ކުޑަ ވަގުތުކޮޅެއްތެރޭގައި ރޯމަނުންގެ ކުރިއަރާފައިވާރަށް ހަލާކުވިގޮތް

ޕޮމްޕެއިއަކީ އިޓަލީވިލާތްގެ ރަށެކެވެ. ރަށްވެހިކަމުގައި ކުރިއަރާފައިވާ މަސައްކަތްތެރި ފަންނީ ބަޔަކު ދިރިއުޅުނު މި ރަށް 79 ވަނަ އަހަރު ވެސޫވިއަސް އަލިފާންފަރުބަދަ ގޮވުމުގެ ހާދިސާގައިވަނީ ފޮރުވިފައެވެ. ތާރީހުގެ ފަތްފުއްތަކަށް ބަލާއިރު މިރަށުގެ މީހުންނަކީ ޒިނޭކުރުންފަދަ ފާހިޞްކަންތައްތަކުގައި ހައްދުފަހަނައަޅާފައިވާ ބައެއްކަމުގައި ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ނާސިގެތައް ރަށުގެ އެކިހިސާބުގައި ހުރުމުގެ އިތުރުން އަންހެނުންގެ ލަދުވެތި ގުނަންތައް ހެދުމަށްފަހު އެތަންތާ ބޭރުގައިވެސް ބެހެއްޓިފައިވެއެވެ.

ﷲ އިންސާނާ ދުނިޔެމައްޗައް ލެއްވީ ދިރިއުޅެންވާނެ ސާފްމަގު ދެއްކެވުމަށްފަހުއެވެ. މާޒީވި ތާރީހައް ބަލާއިރު ﷲ ގެ އެންގެވުންތަކާއި ހިލާފައް ހައްދުފަހަނައަޅާ ދިޔަ މީހުންނަށް ބޮޑެތި ކޯފާތައް އައިސްފައިވާކަން ފެންނާން އެބައޮތެވެ. އެހެންކަމުން ޕޮމްޕެއިގެ ހާދިސާވެސް މިފަދަ ގޮތަކަށް މެދުވެރިވިކަމެއް ގޮތުގައިވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ޕޮމްޕެއިގެ ހާދިޡާއަށް ބަލާއިރު ފާހަނގަވަނީ އެ ބިންހެލުންއައިސްފައިވަނީ ކުއްލިގޮތަކަށްކަމެވެ. ހަމައެހެންމެ އެކީއެކަށް ރަށްއެއްކޮށް ފޮރުވިގެންގޮސްފައިވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެވަގުތަކު އެބަޔަކު ކޮށްއުޅުނު ކަމަކާއި މަސްއޫލްވެގެން އުޅެނިކޮށް މަރުއައިސްފައިވާކަންފައިވާ ފާހަގަކުރެވެއެވެ. ސަލާމަތްވާން އިތުރުހަރަކާތެއްކުރާނެ ވަގުތެއް ނުލިބިވާކަން ފާހަގަކުރެވެއެވެ. މިރަށަށް އައި ބިންހެލުމަކީ 5.2-6.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ ބިންހެމެކެވެ.

އަލިފާންފަރުބަދަ ގޮވުމާއިއެކު އަޅިފެތުރިގެންގޮސްފައިވާ ގޮތާއި އޭގެ އަސަރަކުރި ސަރަހައްދުތައް

އަލިފާންފަރުބަދަ ގޮވާ އަޅިން ރަށްފޮރުވިފައި ދިގުޒަމާންތަކަކަށް އެރަށްވަނީ ފޮރުވިފައެވެ. ރަށް ފޮރުވިފައިވަނީ 13 ފޫޓާއި 20 ފޫޓާއި ދެމެދުގެ ބޯމިނަކަށް އަޅި އެޅިގެންނެވެ. އެހެންނަމަވެސް މިހާރު އެރަށް ސާފްކޮށް އިޓަލީގެ އަސާރީތަންތަނުގެ ގޮތުގައި ހިމާޔަތްކޮށް ބަލައްހައްޓައެވެ. އަދި ހަމަ އެހެންމެ 2،500،00 ފަތުރުވެރިން އަހަރަކު އެތަނަށް ޒިޔާރައްކުރެއެވެ.

ރޯމަނުންގެ ރަށްތަކުގެ ތެރޭން ރަށްވެހިކަމުގައި އެޒަމާނުގައި ކުރިއަރާފައިވާ މިރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި ފަނާވެ ނެތިދިއުންމީ އިބްރަތް ހާސިލްކުރަންޖެހޭނެ ހާދިޡާއެއްކަން ޔަގީނެވެ. ވިސްނާފިކުރުކުރާބަޔަކަށް މި ހާދިޡާގައިވެސް އިބްރަތެއްވާނެކަން ކަށަވަރެވެ.

އިތުރު ފޮޓޯތައް

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދިވެހިރާއްޖެ އެއިޑްސްގެ ނުރައްކަލުގެ ތެރޭގައި

Next Article

އާދަޔާ ހިލާފް ބޮޑު މީހެއްގެ ކަށިގަނޑު- ހަޤީގަތެއްބާ؟

Related Posts