Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި އުޅެނީ ﷲތަޢާލާ ހަނދުމަކުރުމުގައެވެ. އާދޭހެވެ! އެއީ އެހެން އަހަރުތަކެކޭވެސް އެއްގޮތައް މިއަހަރުވެސް ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެނާ ބައްދަލު ކުރާނެ ރަމަޟާންމަހެވެ.

Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍ بِمَا تَسْعَىٰ}( سورة طه 15) މާނައީ” ހަމަކަށްވަރުން ޤިޔާމަތްދުވަހުގެ ވަގުތަކީ އަންނާނެ އެއްޗެކެވެ. ތިމަން ރަސްކަލާނގެ އެވަގުތު ވަންހަނާކުރެއްވުމަށް އިރާދަކުރައްވާފައިވަނީ ކޮންމެ ނަފްސަކަށްވެސް އެނަފްސެއް ކުޅަ ޢަމަލުގެ ޖަޒާލިބުމަށްޓަކައެވެ.”

ޤިޔާމަތްދުވަސް ކައިރިވެއްޖެކަމުގެ ޚަބަރު ކީރިތި ޤުރުއާނާއި ސުންނަތުގައި ތަކުރާރުކޮށް ވާރިދުވެފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ }( سورة القمر1) މާނައަކީ: “ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.”

ޤިޔާމަތް ކައިރިވެފައިވާކަން މީގެ ސާދަސަތޭކަ އަހަރުކުރިން މަތިވެރި މާތްﷲ އަޅުގަނޑުމެނަށް އަންގަވާފައިވުމުން ކައިރިވެފައި އެވަނީ ކޮންގޮތަކަށްތޯ ސުވާލު އުފެދިދާނެއެވެ. އެކަމުގެ ޖަވާބެއްގެ ގޮތުން ދެންނެވޭނެ ފުރަތަމަ ކަމަކީ އެދުވަހަކީ މާތް ﷲ ކަނޑައަޅުއްވާފައިވާ އެކަލާނގެ ޢިލްމުފުޅުގައިވާ ދުވަހެކެވެ. އަދި އެއީ އެކަލާނގެ ޙަޟްރަތޔުގައި ކައިރިވެގެންވާ ދުވަހެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {فَٱصْبِرْ صَبْراً جَمِيلاً_ إِنَّهُمْ يَرَوْنَهُ بَعِيداً} (سورة المعارج 5-6) މާނައަކީ ” ހަމަކަށްވަރުން އެއުރެން އެދުވަސް ދެކެނީ ދުރުވެގެންވާކަމަށެވެ. އަދި ތިމަން ރަސްކަލާނގެ ދެކެވޮޑިގަންނަވަނީ އެދުވަސް ގާތްކަމުގައެވެ.”

ދެވަނަކަމަކީ ދުނިޔެއިން ފާއިތުވެ ގޮސްފައިވާތަނަށް ބަލާއިރު އެއިން ބާކީއޮތް މިންވަރު މަދުކަމެވެ. އެކަމުގެ މިސާލެއްގެ ގޮތުން ބަނޑު ނުހަނު ބޮޑުވެފައިވާ މާބަނޑު އަންހެނެއްގެ މިސާލު ޖެހިދާނެއެވެ.އެކަނބުލޭގެ ބަލިވެއިނދެ ހޭދަކޮށްފައިވާ މުއްދަތައް ބަލާއިރު ވިހެއުމުގެ ވަގުތު އިންތިހާއަށް ކައިރިވެފައިވާކަމާއި ކޮންމެ ވަގުތެއްގައިވެސް ވިހެއުމުގެ ކަންތަކާއި ކުރިމަތިލާންޖެހިދާނެކަން ވިސްނާ ތައްޔާރުވާން ޖެހެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްތަކުން މިޙަޤީޤަތް އާދެ ޤިޔާމަތް ކައިރިވެފައިވާކަން ބާޔާންކުރައްވާފައި ވެއެވެ. މާތް ﷲ އެދެބަފާކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުން ޢުމަރުގެ އަރިހުން ބުޚާރީއާ މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނާގައިވެއެވެ. ” ކުރީގެ އުންމަތްތަކަށްބަލާއިރު ތިޔަބައިމީހުންގެ އަޖަލުގެ މިންވަރަކީ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާ ދެމެދުހައި ހިނދު ކޮޅެކެވެ. ” މިޙަދީޘްގައި އިންސާނާގެ ދުނިޔަވީ ވުޖޫދުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ މިސާލު ޖައްސަވަނީ މިދުނިޔޭގެ ދުވަހުން ދުވަހަކަށެވެ. އެދުވަހުން ފާއިތުވެފައިވާ މުއްދަތަކީ ފަޖުރުލީ އިރުން ފެށިގެން ޢަޞުރަށެވެ. ބާކީ އޮތް މިންވަރަކީ އިރުއިއްސުމާދެމެދުގައިވާ ހިނދުކޮޅެކެވެ.

އަދިވެސް އެކަމާމެދުގައި ދެއިމާމުން ރިވާކުރައްވާފައިވެއެވެ. { عن سهل رضي الله عنه قال – قال رسول الله صلى الله عليه وسلم: بعثتُ أنا والساعة كهاتين، ويشير بأصبعيه فيمدّهما} (އަލް ބުޚާރީ- ކިތާބުއް ރިޤާޤު/ ފަތުހުލްބާރީ 11/347) މާނައަކީ މާތް ﷲ ރުއްސުންލެއްވި ސަހުލުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދޅުވިއެވެ. ރސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދިޘްކުރެއވިއެވެ. ” ތިމަންކަލޭގެފާނު ފޮނުއްވެވުމާއި ޤިޔާމަތާ ދެމެދު މިފަދައެވެ. އަދި އެކަލޭގެފާނުގެ މާތް ދެއިނގިލިފުޅު ތެދުކުރައްވާ އިޝާރަތްކުރެއްވިއެވެ. ” މި ޙަދީޘުން އެގެނީ ދުނިޔޭގެ ޢުމުރު އަޅުގނޑުމެންގެ މެދުއިނގިލި  މިންވަރުކަމުގައި ބަލާނަމަ ފާއިތުވަފައިވާ މިންވަރަކީ ޝަހާދަތް އިނގިލީގެ މިންވަރެވެ. ބާކީ އޮތް ވަގުތުކޮޅަކީ ދެއިނދިލީގެ ދިގުމުނުގައި ފަރަގުވާފަދަ ކުޑަ މިންވަރެކެވެ.

ޤީޔާމަތުގެ ވަޤުތު:

ކީރތި މާތް ނަބިއެްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ޤިޔާމަތާއި ބެހޭގޮތުން ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ސުވާލުކުރެވޭ ފަރާތަކަށެއް ސުވާލުކުރައްވަވާ ފަރާތައްވުރެ އިތުރައް އެނގިގެނެއް ނުވެއެވެ. ” ސުވާލުކުރެއްވި ފަރާތަކީ ( އެވަގުތު އިންސާނެއްގެ ސޫރާގައި ހުންނެވި ) ޖިބްރީލް ޢަލައިހިއް ސަލާމްއެވެ. މަލާއިކަތުންގެ އެންމެ މަތިވެރި ދަރަޖަ ލބިވަޑައިގެންވާ ސާހިބާއެވެ. ސުވާލު ކުރެއްވުނު ފަރާތަކީ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސއްލަމައެވެ. އިންސާނުންގެ އެންމެ މަތިވެރި މަޤާމް ލިބިވަޑައިގެންވާ ސާހިބާއެވެ. އެހެނިހެން ޚަލްޤުތަކުންނަށް އެވަގުތު އެނގުން ކޮބައިތޯއެވެ؟

ޤިޔާމަތުގެ ވަގުތަކީ މާތްﷲ ސިއްރުކުރައްވާފައިވާ ޢިލްމުގެތެރެއިން ކަމެއްކަން ކީރިތި ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން ތަކުރާރުކޮށް އަންގަވާފައިވެއވެ. {يَسْأَلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّى}(سورة الأعراف187) ” މާނައަކީ ޤިޔާމަތުގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައެވެ.”

ޤިޔާމަތުގެ ވަގުތު ސިއްރު ކުރެއްވުމުގެ ޙިކްމަތް:

ޤިޔާމަތް ދުވަސް ސިއްރު ކުރެއްވުމުގެ ޙިކްމަތް ތަކުގެ ތެރޭގައި އިންސާނުން އިސްލާޙްވުން ހިމެނެއެވެ. އެއީ ބޮޑުވެގެންވާ ދުވަހެއްކަމާއި ކޮންމެހެން އަންނާނޭ ދުވަހެއްކަން ޔަޤީންވުމާއެކު އެދުވަސް އަންނާނެ ވަޤުތު ސިއްރުވެފައިވުމުން އިންސާނާ ޖެހިލުންވެ އެކަމަށް ފަރުވާތެރިވެ ތައްޔާރުވުމަށް ބާރުއަޅައެވެ.

ކަންތައްތައް ނޭންގުމުގެ ތެރޭގައި ފޮރުވިފައިވުމަކީ އިންސާނާގެ ޙަޔާތުގައި އެކުލެވިފަެިވާ އަސާސީ ބަހާއެކެވެ. ދިރިއުޅުމުގައި އަބަދުވެސް ހޯދައިގަންނަންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ބަދަލުގައި ހުރިހާކަމެއް އެގި ހާމަވެފައިވާނަމަ ގިނަ ކަންތައްތަކުގައި ކަންނެއްވެ ދިރިއުޅުމުގެ ފޯރި ކެނޑުގެން ހިނގައިދާނެއެވެ.

ޤިޔާމަތުގެ އަލާމަތުގެ ބައިތައް:

ޤިޔާމަތް ދުވަސް ކައިރިވާކަމަށް ދަލީލުކޮށްދޭ ގިނަ ޢަލާމަތްތަކެއް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާދެއްވާފައި ވެއެވެ. އޭގެތެރޭގައި ޤިޔާމަތް ދެންވާ އަތުވެދާ ހިސާބުން ނުވަތަ ޤިޔާމަތް ފެށުމުގެ ކޮޅުމަތީގައިހެން ވިދިވިދިގެން ހިނގާ އަޖައިބުކަންބޮޑު އަލާމަތް ތަކެއްވެއެވެ. މި ޢަލާމަތްތަކަށް ޢިލްމުވެރިންގެ  މެދުގައި މަޝްހޫރުވެފައިވާ ނަމަކީ ޤިޔާމަތުހގެ ބޮޑެތި އަލާމަތްތަކެވެ. އެނޫން ޢަލާމަތްތަކަށް ކުދި ޢަލާމަތްތަކޭ ކިޔެއެވެ. މި އުސޫލުން ޤިޔާމަތުގެ އަލާމަތްތައް އަންނަނިވި ބައިތަކަކށް ބަހާލެވިދާނެއެވެ.

ޤިޔާމަތުގެ އަލާމަތްތަކުގެ ތެރެއިން ހިނގާފައިވާ ބައެއް އަލާމަތްތައް:

ކީރިތި ރަސޫލާ ރަސޫލު ކމައިގެން ފޮނުއްވުން:

ޤިޔާމަތް ކައިރިވުމުގެ އެއް އަލާމަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާގެން ފޮނުއްވުމެވެ. ބުޚާރީއާ މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. { عن أنس بن مالك رضى الله عنه قال- قال رسول الله صلى الله عليه وسلم، بعثتُ أنا والساعة كهاتين، كفضل إحداهما على الأخرى، وضمّ السبابةُ والوسطى} (ޖާމިއުލް އުޞޫލް10/384) މާނައަކީ ” އަނަސް ބުން މާލިކް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ތިމަންކަލޭގެފާނާއި ޤިޔާމަތް އައުމާ މިފަދައަކުން ވަނިކޮށެވެ. މިއިން އެކަތި އަނެކައްޗާއި ތަފާތުވާ މިންވަރަށެވެ. އަދި ( މިހެން ޙަދީޘް ކުރައްވަމުން ) އެކަލޭގެފާނު ޝަހާދަތް އިނގިލިފުޅާއި މެދު އިނގިލިފުޅު ކައިރިކޮށްލެއްވިއެވެ. ”

ހަނދު ފަޅިވެގެންދިއުން:

ހަނދު ދެފަޅިވެގެންދިއުމަކީ ރަސޫލާ ބައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގައި ހިނގާފައިވާ ކަމެކެވެ. އަދި އެއީ އެކަލޭގެފާނުގެ ރަސޫލުކަމުގެ މުޢުޖިޒާތް ތަކުގެ ތެރެއިން ފާޅުކަންބޮޑު މުޢުޖިޒާތެކެވެ. އެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ޤިޔާމަތް ކައިރިވުމުގެ ޢަލާމަތެއްގެ ގޮތުގައެެވެ. {ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ وَإِن يَرَوْاْ آيَةً يُعْرِضُواْ وَيَقُولُواْ سِحْرٌ مُّسْتَمِرٌّ }(سورةالقمر 1-2) މާނައަކީ ” ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެއްކެއް ފެންނަނީނަމަ އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނވި ސިހްރެކެވެ. ”

ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިން ހިނގާފައިވާ އަދި ތަކުރާރުވާ ބައެއް އަލާމަތްތައް:

ހަނގުރާމަތަކާއި ފަތަހަ ވުންތައް:

ﷲ ޞުބުހާނަހޫ ވަތަޢާލާ ހިދާޔަތާއި ޙައޤު ދީނާގެން އެކަލނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވެވި، އެހެން ހުރިހާ ދީންތަކއްގެ މައްޗައް މިއިސްލާމްދީން ގަދަވެ ފާޅުވުމަށް ޓަކައެވެ. މިދީން އުފުލި މީހުންވަނީ މަޝްރިޤާއި، މަޤްރިބުގެ ކަންކޮޅުތަކުގެ ރައްތައް ފަތަހަ ކޮށް އިސްލާމްދިން ފަތުރާފައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެކަލޭގެފާނުގެ މާތް އަސްޙަބުނަނަށް އެހަނގުރާމަތަކުގެ ނަސްރާއި ފަތަހަތަކުގެ ޚަބަރުދެއްވާފައެވެ. އެއިރި އެއަސްޙަބުންވަނީ އާރެއްބާރެއއް ނެތް ޙަލުގައި މައްކާގައިތިބި މީސްކޮޅުމަދު ނިކަމއެތިންކަމުގައެވެ. ނުވަތަ ޢަދާވަތްތެރިން އައިސް ހަމާލާދީ ވެރިވެގެން ފާނޭކަމުގެ ދާއިމީ ބިރެއްގެތއރޭގައި މަދީނާގައ ޙިޞާރުކުރެވިގެންވާ ހާލުގައެވެ.

ހުބާބުނުލް އަރަތުގެ އަރިހުން ބުޚާރީ ރިވާކުރައްވާފއިވާ ޙަދީޘްއެއްގެ މާނާގައިވެއެވެ.  މައްކާގައި ކަޢުބާގެ ހިޔަލުގައި ރަސޫލާ ޞައްލައްﷲ އާއެކު ޞަޙާބީން ވެވަޑައިގެންނެވި ދުވަހެއްގައި ، ކީރިތި މާތް ނަބިއްޔާގެ އަރިހުން އެބޭކަލުން ނަޞްރު ދެއްވާތޯ ދުޢާކޮށްދެއްވުމަށް އެދިލެއްވިއެވެ. ދެން އެކަލޭގެފާނު އިސްވެދިޔް އީމާންތެރި މީހންގެ ސާބިތުކަމާއި ކެއްތެރި ކަމުގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. އަދި އިސްލާމްދީން ފެތުރި މުޅި ޢަރަބިކަރަޔަށް އަމާންކަން އަންނާނެކަމުގެ ޚަބަރު ދެއްވިއެވެ. ﷲ އަށް ބިރުވެތިވުމުގެ އިތުރުން ތިމާގެ ބަކަރިތަކަށް މިނިކާވަގުގެ ނުރައްކާ ފިޔަވައި ޖެހިލުންވުމެއްނެތި ޢަރަބި ޖަޒީރާގެ އުތުރުން ދެކުނަށް އެކަނި ދަތުރު ކުރެވޭނެފަދަ އަމާންކަން އަންނާނެކަމުގައި ވިދާޅުވިއެވެ.

އިސްލާމްދީން އައިދުވަސްވަރަކީ ޢަރަބި ޖަޒީރާގައި އަމާންކަން މުޅިން ގެއްލިފައި އޮތް ޒމާނެކެވެ. އިސްލާމްދީން އައުމުގެ ސަބަބުން ޢަރަބި ޖަޒީރާއައށް އަމާންކަން އަންނާނެކަމުގެ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ގިނައިން ދެއްވާފއި ވެއެވެ. އަދި ޢަރަބިކާރގެ  ސަރަހައްދުން ބޭރަށް އިސްލާމީ ބާރު ފެތުރިގެން ދާނޭކަމާއި ދައްޖާލާ ހަނގުރާމަކްށް ބަލިކުރުމަށް ދާންދެން އިސްލާމުންގެ ފަތހަތައް ދެމިގެން ދާނެކަމށް ރަސޫލާ ޚަބަރުދެއްވާފައި ވެއެވެ.

ނާފިއު ބުން އަތަބަތުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ގެ އަރިހުން އެކަލޭގެފާނު އެއްސެވިއެވެ. ” ތިޔަބައިމީހުނ ( މުސްލިމުން) ޢަރަބި ޖަޒީރާއާއި ހަނގުރާމަކޮށް މާތް ﷲ އެތަން ފަތހަ ކޮށްދެއްވާނެއެވެ. ދެން ފާރިސްކަރައެވެ. އެތަންވެސް މާތް ﷲ ފަތހަ ކޮށް ދެއްވާެނއެވެ. ދެން ރޫމްކަރައެވެ. އެތަންވެސް ފަތަހަ ކޮށްދެއްވާނެއެވެ. ދެން ތިޔަބައިމީހުން ދައްޖާލާ ހަނގުރާމަ ކުރާނޫއެވެ. އޭތީގެ މައްޗައްވެސް މާތް ﷲ ތިޔަބައިމީހުނަށް ފަތަހަ ވުން ދެއްވާނެއެވެ.

ނަބީކަމަށް ދައުވާކުރާ ދޮގުވެރިން ފާޅުވުން:

ނަބީކަމަށް ދައުވާ ކުރާ ދައްޖާލުން (ދޮގުވެރިން) ތަކެއް އުންމަތުގެ ތެރެއިން ނިކިނަނާނޭކަމުގެ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސއްލަމަ ދެއްވާފައިވެއެވެ. އެމީހުންގެ އަދަދު ގާތްގަނޑަކަށް ތިރީހަކަށް މީހުނާ ކައިރިކުރާނެއެވެ. ނަބިކަމށް ދއުވާކުރުމުގެ މުރާދަކީ ، އެމީހުން މީސްތަކުންގެ މެދުގައި ފިތިނަ އުފައްދައި މީސްތަކުންގެ ތެރއެއިން ބަޔަކު އެމީހުނާށް ތަބާވެ އެމިހުންގެ ބާތިލަށް ހެއްލުމެވެ. ނަބީކަމަށް ދައުވާކޮށް ބަޔަކު އެމީހުނަށް ތަބާނުވާމީހުންގެ އަދަދު އެތައް ބައިވަރެވެ.

ބުޚާރީއާ މުސްލިމަގައި ރިވާވެގެން ވެއެވެ. { عن أبى هريرة رضى الله عنه أنّ رسول الله صلى الله عليه وسلم قال: لا تقوم الساعة حتى يُبعثُ دجّالون كذّابون قريبٌ من ثلآثين، كلٌ يزعم أنّه رسول الله} ( البخارى- كتاب الفتن)  މާނައަކީ ” ދައްޖާލުން ( އެހެނީ ދޮގު ދައިއުވާ ކުރާ ޙަޤީޤތް އޮޅުވާލާ  މަކަރުވެރިންގެ ) ތިރީހާ ކައިރިއަށް ދޮގުވެރިން ނުފޮނުއްވެނިސް ޤިޔާމަތް ނުވާނެއެވެ. އެއިން ކޮންމެ މިހަކުވެސް އެއީ ﷲގެ ރަސޫލެއްކަމަށް ދަޢުވާކުރާނެއެވެ.

މުސްލިމް ރިވާކުރއްވާފައި ވެއެވެ. {عن ثوبان قال: قال رسول الله صلى الله عليه وسلم: وأنه سيكون فى أمّتى كذّابون ثلآثون، كلّهم يزعُمُ أنّه نبيّ، وأنا خاتم الأنبياء، لا نبيّ بعدى}(مسلم) މާނައަކީ ” ޘައުބާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާލުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ދޮގުވެރިން ފާޅުވާ ހުއްޓެވެ. އެއިން ކޮންމެ މިހަކުވެސް އެއީ ނަބިއްޔެއްކަމަށް ދަޢުވާ ކުރާނެއެވެ. ތިމަނަކަލޭގެފާނީ ނަބިކަން ޚަތިމްކުރެއްވި ސާހިބާކަމުގައިވާއިރުވެސް މެއެވެ. ތިމަންކަލޭގެފާނަށް ފަހުގައި ނަބިއްޔަކު ނުވެއެވެ.”

އެދައްޖާލުން ތެރެއިން ގިނަބަޔަކުވަނީ މާޒީގައި ފާޅުވެފައެވެ. ޞަޙާބީންގެ ދުވަސްވަރުގައި މުސައިލަމަތުލް ކައްޛާބް ، އަސްވަދުލް އަނަސީ، ސަޖާހުލް ކާޙިނާ، ފެނިފައިވެއެވެ. ތާބީންގެ ދުވަސްވަރުގައި އަލް މުކުތާރުލް ޘަގަފީމނަބީކަމަށް ދައުވާކޮށްފައި ވެއެވ. މިގެ ދޮޅު ގަރުނެއް ކުރީގައި ޙަސަނަ ބިން އަލީ ބުން މިރުޒާ ޢައްބާސްވަނީ އިރާނުގައި ނަބީކަމަށާއި ކައުކަމަށް ދައުވާކޮށްފައެވެ. އޭނާގެ ލަގަބަކަށް ބަހާއުﷲ އޭކިޔައި އޭނާއަށް ތަބަޢަވި މީހުންނަށް ބަހާއިންނޭކިޔައެވެ. މިލާދުގެ ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައި ޣުލާމު އަޙްމަދުވަނީ ނަބީކަމަށް ދައުވާކޮށްފައެެވެ. މީނާއަށް ތަބާވީމީހުން އެމީހުންނަކީ ” އަޙްމަދީން” ނޭ ކީނަމަވެސް، މުސްލިމުން އެމީހުނަށް ދީފައިވާ ނަމަކީ ” ޤާދިޔާނީން” ނެވެ.

ބޮޑެތި ފިތުނަ ތައް އާއްމުވުން:

ޤޔާމަތް ކައިރިވެގެން އަންނައިރު ގިނަގުނަ ފިތިނަތައް ފާޅުވާނޭކަމުގެ އިންޒާރު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސްއްލަމަ ވަރަށް ގިނައިން ކުރައްވާފައިވެއެވެ. އަދި އެކަމުނަ ރައްކަތެރިވާނޭ މަގުވެސް ބަޔާން ކޮށްދެއްވާފައިވެއެވެ. ﷲ ޞުބުހާނަހޫ ވަޢާލާގެ ދީން ، ލޮބުވެތި ނަބިއްޔު ޟައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ، އެކަލާނގެ ރުއްސުންލެއްވި މާތް މިތިރު ޞަޙާބީން ދަސްކުރެއްވިއިރު ، އޭގެތރެއިން ބަޔަކު ޝައުޤުވެރިވެ ނުލައްވާ އެއްވެސް ރޮގެއް ނުވެއެވެ. މިއުންމަތަކީ ޤިޔާމަމަތަށްދާްނދެން އޮންނާނެ ފަހުގެ އުންމަތްކަމށް ވީހިނދު ، ބައެއް ޞަޙާބީން ފަރުވާތެރިވެ ލެއްވި އެއްކަމަކީ ޤިޔާމަތުގެ ކުރިން އުންމަތައް ކުރިމަތިވާނެ ފިތުނަ ( އިމްތިހާން ) ތަކަކީ ކޮބައިތޯއާއި، އެކަންތަކުން ސަލާމަތްވާނެ މަގުތަކަކީ ކޮބައިތޯއާމެދުގައެވެ.  މިމައިދާށނުގައި އެންމެ ކުރިގައި ފާހަގަ ކޮށްލެވޭ އެއްބޭކަލަކީ ޙުޛައިފަތު  ބުނުލްޔަމާންއެވެ. އެކަލޭގެފާނަކީ ފިތުނައިން ސަލާމަތް ވުމަށްޓަކައި އެކަމާބެހޭގޮތުން ،ނަބިއްޔާގެ އަރިހުގައި ސުވާލު ދެންނެވުން ގިނަ ބޭކަލެކެވެ. އެކަލޭގެފާނުގެ އަރިހުން ބުޚާރީ ނެރުއަވާފައި ވާ ޙަދީޘެއްގެ މާނާގައި ވެއެވެ. ޙުޛައިފަތް ބުނުލް ޔަމާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މީސްތަކުން (ގިނައިން ) ސުވާލު ދަންނަވާކަމުގައިވީ ހެވާއިމެދުގައެވެ. ތިމަނަނާ އެކަލޭގފާނުގެ އަރިހުން ،ނުބަޔާމެދު ސުވާލު ދަންނަވަމުން ދިޔައީމެވެ. އެނުބައިގާ ތިމަނަނާ ޖެހިދާނެ ކަމުގެ ބިރއްޓަކާއެވެ. ތިމަންނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަށަވަރުން ތިމަންނަމެންވީ ޖާހިލުކަމާ ނުބައި ކަމުގެ ތެރޭގައެވެ. ދެން ﷲ ތިމަންނަމެނަށްޓަކައި މިހެޔޮކަން ގެނެސްދެއްވީއެވެ. މިހެވަށްފަހުގައި ނުބައި އައުންވޭތޯއެވެ؟ ޙަދީޘްކުރެއްވީ އާއެކެވެ. ( މިތަނުގައި ނުބައިގެ މުރާދަކީ ތިންވަނަ ޚަލީފާއާ ހިސާބުން ފެށިގެނަދާނޭ ކޮޅެއްނެތް ފިތުނައެވެ. ދެންނެވީމެވެ. އެނުބަޔަށްފަހު ހެޔޮ އައުންވޭތޯއެވެ؟ ހަދީޘްކުރެއްވީ، “އާއެކެވެ. އެހެވާއެކު ދަޚަނު ( މުރާދަކީ ދުން، ހަސަދަ، ހިތްތައް ކިލަނބުވެ ސުލްޙަވެރިކަން ނެތިދިއުން ، ނޭދެވޭ އެންމެހާ ކަންކަން ) ވެސް އާދެއެވެ. ” ދެންނެވީމެވެ. އޭގައިވާ ދުމަކީ ކޮބައިތޯއެވެ؟ ވިދާޅުވީ ” އެއީ ތިމަންކަލޭގެފާނުގެ ހިދާޔަތުނޫން އެހެން މަގަކަށް ތަބާވާ ބައެކެވެ. އެމީހުންގެ ކިބައިން އެކަން ފާޅުވާނެއެވެ. އެކަމަށް ( ރަނގަޅު މީހުންގެ ފަރާތުން ) އިންކާރުވެސް ކުރެވޭނެއެވެ. ” ( އުއްމު ސަލްމާގެ އަރިހުން މުސްލިމް ނެރުއްވާފއއިވާ ރިވާޔަތުގައިިވާގޮތުން އެކަމަށް އިންކާރުކުރާ މީހާ ބަރިއަ ވެގެންވެއެވެ. ނަފްރަތުކުރާ މީހާވެސް ސަލާމަތް ވެއެވެ. ) ދެންނެވިމެވެ. އެހެވަށް ފަހުގައި ނުބައިވޭތޯއެވެ ؟ ޙަދީޘްކުރއެވީ ” އާއެކެވެ. އެއީ ނަރަކާގެ ދޮރާށިކައިރީ ތިބެ ގޮވަމީހުންނެވެ. އެމިހުނަށް އިޖާބަދިން މީހަކު އެތެރެއަށް ކޮއްޕާލާނެތެވެ. ” ދެންނެވިމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންމެނަށް އެމިހުން ސިފަކޮށްދެއްވަވާށެވެ. ޙަދިޘްކުރެއްވިއވެ. ” އެއީ އަހަރުމެންގެ ތެރެއިންވާ ، އަހަރުމެންގެ ބަހުން ވާހަކަ ދައްކަާ އުޅޭބައެކެވެ. ” ދެންނެވިމެވެ. އަހަރުމެނަށް އެމިހުން ދިމާވެއްޖެނަމަ ހަދަންވާނެ ގޮތަކަ ކޮބައިތޯ އަންގަވާ ދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. ” މުސްލިމުންގެ ޖަމާޢަތުގައިވެ އެމީހުންގެ އިމާމަށް ތަބާވާށެވެ. ” ދެންނެވިމެވެ. އެމީހުންގެ ޖަމާޢަތެއް އަދި ވެރިއެއް ނެއްނަމަ (ހަދަންވީ) ކިހިނެއްތޯއެވެ؟ ޙަދީޘް ކުެއްވިއެވެ. ” އެހުރިހާ ބައިގނޑުތަކަކާއި އެކަހެރިވާށެވެ. އަދި ގަހެއްގެ މުލެއްގައި ދަތްއަޅަގެން ނަމަވެސް ( އެފިތުނާގެ ތެރެއަށް ނުގޮސް ) މަރުއައިސް ބައްދަލު ކުރަންދެން ތިބާ އެގޮތަގައިވާށވެ.”

ަޙަޙޙ

ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިން މިހާތަނަށް އަދި ހިނގާފައިނުވާ އަލާމަތްތައް :

ޤިޔާމަތްވުމުގެ އަލާމަތްތަކޔުގެ ތަރޭގައި އަދި ިހާތަނަށް ފެނިފަނުވާ އެތައް އެތައް އަލާމަތެއް ވެއެވެ. އެކަންކަމުގެ ވާހަކަަ ޞައްޙަ ސާބިތު ޙަދީޘްތަކުން ވާރިދި ވެފައިވެއެވެ. އޭގެތެރޭގައި އަންނަނިވި ކަނަތައްތައް ހިމެނެއެވެ.

ޢަރަބި ޖަޒީރާ ބަގީޗާތަކާއި  ކޯރުތަކުގެ ބިމަކަށް އިޢާދަވުން:

އަބޫ ހުރައިރާ އަރިހުން މުސްލިމް ނެރުއްވާފައި ވެއެވެ. قال رسول الله صلى الله عليه وسلم : { لا تقوم الساعة حتى يكثر المال ويفيض، حتى يخرج المال زكاة ماله، فلا يجد أحدا يقبلها، وحتى تعود أرض العرب جناتا وأنهارا} “މީހަކު އޭނާގެ މުދަލުން ޒަކާތް ނެރުމުން ، އެޒަކާތުގައި ހިފާނެ  މީހަކު ( ނިކަމެއްޗަކު) ނުވާ ދަރަޖައަށް މުއްސަނދިކަން އިތުރުވެ ތިޔާގިކަން އޮހިގަތުމަށް ދާންދެން ، އަދި ޢަރަބި ބިން ބަގީޗާތަކާއި ކޯރުތަކަށް އިއާދަވުމަށް ދާންދެން ޤިޔާމަތްނުވާހުއްޓެވެ.

އެކަންވާނީ އެބިމުގެ އަހުލުވއެރިންނަށް ބިމުގެ މައުދަންތަކޔުގެ މުއްސަނދިކަން ލިބި ދަނޑުވެރިމަކުގެ ވަސީލަތްތައް ކުރިއަރާގެން ކަމަށްވެސް ވެދާނެއެވެ. ބޮޑަށް ލަފާކުރެވެނީ އެބިމުގެ ޖައްވާއި މޫސުން ބަދަލުވެ ، ވރެއާއި ކޯރުތައް ތިޔާގިވެ ، ހޫނު ހަނފަސްކަމުން ފިނި ފެހި ބިމަކަށް ބިމަކަށް ބަދަލުވެގެން ކަމަށެވެ،. އެނގެނީ އެޖަޒީރާ އެންމެ ފުރަތަމަ އޮތްފަދަ ހާލަތަކަށް ބަދަލުވެގެންދާނެކަމެވެ.

 

މިނިކާވަގާއި ފުރާނަ ނެއް ޖަމާދު އިންސާނާއާ އި ވާހަކަ ދެއްކުން:

އަބޫ ސައިދުލް ޚުދުރީގެ އަރިހުން އިމާމު އަޙުމަދު ނެރުއްވާފައިވާ ޙަދީޘެއްގެ މާނާގައި ވެއވެ. ވަލުކުއްތާއެއް ބަކަރިއެއްގެ ފަހަތުން ދުވެ އެސޮރު އަތުލާގަތެވެ. ބަކަރި ބަލަހައްޓާމީހާ އެވަލުކުއްތާއާ ދިމާކޮށް އޭގެއަތުން ބަކަރި އަތުލާގެންފިއެވެ. އެހިނދު އެވަގު ނަގު ދަށައްލާ އިށީންދެލާފައި ބުންޏެވެ. ތިމަންނައަށް ﷲ ދެއްވި ރިޒްޤެއް ތިމަންގެ އަތުން އަތުލާގަނަނައިރު ތިބާ ﷲ އަށް ބިރުނުގަނަން ހެއްޔެވެ؟ ބަކަރި ގެންގުޅޭ ކަލޭގެ ބުންނޏެވެ. ހުރި އަޖައިބުކަމާއެވެ. މިނިކާވަގެއް ނަގޫ ދަށައްލާ އިށީންދެއިނދެ އިންސާނުންނގެ ބަހުރުވައިން ތިމަންނައާ ވާހަކަ ދައްކަނީއެވެ! މިނިކާވަގު ބުންޏެވެ. ތިމަންނާ ތިބާއަށް ތިއައްވުރެ މާ އަޖަބުކަންބޮޑު ކަމަކުން ޚަބަރު ދެންހެއްޔެވެ. މުހައްމަދު ބައްލަﷲ ޢަލައިހި ވަސައްލަމަ ޔަޘްރިބް (މަދީނާ) ގައި ހުނަނވާގެން ، މާކުރިން ހނގާ ގޮސްފައިވާ ކަންތަކުގެ ޚަބަރު އެބަދެއްވައެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. ޖަނަވާރު ބަލަހައްތާ ކަލޭގެ ކަންބަޅިތައް ލާއްވަމުން އައިސް މަދީނާގެ ސަރަހައްދަށް ވަނެވެ. އެތަނުން ތަންކޮޅެއްގައި އޭނާ މަޑުކޮށްލިއެވެ. ދެން ކީރިތި ނަބިއްޔާ ބައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވެމުން އޭނާ އެކަލޭގެފާނަށް އެވާހަކަ ކިޔާދެއްވިއެވެ. ދެން ރސޫލުﷲގެފާނުގެ އަމުރުފުޅަށް ނަމާދުގެ ޖަމާޢަތައް ގޮވިއްޖެއެވެ. އެއަށްފަހުގައި އެކަލޭގެފާނު ނިކިމެ ވަޑަގެން ބަކަރި ގެންގުޅޭމީހާއަށް ޙަދީޘް ކުރެއްވިއެވެ. އެމީހުނަށް ވާހަކަ ކިޔާދީބަލާށެވެ. ދެން އޭނާ ކިޔާދިނުމުން ޙަދީޘްކުރެއވިއވެ. ” ތިމަންކަލޭގެފާނުގެ ނަފްސް އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މިނިކާވަގު އިންސާނުނަނާ ވާހަކަ ދެއްކުމަށް ދާންނދެން ، އަދި މީހާގެ ( އަތުގައިވާ ) ހަންމުށީ ކުރިއާއި ފައިވާނުގެ ވަދު އޭނާއާ ވާހަކަ ދެއްކުމަށް ދާންދެން ، އަދި މީހަގެ ފަލަމަސްގނޑު އޭނާގެ ތިމާގެ މީހުން އޭނާއާބެހޭގޮތުން ދައްކާއުޅުނު ވާހަކަ އޭނާއަށް ކިޔާދީފުމަށް ދާންދެން ޤިޔާމާތް ނުވާހުއްޓެވެ.”

ފަހަރެއްގައި ކީރތި މާތް ނަބިއްޔު ޞައްލަﷲ ޢަކައިހި ވަސއްލަމަ ޚަބަރު ދެއްވާފައިމިވާ ކަނަކަމަކީ އެއީ ކައުނުގެ އާދަޔާ ޚިލާފަށް ހިނގާ ކަމަކަށްވެސް ވެދާނއެވެ. ނުވަތަ ފަހުޒަމާނުގައި އިންސާނުން ޢިލްމާއި ޓެކްނޮލޮޖީގެ ވަސީލަތުން އީޖާދުކުރާ ކަންތައްތައްކަމުގައި ވެސް ވެދނެއެވެ.

ފުރާތުކޯރު ހިނދި ރަނުގެ ފަރުބަދައެއް ފާޅުވުން :

ބުޚާރީއާ މުސްލިމް މި ޚަބަރު ތަފާތު ރިވާޔަތްތަކުން ނެރއްވާފައިވެއެވެ. މުސްލިމްގެ އެއްރިވާޔަތެއްގައި ވެއެވެ. ” ފުރާތު ކޯރު ހިކި ރަން ފަރުބަދައެއް ހާމަވެ މިސްތަކުން އެއާމެދުގައި ހަނގުރާމަކޮށްފުމަށް ދާންދެން ޤިޔާމަތް ނުވާނެއެެވެ. އޭގެތެރެއިން ކޮންމެ ސަތޭކައަކުން ނުވަދިހަ ނުވަމީހުން ޤތުލު ވެދާ ހުއްތެވެ. އޭގެތެރެއިން ކޮންމެ މީހަކުވސް ބުނާނީ ( ދެކޭނީ) އެސަލާމަތްވާ މީހާކީ ތިމަންނާ ކަމުގައިވުން ކައިރިއެވެ. ”

ޤިޔާމަތުގެ ބޮޑެތި ވެގެންވާ އަލާމަތްތައް:

ޤިޔާމަތުގެ ވަގުތު އިންތިހާއށް ކައިރިވެފައި ވަނިކޮށް ހިނގާނޭ ބޮޑެތި ކަނަތައްތަކެއް ގެ ވާހަކައިން ރަސޫލާ ޞައްލަފ ޢަލައިހި ވަސައްލަމަ ވަނީ ކަބަރު ދެއްވާފައެވެ. އޭގެތެރެއިން ބައެއް ކަންތަކަށް ކީރިތ ޤުރުއާނުގައި ޢިޝާރަތް ކުރައްވާފައި ވެއެވެ. ޤިޔާމަތުގެ ވަގުތު ކޮޅެއްކުރިން ހިނގާނޭ ކަނތައްތަކާއި ބެހޭ ޣައިބިއްޔާތުގެ މިޚަބަރުތައް ދެއްވާފައިވުމުގެ ޙިކްމަތްތަކުގެ ތެރޭގައި މުއުމުނިންގެ ހިތްތަކަށް ސާބިތިކަން ދެއްވުމާއި ، މަގު އޮޅުވާލާ މީހުން އީމާންވެ އިސްލާހު ވުމަށް ހޭވެރިކުރުވާ ފުރުޞަތު ދެއްވުމާއި ، އެދުވަހަށް އިންކރުކޮށް ގޮތްދުނުކުރާ ބަޔަކށްނަމަ އެބަޔެއްގެ މައްޗައަ އިތުރު ހުއްޖަތަކަށްވުން ހިމެނެއެވެ. ޚާއްސަކޮށް ޚާތިމުއް ނަބިއްޔީނަ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ރިސާލަތަޢްފަހު މީސްތަކުން އެތައް ޒަމާނެއް ކަނޑަތުކޮށްފައި ވުމުން އެކަމުގެ މުހިންމު ކަން ބޮޑެވެ.

މިފަދަ ޣައިބިއްޔާތުގެ ގިނަގުނަ ޚަބަރިތަކެއް ކީރިތި ޤުރުއާނާއި ސިންނަތުގައި ޞަރީޚަކޮށް އައިސްފައި ވެއެވެ. އެގޮތުން ޤިޔާމަތުގެ ބޮޑެތި އަލާމަތްތަކުގެ ތެރޭގައި އަންނަނިވި ޙަދީޘަގައި އައިސްފައިވާ ކަންތައްތައް ހިމެނެއެވެ.  عن حذيفة بن أسيد الغفاريّ قال: اطّلع النبيّ صلى الله عليه وسلم علينا ونحن نتذاكر فقال ماتذاكرون قالوا نذكر الساعة قال إنها لن تقوم حتى ترون قبلها عشر آيات فذكر الدّخان والدّجّال والدّابّة وطلوع الشمس من مغربها ونزول عيسى ابن مريم صلى الله عليه وسلم ويأجوج ومأجوج  وثلاثة خسوف خسف بالمشرق وخسف بالمغرب وخسف بجزيرة العرب وآخر ذلك نار تخرج من اليمن تطرد الناس إلى محشرهم. މާނައަކީ ” ޚުޛައިފަތު ބުނު އަސީދު އަލް ޣިފާރީގެ އރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރުމެން ވާހަކައެއްގައި ވަނިކޮށް ކީރިތި ނަބިއަޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގަންނަވާ ޙަދީޘް ކުރެއްވިއެވެ. ތިބާއިން ތިޔަ ވާހަކަ ދައްކަނީ ކޮންކަމަކާ ބެހޭގޮތުން ހެއްޔެވެ. ؟ އެމީހުން ދެންނެވެއެވެ. ތިމަންމެން މިވާހަކަ ދައްކަނީ ޤިޔާމަތުގެ ވަގުތާމެދު ގައެވެ. ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ދިހަ އަލާމަތެއް (އާޔަތް/ހެކި) ފެނިގެން ނުދަނިސް ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. (އެކަލޭގެފާނު) ކިޔާދެއްވި ކަންތައްތަކަކީ : ދުންގަނޑަކާއި ، ދައްޖާލުއާއި، ދާއްބައާއި، ހުޅަގުން އިރިއެރުމާއި ، ޢިސަބްނު މަރްޔަމް ފާބައި ވަޑާގެންނުވުމާއި، ޔައުޖޫޖު ވަމައުޖޫޖުއާއި، ބިންގަނޑު ކަނޑައިގެންދާ ތިން ޙާދިޘާއެއް، މަޝްރިޤުން (އިރުމަތީ ކަރައިން) ކަނޑައިގެން ދިއުމާއި ، މަޣްރިބުން ( ހުޅަނގު ކަރައިން) ކަނޑާގެން ދިއުމާއި ، ޢަރަބި ޖަޒީރާއިން ކަނޑާގެންދިއުމާއި، އޭގެތެރެއިން އެންމެ ފަހުކަމަކށް (ކަޔައި ދެއްވީ) ޔަމަނުކަރައިން ނިކުންނަ އަލިފާނެއް މީސްތަކުން އެއްކޮށް އެއްތަންކުރުމަށް ލާއްވާނެކްމެވެ.”

 

 

 

 

 

 

 

 

 

 

 

 

 

 

Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ހަމަޖެހުން އަދި އަމަންއަމާންކަމަށްޓަކައި، ބާވާލައްވާފައިވާ ފުރިހަމަ ނިޒާމެކެވެ. މި ޝަރީޢަތަކީ އުނިވުމެއްނުވާ މާތް ފުރިހަމަ ޝަރީޢަތެކެވެ. ހަމައެހެންމެ މި ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކަކީ އެހާމެ ފުރިހަމަ ޙުކުމްތަކެވެ.

Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

ޤާދިޔާނިންގެ ޢަޤީދާތައް

ޤާދިޔާނިންނަކީ ވަރަށް ގިނަ ބާޠިލް ޢަޤީދާތަކެއް ގެންގުޅޭ ބައެކެވެ. އެގޮތުން ޤާދިޔާނިންގެ ޢަޤީދާތަކުގެ ތެރެއިން ބައެއް ޢަޤީދާތަކަށް ބަލާލާނަމެވެ.

  • ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި މާތްﷲ ރޯދަ ހިއްޕަވަ އެވެ. ނަމާދުކުރައްވަ އެވެ. އަވަހާރަފުޅު ލައްޕަވަ އެވެ. ހޭފުޅު ލައްވަ އެވެ. ކުށްކުރައްވަ އެވެ.އަދި ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި އެބައިމީހުންގެ ކަލާންގެއަކީ، އިނގިރޭސި ކަލާނގެއެކެވެ. މިހެނީ އެބައިމީހުންގެ ކަލާނގެ ބަސްފުޅު ވަޙީކުރައްވަނީ އިނގިރޭސި ބަހުންނެވެ.
  • އަދި ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޤާދިޔާނަކީ، މައްކާއާއި މަދީނާ ފަދަ މާތް ރަށެކެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އެ ދެ ރަށަށްވުރެ ވެސް މާތްކަން ބޮޑުވެގެންވާ ރަށެކެވެ. އެއީ އެބައިމީހުންގެ ޤިބުލަ އެވެ. އަދި އެބައިމީހުން ޙައްޖުވަނީ ވެސް އެ ރަށަށެވެ.
  • އެމީހުން ޤަބޫލުކުރާގޮތުގައި މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ދީނީ މިނިވަންކަން ދެއްވާފަ އެވެ. އެމީހަކު އުޅެން ބޭނުން ދީނަކަށް ދީން ބަދަލުކުރުމަކީ މުސްލިމުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެހެންކަމުން، މުރުތައްދުވާ މީހަކު ޤަތުލެއް ނުކުރެވޭނެ އެވެ.
  • ޤާދިޔާނިން ބުނާގޮތުގައި އެމީހުން މުސްލިމުންނާ ތަފާތުވަނީ އެންމެ މައްސަލައެއްގައެއްނޫނެވެ. ﷲ އާއި ރަސޫލުﷲގެފާނާއި ޤުރުއާނާއިނަމާދާއި ރޯދަޔާއި ޙައްޖާއި ޒަކާތާބެހޭ މައްސަލްތަކުގައި މުސްލިމުންނާތަފާތެވެ.
  • ޤާދިޔާނިން ބުނާގޮތުގައި ޤާދިޔާނިން ނޫން ބަޔަކާ ކައިވެނި ކުރުމެއްނުވެއެވެ. އެގޮތުން މިރްޒާ އަޙްމަދު އޭނާގެ އަންހެންދަރިފުޅު أحمدى ނޫންމިހަކާ ކައިވެނިކޮށްދިނުމުން އޭނާ ޚަލީފާކަމުން ބޭރުކުރެވުނެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ޤާދިޔާނިން ނޫންބަޔާކާ ކައިވެނިކުރާމީހަކު އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެއެވެ.
  • ބައެއް ޤާދިޔާނީން ގަބޫލުކުރާ ގޮތުގައިމިރުޒާ ޣުލާމަކީ ނަބީބޭކަލެކެވެ. އަނެއްބައި ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި މިރުޒާ ޣުލާމަކީ މަހުދީގެފާނެވެ. އަދި އޭނާއަކީ ފަހުޒަމާނުގައި މާތް ﷲ ފޮނުއްވާނެ މަސީޙު(ޢީސާގެފާނު) ވެސްމެއެވެ.
Categories
ހުރިހާ ލިޔުންތައް ދީނީ މައުލޫމާތު

ރޯދަޔަށް ހުންނަ މީހާއަށް ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންތައްތައް

ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟

ސ. ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖ. ދަތްއުނގުޅާ ބޭހުން ދަތްއުނގުޅިއަސް

Categories
ހުރިހާ ލިޔުންތައް ތިމާވެށި/ ދިރޭތަކެތި

ރާގޮނޑި ކޮއްޔަކީ ކޮބާ؟

ރާގޮނޑި ކޮއްޔަކީ ކޮލި އާއިލާޔަށް ނިސްބަތްވާ މަހެކެވެ. މި މަހުގެ ލޯ ރާނގޮނޑީގެ ލޮލާއި އެއްގޮތްވާއިރު ހަންގަނޑުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ބަނޑާ ހިސާބުގައި ކޮލީގެ އެހެން ބާވަތްތަކުގައި ހުންނަހެން ކުދި ކަށިތަކެއް ހުރެއެވެ. ބަނޑު ދައްފަރާތުގައި ރާގޮނޑީގައި ވާ ހުދު ރިހިކުލަ ހުންނައިރު މަތީގައި ހުންނަނީ ގަދަ ނޫ ކުލައެކެވެ. މަހުގެ ބުރަކަށި މަތީ ކޮތަރީގައި 15 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. އަދި ބަނޑު ދަށް ފަރާތުގެ ކޮތަރިދަށުގައިވެސް 13 އާއި 11 އާއި ދެމެދުގެ އަދަދަކަށް ކަށިހުރެއެވެ. ރާ ގޮނޑި ކޮއްޔަށް އިނގިރޭސި ބަހުން ކިޔަނީ އޯސެނިކް ޕުފާރ ފިސްއެވެ. މަހުގެ ސައިންޓިފިކް ނަމަކީ Lagocephalus lagocephalus, އެވެ.

ރާނގޮނޑި ކޮއްޔަކީ ރާގޮނޑިއާ އެއްވައްތަރުވެގެން އޮޅިގެން ކެވިދާނެހާ ވައްތަރު މަހެއްތޯއެވެ؟ މި ސުވާލަށް ޖަވާބު ދޭނަމަ ބުނެވެން އޮތީ ހަންގަނޑާ އަދި ކުލަ އަދި ލޮލުގައި ވައްތަރު ކަމެއް ހުރެއެވެ. އެހެންނަމަވެސް މުޅި މަހުގެ ސިފަ ނުވަތަ ސޭޕް، އަނގަ، ބަނޑު ދަށްފަރާތު ހަންގަނޑު، އުރަހަތައް، ނަގޫ ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން އޮޅިގެން ކެވިދާނެ މަހެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާނގޮނޑި ކޮލީގެ ވިހަ: ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާ ކެވިއްޖެނަމަ އިންސާނާގެ ފުރާނައަށް ނުރައްކާވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ މަރާ ހަމަޔައް ދެއެވެ. އާންމުކޮށް ކޮލީގެ ހުރިހާ ވައްތަރުތަކަކީވެސް ވިހަ ހިމެނޭ މަސްތަކެކެވެ. އެހެންނަމަވެސް އެ ވިހަ މާއްދާއަކީ ވަކި ހިސާބެއްގައި ހުންނަ އެއްޗަކަށްވާތީ އެ މަހަކީވެސް ވިހަ ނަގާ ސާފްކޮށްގެން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިގޮތުން ޖަޕާންގައި ކޮލީގެ ބާވަތްތައް ކައި އުޅެއެވެ. އެހެންނަމަވެސް ކޮލިން ވިހަ ފިލުވުމަށް ތަމްރީންކޮށް ލައިސަންސް ދީފައިވާ ފަރާތްތަކަށް ނޫނީ މި ބާވާތުގެ މަސް ކެއުމަށް މާރކެޓް އަށް ނެރުމުގެ ހުއްދަ އެއް ނޯވެއެވެ.

ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާއަކީ tetrodotoxin އެވެ. މިބާވަތުގެ ވިހަ ހިމެނޭ އެއްޗެއް ކެވިއްޖެނަމަ މީހާ ވާގިނެތި ނޭވާލުން ހުއްޓި، ހިތުގެ ހިންގުން ހުއްޓެއެވެ. ހަމަ އެހެންމެ ލޭ ދައުރުކުރާ ނިޒާމް ހުއްޓެއެވެ. މިހުރިހާ މައްސަލަ އެއްގެ ނަތީޖާއަކީ ފުރާނައަށް ނުރައްކާވެ މަރާ ހިސާބައް ދިއުމެވެ. އެހެންނަމަވެސް އެ ވިހަ މާއްދާ ނަގާ ސާފްކޮށްގެން ކެއުމުން އޭގެ ނުރައްކަލެއް ނެތެވެ.

ވިޔަފާރީގެ ގޮތުގައި ކޮލީގެ މަސްވިއްކާއިރު ބައެއް ފަހަރަށް އެންމެ ރަނގަޅަށް ސާފް ނުކުރެވި ހުރެދާނެއެވެ. ރާނގޮނޑިކޮލީގައި ހުންނަ ވިހަ މާއްދާ  ނުނަގާނަމަ ކައްކާ ހިއްކިޔަސް އޭގައި ހުންނާނެއެވެ. ހިއްކާފައިވާ ރާނގޮނޑި ކޮލި މަސް ކައިގެން އޭގެ ވިހައިގެ އަސަރުކޮށްގެން 2014 ވަނަ އަހަރު ނިއުޔޯރކް ސިޓީގެ މެޑިކަލް ސެންޓާރ އަކަށް 2 މީހަކު ގޮސް ދަށްކާފައިވެއެވެ. އެހެންކަމުން މިފަދަ ތަކެތި ކެއުމުގައި ސަމާލުވާން ޖެހެއެވެ.

Tetrodotoxin Poisoning Outbreak from Imported Dried Puffer Fish

The Lagocephalus invasion

Pictures available for Lagocephalus lagocephalus.