Categories
ހުރިހާ ލިޔުންތައް

ތައުޙީދުލް އަސްމާއި ވައްޞިފާތި

ތައުޙީދުލް އަސްމާއި ވައްޞިފާތި އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަން ފުޅުތަކާއި ސިފަފުޅު ތަކުގައި އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެނގި ބަޔާން ވެގެންވާ ﷲ ގެ އެންމެހައި ނަންފުޅުތަކާއި

Categories
ހުރިހާ ލިޔުންތައް

ދިވެހި ރާއްޖޭގައި ވަރިގިނަވާން މެދުވެރިވާ ސަބަބުތައް( 1ވަނަ ބައި)

މާތް ﷲ ޞުބަޙާނަހޫ ވަތަޢާލާވަނީ ކައިވެނީގެ ގުޅުމުންގުޅިގެން އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ރައްކާތެރިކުރުމަށް އަންގަވާފައެވެ. ހަމައެހެންމެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި ކައިވެނި ރޫޅާލުމުގެ އިޚްތިޔާރު ދެއްވާފައެވެ.

Categories
ހުރިހާ ލިޔުންތައް

ރާއްޖޭގެ ފަރުތަކުން މަދުވާން ފަށާފައިވާ ބާވަތެއް- އިހި

އިއްސަކީ ރާއްޖޭގެ ފަރުތަކުން މިހާރު މަދުވަމުންއަން ތަކެތީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްޗެކެވެ. މިހާރު އިހިމަހަކީ ރާއްޖޭގައި ކެއުމަށް ބޭނުންކުރެވޭ މަހަކަށް ވީނަމަވެސް އޭގެ އަތްފޯރާވަރަށްވުރެ ބޮޑެވެ. ހަމަ އެހެންމެ އިހިވެރިކަމުގެ ވިޔަފާރިއަކީ އޭގެ ފައިދާ އިންތިހާއަށް ބޮޑު މަސައްކަތަކެވެ.

Categories
ހުރިހާ ލިޔުންތައް

ޞުބުޙާނަ ﷲ އެވެ! އިންސާނުންގެ ތެރޭން ބަޔަކުމީހުން ޖަނަވާރުންފަދައިން

ޞުބުޙާނަ ﷲ އެވެ! އިންސާނާއަށް ﷲމަތިވެރިކަމާއި ބާރާއި އެންމެހާ ނިޢުމަތްތައް ދެއްވުމުންވެސް އޭގެ ތެރޭން ބަޔަކު މީހުން ޖަނަވާރުންގެ ދަރަޖައައް ވެއްޓިގަންނަނީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ﷲ އިންސާނުންނަށް ވުރެ މާތް މަޙުލޫގެއް ދުނިޔެމައްޗައް ނުލައްވަވައެވެ.

Categories
ހުރިހާ ލިޔުންތައް

މިފަދަ ނިމުމެއް ﷲ ތަބާރަކަ ވަތަޢާލާ މިންވަރުކުރައްވާށިއެވެ

މިޙާދިޘާހިނގީ މީގެ އަހަރުތަކެއްކުރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ކަމުގައިވާ ރިޔާޟުގައެވެ. ޢާއިލާއެއްގައި ހުރި ގާތްގަނޑަކަށް އުމުރުން 15 އަހަރަށް އަޅާފައިވާ އަންހެންކުއްޖެކެވެ. ކިޔަވަމުންދިޔައީ ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާއެއްގައެވެ. އެމަދަރުސާގެ ތިންވަނަ ގުރޭޑުގައެވެ.

Categories
ހުރިހާ ލިޔުންތައް

ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ތެރެއިން ވެލާ ކަހަނބު

ހިކިފަސްގަނޑަށްވުރެ   ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފައް ރާއްޖެއަކީ ފަސްގަނޑުތިރި ގައުމެކެވެ. ރީތި ފަރުތަކާއި ގިރިތަކުން ފުރިގެންވާ ހިއްފަސޭހަ ގައުމެކެވެ. މޫދުގެ ދިރުންތަކުގެ ގޮތުންބަލާއިރު

Categories
ހުރިހާ ލިޔުންތައް

ތައުޙީދުލް އުލޫހިއްޔާ

ތައުޙީދުލް އުލޫހިއްޔާއަކީ އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާ މެނުވީ އަޅުކަން ކުރުން ޙައްޤު ވެގެންވާ ދެވަނަ ފަރާތެއް ނެތް ކަމުގައި ޔަޤީންކޮށް

Categories
ހުރިހާ ލިޔުންތައް

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް

الحمد لله والصلاة والسلام على رسول الله
ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.
Categories
ހުރިހާ ލިޔުންތައް

ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ.
އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ ދެނެގަނެފައެވެ. ދަގަތްފާނުގައި ދަގަނޑު ތަތްލަވައެވެ. އެއަށް ދަމާބާރެއް ހުންނަކަން ހާމަވަނީ މިގޮތުންނެވެ.

Categories
ހުރިހާ ލިޔުންތައް

ކައިވެނީގެ މުހިންމުކަން( 1 ވަނަ ބައި)

النكاحނުވަތަކައިވެނީގެތަޢުރީފު:

  • ބަހުގެގޮތުންالنكاح: النكاح މިލަފްޛުގެ މާނަތައް ތަފާތުގޮތްގޮތަށް މާނަކުރެވެއެވެ. އެގޮތުން زواج (ގުޅުވާލުން ނުވަތަ އެއްކޮށްލުން) މިމާނައިގާ ބޭނުނުންކުރެވެއެވެ. މިނަންދެވުނީ ދެޖިންސުގެ ދެމީހަކު އެއްކޮށްލައި ގުޅުވާލާތީއެވެ.

العقد (ވާފަށެއް ގުޅުވާލުން ނުވަތަ ގޮށްޖެހުން) މިމާނާގައިވެސް ބޭނުންކުރެވެއެވެ. އަދި الوطء އާއި الإستمتاع (ޖިމާޢުވުން ނުވަތަ ޖިންސީ އަރާމު ލިބިގަތުން) މިމާނައިގާވެސް ބޭނުންކުރެވެއެވެ.