އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ޖައްސާއިރަށް ކުއްލިއަކަށް އޭގެ މަތިން އިސްތިހާރެއް ހުޅުވިދާނެއެވެ. ވީޑިއޯ އެއް ޕުލޭ ވެދާނެއެވެ. ނުވަތަ އާ ވިންޑޯސްއެއްގެ ގޮތުގައި ބުރޯޒާ ހުޅުވިދާނެވެ. މިއީ ބައެއް ފަރާތްތަކުން އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.