Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

އެއަށްޓެހި މަހުގައި ވިހަކަށި ހުރުމުން މަސްތައް ނައްތާލަން ޖެހޭތޯ!

އާދައިގެ މަތިން މިއަދު ހަބަރުތައް ކިޔާލަން ނޫސްތަކަށް ވަނުމުން ލޮލުގައި އަޅައިގަތީ ވިހަ ކަށިތަކެއް ހުރި މަސްތަކެއް ވޭމަންޑޫ ފަޅުން ހިފި ވާހަކައެވެ. އަދި މިކަމުގައި ކައުންސިލުގެ ރައިސްވެސް އެކަމަށް ތާއީދުކޮށް ވާހަކަދަށްކާފައިވާ ހަބަރެކެވެ.  ހަމަ އެހެންމެ މީގެ ކުރިން ޅ.ކުރެންދޫ ފަޅުންވެސް ވަނީ އެބާވަތުގެ މަސްތަކެއް ހިފާފަ މަރާފައެވެ.

ބުއްދީގެ ހަމަތަކާއި ސައިންށްގް ވިސްނުމަކުން ބަލާއިރުވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ މިބާވަތުގެ މަހެއްގައި ހުންނަ ކަށިތަކަކީ އިންސާނާއަށް އެއްވެސް ބިރުވެރިކަމެއް ހުރި ކަށިތަކެއް ނޫންކަމެވެ. އަދި ކިއެއްތަ އެއަށްތެހި ކިޔާ މިބާވަތުގެ މަހަކީ ކެއުމަށްވެސް ރަނގަޅު މަހެކެވެ.  މަހެއްގެ ރައްކާތެރިކަމެއް އަދި ކާނާ ހޯދުމަށްޓަކައި ފަސޭހަޔަކަށް އޭގައި ކަށިތަކެއް ހުރުން އެއީ އެ މަސް ނުރައްކާވާން ޖެހޭނެ ސަބަބެއްވެސް ނޫނެވެ. އަދި މަސްގަނޑު ވިހަވާން ޖެހޭނެ ސަބަބެއް ނޫނެވެ. އެއަށްޓެހި މަހަކީ ގްރޫޕް ހަދައިގެން އުޅޭ ކެޓްފިސް ގެ ވައްތަރެކެވެ.

އާންމުކޮށް ކަނޑުފަޅުން ނުފެނުން ނަމަވެސް މިބާވަތުގެ މަހަކީ އޭގެ ބިރުވެރިކަމެއް އޮތް މަހެއް ނޫނެވެ. އަދި އެއަށްޓެހި މަސް އިންސާނަކަށް ހަމަލާ ދިން ކަން އެނގޭ އެއްވެސް ރެކޯޑެއް ނެތެވެ. ދިވެހިން ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ގިނަ ވައްތަރުތަކުގެ މަހުގައިވެސް މަތީ އުރަހައިގެ ކަށިތަކުގައި ވިހަ ކަމެއް ހުންނާނެއެވެ، އެހެންނަމަވެސް އެބާވަތްތަކާއި އެއްގޮތަށް އެއަށްތެހި މަހުގެ ކަށީގައިވާ ވިހަ ޔަކީވެސް އިންސާނާގެ ފުރާނަޔައް ނުރާއްކާވާނެ ވަރުގެ ވިހައެއް ނޫނެވެ.

އެއަށްތެހި މަހަކީ އޭގެ ކަށީގައި ވިހަކަމެއް ހުރުމުން އެ ނައްތާލަން އުޅުމަކީ މޫދުގައި ހުންނަ ހިޔަމަތަކާއި ގާވިޔާމަސް ފަދަ ތަކެތި ނައްތާލުންފަދަ ކަމެކެވެ. ވިހަ މާއްދާ އެއް އޭގެ ކަށީގައި ހުރުމަކީ އެ ދިރުން ދުނިޔޭން ނައްތާލަން ޖެހޭނެ ސަބަބެއް ނޫނެވެ. އެހެނީ ގިނަ މަސްތަކުގައި އެކަށިތަކުގައި ވިހަކަން  ހުންނަނީ ދިފާއީ ހަތިޔާރެއްގެ ގޮތުގައެެވެ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ބިރުވެރިކަން އުފައްދައެވެ. އެހެންނަމަވެސް އަޅުގަނޑު ބެލި ބެލުމުން އަދި ކުރެވުނު ތަޖްރިބާއިން އެ ބާވަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި ތަކެއްޗެއް ނޫނެވެ. ޙަގީގަތުގައި އެއްޗެއް ނުރައްކާ އެއްޗެއްގެ ގޮތުގައި ސިފަކުރަންވާނީ އޭގެ ޒާތުގައި އައިސް ގެއްލުމެއް ނުވަތަ ހަމަލާއެއް ދޭނަމައެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

ގާހިވިހަ މަސް ނުވަތަ ގާވިޔާމަސް މިއީ ވަރަށް ނުރައްކާ ބިރުވެރި މަހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މަހެކެވެ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ މަހަކީ އިންސާނުން ދެކެ ބިރު ގަންނަ މަހެކެވެ. އިންސާނަކު ގާތްވާއިރަށް ގިނަފަހަރަށް ދުވެ ފިލައެވެ. އަޅުގަނޑު އާންމުކޮށް ގާވިހަ މަސް ފެންނައިރަށް ޓެސްޓްކުރުމުގެ ގޮތުން އޭގައި ކޮށްޓާ ހަދަމެވެ. މިހެން ކޮއްޓާ ރުޅި އަރުވައިގެންވެސް ގަޔާ ދިމަޔައް އައިސް ހަމަލާ ދޭވަރަށް ގޯނާކުރެވެއެވެ. ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ އެ މަސް ހަމަލާ ދެނީ ކީއްވެތޯއެވެ؟ މި ސުވާލުގެ ޖަވާބެއް ދޭނަމަ ބުނަން ޖެހޭނީ ގާހިވިހަމަސް އިންސާނުންނަށް ހަމަލާ ނުދޭކަމަށެވެ. އެހެންނަމަވެސް މަސް  ކޮންމެސް ގޮތަކަށް ތަނެއްގައި އިންދައި އަޅުގަނޑުމެން ގޮސް އެރުމުންނެވެ. އެއީ އަމިއްލަ ސަލާމަތަށްޓަކައި ދިފާއުގައި ކުރަން މަޖުބޫރުވާ ކަމެކެވެ. ހަގީގަތުގައި ކަށި ޖަހަނީކީ ނޫނެވެ. ތޫނު ކަށިތަކެއް މައްޗައް އަޅުގަނޑުމެން އަރަނީއެވެ. ދެން ބައެއް ބޭފުޅުން ބުނާގޮތުން އެ މަހަކީ އެއްކޮށްވެސް ވިހަ މަހެކެވެ. އެހެންނަމަވެސް އެއީވެސް ޙަގީގަތެއް ނޫނެވެ. އަޅުގަނޑަކީ އޭގެ މަސް ފިހެގެން ކައި ތަޖްރިބާކުރި މީހެކެވެ. ކާލަން މީރު މަހެކެވެ. ސަލާމަތައްޓަކައި ކަށީގައި ހުންނަ ވިހަކަމަކީ މަސްގަނޑައި ގުޅުމެއް ހުންނަ ވިހަކަމެއް ނޫނެވެ. މަހުގެ ކަށިތަކުގައި ހުންނަ ވިހަ މާއްދާއިން ރަށްކާތެރިވުމަށް މޫދު އެރި އުޅޭއިރު ފަރުވާތެރިވެ އުޅުން މުހިންމެވެ. މޫދުގައި އަރާ ބޫޓްފަދަ ތަކެތި ބޭނުންކުރުން އެއީ މުހިންމު ކަމެކެވެ. ވިހަވަނީ މަސް ނުރައްކާ ވީމަކާ ނޫނެވެ. ވިހަވަނީ ސޭފްޓީ ކަންތަކުގައި ފަރުވާ ކުޑަކުރުމުންނެވެ. ސޭފްޓީ ބެލްޓް ނާޅާ ހުއްޓައި އުސްތަނަކުން  ވެއްޓުމަކީ ތަނުގެ މައްސަލައެއްގެ ގޮތުގައި ނިންމުމަކީ ހަމަޖެހޭ ކަމެއްނޫނެވެ.

ފަންހާމަސް މިއީވެސް ދިވެހިންގެ ތެރޭގައި ވަރަށް ނުރައްކާތެރި މަހެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ މަހެކެވެ. އެހެންނަމަވެސް ފަންހާމަސް ހަމަލާ ދީގެން މީހަކު މަރުވި ވާހަކަ އެއް ނުވަތަ ވިހައިގެ އަސަރު ކުރިވާހަކަ އަޑެއް ނީވެއެވެ. ބައެއް މީހުން ބުނާ ގޮތުން ފަންހާމަހަށް އުނދަގޫކުރުމުން ގަޔާ ދިމާލައް އާދެއެވެ. އެހެންކަމުން އެކަން ޓެސްޓްކުރުމުގެ ގޮތުން އަޅުގަނޑު އާންމުކޮށް ފީނާ ހަދާއިރު ފަންހާމަސް ފަދަ ތަކެތި ފެނުމުންވެސް އެތަކެއްޗައް އުނދަގޫ ކުރަމެވެ. ބޭނުމަކީ މިފަދަ ލިޔުމަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. ތަޖްރިބާކުރުމެވެ.

ފަންހާމަސް އާންމުކޮށް ބޮޑުވަނީ 30 ސެންޓިމީޓަރ އާއި 38 ސެންޓިމީޓަރާއި ދެމެދަށެވެ. ފަންހާ މަހަކީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކެއުމަށް ބޭނުންކުރުމުގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަހެކެވެ. އަދި ހަމަ އެހެންމެ ޓޭންކްތަކާއި ފެންގަނޑުތަކުގައި ގެންގުޅޭ ފަދަ މަސްތަކުގެ ވިޔަފާރީގައި ޑިމާންޑް ބޮޑު މަހެކެވެ. ފަންހާމަސް ވެސް  އޭގެ ޒާތުގައި އިންސާނާ އަށް ނުރައްކަލެއް ނެތެވެނެޝަނަލް ޖިއޮގޮރަފިކް.

 

އަމިއްލަޔަށް އައިސް އިންސާނާ އަށް ފަންހާމަސް ހަމަލާ ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އޭގައި އަތްލައިގެން ނުވަތަ އަތް ޖެހިގެން އޭގެ ކަށި ހެރިއްޖެނަމަ ވިހަވެދާނެއެވެ. ފަންހާމަހުގެ ކަށީގައި ހުންނަ ވިހަޔަކީ އޭގެ ސަބަބުން އިންސާނާގެ ފުރާނަޔަށް ނުރައްކާވެދާނެ އެއްޗެއްތޯ މީވެސް ވަރަށް ގިނަ ބައެއްގެ ސުވާލެކެވެ. ލަޔަން ފިސް.ކޮމް ގައި ވާ ގޮތުން ފަންހާމަހުގެ ކަށިތަކުގައު ހުންނަ ވިހަޔަކީ އިންސާނާގެ ފުރާނަޔަށް ނުރައްކާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ފަރުވާ ނުކުރެވިއްޖެނަމަ އެ ވިހައިގެ އަސަރު ކުރާނެއެވެ. މިގޮތުން ދިލަ ނެގުމާއި ތަދު އިހްސާސްކުރެވޭނެއެވެ.

ފަންހާމަހަކީ ކެއުމަށްރަނގަޅު މަހަކެވެ. މިގޮތުން ބަލާއިރު އޮމެގާ3 ގެ މިންވަރު އިތުރު މަހެކެވެ. އެތައް ހާސްބަޔަކު ފަންހާ މަސް ކެއުމަށް ބޭނުންކުރާއިރު އެތައް ސަތޭކަ ރެސްޓޯރެންޓެއްގެ މެނޫގައި ހިމެނޭ މަހުގެ ބާވަތެކެވެ.

ދުނިޔެމަތީ މާއްﷲ ލެއްވި ކޮންމެ އެއްޗެއްވެސް ލައްވާފައިވަނީ ހިކުމަތަކަށްޓަކައެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރު ގޮތެއްގައި ނުލައްވައެވެ. އެހެންކަމުން ބޭކާރުގޮތުގައި ދިރުންތައް މެރުމާއި ދުރުހެލިވާންޖެއެވެ. ފަންހާމަސް ފަދަ ބާވަތްތަކުގެ މަސްތައް ބައެއް ފަރާތްތަކުން މަރަނީ ބިރުވެރި ނުރައްކާތެރި މަހެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އިސްވެ ބަޔާންކުރެވުނު ފަދައިން އެމަހަކީ ކެއުމަށް މީރު އޭގެ ޒާތުގައި ނުރައްކަލެއް ނެތް މަހެކެވެ.

ނޯޓް: މި ލިޔުމުގެ އިތުރު ބައިތައް ،ކަނޑުފަރުގައި އުޅޭ ނުރައްކާތެރި ދިރުންތަކުގެ ރަނގަޅު މައުލޫމާތު މި ލިޔުމާއި ގުޅުވާލެވިގެން ލިޔެ އަވަސް މުސްތަޤުބަލެއްގައި ސައިޓުން ފެންނާނެއެވެ. އިންޝާﷲ.

Categories
ހުރިހާ ލިޔުންތައް ސައިންސް/ ޓެކް

ކިޔަވައިދިނުމުގައި ފައިދާހުރި އުކުޅުތަކާއި ގޮތްތައް ބޭނުންކުރުން

ކިޔަވައި ދިނުމުގެ ބޭނުމަކީ ނޭންގޭ ބަޔަކަށް އެއްޗެއް އޮޅުން ފިލުވާދިނުމެވެ. އެހެންކަމުން ހަމައެކަނި މުދައްރިސަކު ކްލާހަށް އައިސް ލެކްޗަރ ދިނުމަކުން ކުދިންނަށް އެއްޗެއް އެނގުނު ކަމަކަށްނުވާނެއެވެ. އަދި މުދައްރިސަކު ހުސްގަޑި ފުރާލުމަށް ކްލާހަށް އައިސް ކިޔަވައި ދިނަކަސް ކިޔަވައިދިނުމުގެ މަގްސަދު ހާސިލްވީ ކަމަކަށް ނުވާނެއެވެ.