Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ކަދުރުގެ ފައިދާ

ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮނަކާއި އެކު އުފެދިފައިވާ  ފޮނިމޭވާއެކެވެ.  ކަދުރު ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ  ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުން އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. .ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި  ކެއުމަށް ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ބައެއް ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އާއި އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.  ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓްގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައިވެސް ކަދުރު  ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއް ބޮޑުވެ ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު  މާތް ﷲ އެކަމަނާއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. މި ޒަމާނުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ.  ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން އާއި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް،  ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތައް ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

 

 

 

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ޔޫރިން އިންފެކްޝަން؛ އަންހެނުންގެ އެންމެ ބޮޑު މައްސަލަ

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން ނުވަތަ އާންމު ބަހުން ނަމަ ޔޫރިން އިންފެކްޝަން އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ އާންމު ސިއްޙީ މައްސަލައެކެވެ. ޚާއްސަކޮށް އަންހެނުންނަށް މިކަމުގެ އުދަގޫތައް ކުރިމަތިވާލެއް ބޮޑެވެ

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ލޯކައިރި ކަޅުވުމުން ސަލާމަތް ކުރެވިދާނެ ބައެއްގޮތްތައް

ލޮލުގެ ރީތިކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ އެތައް ވައްތަރެއްގެ ތަކެތި ހުރެއެވެ. މަސްކަރާ، އައިލައިނަރ، އައިލެޝް އަދި ތަފާތު ވައްތަރުގެ މޭކަޕް ކުލަތަކަކީ ލޮލުގެ ރީތިކަން އިތުރުކޮށްދޭ ތަކެއްޗެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކީ ދާއިމީ ފަރުވާއެއްނޫނެވެ.

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

މެއިން ދިލަ ނެގުން

މެއިން ދިލަނެގުމަކީ ކޮބާ؟ ވަރަށް ގިނަ މީހުން ހީކުރާގޮތުގައި މެއިން ދިލަނެގުމަށް މެދުވެރިވަނީ ބަނޑުގައި މާގިނައިން އެސިޑް އުފެދިގެންނެވެ. މެއިން ދިލަނެގުމާއި ކުރިމަތިލާންޖެހިފައިވާ ގިނަ މީހުންނަށް މިކަންތައް ދިމާވަނީ ކޮންމެހެން ގިނައިން އެސިޑް އުފެދިގެނެއް ނޫނެވެ. ނަމަވެސް އެސިޑް އުފެދެން ނުވާތަނެއްގައި

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރާނީ ކިހިނެއް؟

ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު
“ތުއްތު ކުއްޖާ އުފަންވާއިރު ދެކޮނޑު ދޭތެރޭ ބޮލެއް ހުރެއެވެ. އެބޮލުގައި އުނގެނުން ތައްޔާރަށް އޮތް ސިކުނޑިއެއްވެއެވެ. ނަމަވެސް އެސިކުނޑީގެ ތަފާތު ބައިތައް (ބަހުރުވަޔާއި ހިސާބާއި ހެވާއިނުބައި ވަކިކުރުމާއި ޝުޢޫރުތަކާއި އެނޫންވެސް ކަންތައްތަކާ

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ސިއްހަތު ރަނގަޅު މަޔަކަށްވުން

 

ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާތް ﷲ ލައްވާފައިވާ ތަބީޢީ ނިޒާމެއްގެ ދަށުން ހިނގާކަމެކެވެ. ކޮންމެ ދެމަފިރިޔަކީވެސް  އެދެމަފރިޔަކުވެސް  ލިބޭ ދަރިފުޅަކީ ޞިއްހަތު ރަނގަޅު ހެޔޮހާލުގައި އުފަންވާ ކުއްޖަކަށް ހަދަންވާނެއެވެ. އެހެންކަމުން ކޮންމެ މަޔަކާއި ބަފަޔަކުވެސް ލިބޭ ދަރިފުޅާ މެދުގައި ކުރަމުންއަންނަ އުންމީދު ފުރި

Categories
ޞިއްހަތު

އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން

ދަރިމައިވާއިރު އަންހެންމީހާގެ ބަރުދަން އެކަށީގެންވާ މިންގަޑެއްގައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާދައިގެ ބަރުދަނެއްގައިވާ އަންހެނުންނާއި އަޅާބަލާއިރު ދަރިއަކަށް ބަލިވެ އިންނައިރު ހަށިގަނޑު ފަލަވެފައިވުމުން ދަރިފުޅު އުފަންވާއިރު އުފެދުމުގެ ނުކުޅެދުންތައް

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟

މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟

މާލޭ މަސް މާރުކޭޓްގައި ވިއްކާ މަހުގެ ބޮޑު ބައި ހުންނަނީ ކެއުމަށް ބޭނުން ކުރާން ކަމުދާ ވަރަށްވުރެ މާ ބޮޑަށްވެސް ގޯސްވެފައިކަން މާރުކޭޓްގައި ތާޒާ މަސް އަދި ކާން ކަމު ނުދާ މަސް މީހުންނަށް އަންގައި ދިނުމަށް ބަހައްޓާފައިވާ ބޯޑަށް ބަލާލީމަ ޔަގީންވެއެވެ.

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ކަކުނި މަހުގެ ސިއްޙީ ފައިދާ

ކަކުންޏަކީ އެއްގަމާއި މޫދުގައިވެސް އުޅޭ ދިރޭއެއްޗެކެވެ. އާންމުގޮތެއްގައި ކަކުނީގައި ދާވަނި އިންނަ ފައި ނުވަތަ ދާނަ ފަޔާއި އެކު އިންނަނީ 10 ފައެވެ. ގިނަ ވައްތަރުތަކުގެ ކަކުނީގައި ހަރު ތޮށިގަނޑެއް ހުންނަ ނަމަވެސް ތޮށިގަނޑު މަޑު ކަކުނިވެސް އުޅެއެވެ. ކަކުނި އުޅޭ ތަންތަނަށް ބަލާއިރު ޗަސްބިންތަކާއި