ވެޖިނަލް އިންފެކްޝަނުން ސަލާމަތްވާނީ ކިހިނެއް؟

ވެޖިނަލް އިންފެކްޝަން ނުވަތަ އަންހެނުންގެ ކުރމަތި ފަރާތުގައި އިންފެކްޝަން އުފެދުމަކީ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިވެދާނެ ސިއްހީ މައްސަލައެކެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ބައެއް ފަހަރު ވަރަށް ވޭންދެނިވި ކަމަކަށް ވެގެންދެއެވެ. އެހެންކަމުން މިފަދަ އިންފެކްޝަނަކުން ސަލާމަތްވާނެ ގޮތް ދެނެގަންނަން ޖެހެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ގިނަ އަންހެނުންގެ އެމީހުންގެ ޖިންސީ ގުނަވަނަށް ދޭންޖެހޭ ސަމާލުކަން ނުދެއެވެ. ނުވަތަ ލަދުވެތިކަމުގެ ސަބަބުން ގުނަވަނަށް މައްސަލައެއް ޖެހުނަސް އެކަންތައް ޑޮކްޓަރުންނާ ޙިއްސާ ކުރަން ޖެހިލުންވެއެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް ލަދުވެތިވާންޖެހޭ ކަމެއްނޫނެވެ. ޖިންސީ ގުނަވަނުގެ ސާފު ތާހިރުކަމަށާއި ރައްކާތެރިކަމަށްޓަކައި މިފަދަ މައުލޫމާތު އޮޅުން ފިލުވަންޖެހޭނެއެވެ.

ޖިންސީ ގުނަވަނުން ޑިސްޗާޖް މާގިނައިން އަންނަކަން ފާހަގަކުރެވިއްޖެނަމަ މާގިނައިން ފެނުން ދޮންނަ މިންވަރު މަދުކުރާށެވެ. ފެނުން ގިނައިން ދޮވުމުން ޖިންސީ ގުނަވަން މާބޮޑަށް ހިރުވާން ފަށައެވެ. އެހެންކަމުން ފެނުން ދޮވުމުގެ ބަދަލުގައި ސާފު ތާހިރު މަޑު ޓިޝޫއަކުން ޖިންސީ ގުނަވަން ފޮހެލާށެވެ.

ފާޚާނާކުރުމަށް ފަހު ޖިންސީ ގުނަވަން ފޮހޭއިރު ކުރިމަތިން ފުރަގަހަށްވާ ގޮތަށް ފޮހެން އާދަކުރާށެވެ. ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށްވާ ގޮތަށް ފޮހޭނަމަ ފުރަގަސް ފަރާތުގައި ހުންނަ ޖަރާސީމު ޖިންސީ ގުނަވަނުގައި އަށަގަތުމުގެ ފުރުސަތު ބޮޑުވެއެވެ.

ޖަނގިޔާ ގަންނައިރު ކޮޓަން އަދި ގަޔަށް ދޫކޮށް ހުންނަ ޖަނގިޔާ ޚިޔާރުކުރާށެވެ.  ޓއަދި ސައިބޯންޏާއި، ވެޓް ޓިޝޫފަދަ ތަކެތި ޖިންސީ ގުނަވަނުގައި ހޭކުމުން ދުރުހެލިވާށެވެ. އެފަދަ ތަކެތީގައި ކެމިކަލް ހުރުމުން ޖިންސީ ގުނަވަނަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އިންފެކްޝަނުން ސަލާމަތްވުމަށް ގިނައިން ފެން ބޯންއާދަކުރާށެވެ. އަދި މައްސަރު ކަންތައް ދިމާވެފައި ހުންނަ ދުވަސްވަރު ސެނިޓަރީ ނެޕްކިންސް އަވަސް އަވަހަށް ބަދަލުކުރާށެވެ. މިގޮތަށް ޕެޑް ބަދަލުކުރާއިރު ޖިންސީ ގުނަވަން ރަގަޅަށް ދޮވެ ފެން ހިއްކުމަށް ސަމާލުކަންދޭށެވެ.

ކުރިމަތި ފަރާތަށް އިންފެކްޝަނެއް ޖެހިފައި ހުއްޓާ ޖިންސީ ގުޅުން ހިންގުމާ ދުރުހެލިވާށެވެ. އިންފެކްޝަން ރަގަޅުވުމުން ނޫނީ އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެކަމެއްނޫނެވެ. އެހެން ނޫންނަމަ ފިރިމީހާއަށް ވެސް އިންފެކްޝަންގެ އަސަރު ކޮށްފާނެއެވެ.

އިންފެކްޝަންގެ އަސަރު މާބޮޑުވެ ކުރިމަތި ފަރާތުން އަންނަ ޑިސްޗާޖްގައި ނުބައި ވަސް ދުވާ ގަދަ ރީނދޫ ކުލައިގައި ހުންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދާށެވެ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަރު ކަނޑު

Next Article

މިޔަރު އިންސާނުންނަށް ހަމަލާ ދިނުން- ހަގީގަތެއްބާ؟

Related Posts