Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ޤާދިޔާނީން-القاديانية – heyobas

ޤާދިޔާނީން-القاديانية

ޤާދިޔާނިން ގެ ތަޢާރަފް:

މިއީ 1900 ވަނައަހަރު އިސްތިޢުމާރުގެ ޕްރޮގްރާމްގެ ދަށުން އިނގިރޭސިން ހިންދުސްތާނުގައި މުސްލިމުން، އެމީހުންގެ ދީނާއި އަދި ޚާއްސަކޮށް ޖިހާދުގެ ފަރުޟާއި ދުރުކުރުމުގެ ގޮތުން ހިންގި ޙަރަކާތެކެވެ. އެއީ އޭގެސަބަބުން އިސްލާމްދީނުގެ ނަމުގައި އެމީހުންނާއި ދިމާކުރާނެ ބަޔަކު ނެތިކޮށްލުމަށެވެ. މިޙަރަކާތުގެ އަސްލު ދުލަކީ އިނގިރޭސި ބަހުން ނުކުންނަ މަޖައްލާއެއް ކަމުގައިވާ “މަޖައްލަތުލް އަދިޔާން” އެވެ.[1]

ޤާދިޔާނިއްޔާއަކީ އަލްބާޠިނިއްޔާ ފިރުޤާތަކުގެ ތެރެއިން ފިރުޤާއެކެވެ. މިފިރުޤާ ފާޅުވީ  މީލާދީ ސަނަތުން 19ވަނަ ޤަރުނުގެ ފަހުކޮޅުގައި ހިންދުސްތާނުގައެވެ. އެފިރުޤާ އުފެދުނީ އިންޑިއާގެ ޕަންޖާބުގެ “ޤާދިޔާން” ނަމަކަށް ކިއުނު ރަށުގައެވެ. މިތަނުގެ އަހްލުވެރިން މިފިރުޤާއަށް ނަންދީފައިވަނީ “އަލްޤާދިޔާނިއްޔާ”ގެ ނަމުންނެވެ. އެމީހުން (ޤާދިޔާނިން)  އެފްރިކާއާއި އަދި މިނޫން ޤައުމުތަކުގައި އެމީހުނަށް ނަންދީފައިވަނި “އަލްއަހްމަދިއްޔާ” ގެ ނަމުންނެވެ.[2]

މުއައްސިސް:

ޤާދިޔާނީ ފިރުޤާގެ މުއައްސިސަކީ “މިރުޒާ ޣުލާމު އަޙުމަދު” އެވެ. އަދި އެމީހުނަށް އަޙްމަދިންނޭ ކިޔަނީ އޭނާއަށް ނިސްބަތްކޮށެވެ.[3] ހައެހެންމެ އޭނާ ބުނާގޮތުގައި މާތްﷲ އޭނާއަށް ޥަޙީ ބާވާލައްވާފައިވެއެވެ. އަދި އަސްލު އޭނާގެ ޚާންދާނަކީ މުޣުލުންގެ ޚާންދާނެވެ. ނަމަވެސް ފަހުން އޭނައަށް މާތްﷲ ގެ ކަލާމްފުޅުން ދޭހަވީ އޭނަގެ ޚަންދާނަކީ ފާރިސީ ޚާންދާނުކަމެވެ. އަދި އެޢާއިލާގެ ޙަޤީޤަތް ﷲ ނޫންފަރާތަކަށް ނޭނގޭނެކަމަށް އޭނާ ބުނެއެވެ.[4]

އޭނާ ޤާދިޔާން މަޒްހަބުގެ އަސާސްތައް އެކަށައެޅީ 1889ވަނަ އަހަރެވެ. މިރުޒާ ޣުލާމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރެއްވީ އިންޑިޔާގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަބުލް ވަފާ ޘަނާﷲ އެވެ. އޭނާއާ މިރުޒާ ޣުލާމާ ދެމެދު ބޭއްވުނު ބަޙުޘެއްގައި މުބާހަލާ ކުރެއްވިއެވެ. އެމުބާހަލާގައި އައްޝައިޚް އަބުލްވަފާ ވިދާޅުވީ އޭނާއާ މިރުޒާއާ ދެމީހުންކުރެ ތެދުވެރިޔާ ދުނިޔޭގައި ހުއްޓައި، ދޮގުވެރިޔާ މަރުވުމަށެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ މިރުޒާ 1908 ވަނައަހަރު ނިޔާވެއްޖެއެވެ.[5]

ނަބީކަމަށްދަޢުވާކުރުން:

ޤާދިޔާނިން އިއުލާންކުރާގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފަހުން ފާޅުކުރައްވާނީ ހަމައެކަނި އެންމެ ނަބިއްޔެއް ނޫނެވެ. އެކަމަކު އެތައްހާސް ނަބީންނެއް، މުޙައްމަދު ގެފާނުގެ ފަހުން ފާޅުވާނެއެވެ. ޤާދިޔާނީ މަޛްހަބުގެ ދެވަނަ ޚަލީފާ ބަޝީރުއްދީން މަޙްމޫދު އަޙްމަދު ބިން މިރްޒާ ޣުލާމް އަހްމަދުގެ “ޙަޤީޤަތުއް ނުބުވާ” ގައިލިޔެފައިވަނީ “ދުވާލުގެ މެންދުރު ވަގުތުގައި އިރުގެ އަލިކަން ފާޅުވެފައިވާފަދައިން ނަބީކަލޭގެފާނަށް ފަހުގައިވެސް ނަބީކަމުގެ ދޮރު ހުރީ ބަންދު ނުވެއެވެ.” ނަބީކަމުގެ ދޮރު މިރްޒާ ޣުލާމް ހުޅުވާފައިވަނީ މިގޮތަށެވެ. މިދޮރު ރަނގަޅަށް ހުޅުވުމަށްފަހު ނަބީކަމަށް ދަޢުވާކުރިއެވެ. މިރްޒާ ޣުލާމް ލިޔެފައިވާ “އައްރިސާލަތު ވައްނުބުއްވަތު” މިފޮތުގައި ބުނެފައިވަނީ “ދަޢުވާކޮށް އަހަރެން ބުނާނީ އަހަންނަކީ ރަސޫލެކެވެ.” އަދި ނަބިއްޔެކެވެ.[6]

މިކަލޭގެބުނެއެވެ. “މާތްﷲ ޤަރުނު ފެށޭކޮޅުގައި ތިމަންނަ ފޮނުއްވެވީ ދީނުގެ ކަންތައް އައުކޮށްދިނުމަށާއި ޞަލީބުހަލާކުކޮށް ނަޞާރާ ދީނުގެ އަލިކޮޅު ނިވާލާ، ދީނުން އުނިވެފައިވާ ކަންތައްތައް އިސްލާހްކުރުމަށެވެ. ތިމަންނައަށް އިލްހާމްއާއި ޥަޙީބާވާލެއްވުނެވެ. އަދި އެހެނިހެން ރަސޫލު ބޭކަލުންނާއި މާތްﷲ ވާހަކަ ދެއްކެވި ފަދައިން ތިމަންނައާވެސް ވާހަކަދެއްކެވިއެވެ.[7]

ދެވަނަ މަބްޙަޘް :

ޤާދިޔާނިންގެ ޢަޤީދާތައް:

ޤާދިޔާނިންނަކީ ވަރަށް ގިނަ ބާޠިލް ޢަޤީދާތަކެއް ގެންގުޅޭ ބައެކެވެ. އެގޮތުން ޤާދިޔާނިންގެ ޢަޤީދާތަކުގެ ތެރެއިން ބައެއް ޢަޤީދާތަކަށް ބަލާލާނަމެވެ.

ނުނިމޭ!



 [1] د:مانع بن حمّاد ,الموسوعة الميسرة فى الاديان والمذاهب والازاب المعاصرة, الناشر,دار الندوة العالمية, الطبعة الثالثة,1418ه,ص:419

 [2] الشيخ غالب بن علي, فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها , الدار العصرية, الطبعة الثامنة,1431ه-2010,ص: 487

[3] ޢަބްދުލް މުޢީދު ޙަސަން،މުސްލިމުންގެ ފިރުޤާތައް،3:45، http://oneislaam.blogspot.com/2012/08/blog-post_30.html ,26/8/2013

[4] الشيخ غالب بن علي, فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها , الدار العصرية, الطبعة الثامنة,1431ه-2010,ص:489

[5] ޢަބްދުލް މުޢީދު ޙަސަން،މުސްލިމުންގެ ފިރުޤާތައް،4:00, 25/5/2012 http://www.bahuru.com/3_dheen/ehenihen_123_1168.html ،27/8/2013

[6] އިބްރާހިމް ރަޝީދު މޫސާ، އަލްމިންބަރު، ޑިޕާރޓްމަންޓް އޮފް ރިލިޖަސް އެފެއާޒް،ނަންބރު:9، 1406ހ_1986މ، ޞ:40، ވޮލިއުމް: 1

[7] الشيخ غالب بن علي , فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها ،الدار العصرية, الطبعة الثامنة,1431ه-2010,ص: 489

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ވައިރަސް އަރައިގެން ޕެން ނުވަތަ ހާރޑްގައި ހުންނަ އެއްޗެހި ގެއްލުމުން ހަދާނީ ކިހިނެތް؟

Next Article

ސޯޝަލްނެޓްވޯކްތަކާއި މެދު ވިސްނާލަމާތޯ!( 1ވަނަ ބައި)

Related Posts