Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ބަނބުކޭލުގެ ފައިދާ – heyobas

ބަނބުކޭލުގެ ފައިދާ

ބަނބުކޭލަކީ ދިވެހިންގެ މެދުގައި ވަރަށް އާންމު އެއްޗެކެވެ. ގިނަ ބަޔަކަށް ވަރަށް ކަމުދާ ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކުރަން ބޭނުންކުރާ އެއްޗެކެވެ. ސިއްޙަތައް ފައިދާހުރި ރަނގަޅު ކާނާއެކެވެ. ދިވެހިން ބަނބުކެޔޮ އާންމުކޮށް ކަނީ ތެލުލައިގެންނާއި ފިހެގެންނެވެ. ބޮނޑިބަތާއި ރިހަ އާއި ކިރު ގަރުދިޔަ ކައްކައިގެންނެވެ. ބައެއް ފަހަރަށް ކުޅި ކޮށް ހަނާކޮށް، ބޯކޮށްގެންނާއި އަދި ބަނބުކެޔޮ ކޮށާފައި ދުމައްޓަށް ލައިގެން ހަރުކޮށް އަވިން ހޫނުކޮށްގެން އެ މަޑުކޮށްގެން ބޯކުރެއެވެ. މިހުރިހާ ގޮތަކަށް ދިވެހިން ބަނބުކެޔޮ ހަދާނަމަވެސް ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް މީރުވަނީ ތެލުލި ބަނބުކޭލެވެ. ތެލުލި ބަނބުކޭލަކީ ވަރަށް މީރު އެއްޗެކެވެ. ހަމަ އެކަނި ދިވެހިންނަކަށް ނޫނެވެ. ބޭރު ގައުމުތަކުގައިވެސް ބަނބުކެޔޮ ތެލުލައިގެން ބޭނުންކުރެއެވެ. މިގޮތުން ފިލިޕީންސް، އިންޑްނޭސިއާ،ފިޖީ، ފަދަ ގައުމުތަކުގައި  ބަނބުކެޔޮ ތެލުލައެވެ. އަދި ކެރީބިއަންގެ ރައްތަކުގައިވެސް ތެލުލި ބަނބުކެޔޮ ބޭނުންކުރެވުނެވެ. ހަމަ އެހެންމެ ރާއްޖޭ އަންނަ ފަތުރުވެރިންވެސް ގައުމަށް ދާއިރު ރާއްޖޭން ތެލުލި ބަނބުކޮޔެ ގެންދެއެވެ.

ބަނބުކޭލަކީ 3000 އަހަރު ކުރިން ފަށައިގެންވެސް އޯސަނިއާގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ބަނބުކެޔޮ އަސްލު އައިސްފައިވަނީ ނިއު ގިނީ އަދި އިންޑޯ މެލޭ އަދި ކެރީބިއަން ސަރަހައްދުންނެވެ. އަދި ޕެސިފިކްގެ ރަށްތަކަށް ދަތުރުވެރިންގެ ފަރާތުން ބަނބުކެޔޮ ތާރަފްވިއެވެ. ދުނިޔޭގައި ބަނބުކެޔޮ އާންމުވެ ތާރަފްވެގެން ދިޔައީ ސާރ ޖޯސެފް އާއި ކެޕްޓަން ކޫކް ކަނޑުތަކުގައި ދަތުރުކުރަމުން ދިޔަ ދުވަސްވަރުގައެވެ.

18 ވަނަ ގަރުނުގައި އެޗް އެމް އެސް ބައުންޓީ އަގުހެޔޮ ހަކަތަ ލިއްބައިދޭ ރަނގަޅު ކެއުމެއްގެ ގޮތުގައި ކެރީބިއަންގައި އިނގިރޭސި އަޅުވެތި ކަމުގައި ތިބި ފަރާތްތަކަށް ތާރަފްކުރިއެވެ.  ދުނިޔޭގައި ބަނބުކެޔޮ އާންމު ކުރީ އަސްލުގައި އިނގިރޭސީންނެވެ. މިގޮތުން ރާއްޖެއަށް ބަނބުކެޔޮ އައުންވެސް ގުޅިފައިވަނީ އިނގިރޭސީންނާއި ކަމަށް ބައެއް ދިވެހިން އަންނަނީ ބުނަމުންނެވެ. ބުނެވޭގޮތުގައި އިނގިރޭސީން އައްޑުއަށް ބަނބުކެޔޮ ގަސް ގެނައެވެ.( ބައެއް ފަރާތްތަކުން ރާއްޖެއަށް ބަނބުކެޔޮ އައިގޮތާއި ބެހޭގޮތުން މިގޮތަށް ބުނަމުން އާދެއެވެ.)

 ބަނބުކޭލުގެ ތެރޭގައި އޮށުން ގަސް ފަޅާ ވައްތަރަކާއި މުލުން ގަސް ފަޅާ ވައްތަރެއް ހުރެއެވެ. އަޅުގަނޑުމެންގެ ރާއްޖޭން އާންމުކޮށް ފެންނަނީ ބަނބުކެޔޮ ގަސްތަކުގެ މޫތަށް އެކި ހިސާބުތަކަށް ފެތުރި އެ މޫތަކުން ބަނބުކެޔޮގަސް ފަޅާ ތަނެވެ. ބަނބުކެޔޮގަސް އާންމުކޮށް ހެދި ބޮޑުވަނީ 85 ފޫޓަށެވެ. 26 މީޓަރަށެވެ. ރަނގަޅަށް ހެދޭ ބަނބުކެޔޮ ގަހެއްގައި އާންމުކޮށް އަހަރަކު 200  އަށްވުރެ ގިނަ ބަނބުކެޔޮ އަޅައެވެ . ބަނބުކޭލަކީ އާންމުކޮށް 21- 32 ޑިގްރީ ސެލްސިއަސްގައި ފިނިހޫނުމިން ހުންނަ ހިސާބުތަކުގައި ހެދޭ އެއްޗެކެވެ.

ބަނބުކޭލަކީ ސިއްޙަތައް ފައިދާހުރި ވަރަށް ގިނަ މާއްދާތަކެއް ހުންނަ އެއްޗެކެވެ.  ބަނބުކޭލުގައި ހިމެނޭ ސިއްޙަތައް ފައިދާހުރި ބާވަތްތަކުގެ ތެރޭގައި ވިޓަމިން ބީ 1 ، ވިޓަމިން ބީ 2، ވިޓަމިން ބީ 3، ވިޓަމިން ބީ 5، ވިޓަމިން ބީ 6، ވިޓަމިން ބީ9، ވިޓަމިން ސީ، ވީޓަމިން އީ، ވިޓަމިން ކ ހިމެނެއެވެ. އަދި އެހެނިހެން މައުދަންތަކަށް ބަލާއިރު ސޯޑިއަމް، ޒިންކް، ކޮޕާރ، ސެލީނިއަމް، ދަނގަޑުގެ ބައި، އޮމެގާ 3 ހިމެނެއެވެ،  އަދި ޑައެޓްރީ ފައިބަރ އާއި ކާރބޯ ހައިޑްރޭޓްސް، ނެޗްރަލް ސުގަރ، ކެލަރީ ހިމެނެއެވެ. ބަނބުކޭލުގައި މަތި މިންވަރަކަށް ކާރބޯހައިޑްރޭޓްސް ހިމެނެއެވެ. އެ ކާރބޯހައިޑްރޭޓްސް ހަށިގަނޑަށް ބޭނުންވާ ހަކަތަ މަތީ މިންވަރަކަށް އުފައްދައިދެއެވެ.

ބަނބުކެޔޮ ކެއުމުން ގޮހޮރު ސާފްކޮށްދެއެވެ. ގޮހޮރުގެ މަސައްކަތް ހަލުއިވެގެންދެއެވެ. ގޮހޮރުގައި އުފެދޭ ވިހަ މާއްދާތަކުން ރަށްކާތެރިކޮށްދެއެވެ. ބަނބުކޭލަކީ އޮމެގާ3 އަދި އޮމެގާ 6 ގިނަ އެއްޗެކެވެ. މި މާއްދާއަކީ ސިކުނޑިއާއި ހަށިގަނޑު ތަރައްޤީކޮށްދޭ މާއްދާއެކެވެ. އަދި ބަނބުކޭލަކީ ހަންގަނޑަށް ވެސް ފައިދާހުރި ދަރިމައިވުމުގެ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. ބަނބުކޭލަކީ ގިނަ ބަލިތަކެއްގެ ފަރުވާ އެކެވެ، ގުދުރަތީ ބޭހެކެވެ. މިގޮތުން ހަމުގެ ބަލިތަކުން ރަށްކާތެރިކޮށްދެއެވެ. އަދި ހަކުރުގެ މައްސަލައަށް ލުއިކަމެއް ލިއްބައިދެއެވެ. ހިތުގެ ބަލިން ރަށްކާތެރިކޮށްދެއެވެ. އަދި ލޭ މައްޗަށް ދިއުމުގެ މައްސަލައަށް ވަރަށް ބޮޑު ލުއިކަމެއް ލިއްބައިދެއެވެ.

ބަނބުކެޔޮ ނިސްބަތް ވަނީ މަލްބެރީ ފެމެލީއަށެވެ.  ބަނބުކެޔޮ ފެންނަ ފެނުމުގައި ވައްތަރީ ސައްކޭލާއެވެ. ގިނަ އަދަދަކަށް ބަނބުކެޔޮގަސް ކެރީބިއަންގެ ރަށްތަކުގައި، އިންޑޮނޭސިއާގެ ރެއިން ފޮރެސްޓް ތަކުގައި އަދި އޯސޭނިއާ، ސަމޯއާ، ފިލިޕީންސް، ލަންކާ، ޖެމެއިކާ،އިންޑިއާގައި ހުރެއެވެ. އަދި ހަމަ އެހެންމެ މީ ރާއްޖޭގައިވެސް ވަރަށް އާންމު އެއްޗެކެވެ. އާންމުކޮށް ބަނބުކޭލުގައި 1-5 ކިލޯ ހުރެއެވެ. ބަނބުކޭލުގައި ސައްކޭލާއި ދޮންކޭލަށްވުރެ މަތި މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ.

 

ބަނބުކޭލަށް ބައެއް ގައުމުތަކުގައި ކިޔާ ނަންތައް

 

árbol de pan, fruta de pan, pan, panapen, (Spanish)

arbre à pain, fruit à pain (French)

beta (Vanuatu)

bia, bulo, nimbalu (Solomon Islands)

blèfoutou, yovotévi (Bénin)

breadfruit (English)

brotfruchtbaum (German)

broodvrucht, broodboom (Dutch)

cow, panbwa, pain bois, frutapan, and fruta de pan (Caribbean)

fruta pao, pao de massa (Portuguese)

kapiak (Papua New Guinea)

kuru (Cook Islands)

mazapan (Guatemala, Honduras)

meduu (Palau)

mei, mai (Federated States of Micronesia, Kiribati, Marshall Islands, Marquesas, Tonga, Tuvalu)

mos (Kosrae)

rata del (Sri Lanka)

rimas (Philippines)

shelisheli (Tanzania)

sukun (Indonesia, Malaysia)

‘ulu (Hawai‘i, Samoa, Rotuma, Tuvalu)

‘uru (Society Islands)

uto, buco (Fiji)

 

 

“Fruits of Warm Climates”; Julia F. Morton; 1987

USDA National Nutrient Database: Breadfruit, Raw

MayoClinic.com; Dietary Fiber: Essential for a Healthy Diet; November 2009

EveryDiet.org; Low-Protein Diets; June 2011

University of Maryland Medical Center; Potassium; May 2009

http://www.livestrong.com/article/483053-health-benefits-of-breadfruit/

 

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޕުރޮފެސަރ ހަސަން އުގައިލް

Next Article

ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއް؟

Related Posts