އެގޮތުން އާނޯރޑު އިސްލާމްވީކަން ބަޔާންކޮށްފައިވަނީ އެބޭފުޅާގެ ޓުވިޓަރ އެކައުންޓުގައެވެ. އެއީ 27 ފެބުރުއަރީގައެވެ. (ޓުވީޓުގެ ލިންކު ބައްލަވާ) އަދި އެއީ އޭނާގެ ހަޔާތުގެ އާ ފެށުމެއްކަމަށް ބުނެފައިވެއެވެ. އެޓުވީޓާއެކުގައި ބައެއްމީހުން ހީކުރީ އެއީ ޖޯކެއްކަމަށެވެ. ނަމަވެސް ފަހުން އެބޭފުޅާ ވަނީ އެކަން ޔަގީންކޮށްދީފައެވެ. އަދި އަލްޖަޒީރާއަށް ވަނީ އިންޓަރވިޔުއެއްވެސް ދެއްވާފައެވެ. އަދި ހޭގުގެ ސިޓީ ހޯލްގައި އެޑްވައިޒަރެއްގެ ގޮތުން މިހާރު މަސައްކަތްކުރައްވާ އާނޯރޑުވަނީ އިސްލާމްވީކަން ބަޔާންކޮށް މޭޔަރަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި މަސައްކަތްކުރާ ވަޤުތުގައި ނަމާދުކުރެވޭނެ ގޮތް ހަދައިދިނުމަށްވެސް އެދިފައިވެއެވެ.
އަދި ހޭގުގެ އަލްޔަޤީން މިސްކިތުގެ ވެބްސައިޓުގައިވެސް ވަނީ މިކަން ރަސްމީކޮށް ބަޔާންކޮށްދީފައެވެ. ލިންކު.
އެ ލިޔުމުގައި އެބޭފުޅާ އިސްލާމްދީނުގެ މަތީގައި ސާބިތުކޮށްދެއްވުން އެދި ދުޢާކޮށްފައިވެއެވެ.
އަދި އެބޭފުޅާވަނީ އަލްޖަޒީރާއަށް ދެއްވާފައިވާ ބަސްދީގަތުމުގެ ބައެއް ސުވާލުތަކާއި ޖަވާބުތައްވެސް ޓުވިޓަރ އެކައުންޓުގައި ޕަބްލިސް ކޮށްފައެވެ. ލިންކު
އެގޮތުން ތިރީގައި އެވަނީ އަލްޖަޒީރާގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.
އަލްޖަޒީރާ: ތިބޭފުޅާގެ އިސްލާމްވުމާއި މެދުގައި ބައެއްމީހުން ޝައްކުކުރެއެވެ. އެބައިމީހުންނާއި މެދު ބުނަނީ ކީކޭތޯއެވެ؟
އާނޯރޑު: މީހުން އެކަމާއި މެދު ޝައްކުކުރާކަން އަހަރެންނަށް އިހުސާސްކުރެވެއެވެ. ސަބަބަކީ އެއީ ގިނަމީހުންނަށް ހީކުރެވިފައިވާ ކަމަކަށް ނުވާތީއެވެ. އަހަރެންގެ ގާތްމީހުންނަށް އަހަރެން މިހާރު ޤުރުއާނާއި ޙަދީޘާއި އަދި ސުންނަތް އަދިވެސް އެނޫން އިސްލާމީ ލިޔުންތައް ދިރާސާ ކުރާތާ އަހަރެއްވެފައިވާ ކަން އެނގެނޭއެވެ. އަދި އޭގެ އިތުރުން އަހަރެންވަނީ މުސްލިމުންނާއި އެކު ވަރަށް ގިނަ ބަހުސްތައް ކޮށްފައެވެ. މިއީ އަހަރެން އެނިންމުމަކާއި މެދު ކުޑަކަމެއްގެ ގޮތުގައި ނުނަގާ ކަމެކެވެ.
އަލްޖަޒީރާ: އިސްލާމްދީނާއި ބެހޭގޮތުން ސައުޤުވެރިކަން އުފެދުނީ ކިހިނެއްހެއްޔެވެ؟
އާނޯރޑު: އަހަރެންނަށްވަނީ އިސްލާމްދީނާއި މެދު ވަރަށް ގޯސް ޚަބަރުތައް އިވިފައެވެ. ނަމަވެސް އަހަރެންނަކީ އެހެން މީހުންގެ ހިޔާލުތަކަށް އެއީ ތެދެއްތޯ ބެލުމަށްފަހުގައި އެޔާއި މެދުގައި އަހަރެންގެ އަމިއްލައަށް ގޮތެއްކަނޑައަޅައިފައި ނޫނީ އެކަން ޤަބޫލުކުރާ މީހެއްނޫނެވެ. އެހެންކަމުން އިސްލާމްދީނުގެ މަޢުލޫމާތު އަހަރެންގެ ޝައުޤުވެރިކަމުގެ ސަބަބުން ފުންކޮށް ލިބުނެވެ. އަދި ހޭގުގެ ސިޓީ ހޯލުގައި އަހަރެންނާއި މަސައްކަތްކުރާ އަބޫ ޚައުލާނީ އަހަރެންނަށް އައްސުންނަތް މިސްކިތް ތައާރަފުކޮށްދިނެވެ. އަދި އެމިސްކިތުން އަހަރެންނަށް އިތުރު މައުލޫމަތުތައް ލިބުނެވެ. އެމީހުން އަހަރެން ބަލައިގަތީ ވަރަށް ޕޮޒިޓިވްކޮށް އަދި ހޫނު މަރުހަބާއާއި އެކުގައެވެ.
އަލްޖަޒީރާ: އަނެއްކޮޅަށް ބަލާއިރު ފުރީޑަމް ޕާރޓީއަށް ވަދެވުމުން އެކަމާއި ހިތާމަކުރަން ހެއްޔެވެ؟
އާނޯރޑް: ދިރިއުޅުމުގައި ކޮންމެ ކަމެއްގައިވެސް ބޭނުމެއްވާކަން އަހަރެންނަށް ވަނީ އެނގިފައެވެ. ނަމަވެސް މިއަދު އަހަރެންނަށް ލިބިފައިވާ ޢިލްމުގެ(އިސްލާމްދީނުގެ) އަލީގައި އެއްވެސް ޝައްކެއްނެތި އަހަރެން އެހެން ގޮތެއް (ކުރިން) ހިޔާރުކުރީމުހެވެ.
އަލްޖަޒީރާ؛ ދެން ތިބޭފުޅާ އިސްލާމްވުމުން މީހުންގެ އަމަލުތައް ހުރީ ކިހިނެއް ހެއްޔެވެ؟
އާނޯރޑު: ބައެއްމީހުންގެ(ކާފަރުންގެ) ނަޒަރުގައި އަހަރެންނަކީ ހިޔާނާތްތެރިއެކެވެ. ނަމަވެސް ގިނަމީހުން މިއީ ރަނގަޅު ނިންމުމެއްކަމަށް ބަލައިގަނެއެވެ. ނަމަވެސް ޢާންމުގޮތެއްގައި މީހުންގެ ޢަމަލުތައް ފެންނަނީ ރަނގަޅަށެވެ. އަދިވެސް އަހަރެންނަށް ޓުވިޓަރއިންވެސް ދަނީ މީހުންގެ ސަޕޯރޓު ލިބެމުންނެވެ. އަހަރެން ހިޔާރުކުރިގޮތް ދެނެގަނެ އަހަރެން ނުދަންނަ ބަޔަކު އަހަރެންގެ ނިންމުމަށް އިޚުތިރާމްކުރާތީ އެއީ ބޮޑު ހިތްހަމަޖެހުމެކެވެ.
އަލްޖަޒީރާ: ދެން ފާހަގަކުރައްވާނެ އިތުރުއެއްވެސް ކަމެއް އެބައޮތްހެއްޔެވެ؟
އާނޯރޑު: އެހެންމީހުންނެކޭ އެއްފަދައިން އަހަރެންގެ ދިރިއުޅުމުގައިވެސް ވަނީ ކުށްކުރެވިފައެވެ. މި ކުށްތަކުން އަހަރެންނަށް ވަނީ ވަރަށް ބޮޑެތި ފިލާވަޅުތައް ލިބިފައެވެ. އަދި އަހަރެން އިސްލާމްދީން ހިޔާރުކުރުމުން އަހަރެންނަށް މިވަނީ ެ އެންމެފަހުން ހުންނަން ޖެހޭ ގޮތަކީ މިއީކަން އަހަރެންނަށް އިހުސާސް އެބަކުރެވެއެވެ. އަހަރެންނަށް މިއީ އާ ފެށުމެއްކަން އެނގެއެވެ. އަދި ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އަދި އަހަރެންނަށް އިތުރު އުނދަގޫތަކާއި ދިމާވާނެކަމަށް ލަފާކުރެވެއެވެ. ޚާއްޞަކޮށް ސަރުކާރުގެ އިދާރާތަކުންނެވެ. މި ހުރިހާ ކަމަކުން ﷲ އަހަަރެން ސަލާމަތްކޮށްދެއްވައި ތައުފީޤުދެއްވާނެކަމާމެދު އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ނިމުނީ
އިސްލާމްދީނުގެ އަލަށް އައި މިއަޚާއަށް ތިޔަބޭފުޅުންގެ ހެޔޮބަސްފުޅެއް ޓުވިޓަރއިން ރައްދުކޮށްލުން ކީއްތޯއެވެ.؟ ލިންކު:
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަޚާއަށް ސާބިތުކަން ދެއްވައި އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށް ކާމިޔާބު މީހުންގެ ތެރޭގައި ލެއްވުމެވެ. އަދި ދުނިޔޭގައި ސާބިތުކަން ދެއްވައި ކެތްތެރިންގެ ތެރޭގައި ލައްވައި އިސްލާމްދީނަށް ނަސްރުދޭ މީހުންގެ ތެރޭގައި ލެއްވުމެވެ. އާމީން. އަދި އަޅުގަނޑުމެން އެންމެނަށް ހިދާޔަތު ދައްކަވައި ނަޖާވާމީހުންގެ ތެރޭގައި ލެއްވުމެވެ. އާމީން.