށް އަނިޔާވެރި ޒަމާނަށް ނުފެތޭ އިންސާނީ ޠަބީޢަތާއި ޚިލާފު ކަމެއްކަމަށްބުނެދޮގުދަޢުވާތަކެއްކުރެއެވެ.[3]

ހަމައެގޮތައް ޙައްދުތަކުގެ މަޤުޞަދަކީ މީހުންގެ ގުނަވަންތައް  ކަނޑައި، މީހުންތައް ޤަތުލުކޮށް، މީހުންތައް ދަތިހާލުގައި ބޭތިއްބުން ކަމުގައިވެސް މިބައިމީހން ދެކެއެވެ.މިބައިމީހުން ބުނާގޮތުގައި ޙައްދުތައް ޤާއިމްކުރާނަމަ އިސްލާމްދީނުގައި އުޅޭނީ ނުކުޅެދޭ އުނިމީހުން ކަމުގައެވެ.[4]

އަދި ދާދި ފަހުން ރާއްޖެއައި އަލިފުދާލުގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރު ޕިންލޭ ޒިނޭގެ ޙައްދު ޤާއިމްކުރަނީ ހަމައެކަނި އަންހެނުންގެ މައްޗައްކަމަށާއި މިކަމުން އަންހެނާގެ ޝަރަފަށް އުނިކަން ލިބޭކަމުގައި ބުނަމުންދިޔައެވެ. [5]

ނަމަވެސް މިފަދަ މީހުންނަށް ގިނަ ފަހަރަށް އޮންނަނީ (ބައެއް މީހުންނަށް ހުރިހާ ކަމެއްވެސް އެނގޭ އެހެން ނަމަވެސް އިސްލާމް ދީނާއި ހަނގުރާމަ ކުރުމުގެ ގޮތުން ދެކޮޅު ހަދަނީ) އިސްލާމީ ޙައްދަކީ ކޮބައިކަން ނޭގިފައެވެ. އަދި އޭގެ ޙިކުމަތާއި އެ ތަންފީޒު ކުރެވޭ ހާލަތްތަކާއި ޝަރުޠުތަކެއްވެސް ނޭނގެއެވެ. އަދި ޙައްދު ތަންފީޒު ކުރެވޭ ޤައުމުތަކުގައި ކުށް ކުރާ މިންވަރު ދަށް ކަންވެސް އެ މީހުންނަށް ނޭނގެއެވެ.

 

ޙައްދުތަކާމެދު އިންކާރު ކުރާ މީހުނަށް ދޭނެ ރައްދު:

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތަކަކީ މުސްކުޅި ޒަމާނަށް ނުފެތޭ ޙައްދުތަކެއްނޫން:

އިސްލާމީ ޝަރީޢަތް ބާވައިލެއްވީ ހަށިގަނޑުވެސް އުފައްދައި ބޮޑުކުރެއްވި މާތްރަސްކަލާނގެއެވެ. ރޯނުއެނދުގައިނިދިދުވަސްވަރެކޭ،މިހާރެކޭހަށިގަނޑުގައިހުރިތަފާތެއްނެތެވެ. ހަމައެހެންމެވައްކަންކުރުމުންއަތްކެނޑިޒަމާނެކޭމިޒަމާނެކޭ،ވަކިތަފާތެއް،އިންސާނުންގެނަފްސާއިދަހިވެތިކަންއަދިވަގުކަމުގައި،ނެތެވެ.

ނަމަވެސްޝަރީޢަތްއުނިކަމަށްބުނާމީހަކުއިންސާނުންގެހަށިގަނޑަކީވެސްއުނިއެއްވެސްމޮޅުކަމެއްނެތްއެއްޗެކޭބުނެފާނެއެވެ. އަދިއާދަމުގެފާނުދުވަސްވަރުއްސުރެއުޅޭއިންސާނާގެމިހަށިގަނޑަކީމިއަދުކަމުދާއެއްޗެއްނޫނޭ،މިފަދަމީހެއްބުންޏަސްއަހަރެންހައިރާނެއްނުވާނެއެވެ.އަދިއެމަތިވެރިޝަރީޢަތަކީވަކިޖަމާޢަތަކަށް،ނުވަތަވަކިޤައުމަކަށް،ނުވަތަވަކިޖިންސަކަށްބާވާލެއްވުނުޝަރީޢަތެއްނޫނެވެ.[6]

މާތް ﷲވަޙީކުރައްވާފައިވެއެވެ: يٰأَيُّهَا ٱلنَّاسُ قَدْ جَآءَتْكُمْ مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ( يونس 57 ) މާނައީ:“އޭމީސްތަކުންނޭވެ!ތިޔަބައިމީހުންގެވެރިރަސްކަލާނގެޙަޟްރަތުންތިޔަބައިމީހުންގެގާތަށްވަޢުޡަކާއިހިތްތަކުގައިވާބަލިތަކަށްޝިފާއަކާއިމުއުމިންތަކުންނަށްތެދުމަގަކާއިރަޙްމަތެއްއަތުވެއްޖެކަންކަށަވަރެވެ“.ެެ

ވަޟުޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުން ފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޔާޢަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މި ޤާނޫނުތަކުން ނުނެރެވެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައްހުންނާނެއެވެ.[7]  ނަމަވެސްއިސްލާމީޝަރީޢަތްއެހެންތޯއެވެ؟ކެރިހުރެގެންބުނެވޭނީނޫނެކެވެ.އިސްލާމީޝަރީޢަތަކީޘާބިތުޝަރީޢަތެކެވެ.އިންސާނީމަސްލަޙަތާއިއިންސާނީހައްޤުތަކާއިމުޖުތަމަޢުގެއަމަންއަމާންކަމާއިސުލްޙަމަސަލަސްކަންއޭގެއެންމެފުރިހަމަގޮތުގައިކަށަވަރުކޮށްދެއެވެ. ޒަމާންބަދަލުވެދާނެއެވެ.ނަމަވެސް،އިސްލާމީޝަރީޢަތަކަށްބަދަލެއްނާންނާނެއެވެ.ޒަމާންބަދަލުވެދާނެއެވެ.ނަމަވެސްނަތީޖާބަރާބަރަށްނެރެދޭނެއެވެ. މިހެން ކަމުން ޙައްދުތަކަކީ ޒަމާނަށް ނުފެތޭ ޙައްދުތަކޭ ބުނެވިދާނެތޯއެވެ. މި ޙައްދުތަކަކީ ކުރީޒަމާނަށްވެސް އަދި މިޒަމާނަށްވެސް ގުޅޭ ޙައްދުތަކެކެވެ. ވަކިން ޚާއްސަކޮށް މިޒާމަނަށް މި ޙައްދުތައް ފެތެއެވެ. ސަބަބަކީ ވައްކަމާއި ފޭރުމާއި ރޭޕްކުރުމްފަދަ ފާހިޝްޢަމަލުތައްވެސް މިހާރު ދަނީ ޢާއްމުވަމުންނެވެ.[8]  އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަށް ބަލާލިކަމުގައިވިޔަސް މި ޙަޤީޤަތް ފެންނާނެއެވެ. އަންހެން ކުދިންގެ ޢިއްފަތް ފޭރުމާއި ވައްކަމާއި މާރާމާރި ވަނީ ޢާއްމުވެފައެވެ. މިކަން ޙައްލުކުރުމަށް އިސްލާމީ ޝަރީޢަތުގެ މި ޙައްދުތައް މުހިއްމުވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. ބަލާބެލުމަށްޙައްދުތަކުގައިހަރުކަށިކަމެއްހުއްޓަސްއެއީމުޅިމުޖްތަމަޢްގެރައްކަލަކަށްކަނޑައެޅިފައިވާއެއްޗެކެވެ.  ފަހަރުގައިއެއިންބޭފުޅަކުވިދާޅުވެދާނެއެވެ.މުސްކުޅިއޭމިބުނަނީމާކުރިންބާވާލެއްވިޙުކުމަކަށްވާތީއެވެ.ނުވަތަމާކުރިންސުރެތަންފީޒުވަމުންއަންނަކަމަކަށްވާތީއެވެ.މީގެރައްދުޖަބާވަކަށްއަޅުގަނޑުމެންގެއާންމުދިރިއުޅުމުންމިސާލެއްނަގަމާތޯއެވެ.އާދޭހެވެ!ދަތްއުނގުޅުމަކީވެސްވަރަށްކުރިންސުރެއޮތްއާދައެކެވެ.ނަމަވެސްއޭގެމާނައަކީތިޔައީމާމުސްކުޅިއާދައެކޭބުނެދަތްއުނގުޅުންދޫކޮށްލުންތޯއެވެ.[9]

[1] ޢަބްދުލް މުޢީދު ޙަސަން)، bahuru.com

 އިސްލާމީ ފިޤުހު،ޞ:101، މުޙައްމަދު ރަޝީދު އިބްރާހިމް[2]

 [3]  (ފާތިމަތު ނަޒިން) http://naazin.blogspot.com

  (ޙަސަންޒާހިރު)dhiislam.com [4]

2011 ޢަބްދުލްހާދީ ޙުސައިން)) noorul-islam.net [5]

[6] އައްޝައިޚްމުޙައްމަދުޝަހީމްޢަލީސަޢީދު),2012( http://mohamedshafiu.blogspot.com

[7])  (ޝަފީޢު ޢަބްދުﷲ 2012noorulislam-islam.net

[8]   ( ޢަލީ ޒާހިރު ބުން ސަޢީދު،އިންޓަވިއު)

[9]  (މުޙައްމަދުވިޝާޙް2010) http://www.muraasil.com

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޤާދިޔާނިންގެ ޢަޤީދާތައް

Next Article

ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް...

Related Posts