ކަދުރަކީ ކީރިތި ޤުރުޢާނާއި މާތް ރަސޫލާ ސުންނަތުންވެސް އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުންކުރެއްވީވެސް ކަދުރެވެ.
Month: July 2012
ޝެއިޚު ރަޙިމަހުﷲ ޖަވާބުދެއްވިއެވެ. ” ޢިލްމުވެރިން ވަނީ އިމާމުގެ ފަހަތުގައި ނަމާދަށްތިބޭމީހުން(ޖަމާޢަތުގައި) ކުރިކަނޑާ މީހާ ފާފަވެރިވާނެ ކަމާއި މެދު ޚިލާފުވެލައްވާފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާ ފާފަވެރިވާނެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުގެ މައްޗަށް ޢާންމު މާނައިގައެވެ.
އޭލިޔަން
އެއީ 1988 ވަނަ އަހަރެވެ. އޭރު، މޯބައިލް ފޯނަކީ އަހަރެން ދަންނަ އެއްޗެއް ނޫނެވެ. ޢާއިލާގެ މީހުންނާ އެކުގައި އަހަރެން ދަތުރު ދިޔައީ ތުލުސްދުއަށެވެ. އަހަރެންގެ އުމުރުން އޭރު ވާނީ އެކާވީސް އަހަރެވެ. އެ ރެއަކީ ހަނދުވަރު ރީތި ރެއެކެވެ. އަތިރިމަތީގައި ވާހަކަދައްކަން އެންމެން ތިބެފައި،
ކަށު ނަމާދު ކުރާނޭ ގޮތް
- މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ނިޔަތް ގަނެ ސަފުގައި ހުއްޓި ހުންނާނީއެވެ. { ކޮންމެ އަޅުކަމަކަށްވެސް ނިޔަތް ގަންނަނީ ހިތުންނެވެ. އެހެން ކަމުން ކަށުނަމާދަކަށްވެސް ދުލުން ކިޔާ ނިޔަތެއް ނޯވެއެވެ}.
- އިމާމު މީހާ ތަކްބީރު ކިޔައި ޙަރާމް ބަނުމުން މައުމޫމާވެސް الله أكبر ކިޔައި ދެއަތް ދެކޮޑާ ހަމައަށް އުފުލައި ޙަރަމް ބަންނާނީއެވެ.
- އެއަށް ފަހު سورة الفاتحة ނުވަތަ الحمد ކިޔަވާނީއެވެ.
ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ
ލިއުނީ : ފާތުން
މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތުލު އާންމު ތަކާމެދު މުސްލިމް ދުނިޔޭގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދެމުންދާ މިދަޑިވަޅާ ދިމާކޮށް މިކަމާބެހޭ ކޮންމެވެސް ވަރެއްގެ މައުލޫމާތު ކޮޅެއް ހިއްސާކޮށްލުމަށް މަސައްކަތް ކޮށްލާނަމެވެ .
ރޯދަމަހާއި ގުޅޭ ދުޢާތައް
ރޯދަމަހަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި މައްސަރެވެ. އެ މަހަކީ އަޅުކަމުގެ މަހެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން ބޮޑެވެ. އަދި މި ބަރަކާތްތެރި މަހަކީ އެމަހެއްގައި ޤުރުއާން ބާވައި ލެއްވުނު މަހެވެ. ސަވާބުންފުރިގެންވާ ލައިލަތުލް ޤަދުރި ވިލޭރޭވެސް ވަނީ ހަމަ އެމަހުގައެވެ.
ކޮންޕިއުޓަރު ބޭނުންފުޅުކުރަށްވާ ފަރާތްތަކުން ބައެއްފަހަރަށް ބޭނުންވާ ސޮފްޓްވެއާރތަށް ނުވަތަ އެޕްލިކޭޝަންތައް ނުލިބިގެން އުޅޭކަން ފާހަގަކުރެވެއެވެ. އަދި ބައެއް ވައްތަރުގެ އެޕްލިކޭޝަންތައް އަންނަނީ އެކި ބަދަލުތަކާއި އެކު ތަފާތުވަމުންނެވެ. ތަރައްޤީކުރެވެމުންނެވެ. ކޮންމެ އެޕްލިކޭޝަންއެއްވެސް ތަފާތު ގޮތްތަކަކަށް ބަދަލުކުރެވި އާކުރެވެމުންދެއެވެ.
ވޯރލްޑް ފުޑް ޕްރޮގުރާމްގެ ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި ބަނޑުހައިހޫނުކަމުގައި 925 މިލިއަން މީހުން ދިރިއުޅެއެވެ. މިއީ އެމެރިކާ، ކެނެޑާ، އަދި ޔޫރަޕިއަން ޔޫނިއަންގެ މުޅި އާބާދީއަށްވުރެވެސް ގިނަ ޢަދަދެކެވެ. ބަނޑުހައި ހޫނުކުކަމުގައި އުޅެމުންދާ އާބާދީގެ %98 މީހުން ދިރިއުޅެމުންއަންނަނީ ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގައެވެ.
އަންހެނުންނަށް ސުވަރުގޭގައި ފިރިން ލިބޭނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. { وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَئِكَ لَهُمْ عُقْبَى الدَّارِ (22) جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ (23) } الرعد ٢٢، ٢٣ . “އަދި އެބައިމީހުންގެ ރައްބުގެ ވަޖުހުފުޅަށްޓަކައި އެކަލާނގެ ރުއްސެވުން އެދިގެން، (ދީނުގައި) ކެތްތެރިވެ، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ތިމަން އިލާހު ދެއްވި ތަކެތިން ހޭދަކޮށް، ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކޮށް ފޮހެލާ މީހުންނަކީ އެބައިމީހުނަށްޓަކައި އާޚިރަތުގެ ގޯތި (ހެޔޮ ނަތީޖާ) ލިބޭނެ މީހުންނެވެ.