ކަށު ނަމާދު ކުރާނޭ ގޮތް

  1. މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ނިޔަތް ގަނެ ސަފުގައި ހުއްޓި ހުންނާނީއެވެ. { ކޮންމެ އަޅުކަމަކަށްވެސް ނިޔަތް ގަންނަނީ ހިތުންނެވެ. އެހެން ކަމުން ކަށުނަމާދަކަށްވެސް ދުލުން ކިޔާ ނިޔަތެއް ނޯވެއެވެ}.
  2. އިމާމު މީހާ ތަކްބީރު ކިޔައި ޙަރާމް ބަނުމުން މައުމޫމާވެސް الله أكبر ކިޔައި ދެއަތް ދެކޮޑާ ހަމައަށް އުފުލައި ޙަރަމް ބަންނާނީއެވެ.
  3. އެއަށް ފަހު سورة الفاتحة ނުވަތަ الحمد ކިޔަވާނީއެވެ.
  4. އިމާމާ ދެވަނަ ފަހަރަށް ތަކްބީރު ކިޔައި ޙަރަމް ބަނުމުން މައުމޫމާވެސް ތަކްބީރު ކިޔައި ޙަރަމް ބަންނާނީއެވެ. އެއަށްފަހު ރަސޫލު ﷲ ގެފާނުމަށްޗަށް  صلواة  ކިޔަވާނީއެވެ. މި صلواة އަށް إبرهيمي صلواة އޭވެސް ކިޔައެވެ.{ اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ . اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ } .
  5. ތިންވަނަ ތަކްބީރަށްފަހު މައްޔިތާއަށް ރަޙްމަތް ލެއްވުން އެދި ހެޔޮ ދުޢާ ކުރާނީއެވެ. ދުޢާ ކުރުމުގައި އިޚްލާޞްތެރިކަމާއެކު މައްޔިތާގެ ފާފަ ފުއްސެވުމަށާއި ކަށްވަޅުގެ ޢަޒާބާއި ފިތުނައިން ސަލާމަތް ކުރެއްވުމަށާއި ސުވަރުގޭގެ މަތިވެރި ނިޢްމަތް އޭނާއަށް ދެއްވުން އެދި ދުޢާ ކުރަން ވާނެއެވެ. މި މަޤާމުގައި ކުރުމަށް ޙަދީޘުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ބައެއް ދުޢާ :

اللهمَّ اغْـفِـرْ لِحَيِّـنَـا وَمَيِّـتِـنَـا وَصَغِـيْـرِنَا وَكَبِـيْـرِنَا وَذَكَرِنَا وِأُنْثَـانَا وَشَاهِدِنَا وَغَائِبِنَا ، اللّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ علَى الإِيْمَانِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَّفَهُ علَى الإِسْلامِ ، اللّهم لا تُحْرِمْنَا أَجْرَهُ ولا تُضِلَّنَا بَعْدَهُ“ .

– اللهمَ اغْفِرْ لَهُ وَارْحَمْهُ وَأُعْفُ عَنْهُ وَعَاِفهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَأَغْسِلْهُ بِمَاءٍ وَثَلْجٍ وَبَرَدٍ وَنَقِّهِ مِنَ الْخَطَايَا كَمَا يْنَقَّى الثَّوْبُ الأّبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَاِرهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَقِهِ فِتْنَةَ الْقَبْرِ وَعَذَابَ النَّارِ “ .

– މައްޔިތާއަކީ ކުޑަ ކުއްޖެއްނަމަ ކިޔާނީ :

– ”اللّهمَ اجْعَلْـهُ لَنَا فَـرَطًا وَسَلَفًا وَأَجْرًا“ މިފަދައިންނެވެ.

  1. އިމާމާ ހަތަރުވަނަ ތަކްބީރު ކިޔައި ސަލާމް ދިނުމުން މައުމޫމާވެސް ތަކްބީރު ކިޔައި السلام عليكم ورحمة الله ކިޔައި ސަލާމް ދޭނީއެވެ.
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރަމަޟާން މަހާއި ރޯދަ : ލައިލަތުލް ޤަދްރި ވިލޭރޭ ހޯދަން މަސައްކަތްކުރުން

Next Article

އޭލިޔަން

Related Posts