ރޯދަޔަށް ހުންނަ މީހާއަށް ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންތައްތައް

ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟

ސ. ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖ. ދަތްއުނގުޅާ ބޭހުން ދަތްއުނގުޅިއަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ރޯދައަށްހުރެ ބޭހުން ދަތްއުގުޅާނަމަ ބޭހާ އެކުވެގެން ކުޅު ނުވަތަ އޭގެ ރަހަ އެތެރެހައްޓަށް ހިގައިދާނޭކަމަށް ފަރުވާ ތެރިވާންވާނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ، ހުއްދަކަމުގައިވިއަސް މޮޅުއިތުރުވެގެންވަނީ ރޯދައަށް ހުންނަދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ބޭހުން ދަތްނުއުގުޅުމެވެ.  އެހެނީ ނޭގިހުއްޓާވެސް އެތެރެހައްޓަށް  އޭގެއަސަރު ހިނގައިދާނޭތީއެވެ.

ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުން ހުއްދަވާނެތޯއެވެ؟

ސ. ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުން ހުއްދަވާނެތޯއެވެ؟
ޖ. ރޯދައަށްހުރެ ދަތްއުނގުޅުން ހުއްދައެވެ. ނަމަވެސް ދަތްއުނގުޅާއިރު ކުޅު ދިރުވިދާނޭކަމަށް ފަރުވާ ބަހައްޓަންވާނެއެވެ. އިރު މެދުޖެހުމަށްފަހު ދަތްއުގުޅުން މަކްރޫހަކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވީ ކަމުގައިވިއަސް އެކަމާބެހޭ ދަލީލެއް އައިސްފައި ނެތުމުން މަކްރޫހަކަމެއް ކަމުގައި ނުބެލެވޭނެއެވެ. އެއާ ޚިލާފަށް ޙަދީޘްގައި އައިސްފައިވަނީ ދަތްއުނގުޅުމަކީ އަނގައިގެތެރެ ސާފުތާހިރު ކުރުވާ، އަދި ކަލާނގެ ލޯބިވެ ވޮޑިގެންވާ ކަމެއްކަމުގައެވެ.  (الشيخ عبد العزيز بن باز ގެ ފަތުވާއިން ނަގާފައި)

ދަތް އުފުރުވައި، ދަތް ފިލްކުރުވާ އަދި ސާފުކުރުވާ، އައްސިކުރަންޖަހާ އިންޖެކްޝަނުން ރޯދަގެއްލޭނެތޯއެވެ؟

ސ. ރޯދަމަހު ދުވާލު ދަތް އުފުރުވައި، ދަތް ފިލްކުރުވާ އަދި ސާފުކުރުވާ ހެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އަދި އައްސިކުރަންޖަހާ އިންޖެކްޝަނުން ރޯދަގެއްލޭނެތޯއެވެ؟
ޖ. ދަތް އުފުރުވިއަސް، ސާފުކުރުވިއަސް ނުވަތަ ބައްދުވައި (ފިލްކުރުވައި) ހެދިއަސް ރޯދަ ނުގެއްލޭނެއެވެ. ހަމަ އައްސިކުރަންޖަހާ އިންޖެކްޝަނަކުންވެސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ފަސްކުރެވެން އޮތްނަމަ ބޮޑަށް ރަނގަޅީ މިފަދަ ކަންތައް ކުރުވުން ރޭގަނޑަށް ފަސްކުރުމެވެ.

ރޯދައަށް ހުރެ އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯއެވެ؟

ސ . ރޯދައަށް ހުރެ އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖ . މަސްގަނޑަށް ޖަހާ އިންޖެކްޝަންވިއަސް ނާރަށް ޖަހާ އިންޖެކްޝަންވިއަސް، އިންޖެކްޝަން ޖެހުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިފަދަ އިންޖެކްޝަނަކީ ކެއުމެއްވެސް ނޫނެވެ. އަދި ބުއިމެއްވެސް ނޫނެވެ. އަދި ކެއުމާއި ބުއިމުގެ ބަދަލުގައި ބޭނުން ކުރެވޭ އެއްޗަކަށްވެސް ނުވެއެވެ. ނަމަވެސް ކެއުން ބުއިމުގެ ބަދަލުގައި ޖަހާ އިންޖެކްޝަން (ގުލްކޯޒު އިންޖެކްޝަން ފަދަ ) ޖެހުމީ ރޯދަގެއްލޭ ކަމެކެވެ

ޑރ އަބްދުލް މަޖދް އަބްދުލް ބާރީ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރާގޮނޑި ކޮއްޔަކީ ކޮބާ؟

Next Article

ޤާދިޔާނިންގެ ޢަޤީދާތައް

Related Posts