ފޮޓޯގުރަފީގެ ދާއިރާގައި އުޅޭ ގިނަ ފަރާތަތްތަކުން ފޮޓޯ ގެ ކުލަ ރީތިކޮށް އަލިކޮށް ހެދުމަށް ބޭނުން ކުރާ އެންމެ ރަނގަޅު އެއް ސޮފްޓްވެއާރ އަކީ އެޑޯބް ލައިޓް ރޫމެވެ. ލައިޓް ރޫމްއަކީ ފަސޭހައިން ފޮޓޯގެ ކުލަ ބަދަލުކޮށް ރީތިކޮށްލެވޭ ސޮފްޓްވެއާރއެކެވެ. އަދި އެއް ފޮޓޯއެއްގެ ކުލަ ސެޓްކޮށްފައި ދެންހުރި ހުރިހާ ފޮޓޯތަކަށް ހަމަ އެ ބަދަލު ގެންނަން އެހާ ފަސޭހައެވެ.
ބައެއްފަހަރަށް ވަގުތު ހުންނަ ގޮތުން އަވަހަށް ފޮޓޯތަކެއްގެ ކުލަ ރީތިކޮށްލަން ބޭނުންވެދާނެއެވެ. މިފަދަ ހާލަތު ތަކަށް އެންމެ ފަސޭހަގޮތަކީ ޕުރީސެޓްސް ލައިޓްރޫމަށް އެޅުމެވެ. ލައިޓްރޫމް ޕުރީސެޓްސްގެ ގޮތުގައި އަޅުގަނޑު މި ފާހަނގަކުރަނީ އިސްވެ ބުނެވުނު ގޮތަށް ލައިޓް ރޫމް އިން ފޮޓޯގެ ކުލަ ރީތިކޮށްފައި އެ ސެޓިން ހަމަ އެގޮތަށް ސޭވްކޮށްފައި ހުންނަ ހުރުމަށެވެ. އެ ސެޓިން ނުވަތަ ފޮޓޯ ރީތިކުރުމުގައި ބޭނުންކުރި މިންގަނޑުތަކޭވެސް ބުނެވިދާނެއެވެ. އެ މިންގަނޑުތަކަކީ އެހެން ފޮޓޯތަށް ރީތިކުރުމަށް ފަހުންވެސް ބޭނުންކުރެވޭ މިންގަނޑުތަކެވެ. ފޮޓޯގެ ސާފްކަން ބަހައްޓާނެ މިންވަރު، ކުލަ، ގަދަ ކުރަން ބޭނުންވާ ކުލަ، އަލިކުރަން ބޭނުންވާ މިންވަރު ސެޓިންގައި ހިމެނިދާނެއެވެ.
ތަފާތު އެތައް ގޮތަކަށް ތައްޔާރުކޮށްފައިވާ ލައިޓްރޫމް ޕުރީސެޓް ކަލެކްޝަން ތައް އެކި ސައިޓްތަކުގައި ހުރެއެވެ. މިސާލަކަށް ވެޑިން ފޮތޯތަކަށް ހާއްސަ ޕުރީސެޓްސް، ގޯލްޑަން އަވަރ، ބީޗް، ނައިޓް، އެޗްޑީއާރ، ވެށި އަދި ދިރޭތަކެތީގެ ފޮޓޯތަކާއި ގުޅޭ ޕުރީސެޓްސް ހުރެއެވެ. މި ލިޔުމުގެ ތިރިން ޕުރީސެޓްސް ޑައުންލޯޑްކުރެވޭނެއެވެ.
ޕުރީސެޓްސް ލައިޓްރޫމަށް އަޅާފައި އެ ބޭނުން ކުރާނީ ކިހިނެތް؟
- ލައިޓްރޫމް ހުޅުވާފަ އެޑިޓް މެނޫ އަށް ދާށެވެ. އެޑިޓް މެނޫގެ ދަށުން ފާހަގަކުރެވިފައިވާ ޕްރެފަރެންސް ނަގާށެވެ.
ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވާށެވެ. Show lightroom Preset folder
މި ފޮޓޯއިން އެ ފެންނަނީ ލައިޓްރޫމްގެ ޕްރީސެޓްސް ހުންނަ ފައިލެވެ. ފާހަނގަކުރެވިފައި އެވާ ލައިޓް ރޫމް ފައިލް ހުޅުވާށެވެ.
ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވުމުން ލައިޓް ރޫމް ޑިވޮލޮޕް ޕުރީސެޓް ފައިލް ފެންނާނެއެވެ. ދެން އެ ފައިލް ހުޅުވާށެވެ. އެ ފައިލް ހުޅުވުމުން މިހާރު އަޅާފައިވާ ޕުރީސެޓް ތައް ފެންނާނެއެވެ. ޑައުންލޯޑް ކޮށްފައިވާ ޕުރީސެޓްސް ފައިލް ޑެވެލޮޕް ޕުރީސެޓް ފައިލްގެ ތެރެޔައް ގެނެސް ލާށެވެ.
5.ފަހުން އަޅާފައިވާ ޕްރީސެޓްސް.
ޕްރީސެޓްސް އެޅުމަށްފަހު ލައިޓްރޫމް އަލުން ހުޅުވާށެވެ. ހުޅުވާއިރު ސްކްރީންގެ ކަނާއަތް ފަރާތުން ޕުރިސެޓްސް ފެންނަން ހުންނާނެއެވެ. ބޭނުންވާ ފޮޓޯ ލާފައި ބޭނުންވާ ޕްރީސެޓް އަށް ލާށެވެ. ޕްރީސެޓް އަށްދާއިރަށް އެ ޕްރީސެޓް ލީމަ އަންނާނެ ބަދަލު ވެސް މަތިން ފެންނަން އިންނާނެއެވެ.
މި ލިޔުމާއި ގުޅޭ ވީޑިއޯ