Categories
ހުރިހާ ލިޔުންތައް އެހެނިހެން ތާރީޙް

ރައިސް އިބްރާހިމް ނާސިރު

މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުއާއި މެދު ރާއްޖޭގައި ކަންތަށް ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަންކުރި މީހަކާއި މެދު 

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ބުލޫ ފިޑްލާރ ކުރެބް ހުޅުމާލޭގައި އާލާވާން ފަށައިފި

މި ބާވަތުގެ ކަކުންޏަކީ އާންމުކޮށް މޫދާއި ގުޅިފައި ހުންނަ ޗަސްބިންތަކާއި ކުޅިތަކުގެ ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ނޫ އަދި އޮރެންޖް، ރީނދޫ، ކަޅު، ހުދު ކުލަ ހުންނަ މި ކަކުނީގެ ސައިޒްކީ 3 ސެންޓިމީޓަރާއި  2 ސެންޓިމީޓަރާއި ދެމެދެވެ.

ބްލޫފިޑްލާރ ކްރެބްއަކީ މީގެ ކުރިން ހުޅުމާލޭގައި އުޅުން ވައްތަރެއް ނޫނެވެ.  މި ބާވަތުގެ ކަކުނި ހުޅުމާލެއަށް އައި ގޮތްކަމަށް ބެލެވެނީ މޫދުން އޮޔާ ދެމެމުން ނެވެ.  ބްލޫ ފިޑްލާރ ކްރެބް ބިސް ވިހަން ގާތްވުމުން އެ ބިސްތައް ފެނަށް ދޫކޮށްލައެވެ.  އާންމުކޮށް 1000 އަށްވުރެ ގިނަ ބިސް ދޫކޮށްލައެވެ.  ލޮލަށް ރަނގަޅަށް ނުފެންނަވަރު ކުދި ބިސްތައް ފަޅާލާފައި ލާވާ ނުވަތަ ފަނި ނިކުމެއެވެ. އަދި އެ ފަނި 2 ހަފްތާވަރު އެކި މަރުހަލާތައް މޫދުގައި ނުވަތަ ފެންގަނޑުތަކާއި ކޯރުތަކުގައި ހޭދަކުރެއެވެ.

ހުޅުމާލެ އާއި އެންމެ ގާތުގައި މި ބާވަތުގެ ކަކުނި އުޅޭ އެއް ރަށަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުން ކ.ހުރައެވެ.  ހުޅުމާލެ އަދި ހުރަޔަކީ އެއް ބަރިއަކަށް އެތުރިފައި ދެރަށެވެ.  އެހެންކަމުން ފިޑްލާރ ކްރެބް ހުޅުމާލެއާއި ހިސާބަށް އަންނާނެ ކަމަށް ބެލެވެން އޮތްގޮތަކީ ހުރާ ކުޅީގެ އުޅޭ ފިޑްލާ ކްރެބްގެ ފަނި އޮޔާ އައިސް ހުޅުމާލޭގެ ފަސްގަނޑަށް އަރައިގެންނެވެ.

ފިޑްލާ ކްރެބްއަކީ ދިޔަވަރު ހިކުމުން ހަރުން ބޭރަށް ނިކުންނަ ކަކުންޏެކެވެ. ބައެއް ފަހަރަށް ކާނާ ހޯދުމުގައި އަދި ނުރައްކާތަކުން ސަލާމަށް ވާން ފެންގަނޑު ތެރެއަށްދެއެވެ.

Categories
ހުރިހާ ލިޔުންތައް އިޖްތިމާއީ

ޒައިނަބް

Categories
ހުރިހާ ލިޔުންތައް ޞިއްހަތު

ކަދުރުގެ ފައިދާ

ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮނަކާއި އެކު އުފެދިފައިވާ  ފޮނިމޭވާއެކެވެ.  ކަދުރު ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ  ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުން އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. .ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި  ކެއުމަށް ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ބައެއް ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އާއި އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.  ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓްގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައިވެސް ކަދުރު  ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއް ބޮޑުވެ ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު  މާތް ﷲ އެކަމަނާއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. މި ޒަމާނުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ.  ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން އާއި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް،  ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތައް ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

 

 

 

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

ރާއްޖޭގެ ބައެއް މަސްވެރިން ގަބޫލުކުރާ ގޮތުގައި ގުރޭޓް ވައިޓް ޝާރކް އަކީ  ދިވެހިންނަށް ކަނޑު މަތިން ފެންނަ ވޮށި މަސް މިޔަރެވެ. އެހެންނަމަވެސް އެއީ އޮޅުމެކެވެ. އަދި ބައެއް މީހުން ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރު ކަމަށްވެސް ބުނެ އުޅެއެވެ.

ވޮށިމަސް މިޔަރުގެ ގޮތުގައި ދިވެހިން ނަންދީފައިވާ މިޔަރަކީ އިނގިރޭސިބަހުން ބުނާނަމަ މާކޯ ސާރކް އެވެ. ވޮށިމަސް މިޔަރު   ފެންނަ ފެނުމަށް ވޮށި މަހާ ކޮންމެސް ވަރަކަށް ކުލަ އަދި ނަގޫ ކައިރި ކުޑަކޮށް އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ.

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރުތަ؟

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރެއް ނޫނެވެ. އެހެނީ މިގޮތަށް ބުނެވޭ އެއްވެސް ސައްހަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފެންނާން ހުރި ލިޔެ ކިޔުންތަކުން އެނގެން ހުރި ގޮތުން ފެމުނު މިޔަރަކީ ޓައިގާރ ޝާރކެވެ. އެއީ މިނިކާވަގު ނުވަތަ ޓައިގާރގައި ހުންނަ ފަދަ ކުރެހުމެއް ހަންގަނޑުގައި ހުންނަ މިޔަރެކެވެ.

ފެމުނު މިޔަރަކީ ރާއްޖޭން ފެންނަ މިޔަރުގެ ވައްތަރެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ފެމުނު މިޔަރުގެ ވާހަކަޔަކީ އާންމު ވާހަކަ އެކެވެ. ރާއްޖޭގެ ބައެއް މަސްވެރިން ގުރޭޓްވައިޓް ޝާރކް ބާނާ ވާހަކަޔާއި ފެންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލަކީ ގުރޭޓްވައިޓް ޝާރކް އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ދުނިޔޭގެ އެއްވެސް ރެކޯޑަކުން ފެންނަން އޮތް ސަރަހައްދެއް ނޫނެވެ. އަދި  ގުރޭޓްވައިޓް ޝާރކް ކަމަށް ބުނެ މަސްވެރިން ދެއްކި ފޮޓޯ ވީޑީއޯއިން ފާހަނގަކުރެވުނީ އެއީ މާކޯ ޝާރކް ނުވަތަ ވޮށިމަސް މިޔަރު ކަމެވެ. ރާއްޖޭގެ ކަނޑުގެ އާންމު ފިނު ހޫނު މިނަކީ 28، 30 ޑިގްރީސެލްސިޔަސް އެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް ދިރިއުޅެނީ 12 ޑިގްރީ ސެލްސިޔަސް އާއި 24 ޑިގްރީސެލްސިޔަސް އާއި ދޭތެރޭގެ ފިނި ހޫނު މިން ހުންނަ ސަރަހައްދުތަކުގައެވެ. މި ލިޔމުގެ ކުރިން ރާއްޖޭގެ އެންމެ މަސްހޫރު ޑައިވިން މާސްޓާރ ހުސައިން ރަސީދު(ސެންޑި) ގެ ބަހެއްވެސް ހޯދާލީމެވެ. ހުސައިންވެސް ވިދާޅުވާ ގޮތުން ގުރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭ މިޔަރެއް ނޫނެވެ.

ފޮޓޯ ނެގިފައިވަނީ:

http://www.edgeofexistence.org/species/longfin-mako/

Categories
ސައިންސް/ ޓެކް

އެޑޯބް ލައިޓް ރޫމް އަށް ޕްރީސެޓްސް އަޅަން ބޭނުންތަ؟

ފޮޓޯގުރަފީގެ ދާއިރާގައި އުޅޭ ގިނަ ފަރާތަތްތަކުން ފޮޓޯ ގެ ކުލަ ރީތިކޮށް އަލިކޮށް ހެދުމަށް ބޭނުން ކުރާ އެންމެ ރަނގަޅު އެއް ސޮފްޓްވެއާރ އަކީ އެޑޯބް ލައިޓް ރޫމެވެ. ލައިޓް ރޫމްއަކީ ފަސޭހައިން ފޮޓޯގެ ކުލަ ބަދަލުކޮށް ރީތިކޮށްލެވޭ ސޮފްޓްވެއާރއެކެވެ. އަދި އެއް ފޮޓޯއެއްގެ ކުލަ ސެޓްކޮށްފައި ދެންހުރި ހުރިހާ ފޮޓޯތަކަށް ހަމަ އެ ބަދަލު ގެންނަން އެހާ ފަސޭހައެވެ.

ބައެއްފަހަރަށް ވަގުތު ހުންނަ ގޮތުން އަވަހަށް ފޮޓޯތަކެއްގެ ކުލަ ރީތިކޮށްލަން ބޭނުންވެދާނެއެވެ.  މިފަދަ ހާލަތު ތަކަށް އެންމެ ފަސޭހަގޮތަކީ ޕުރީސެޓްސް ލައިޓްރޫމަށް އެޅުމެވެ. ލައިޓްރޫމް ޕުރީސެޓްސްގެ ގޮތުގައި އަޅުގަނޑު މި ފާހަނގަކުރަނީ އިސްވެ ބުނެވުނު ގޮތަށް ލައިޓް ރޫމް އިން ފޮޓޯގެ ކުލަ ރީތިކޮށްފައި އެ ސެޓިން ހަމަ އެގޮތަށް ސޭވްކޮށްފައި ހުންނަ ހުރުމަށެވެ. އެ ސެޓިން ނުވަތަ ފޮޓޯ ރީތިކުރުމުގައި ބޭނުންކުރި މިންގަނޑުތަކޭވެސް ބުނެވިދާނެއެވެ. އެ މިންގަނޑުތަކަކީ އެހެން ފޮޓޯތަށް ރީތިކުރުމަށް ފަހުންވެސް ބޭނުންކުރެވޭ މިންގަނޑުތަކެވެ. ފޮޓޯގެ ސާފްކަން ބަހައްޓާނެ މިންވަރު، ކުލަ، ގަދަ ކުރަން ބޭނުންވާ ކުލަ، އަލިކުރަން ބޭނުންވާ މިންވަރު ސެޓިންގައި ހިމެނިދާނެއެވެ.

ތަފާތު އެތައް ގޮތަކަށް ތައްޔާރުކޮށްފައިވާ ލައިޓްރޫމް ޕުރީސެޓް ކަލެކްޝަން ތައް އެކި ސައިޓްތަކުގައި ހުރެއެވެ. މިސާލަކަށް ވެޑިން ފޮތޯތަކަށް ހާއްސަ ޕުރީސެޓްސް، ގޯލްޑަން އަވަރ، ބީޗް، ނައިޓް، އެޗްޑީއާރ، ވެށި އަދި ދިރޭތަކެތީގެ ފޮޓޯތަކާއި ގުޅޭ ޕުރީސެޓްސް ހުރެއެވެ. މި ލިޔުމުގެ ތިރިން ޕުރީސެޓްސް ޑައުންލޯޑްކުރެވޭނެއެވެ.

ޕުރީސެޓްސް ލައިޓްރޫމަށް އަޅާފައި އެ ބޭނުން ކުރާނީ ކިހިނެތް؟

  1. ލައިޓްރޫމް ހުޅުވާފަ އެޑިޓް މެނޫ އަށް ދާށެވެ. އެޑިޓް މެނޫގެ ދަށުން ފާހަގަކުރެވިފައިވާ ޕްރެފަރެންސް ނަގާށެވެ.

imagetutorial

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވާށެވެ. Show lightroom Preset folder

preference

މި ފޮޓޯއިން އެ ފެންނަނީ ލައިޓްރޫމްގެ ޕްރީސެޓްސް ހުންނަ ފައިލެވެ. ފާހަނގަކުރެވިފައި އެވާ ލައިޓް ރޫމް ފައިލް ހުޅުވާށެވެ.

4

 

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވުމުން ލައިޓް ރޫމް ޑިވޮލޮޕް ޕުރީސެޓް ފައިލް ފެންނާނެއެވެ. ދެން އެ ފައިލް ހުޅުވާށެވެ. އެ ފައިލް ހުޅުވުމުން މިހާރު އަޅާފައިވާ ޕުރީސެޓް ތައް ފެންނާނެއެވެ. ޑައުންލޯޑް ކޮށްފައިވާ ޕުރީސެޓްސް ފައިލް ޑެވެލޮޕް ޕުރީސެޓް ފައިލްގެ ތެރެޔައް ގެނެސް ލާށެވެ.

5

5.ފަހުން އަޅާފައިވާ ޕްރީސެޓްސް.

new presets

 

ޕްރީސެޓްސް އެޅުމަށްފަހު ލައިޓްރޫމް އަލުން ހުޅުވާށެވެ. ހުޅުވާއިރު ސްކްރީންގެ ކަނާއަތް ފަރާތުން ޕުރިސެޓްސް ފެންނަން ހުންނާނެއެވެ. ބޭނުންވާ ފޮޓޯ ލާފައި ބޭނުންވާ ޕްރީސެޓް އަށް ލާށެވެ. ޕްރީސެޓް އަށްދާއިރަށް އެ ޕްރީސެޓް ލީމަ އަންނާނެ ބަދަލު ވެސް މަތިން ފެންނަން އިންނާނެއެވެ.

lightroom1

 

ޕްރީސެޓް ޑައުންލޯޑް

މި ލިޔުމާއި ގުޅޭ ވީޑިއޯ 

Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

ޤާދިޔާނީންގެ ބައެއް އިސްމީހުން:

ޣުލާމް އަޙްމަދު: މީނައަކީ މިޙަރަކާތުގެ ބާނީއެވެ. އޭނާ ދުނިޔޭގައިއުޅުނީ 1839ން1908 ކަށެވެ. އޭނާއަކީ، އިންޑިއާގެ ޕަންޖާބުގެ ޤާދިޔާނުގެ ރައްޔިތެކެވެ. އޭނާ މަރުވިއިރު ފަންސާހަށްވުރެ ގިނަފޮތާއި މަޒްމޫނު ލިޔެފައިވެއެވެ.[1]

Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ތެރޭގައި ހިމެނޭ ފިރުޤާއެކެވެ. ސަބަބަކީ އެމީހުން މުސްލިމުންކަމަށް ދަޢުވާކޮށް، މުސްލިމުންގެ ނަމުގައި އެމީހުންގެ ފާސިދު ޢަޤީދާތަކާއި ކުފުރުގެ ޝިޢާރުތަށް ފަތުރާ، އެކަންކަން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާތީއެވެ. ނަމަވެސް ޙަޤީޤަތަކީ ޤާދިޔާނިން އިސްލާމުންގެ ނަންލިބިގަނެގެން އެތިބެނީ މަކަރުން އިސްލާމް މިނަމުން ފަރުދާވެގެންނެވެ. އަދިކިއެއްތަ އެމީހުންވަނީ އަހްލު ކިތާބިންނަށްފަހުގައި އިސްލާމްދީނާ ދުރަށްދިޔަ ބައެއްކަމުގައެވެ. އެމީހުންގެ އަމިއްލަ މަސްލަހަތާއިފައިދާއަށް މެނުވީ އިސްލާމްދީނުގެ ނަން، އެމީހުންނެއް ބޭނުމެއް ނުވެއެވެ. އެމީހުންގެ މަޝްހޫރު ފޮތްތަކުން ފެންނަން އޮތްހެން މުސްލިމުންނާ ދީނީއެއްވެސް މުޢާމަލާތެއް ކުރުމެއް މިމީހުނަށް ނުވެއެވެ. ފަހެއެމީހުންގެ ގާތުގައި މުސްލުމުންނަކީ ކާފިރުންނެވެ. މިކަން ހާމަވާ އެންމެ ޞަރީޙަ ޤަރީނާއަކީ، މިރުޒާ ޣުލާމަށް އީމާން ނުވުމަކީ ﷲ އާއި އެކަލާނގެ ރަސޫލާއާށް އީމާން ނުވުވުންކަމަށް މިރުޒާ ޣުލާމްބުނެފައިވާ ބުނުމެވެ.[1] އެމީހުން އަޙްމަދީންގެ ނަމުން  ނަންދީފައިވަނީ މުސްލިމުންނަށް އޮޅުވާލުމުގެ ގޮތުންނެވެ. މިމީހުން ދެކޭގޮތުގައި މިމީހުންގެ މިނަމުން ނިސްބަތްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށެވެ. ޙަޤީޤަތުގައި އަލްޤާދިޔާނިއްޔަ ޙަރަކާތަކީ އިތުރު އެކަލޭގެފާނުގެ ނުބުއްވަތާއި އަދި އިސްލާމްދީނާއި ދެކޮޅަށް ހިންގި ޙަރަކާތެކެވެ.[2] ޤާދިޔާނީ ފިކުރަކީ އިސްލާމް ދީނަށް ނިސްބަތްކުރެވޭ ޝިރުކާއި ކުފުރުގެ މަތީގައި ޔަހޫދީންގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ދީނީ ފިކުރެކެވެ.[3] ހަމައެހެންމެ ޤާދިޔާނިންގެ އެންމެ އިސްލީޑަރުކަމަށްވާ މިރުޒާ ޣުލާމްއަކީ ކާފަރެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މީނާއަކީ ކާފަރެއްކަން ސާބިތުވަނީ  އޭނާ ނަބީކަމަށް ދަޢުވާކުރުމުންނާއި،   އިސްތިޢުމާރީ ބާރަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ޖިހާދު ކުރުމުގެ ފަރުޟު އުވައިލުމުންނާއި،   މާތްﷲ އާ އިންސާނުންނާ އެއްފަދަކުރުމުންނެވެ. އޭނާގެ ބައްޕައަކީ ކަލާނގެ ކަމަށާއި، އޭނާއަކީ ކަލާނގެ ދަރިކަލުން ކަމުގައި ދަޢުވާކުރުމުންނާއި،  ކީރިތި މާތް ރަސޫލާގެ ނަބީކަން ޚަތިމްކުރެއްވި ކަމާމެދު އޭނާ އިންކާރުކުރުމުންނެވެ.[4]

ޤާދިޔާނިންނާމެދު އަހްލުއްސުންނަތް ޖަމާޢަތުގެ ރައުޔު:

ސުންނަތްޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، ކުފުރުވެފައިވާ ބައެކެވެ. ޖިހާދުކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާ ޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަކުރުން މަނާކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ. ހަމައެހެންމެ ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެފައިވާ ޖަމާޢަތެކެވެ. ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރު ވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައި މަޝްވަރާކޮށްފައެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫންކަމަށެވެ.

1974ވަނަ އަހަރު، رابطة العالم الإسلام އިން ވަނީ، ޤާދިޔާނީންނާމެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފަ އެވެ. އެމަހާސިންތާގައި ބަހުސްކުރުމަށްފަހު، ނިންމާފައިވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫންކަމާއި އެއިން މީހަކު މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުނުލުމަށެވެ. އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުންވެސް ބުނެފައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.[5]

ދެވަނަ ބައި ކިޔުއްވާ-ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

ފުރަތަމަ ބައި-ޤާދިޔާނީން-القاديانية

ތިންވަނަ ބައި ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

 

[1] احسان الهى ظهير, القاديانية دراسات والتحليل, ادارة ترجمان السنة(لاهور), 1941_1987ء, ص: 37

[2] الشيخ غالب بن علي، فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها ،الدار العصرية, الطبعة الثامنة,1431ه-2010م, ,ص:,487

13/1/9/1 ،http://www.raajjeislam.com ޢަބްދުލް މުޢީދު ޙަސަން، މޮބައިލް ފޯނުގެ ޤުރްއާން އެޕްލިކޭޝަނުން ޤާދިޔާނީންގެ ހަރަކާތްތައްފަތުރަން ފަށައިފި،10:15، 14/12/12،[3]

[4] ޢަބްދުލްމުޢީދު ޙަސަން، ޤާދިޔާނިންނަށް ނަޒަރެއް،9:30، 2/2/2010، http://www.fanvai.info/index.php/dheen/dhiraasaa ، 28/8/2013

[5] އަލްއުސްތާޛް ޢަބްދުލް މުޢީދު،މުސްލިމުންގެ ފިރުޤާތައް، 11.00، 10/9/2012، http://rashukhabaru.blogspot.com، 27/8/2013

Categories
ހުރިހާ ލިޔުންތައް އިޖްތިމާއީ

ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން

 މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށްދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށް ވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ހިއްސާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ ހިސާބް 14.3 ޓްރިލިއަނަށް އަރައެވެ.

Categories
ހުރިހާ ލިޔުންތައް ސައިންސް/ ޓެކް

އިންޓަރނެޓް ބޭނުންކުރާއިރު ބޭނުންނުވާ އިސްތިހާރުތައް އަމިއްލައަށް ހުޅުވޭތާ؟

އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް  ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ޖައްސާއިރަށް ކުއްލިއަކަށް އޭގެ މަތިން އިސްތިހާރެއް ހުޅުވިދާނެއެވެ. ވީޑިއޯ އެއް ޕުލޭ ވެދާނެއެވެ. ނުވަތަ އާ ވިންޑޯސްއެއްގެ ގޮތުގައި ބުރޯޒާ ހުޅުވިދާނެވެ. މިއީ ބައެއް ފަރާތްތަކުން އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.