މަލްވެއާރ އިން ރަށްކާތެރި ވުމަށް މައިކުރޯސޮފްޓް ސެކިއުރިޓީ ސެންޓާރ

މައިކުރޯސޮފްޓް މަލީސިއަސް ސޮފްޓްވެއާރ ރިމޫވަލް ޓޫލް އަކީ މަލްވެއާރ އާއި ދެކޮޅަށް މަސައްކަތްކުރާ ސޮފްޓްވެއާރއެކެވެ. މި ސޮފްޓްވެއާރ ވިންޑޯސް 8، ވިންޑޯސް 07 ، ވިންޑޯސް ވިސްޓާ، ވިންޑޯސް އެކްސްޕީ، ވިންޑޯސް 2000 ، ވިންޑޯސް ސާރވާރ 2012، ވިންޑޯސް ސާރވާރ 2008 ، ވިންޑޯސް ސާރވާރ 2003 އަށް ސަޕޯރޓްކުރާނެއެވެ. އަދި މަލްވެއާރ ވައިރަސް ތަކާއި މަލްވެއާރ ސޮފްޓްވެއާރ ތަކުން ކޮންޕިއުޓާރ ސިސްޓަމް ސަލާމަތްކޮށްދެއެވެ.

ސޮފްޓްވެއާރ އިން ސްކޭންކުރުމުން އެފަދަ ވައިރަސް އެއް ސިސްޓަމްގައި ވާނަމަ ވައިރަސް ސްކޭންއަށް ދަށްކާނެއެވެ. އަދި ސޮފްޓްވެއާރ އިން ވައިރަސް ފިލުވާލެވޭނެއެވެ.

އިންޓަރނެޓް ބޭނުންކޮށް ތަފާތު އެއްޗެހި ޑައުންލޯޑްކޮށް ހަދާއިރު މަލްވެއާރ އިން ސިސްޓަމް އަދި ވެބްސައިޓް ރަށްކާތެރިކުރުމަށް އެންޓި މަލްވެއާރ ސޮފްޓްވެއާރ އެއްގެ ބޭނުންތެރިކަން ބޮޑެވެ. މީގެ އަހަރެއްހާ ދުވަސްކުރިން މި ވެބްސައިޓަށްވެސް ވަނީ މަލީސިއަސްގެ އަސަރުކޮށްފައެވެ. ސައިޓް ވަކި ހިސާބަކުން ސަސްޕެންޑްވެގެން ސާރވިސް ޕުރޮވައިޑާރ އާއި ވާހަކަ ދެއްކުމުން އެފަރާތުން ބުނެފައިވަނީ ސައިޓަށް އިންސްޓޯލްކުރެވުނު ޕުލަގިން އަކުން މަލިސިއަސް އެއްގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން ރަނގަޅުކޮށްފައި ސައިޓްގެ ހިންގްން ފެށުނެވެ. އެހެންނަމަވެސް އެފަރާތުން ލަފާ ދީފައިވަނީ މިފަދަ މަލިސިއަސް ރީމޫވަލް ޓޫލްސް ތައް ބޭނުންކޮށްގެން ޑައުންލޯޑްކުރާ ތީމްސް، ޕުލަގިންސް ސްކޭން ކުރުމަށް ފަހު ނޫނީ އަޕްލޯޑް ނުކުރުމަށެވެ.

އިސްވެ ބުނެވުނު ފަދަ ކަންތައް ތަކާއި އަދި ހީނުކުރާ ފަދަ ނުރައްކާތައްވެސް މަލްވެއާރ ސޮފްޓްވެއާރ ތަކުގެ ސަބަބުން ކުރިމަތިވެއެވެ. އަދި މަލްވެއާރ ސިސްޓަމް ތެރޭގައި މަސައްކަތްކުރަމުން އަންނަނީ ހަމަ ގެއްލުންދޭ ބެކްޓީރީއާ އެއް ގޮތަށް ސިސްޓަމް ހަލާކުރުމަށެވެ.

މަލްވެއާރ ރިމޫވަލް ޓޫލްއާއި ސެކިއުރިޓީ ޓޫލްސް ތައް ޑައުން ލޯޑްކުރުމަށް މައިކުރޯސޮފްޓް ސޭފްޓީ އެންޑް ސެކިއުރިޓީ ސެންޓާރ އަށް ވަދެ ވަޑައިގަންނަވާ

Safety & Security Center

 

http://www.microsoft.com/security/default.aspx

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިންޓަރނެޓް ޑިއުޓީ.ކޮމްގެ ހަގީގަތަކީ ކޮބާ؟

Next Article

ހިކިފައި ހުންނަ ގަސްގަހުގެ ފަތާ އެއްގޮތް ހޯނެއް

Related Posts