Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟ – heyobas

އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟

އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. { وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَئِكَ لَهُمْ عُقْبَى الدَّارِ (22) جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ (23) } الرعد ٢٢، ٢٣ . “އަދި އެބައިމީހުންގެ ރައްބުގެ ވަޖުހުފުޅަށްޓަކައި އެކަލާނގެ ރުއްސެވުން އެދިގެން، (ދީނުގައި) ކެތްތެރިވެ، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ތިމަން އިލާހު ދެއްވި ތަކެތިން ހޭދަކޮށް، ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކޮށް ފޮހެލާ މީހުންނަކީ އެބައިމީހުނަށްޓަކައި އާޚިރަތުގެ ގޯތި (ހެޔޮ ނަތީޖާ) ލިބޭނެ މީހުންނެވެ. އެއީ އެމީހުން ދިރިއުޅޭނެ ބަގީޗާ ތަކެކެވެ. އެބައިމީހުންގެ ބަފައިންނާއި އަނބިންނާއި ދަރިން ކުރެ ޞާލިހު އަމަލު ކުރިމީހުން (އެއްމެން) އެތަނަށް ވަންނާނެއެވެ. އަދި މަލާއިކަތުން އެބައިމީހުންގެ ގާތަށް ހުރިހައި ދޮރުކޮޅުތަކުން (ތަހުނިޔާ ދެންނެވުމަށްޓަކައި) ވަންނަވާނެއެވެ.” އަދިވެސް އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ (69) ادْخُلُوا الْجَنَّةَ أَنْتُمْ وَأَزْوَاجُكُمْ تُحْبَرُونَ (70) } الزخرف ٦٩، ٧٠. މާނައަކީ: “ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވެ، މުސްލިމުންކަމުގައި ވީ މީހުންނަށް (ބުނެވޭނެއެވެ.) ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އަނބިން އުފަލާއިއެކު، ނިޢުމަތްލިބިގެންވާ ހާލު ސުވަރުގެ ވަންނާށެވެ.”

ޝައްކެއް ނެތެވެ. އީމާންވެ، ޞާލިހު އަމަލު ކުރި ކޮންމެ މީހަކު ފިރިހެނުންނާއި އަންހެނުން އެއްމެން ﷲގެ ރަހުމަތުން ސުވަރުގެ ވަންނާނެއެވެ. އަދި އެތަނުގައި އެމީހަކު ބޭނުންވާ ހުރިހައި ނިޢުމަތެއް ލިބޭނެއެވެ. އިސްވެދިޔަ އާޔަތާއި އަދިވެސް އިތުރު އާޔަތްތަކާއި ކީރިތި ރަސޫލާގެ މޫރިތި ސުންނަތުން ޘާބިތުވާގޮތުގައި ސުވަރުގެ ވަންތަ ފިރިހެނުންނާއި އަންހެނުން އެތަނުގައިވާނީ އެމީހުންގެ އަނބިންނާއި ފިރިންނާއި އެކުގައިކަން އިނގެއެވެ. އިސްވެދިޔަ އާޔަތުގައި ވާ ފަދައިން ޞާލިހު، ތަގުވާވެރި އާއިލާތައް މައިންބަފައިންނާއި އެމީހުންގެ ދަރިންނާއި އެއްމެން އެކުގައި ސުވަރުގެ ވަންނާނެއެވެ. އަދި އެބައިމީހުންގެ އަނބިން ނުވަތަ ފިރިން ޞާލިޙު ނޫން މީހުންނެވެ. ދެމަފިރިންކުރެ އެކަކު އީމާންނުވުމުގެ ސަބަބުން ދެމަފިރީން ދެތަނަށް، އެކަކު ސުވަރުގެ އަނެކަކު ނަރަކައަށް ދާން ޖެހޭ މީހުންނެވެ. މިސާލަކަށް؛ ދެމަފިރިންކުރެ ފިރިމީހާ ސުވަރުގެ ނުވަދެއްޖެ ނަމަ އެފަދަ އަންހެނުން އެކަނި ސުވަރުގެ ވައިން ނަމަވެސް އެމީހުން އެތަނުގައި އުޅޭނީ އެކަނިންނެއް ނޫނެވެ. އަދިކިޔެއް އެފަދަ އެކަނިން ސުވަރުގެ ވަދެފައިވާ ފިރިއަކު މާތް ﷲ އޭނާއަށް ދެއްވާނެއެވެ.

ސުވަރުގޭގައި އަންބެއް ނުވަތަ ފިރިއެއް ނުލައި އެކަކުވެސް ނޫޅޭނެއެވެ. ފިރިހެނުންނާއި އަންހެނުންނާއި އެއްމެނަށްވެސް އެމީހުން ހިތް ފުރޭހައި ރީތި، މާތް އަދި ފުރިހަމަ އަނބިންނާއި ފިރިން އެކަލާނގެ ދެއްވާނެއެވެ. އިތުރުއެކަލޭގެފާނު ހަދީޘް ކުރައްވާފައި ވެއެވެ. ((وَمَا فِي الْجَنَّةِ أَعْزَبُ)) [مسلم، 13، 467]. މާނައަކީ: “އަދި ސުވަރުގޭގައި ކައިވެންޏަކާއި ނުލައި އެއްވެސް މީހަކު ނުވެއެވެ.” ދުނިޔޭގައި އެކަކަށް ވުރެ ގިނަ ފިރިހެނުންނާއި ކައިވެނި ކޮށްފައިވާ އަންހެނެއްނަމަ އަދި އެއްމެންނަކީ ޞާލިހު ބައެއް ނަމަ އޭގެތެރެއިން އެއްމެ ހަގު ފިރިމީހާ ލިބޭނެއެވެ. ތިމާގެ ލޯބިވެރިއާ މަރުވެ އޭނާގެ އިންތިޒާރުގައި ކައިވެނި ނުކޮށް މަޑު ކޮށްފި އަންހެނަކަށް އޭނާގެ ލޯބިވާ ފިރިމީހާ ސުވަރުގޭގައި ލިބޭނެއެވެ.

أم الدرداء ގެ ފިރިކަލުން أبو الدرداء رضي الله عنه އަވަހާރަވެވަޑައިގަތުމުން އެކަމަނާއާއި ކައިވެންޏަށް އެދި މުޢާވިޔަތު رضي الله عنه ޚިތުބާ ކުރެއްވުމުން އެކަމަށް އިންކާރު ކުރައްވައި ވިދާޅުވިއެވެ. رسول الله صلى الله عليه و سلم ހަދީޘްކުރެއްވިކަމުގައި أبو الدرداء ވިދާޅުވިއަޑު ތިމަންނާ އެހީމެވެ. ((المرأة لآخر أزواجها)) [السلسلة الصحيحة، 3، 275]. “(ފިރިމީހާ މަރުވުމަށްފަހުގައި އަންހެންމީހާ ކައިވެނި ކޮށްފި ނަމަ) އެއަންހެނާ ލިބޭނީ އޭނާގެ އެއްމެ ހަގު ފިރިމީހާއަށެވެ.” އެހެންކަމުން އެކަމަނާގެ ލޯބިވެރިއާ أبو الدرداء رضي الله عنه ނިޔާވުމުން ސުވަރުގޭގައި އެބޭފުޅާ އާއި އެކުގައި ވުމަށް އެދިގެން އިތުރު ކައިވެންޏެއް ނުކުރައްވައި އެކަމަނާ އިންތިޒާރު ކުރެއްވީއެވެ. ހަމައެފަދައިން ކައިވެންޏެއް ކުރެވުމުގެ ކުރިން މަރުވެފައިވާ މީހުންނާއި އެކަނި ސުވަރުގެ ވަންނަ އަންހެނުންނާއި ފިރިހެނުންނަށް، އެމީހުން ހިތް ރުހޭފަދަ ފިރިންނާއި އަނބިން މާތް ﷲ ހަމަޖައްސަވައިދެއްވާނެއެވެ.

والله أعلم وصلى الله على محمد وآله وصحبه وسلم

އަސްލު: http://adamshameem.com/v2/?p=232

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ނ.ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ބޮޑު ލޭ އޮހޮރުވުމެއް ހިނގާފައިވާ ސަރަހައްދެއްބާ؟

Next Article

ބަނޑުހައި ހޫނުކަމާ ދެކޮޅަށް، ހައިޑްރޯޕޮނިކްސް

Related Posts