Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 މުހިންމު ދުޢާތައް – heyobas

މުހިންމު ދުޢާތައް

މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم އަހަރުމެންނަށް ޤުރުއާނުން ސޫރަތް އުނގަންނާދެއްވާފަދައިން އެންމެހައި ކަންކަމުގައި އިސްތިޚާރާ ކުރަން އަހަރުމެންނަށް އުނގަންނައިދެއްވައެވެ. ހަދީޘް ފުޅު ކުރައްވައެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ގަސްތުކޮށްފިނަމަ ފަރަުޟުނަމާދު ފިޔަވައި ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ދެން ކިޔާށެވެ.”
“إذا همّ أحدكم بالأمر فليركع ركعتين من غير الفريضة ، ثم يقول : اللهم إني أستخيرك بعلمك ، أستقدرك بقدرتك ، وأسألك من فضلك العظيم ، فإنك تقدر ولا أقدر ، وتعلم ولا أعلم ، وأنت علاّم الغيوب ، اللهم إن كنت تعلم أن هذا الأمر (ކުރަން އުޅޭކަމެއް ނަންގަންނާށެވެ. ނުަވަތަ އެކަން ހިތައް އަރުވާށެވެ) خير لي في ديني ومعاشي وعاقبة أمري – أو قال : في عاجل أمري وآجله – فاقدره لي ، وإن كنت تعلم أن هذا الأمر (ކުރަން އުޅޭކަމެއް ނަންގަންނާށެވެ. ނުަވަތަ އެކަން ހިތައް އަރުވާށެވެ) شرٌّ لي في ديني ومعاشي وعاقبة أمري –فاصرفه عني واصرفني عنه ، واقدُر لي الخير حيث كان ، ثم رَضِّني به”

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ، އިބަﷲގެ ޢިލްމުފުޅުގެ ޒަރިއްޔާއިން އިބަﷲގެ ޙަޟްރަތުން ހެޔޮކަންތަކަށް އެދެމެވެ. އަދި އިބަﷲގެ ކުޅަދުންވަންތަކަމުގެ ޒަރިއްޔާއިން އިބަﷲގެ ޙަޟްރަތުން ކުޅަދާނަކަން ދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަﷲގެ މާތް ދަރުމަވަންތަކަމުން ދެއްވުމަށް އެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބަﷲ ހުރިހައި ކަމަކަށް ކުޅަދުން ވަންތައެވެ. އަދި މިއަޅާ ނުކުޅެދިގެންވަމެވެ. އަދި އިބަﷲ ހުރިހައި ކަމެއް ދެނެވޮޑިގެންވަމުއެވެ. އަދި މިއަޅާ ނުދަންނަމުއެވެ. އަދި އިބަﷲއީ ޣައިބުގައިވާ ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިކަމަކީ… މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ހެޔޮކަމެއްކަމުގައި އިބަﷲ ދެނެވޮޑިގެންވަނީނަމަ ފަހެ އެކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އަދި އެކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! ދެން އެކަމުގައި މިއަޅާއަށް ބަރަކާތްލައްވާނދޭވެ! އަދި ހަމަކަށަވަރުން މިކަމަކީ…. މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ނުބައިކަމެއްކަމުގައި އިބަﷲ ދެނެވޮޑިގެންވަނީނަމަ ފަހެ މިއަޅާގެ ކިބައިން އެކަންތައް ދުރުކޮށްދެއްވާނދޭވެ! އަދި ހެޔޮ ކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އެއީ ކޮންމެތަނެއްގައި ވީނަމަވެސް މެއެވެ.އަދި އެކަމަށް މިއަޅާ ރުއްސަވާނދޭވެ!”

ޚާލިޤުވަންތަ ﷲގެ ޙަޟްރަތުން އިސްތިޚާރާ ކޮށް އަދި މުއުމިނު މަޚްލޫޤުންނާ މަސްވަރާކޮށް އޭނާގެ ކަންތައް ފުރިހަމަ ޔަޤީންކަމާއެކު ވިސްނައިގެން ކޮށްފިމީހާއަށް (އެކަމުގައި) އެއްވެސް ހިތާމައެއް ނުވެއެވެ. ހަމަކަށަވަރުން މާތްﷲ ވަޙީކުރެއްވިއެވެ.
“وَشَاوِرْ‌هُمْ فِي الْأَمْرِ‌ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ ۚ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿١٥٩﴾””އަދި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާކުރައްވާށެވެ. ފަހެ ކަލޭގެފާނު ކަމަކަށް ޢަޒުމުކުރައްވައިފިނަމަ ފަހެ ﷲއަށް ވަކީލު ކުރައްވާށެވެ”

 

سول الله صّلى الله عليه وسّلم ޙަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބައިމީހުން ހާ ގޮވައިލާ ހިނދު ގަޔާއި ޙިމާރު ގޮވައިލާ އަޑުއަހާ ހިނދު ފަހެ ﷲގެ ދަރުމަވަންތަކަމަށް އެދޭށެވެ. އެބަހީ މިފަދައިން ކިޔާށެވެ.
اللهم إني أسألك من فضلك
.

” އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަﷲގެ ދަރުމަވަންތަކަމަށް އިބަ ﷲގެ ޙަޟްރަތުން މިއަޅާ އެދެމެވެ.”
އެހެނީ ހަމަކަށަވަރުން އެހާ މަލާއިކަތުން ދެކެފިއެވެ. އަދި ތިޔަބައިމީހުން ޙިމާރު ގޮވައިލާ އަޑުއަހާ ހިނދު ފަހެ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދޭށެވެ. އެބަހީ މިފަދައިން ކިޔާށެވެ.
“اعوذ بالله من الشيطان الرجيم”
“ރަހްމަތުން ދުރުކުރެވިފައިވާ ޝައިތާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ ﷲގެ ޙަޟްރަތުން އެދެމެވެ”

އެހެނީ ހަމަކަށަވަރުން އެޙިމާރު ޝައިތާނާ ދެކެފިއެވެ.”

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ނަމެއް ނޭނގިފައި

Next Article

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 4ވަނަ ބައި)

Related Posts