ބިންވަޅު ނެގުނު ފިޔަވަޅު)1 ވަނަ ބައި)

އައިޝްގެ އުމުރުން އަދި އެންމެ 18 އަހަރު ފުރުނީއެވެ. އާއިލާ އެންމެންގެ އެދުމުގެ މަތިން ދެމީހުން ދަސްކުރުމަށް ދުވަސްތަކެއް ހޭދަކުރުމެއް ނެތި ހަޔާތުގެ ދަތުރުފެށީ އަމާން އައްސޭރިއަކަށް ދިޔުމުގެ ނިޔަތުގައެވެ. ދިރިއުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމެއް ނެތިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ދިރިއުޅުމުގައި ކުލަޖެހި އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އައިޝް އާއި އާތިފްގެ ލޯބި ލޯބި ދަރިފުޅު ޔޫސުފް އެވެ.

އާއިލީ ޒިންމާ އަދާކުރުމުގައި ދިމާވާ ދަތިތަށް ފޫބެއްދުމަށްޓަކައި، އައިޝް އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލާ އާތިފް ގެ އެދުމުގެމަތިން ދިރިއުޅުން ރަށަށް ބަދަލުކުރިއެވެ. 6 މަސްވީ ކުޑަ ދަރިފުޅާއެކު އައިޝް ފިރިމީހާގެ ރަށަށް ބަދަލުވީ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައެވެ.

ފިރިމީހާގެ ރަށަށް ބޯޓު ލެފުމާއެކު އައިޝް ކެތްތެރިކަމެއްނެތި ގެއަށް ދިއުމަށް ތައްޔާރުވިއެވެ. ކަނޑުމަގުން ކުރި 7 ދުވަހުގެ ދިގުދަތުރަކަށް ވުމުން ވަރުބަލިކަން އިހުސާސްކުރެވުމާއެކު އަވަހަށް ފޭބުމަށެވެ. އާމާހައުލަކަށް، އާ އުންމީދު ތަކަކާއެކު ދާތީ ވެސް މެއެވެ. ފިރިމީހާގެ އާއިލާ އަކީ ރަށުގެ ބޮޑެތި އާއިލާ ތަކުގެ ތެރެއިން ނަންކުރެވޭ އާއިލާއެކެވެ. ފާލަންދޮށުން ގިނަ އަދަދެއްގެ ބަޔަކު ފެންނަން ތިބުމުން އައިޝް އާތިފް އާ ސުވާލުކުރިއެވެ. އައިޝްމެން ބަލައި އައިސް މަންމަމެން އެބަ ތިބިހެއްޔެވެ. އާތިފް ހިނިތުން ވެލާފާއި ބުންޏެވެ. މީ ސަޕްރައިޒްއެކެވެ. ގޭއެކަކުވެސް ނެތެވެ.

ހަވީރުގެ ވަގުތެވެ. މަގުތަކުގައިވެސް މާގިނަ ބަޔަކުނެތެވެ. އާތިފް އޭނާގެ އާއިލާ ގޮވައިގެން ގެއާދިމާލަށް މިސްރާބުޖެހީ ހިނގާފައެވެ. ފާލަމާ ގެ އެހާ ދުރު ނުވާނެކަމަށް ބުނެފައެވެ. އައިޝް މެން ގެއަށް ދިއުމުން އާތިފްގެ މަންމަ އާއި ބައްޕަ އުފަލާއެކު އައިޝް މެންނަށް މަރުހަބާކިއެވެ. އަދި ގޭގައި ހުރި ކޮޓަރިއެއްގައި ނިދުމުގެ އިންތިޒާމުތަށް ހަމަޖައްސައިދިނެވެ.

ނުނިމޭ

ނޯޓް: މިވާހަކައަކީ ސިލްސިލާ ވާހަކައެކެވެ. ކުރިޔައް އޮތްތާނގައި އިތުރު ބައިތަށް ގެނެސް ދެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދެއްކުންތެރިކަމާއި ގާތްނުވާށެވެ.

Next Article

ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން

Related Posts