Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ބުލޫ ފިޑްލާރ ކުރެބް ހުޅުމާލޭގައި އާލާވާން ފަށައިފި

މި ބާވަތުގެ ކަކުންޏަކީ އާންމުކޮށް މޫދާއި ގުޅިފައި ހުންނަ ޗަސްބިންތަކާއި ކުޅިތަކުގެ ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ނޫ އަދި އޮރެންޖް، ރީނދޫ، ކަޅު، ހުދު ކުލަ ހުންނަ މި ކަކުނީގެ ސައިޒްކީ 3 ސެންޓިމީޓަރާއި  2 ސެންޓިމީޓަރާއި ދެމެދެވެ.

ބްލޫފިޑްލާރ ކްރެބްއަކީ މީގެ ކުރިން ހުޅުމާލޭގައި އުޅުން ވައްތަރެއް ނޫނެވެ.  މި ބާވަތުގެ ކަކުނި ހުޅުމާލެއަށް އައި ގޮތްކަމަށް ބެލެވެނީ މޫދުން އޮޔާ ދެމެމުން ނެވެ.  ބްލޫ ފިޑްލާރ ކްރެބް ބިސް ވިހަން ގާތްވުމުން އެ ބިސްތައް ފެނަށް ދޫކޮށްލައެވެ.  އާންމުކޮށް 1000 އަށްވުރެ ގިނަ ބިސް ދޫކޮށްލައެވެ.  ލޮލަށް ރަނގަޅަށް ނުފެންނަވަރު ކުދި ބިސްތައް ފަޅާލާފައި ލާވާ ނުވަތަ ފަނި ނިކުމެއެވެ. އަދި އެ ފަނި 2 ހަފްތާވަރު އެކި މަރުހަލާތައް މޫދުގައި ނުވަތަ ފެންގަނޑުތަކާއި ކޯރުތަކުގައި ހޭދަކުރެއެވެ.

ހުޅުމާލެ އާއި އެންމެ ގާތުގައި މި ބާވަތުގެ ކަކުނި އުޅޭ އެއް ރަށަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުން ކ.ހުރައެވެ.  ހުޅުމާލެ އަދި ހުރަޔަކީ އެއް ބަރިއަކަށް އެތުރިފައި ދެރަށެވެ.  އެހެންކަމުން ފިޑްލާރ ކްރެބް ހުޅުމާލެއާއި ހިސާބަށް އަންނާނެ ކަމަށް ބެލެވެން އޮތްގޮތަކީ ހުރާ ކުޅީގެ އުޅޭ ފިޑްލާ ކްރެބްގެ ފަނި އޮޔާ އައިސް ހުޅުމާލޭގެ ފަސްގަނޑަށް އަރައިގެންނެވެ.

ފިޑްލާ ކްރެބްއަކީ ދިޔަވަރު ހިކުމުން ހަރުން ބޭރަށް ނިކުންނަ ކަކުންޏެކެވެ. ބައެއް ފަހަރަށް ކާނާ ހޯދުމުގައި އަދި ނުރައްކާތަކުން ސަލާމަށް ވާން ފެންގަނޑު ތެރެއަށްދެއެވެ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

ރާއްޖޭގެ ބައެއް މަސްވެރިން ގަބޫލުކުރާ ގޮތުގައި ގުރޭޓް ވައިޓް ޝާރކް އަކީ  ދިވެހިންނަށް ކަނޑު މަތިން ފެންނަ ވޮށި މަސް މިޔަރެވެ. އެހެންނަމަވެސް އެއީ އޮޅުމެކެވެ. އަދި ބައެއް މީހުން ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރު ކަމަށްވެސް ބުނެ އުޅެއެވެ.

ވޮށިމަސް މިޔަރުގެ ގޮތުގައި ދިވެހިން ނަންދީފައިވާ މިޔަރަކީ އިނގިރޭސިބަހުން ބުނާނަމަ މާކޯ ސާރކް އެވެ. ވޮށިމަސް މިޔަރު   ފެންނަ ފެނުމަށް ވޮށި މަހާ ކޮންމެސް ވަރަކަށް ކުލަ އަދި ނަގޫ ކައިރި ކުޑަކޮށް އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ.

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރުތަ؟

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރެއް ނޫނެވެ. އެހެނީ މިގޮތަށް ބުނެވޭ އެއްވެސް ސައްހަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފެންނާން ހުރި ލިޔެ ކިޔުންތަކުން އެނގެން ހުރި ގޮތުން ފެމުނު މިޔަރަކީ ޓައިގާރ ޝާރކެވެ. އެއީ މިނިކާވަގު ނުވަތަ ޓައިގާރގައި ހުންނަ ފަދަ ކުރެހުމެއް ހަންގަނޑުގައި ހުންނަ މިޔަރެކެވެ.

ފެމުނު މިޔަރަކީ ރާއްޖޭން ފެންނަ މިޔަރުގެ ވައްތަރެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ފެމުނު މިޔަރުގެ ވާހަކަޔަކީ އާންމު ވާހަކަ އެކެވެ. ރާއްޖޭގެ ބައެއް މަސްވެރިން ގުރޭޓްވައިޓް ޝާރކް ބާނާ ވާހަކަޔާއި ފެންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލަކީ ގުރޭޓްވައިޓް ޝާރކް އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ދުނިޔޭގެ އެއްވެސް ރެކޯޑަކުން ފެންނަން އޮތް ސަރަހައްދެއް ނޫނެވެ. އަދި  ގުރޭޓްވައިޓް ޝާރކް ކަމަށް ބުނެ މަސްވެރިން ދެއްކި ފޮޓޯ ވީޑީއޯއިން ފާހަނގަކުރެވުނީ އެއީ މާކޯ ޝާރކް ނުވަތަ ވޮށިމަސް މިޔަރު ކަމެވެ. ރާއްޖޭގެ ކަނޑުގެ އާންމު ފިނު ހޫނު މިނަކީ 28، 30 ޑިގްރީސެލްސިޔަސް އެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް ދިރިއުޅެނީ 12 ޑިގްރީ ސެލްސިޔަސް އާއި 24 ޑިގްރީސެލްސިޔަސް އާއި ދޭތެރޭގެ ފިނި ހޫނު މިން ހުންނަ ސަރަހައްދުތަކުގައެވެ. މި ލިޔމުގެ ކުރިން ރާއްޖޭގެ އެންމެ މަސްހޫރު ޑައިވިން މާސްޓާރ ހުސައިން ރަސީދު(ސެންޑި) ގެ ބަހެއްވެސް ހޯދާލީމެވެ. ހުސައިންވެސް ވިދާޅުވާ ގޮތުން ގުރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭ މިޔަރެއް ނޫނެވެ.

ފޮޓޯ ނެގިފައިވަނީ:

http://www.edgeofexistence.org/species/longfin-mako/

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ރާގޮނޑި ކޮއްޔަކީ ކޮބާ؟

ރާގޮނޑި ކޮއްޔަކީ ކޮލި އާއިލާޔަށް ނިސްބަތްވާ މަހެކެވެ. މި މަހުގެ ލޯ ރާނގޮނޑީގެ ލޮލާއި އެއްގޮތްވާއިރު ހަންގަނޑުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ބަނޑާ ހިސާބުގައި ކޮލީގެ އެހެން ބާވަތްތަކުގައި ހުންނަހެން ކުދި ކަށިތަކެއް ހުރެއެވެ. ބަނޑު ދައްފަރާތުގައި ރާގޮނޑީގައި ވާ ހުދު ރިހިކުލަ ހުންނައިރު މަތީގައި ހުންނަނީ ގަދަ ނޫ ކުލައެކެވެ. މަހުގެ ބުރަކަށި މަތީ ކޮތަރީގައި 15 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. އަދި ބަނޑު ދަށް ފަރާތުގެ ކޮތަރިދަށުގައިވެސް 13 އާއި 11 އާއި ދެމެދުގެ އަދަދަކަށް ކަށިހުރެއެވެ. ރާ ގޮނޑި ކޮއްޔަށް އިނގިރޭސި ބަހުން ކިޔަނީ އޯސެނިކް ޕުފާރ ފިސްއެވެ. މަހުގެ ސައިންޓިފިކް ނަމަކީ Lagocephalus lagocephalus, އެވެ.

ރާނގޮނޑި ކޮއްޔަކީ ރާގޮނޑިއާ އެއްވައްތަރުވެގެން އޮޅިގެން ކެވިދާނެހާ ވައްތަރު މަހެއްތޯއެވެ؟ މި ސުވާލަށް ޖަވާބު ދޭނަމަ ބުނެވެން އޮތީ ހަންގަނޑާ އަދި ކުލަ އަދި ލޮލުގައި ވައްތަރު ކަމެއް ހުރެއެވެ. އެހެންނަމަވެސް މުޅި މަހުގެ ސިފަ ނުވަތަ ސޭޕް، އަނގަ، ބަނޑު ދަށްފަރާތު ހަންގަނޑު، އުރަހަތައް، ނަގޫ ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން އޮޅިގެން ކެވިދާނެ މަހެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާނގޮނޑި ކޮލީގެ ވިހަ: ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާ ކެވިއްޖެނަމަ އިންސާނާގެ ފުރާނައަށް ނުރައްކާވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ މަރާ ހަމަޔައް ދެއެވެ. އާންމުކޮށް ކޮލީގެ ހުރިހާ ވައްތަރުތަކަކީވެސް ވިހަ ހިމެނޭ މަސްތަކެކެވެ. އެހެންނަމަވެސް އެ ވިހަ މާއްދާއަކީ ވަކި ހިސާބެއްގައި ހުންނަ އެއްޗަކަށްވާތީ އެ މަހަކީވެސް ވިހަ ނަގާ ސާފްކޮށްގެން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިގޮތުން ޖަޕާންގައި ކޮލީގެ ބާވަތްތައް ކައި އުޅެއެވެ. އެހެންނަމަވެސް ކޮލިން ވިހަ ފިލުވުމަށް ތަމްރީންކޮށް ލައިސަންސް ދީފައިވާ ފަރާތްތަކަށް ނޫނީ މި ބާވާތުގެ މަސް ކެއުމަށް މާރކެޓް އަށް ނެރުމުގެ ހުއްދަ އެއް ނޯވެއެވެ.

ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާއަކީ tetrodotoxin އެވެ. މިބާވަތުގެ ވިހަ ހިމެނޭ އެއްޗެއް ކެވިއްޖެނަމަ މީހާ ވާގިނެތި ނޭވާލުން ހުއްޓި، ހިތުގެ ހިންގުން ހުއްޓެއެވެ. ހަމަ އެހެންމެ ލޭ ދައުރުކުރާ ނިޒާމް ހުއްޓެއެވެ. މިހުރިހާ މައްސަލަ އެއްގެ ނަތީޖާއަކީ ފުރާނައަށް ނުރައްކާވެ މަރާ ހިސާބައް ދިއުމެވެ. އެހެންނަމަވެސް އެ ވިހަ މާއްދާ ނަގާ ސާފްކޮށްގެން ކެއުމުން އޭގެ ނުރައްކަލެއް ނެތެވެ.

ވިޔަފާރީގެ ގޮތުގައި ކޮލީގެ މަސްވިއްކާއިރު ބައެއް ފަހަރަށް އެންމެ ރަނގަޅަށް ސާފް ނުކުރެވި ހުރެދާނެއެވެ. ރާނގޮނޑިކޮލީގައި ހުންނަ ވިހަ މާއްދާ  ނުނަގާނަމަ ކައްކާ ހިއްކިޔަސް އޭގައި ހުންނާނެއެވެ. ހިއްކާފައިވާ ރާނގޮނޑި ކޮލި މަސް ކައިގެން އޭގެ ވިހައިގެ އަސަރުކޮށްގެން 2014 ވަނަ އަހަރު ނިއުޔޯރކް ސިޓީގެ މެޑިކަލް ސެންޓާރ އަކަށް 2 މީހަކު ގޮސް ދަށްކާފައިވެއެވެ. އެހެންކަމުން މިފަދަ ތަކެތި ކެއުމުގައި ސަމާލުވާން ޖެހެއެވެ.

Tetrodotoxin Poisoning Outbreak from Imported Dried Puffer Fish

The Lagocephalus invasion

Pictures available for Lagocephalus lagocephalus.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

އެއަށްޓެހި މަހުގައި ވިހަކަށި ހުރުމުން މަސްތައް ނައްތާލަން ޖެހޭތޯ!

އާދައިގެ މަތިން މިއަދު ހަބަރުތައް ކިޔާލަން ނޫސްތަކަށް ވަނުމުން ލޮލުގައި އަޅައިގަތީ ވިހަ ކަށިތަކެއް ހުރި މަސްތަކެއް ވޭމަންޑޫ ފަޅުން ހިފި ވާހަކައެވެ. އަދި މިކަމުގައި ކައުންސިލުގެ ރައިސްވެސް އެކަމަށް ތާއީދުކޮށް ވާހަކަދަށްކާފައިވާ ހަބަރެކެވެ.  ހަމަ އެހެންމެ މީގެ ކުރިން ޅ.ކުރެންދޫ ފަޅުންވެސް ވަނީ އެބާވަތުގެ މަސްތަކެއް ހިފާފަ މަރާފައެވެ.

ބުއްދީގެ ހަމަތަކާއި ސައިންށްގް ވިސްނުމަކުން ބަލާއިރުވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ މިބާވަތުގެ މަހެއްގައި ހުންނަ ކަށިތަކަކީ އިންސާނާއަށް އެއްވެސް ބިރުވެރިކަމެއް ހުރި ކަށިތަކެއް ނޫންކަމެވެ. އަދި ކިއެއްތަ އެއަށްތެހި ކިޔާ މިބާވަތުގެ މަހަކީ ކެއުމަށްވެސް ރަނގަޅު މަހެކެވެ.  މަހެއްގެ ރައްކާތެރިކަމެއް އަދި ކާނާ ހޯދުމަށްޓަކައި ފަސޭހަޔަކަށް އޭގައި ކަށިތަކެއް ހުރުން އެއީ އެ މަސް ނުރައްކާވާން ޖެހޭނެ ސަބަބެއްވެސް ނޫނެވެ. އަދި މަސްގަނޑު ވިހަވާން ޖެހޭނެ ސަބަބެއް ނޫނެވެ. އެއަށްޓެހި މަހަކީ ގްރޫޕް ހަދައިގެން އުޅޭ ކެޓްފިސް ގެ ވައްތަރެކެވެ.

އާންމުކޮށް ކަނޑުފަޅުން ނުފެނުން ނަމަވެސް މިބާވަތުގެ މަހަކީ އޭގެ ބިރުވެރިކަމެއް އޮތް މަހެއް ނޫނެވެ. އަދި އެއަށްޓެހި މަސް އިންސާނަކަށް ހަމަލާ ދިން ކަން އެނގޭ އެއްވެސް ރެކޯޑެއް ނެތެވެ. ދިވެހިން ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ގިނަ ވައްތަރުތަކުގެ މަހުގައިވެސް މަތީ އުރަހައިގެ ކަށިތަކުގައި ވިހަ ކަމެއް ހުންނާނެއެވެ، އެހެންނަމަވެސް އެބާވަތްތަކާއި އެއްގޮތަށް އެއަށްތެހި މަހުގެ ކަށީގައިވާ ވިހަ ޔަކީވެސް އިންސާނާގެ ފުރާނަޔައް ނުރާއްކާވާނެ ވަރުގެ ވިހައެއް ނޫނެވެ.

އެއަށްތެހި މަހަކީ އޭގެ ކަށީގައި ވިހަކަމެއް ހުރުމުން އެ ނައްތާލަން އުޅުމަކީ މޫދުގައި ހުންނަ ހިޔަމަތަކާއި ގާވިޔާމަސް ފަދަ ތަކެތި ނައްތާލުންފަދަ ކަމެކެވެ. ވިހަ މާއްދާ އެއް އޭގެ ކަށީގައި ހުރުމަކީ އެ ދިރުން ދުނިޔޭން ނައްތާލަން ޖެހޭނެ ސަބަބެއް ނޫނެވެ. އެހެނީ ގިނަ މަސްތަކުގައި އެކަށިތަކުގައި ވިހަކަން  ހުންނަނީ ދިފާއީ ހަތިޔާރެއްގެ ގޮތުގައެެވެ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ބިރުވެރިކަން އުފައްދައެވެ. އެހެންނަމަވެސް އަޅުގަނޑު ބެލި ބެލުމުން އަދި ކުރެވުނު ތަޖްރިބާއިން އެ ބާވަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި ތަކެއްޗެއް ނޫނެވެ. ޙަގީގަތުގައި އެއްޗެއް ނުރައްކާ އެއްޗެއްގެ ގޮތުގައި ސިފަކުރަންވާނީ އޭގެ ޒާތުގައި އައިސް ގެއްލުމެއް ނުވަތަ ހަމަލާއެއް ދޭނަމައެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

ގާހިވިހަ މަސް ނުވަތަ ގާވިޔާމަސް މިއީ ވަރަށް ނުރައްކާ ބިރުވެރި މަހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މަހެކެވެ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ މަހަކީ އިންސާނުން ދެކެ ބިރު ގަންނަ މަހެކެވެ. އިންސާނަކު ގާތްވާއިރަށް ގިނަފަހަރަށް ދުވެ ފިލައެވެ. އަޅުގަނޑު އާންމުކޮށް ގާވިހަ މަސް ފެންނައިރަށް ޓެސްޓްކުރުމުގެ ގޮތުން އޭގައި ކޮށްޓާ ހަދަމެވެ. މިހެން ކޮއްޓާ ރުޅި އަރުވައިގެންވެސް ގަޔާ ދިމަޔައް އައިސް ހަމަލާ ދޭވަރަށް ގޯނާކުރެވެއެވެ. ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ އެ މަސް ހަމަލާ ދެނީ ކީއްވެތޯއެވެ؟ މި ސުވާލުގެ ޖަވާބެއް ދޭނަމަ ބުނަން ޖެހޭނީ ގާހިވިހަމަސް އިންސާނުންނަށް ހަމަލާ ނުދޭކަމަށެވެ. އެހެންނަމަވެސް މަސް  ކޮންމެސް ގޮތަކަށް ތަނެއްގައި އިންދައި އަޅުގަނޑުމެން ގޮސް އެރުމުންނެވެ. އެއީ އަމިއްލަ ސަލާމަތަށްޓަކައި ދިފާއުގައި ކުރަން މަޖުބޫރުވާ ކަމެކެވެ. ހަގީގަތުގައި ކަށި ޖަހަނީކީ ނޫނެވެ. ތޫނު ކަށިތަކެއް މައްޗައް އަޅުގަނޑުމެން އަރަނީއެވެ. ދެން ބައެއް ބޭފުޅުން ބުނާގޮތުން އެ މަހަކީ އެއްކޮށްވެސް ވިހަ މަހެކެވެ. އެހެންނަމަވެސް އެއީވެސް ޙަގީގަތެއް ނޫނެވެ. އަޅުގަނޑަކީ އޭގެ މަސް ފިހެގެން ކައި ތަޖްރިބާކުރި މީހެކެވެ. ކާލަން މީރު މަހެކެވެ. ސަލާމަތައްޓަކައި ކަށީގައި ހުންނަ ވިހަކަމަކީ މަސްގަނޑައި ގުޅުމެއް ހުންނަ ވިހަކަމެއް ނޫނެވެ. މަހުގެ ކަށިތަކުގައި ހުންނަ ވިހަ މާއްދާއިން ރަށްކާތެރިވުމަށް މޫދު އެރި އުޅޭއިރު ފަރުވާތެރިވެ އުޅުން މުހިންމެވެ. މޫދުގައި އަރާ ބޫޓްފަދަ ތަކެތި ބޭނުންކުރުން އެއީ މުހިންމު ކަމެކެވެ. ވިހަވަނީ މަސް ނުރައްކާ ވީމަކާ ނޫނެވެ. ވިހަވަނީ ސޭފްޓީ ކަންތަކުގައި ފަރުވާ ކުޑަކުރުމުންނެވެ. ސޭފްޓީ ބެލްޓް ނާޅާ ހުއްޓައި އުސްތަނަކުން  ވެއްޓުމަކީ ތަނުގެ މައްސަލައެއްގެ ގޮތުގައި ނިންމުމަކީ ހަމަޖެހޭ ކަމެއްނޫނެވެ.

ފަންހާމަސް މިއީވެސް ދިވެހިންގެ ތެރޭގައި ވަރަށް ނުރައްކާތެރި މަހެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ މަހެކެވެ. އެހެންނަމަވެސް ފަންހާމަސް ހަމަލާ ދީގެން މީހަކު މަރުވި ވާހަކަ އެއް ނުވަތަ ވިހައިގެ އަސަރު ކުރިވާހަކަ އަޑެއް ނީވެއެވެ. ބައެއް މީހުން ބުނާ ގޮތުން ފަންހާމަހަށް އުނދަގޫކުރުމުން ގަޔާ ދިމާލައް އާދެއެވެ. އެހެންކަމުން އެކަން ޓެސްޓްކުރުމުގެ ގޮތުން އަޅުގަނޑު އާންމުކޮށް ފީނާ ހަދާއިރު ފަންހާމަސް ފަދަ ތަކެތި ފެނުމުންވެސް އެތަކެއްޗައް އުނދަގޫ ކުރަމެވެ. ބޭނުމަކީ މިފަދަ ލިޔުމަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. ތަޖްރިބާކުރުމެވެ.

ފަންހާމަސް އާންމުކޮށް ބޮޑުވަނީ 30 ސެންޓިމީޓަރ އާއި 38 ސެންޓިމީޓަރާއި ދެމެދަށެވެ. ފަންހާ މަހަކީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކެއުމަށް ބޭނުންކުރުމުގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަހެކެވެ. އަދި ހަމަ އެހެންމެ ޓޭންކްތަކާއި ފެންގަނޑުތަކުގައި ގެންގުޅޭ ފަދަ މަސްތަކުގެ ވިޔަފާރީގައި ޑިމާންޑް ބޮޑު މަހެކެވެ. ފަންހާމަސް ވެސް  އޭގެ ޒާތުގައި އިންސާނާ އަށް ނުރައްކަލެއް ނެތެވެނެޝަނަލް ޖިއޮގޮރަފިކް.

 

އަމިއްލަޔަށް އައިސް އިންސާނާ އަށް ފަންހާމަސް ހަމަލާ ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އޭގައި އަތްލައިގެން ނުވަތަ އަތް ޖެހިގެން އޭގެ ކަށި ހެރިއްޖެނަމަ ވިހަވެދާނެއެވެ. ފަންހާމަހުގެ ކަށީގައި ހުންނަ ވިހަޔަކީ އޭގެ ސަބަބުން އިންސާނާގެ ފުރާނަޔަށް ނުރައްކާވެދާނެ އެއްޗެއްތޯ މީވެސް ވަރަށް ގިނަ ބައެއްގެ ސުވާލެކެވެ. ލަޔަން ފިސް.ކޮމް ގައި ވާ ގޮތުން ފަންހާމަހުގެ ކަށިތަކުގައު ހުންނަ ވިހަޔަކީ އިންސާނާގެ ފުރާނަޔަށް ނުރައްކާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ފަރުވާ ނުކުރެވިއްޖެނަމަ އެ ވިހައިގެ އަސަރު ކުރާނެއެވެ. މިގޮތުން ދިލަ ނެގުމާއި ތަދު އިހްސާސްކުރެވޭނެއެވެ.

ފަންހާމަހަކީ ކެއުމަށްރަނގަޅު މަހަކެވެ. މިގޮތުން ބަލާއިރު އޮމެގާ3 ގެ މިންވަރު އިތުރު މަހެކެވެ. އެތައް ހާސްބަޔަކު ފަންހާ މަސް ކެއުމަށް ބޭނުންކުރާއިރު އެތައް ސަތޭކަ ރެސްޓޯރެންޓެއްގެ މެނޫގައި ހިމެނޭ މަހުގެ ބާވަތެކެވެ.

ދުނިޔެމަތީ މާއްﷲ ލެއްވި ކޮންމެ އެއްޗެއްވެސް ލައްވާފައިވަނީ ހިކުމަތަކަށްޓަކައެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރު ގޮތެއްގައި ނުލައްވައެވެ. އެހެންކަމުން ބޭކާރުގޮތުގައި ދިރުންތައް މެރުމާއި ދުރުހެލިވާންޖެއެވެ. ފަންހާމަސް ފަދަ ބާވަތްތަކުގެ މަސްތައް ބައެއް ފަރާތްތަކުން މަރަނީ ބިރުވެރި ނުރައްކާތެރި މަހެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އިސްވެ ބަޔާންކުރެވުނު ފަދައިން އެމަހަކީ ކެއުމަށް މީރު އޭގެ ޒާތުގައި ނުރައްކަލެއް ނެތް މަހެކެވެ.

ނޯޓް: މި ލިޔުމުގެ އިތުރު ބައިތައް ،ކަނޑުފަރުގައި އުޅޭ ނުރައްކާތެރި ދިރުންތަކުގެ ރަނގަޅު މައުލޫމާތު މި ލިޔުމާއި ގުޅުވާލެވިގެން ލިޔެ އަވަސް މުސްތަޤުބަލެއްގައި ސައިޓުން ފެންނާނެއެވެ. އިންޝާﷲ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ފެމުނު މިޔަރާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ދެކެވޭ ވާހަކަތާ މެދު..!

ފެމުނު މިިޔަރަކީ ކޮބާތޯއެވެ؟ މީ ވަރަށް ގިނަ ފަރާތްތަކަކުން އުފައްދާ ސުވާލެކެވެ. ހަމަ އެހެންމެ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ފެމުނު މިޔަރު ވަކި ކުރުމުގައި އޮޅުންތަކެއް

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

އެމޭޒަން ޖަންގަލި

ދުނިޔޭގައި އެންމެ ގިނަވައްތަރުގެ ދިރުންތައް އުޅޭ ސަރަހައްދަކީ ސައުތު އެމެރިކާ ބައްރުގައިވާ އެމޭޒަން ޖަންގައްޔެވެ. ބޮޑުމިނުގައި 1.7ބިލިއަން އޭކަރު ހުންނަ މި ޖަންގަލިވަނީ އެ ބައްރުގެ 9 ގައުމަކާއި ގުޅިފައެވެ.  ޖަންގަލީގެ ބޮޑުބައެއް ހިމެނެނީ ބުރެޒިލްގެ ބިމުގައެވެ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ފުރަތަމަ ފަހަރަށް އަލިފާން ފަރުބަދަ މަތީ ކުރެވުނު ތަޖްރިބާ

ދުނިޔޭގެ ނިސްބަތުން އަލިފާން ފަރުބަދަ އެންމެ ގިނަ އެއް ސިޓީއަކީ ޖާވާއެވެ. ޖާވާގައި 44 އަލިފާން ފަރުބަދަހުރެއެވެ. މިގޮތުން މި ސަރަހައްދުގެ ބައެއް ވޮލްކެނޯ އަންނަނީ ގޮވަމުންނެވެ. އަދި ބައެއް ފަރުބަދަތައް އެތައް އަހަރެއްކުރިން ގޮވާފައި ވާނަމަވެސް މިހާރުވެސް އިތުރު ގޮވުންތަކުގެ ބިރުއެބަ އޮތެވެ.

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ހިކިފައި ހުންނަ ގަސްގަހުގެ ފަތާ އެއްގޮތް ހޯނެއް

ހިކިފައި ހުންނަ ގަސްގަހުގެ ފަތާ އެއްގޮތް  ހޯނެއް

ލީފް ޓެއިލްޑް ޖެކޯގެ ނަމުން ނަންދެވިފައިވާ މި ހޯނު ހިކި ފަތްތަކެއްގެ ތެރޭގައި އިންނައިރު ދެނެގަންނަން މާ ފަސޭހައެއް ނޫނެވެ. އެހެން ހޯނުތަކާއި ހިލާފައް މި ބާވަތުގެ ހޯނުގެ ނަގޫ އިންނަނީ ފަތެއްގެ ބައްޓަމަށެވެ. ލީފް ޓެއިލްޑް ޖެކޯގެ އިތުރަށް ސަޓަނިކް

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ބުލޫ ރިންގް އޮކްޓޮޕަސް

ބުލޫ ރިންގް އޮކްޓޮޕަސް އަކީ އިންޑިއާ ކަނޑާއި ޕެސިފިކު ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ބޯވާގެ ވައްތަރެކެވެ. މި ބާވަތުގެ ބޯވާގެ 10 ވަރަކަށް ވައްތަރު އުޅޭކަން ފާހަގަކުރެވިފައެވެ. ބޯވާގެ އެހެން ވައްތަރުތަކާއި ހިލާފައް މި ބޯވާ އަކީ ކުޑަ އަދި ހަމަ އެހެންމެ އިންސާނުންނަށް ނުރައްކާ އެއްޗެއް ގޮތުގައި