އިސްލާމީ ތަރުބިއްޔަތުގެ ވަސީލަތްތައް:
ކޮންމެ ކަމެއްވެސް އެކަމެއްކުރަން އޮންނަ އެންމެ ރަނގަޅަކަށް އެކަމެއްކުރުމުން އެކަމަކުން އެދެވޭ ނަތިޖާ އެއް ނުކުންނާނެއެވެ. ނޫންނަމަ ތިމާގެ މަޤްޞަދާ ނުގުޅޭ ނަތީޖާއެއް ނުކުމެދާނެއެވެ. އެހެންނޫންނަމަ އެކަމުން ފަހަރެއްގައި ތިމާގެ މަޤުޞަދާ ނުގުޅޭ ނަތިޖާއެއްވެސް ނުކުމެދާނެއެވެ. މިހެންކަމުން ކޮންމެ މުރައްބީ އެއްވެސް ތަރުބިއްޔަތު ކުރުމުގައި ގިނަ ވަޞީލަތްތަކެއް ގެންގުޅުން ވަރަށް މުހިންމެވެ.
- ރީތިނަމޫނާދައްކައިގެންތަރުބިއްޔަތުކުރުން: ކީރިތި މާތް ނަބިއްޔާގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. “ކޮންމެ ކުއްޖަކުވެސް އުފަންވާނީ ފިތުރަތުގެ ސާފުގޮތުގައެވެ. އެ ކުއްޖާ ޔަހޫދީ ކުރަނީ ނުވަތަ ނަޞާރާ ކުރަނީ އެކުދިންގެ މައިންބަފައިންނެވެ. މި ހަދީޘުން ދޭހަވާގޮތުގައި ކުއްޖާ ވިޔާނުދާ ކުއްޖަކަށް ވަނީ މައިންބަފައިންގެ ސަބަބުންކަން އެނގެއެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ އެ ކުއްޖެއްގެ މައިންބަފައިން ކަމުން އެދެމީހުންގެ ކިބައިން އެކުދިން ނަމޫނާ ލިބިގަންނަން ފަށައެވެ.
އައްޝައިޚް އިއްޒުއްދީން އަދުނާން އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ތަރުބިއްޔަތު ކުރުމުގެ އެންމެ ކާމިޔާބު ވަސީލަތަކީ ރީތި ނަމޫނާ ދައްކައިގެން ތަރުބިއްޔަތުކުރުންކަމުގައެވެ.(23،02،2012 އިންޓަވިއު). ހަމައެހެންމެ ޢައިޝަތު ޝަހޫ (2011) ގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރިން ބޮޑުވަމުން އަންނައިރު އެދަރިންނަށް އެންމެ މުހިއްމުފިލާވަޅަކީ މައިންބަފައިންގެ ކިބައިން ފެންނަ ނަމޫނާކަމުގައެވެ. އަދި މައިންބަފައިންނަކީ އެކުދިންގެ ލޯގަނޑަކަށްވުމުން އެ ދެމިހުންކުރާ ކޮންމެ ޢަމަލަކުން އެކުދިންނަށް އަސަރުކުރާނެއެވެ.
ކީރިތި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. “ކުޑަކުއްޖަކު ރުއްސުމަށް އެއްޗެއްދޭނަމޭބުނެ ވަޢުދު ވުމަށްފަހު އެ އެއްޗެއް އޭނާއަށް ނުދިންނަމަ އެވާނީ ދޮގަކަށެވެ.” (ރިވާކުރެއްވީ އިމާމު އަހުމަދު).
- ކަންކަމަށްއާދަކުރުވާގެން ތަރުބިއްޔަތުކުރުން: ކަންތައްތަކަށް އާދަކުރުވައިގެން ތަރުބިއްޔަތު ކުރުމަކީ އިސްލާމީ ތަރުބިއްޔަތުގެ އުޞޫލުތަކުގެ ތެރެއިންވާ އަސްލެކެވެ.”(ޞ:12). ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވަނީ “ތިންކަމަކަށް ހާނުވައި އާދަކުރުވާ ތިޔަބައި މީހުންގެ ދަރިން ތަރުބިއްޔަތުކުރާށެވެ. އެއީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ލޯބި ކުރުމަށާއި،އެކަލޭގެފާނުގެ އާލު ބައިތުންނަށް ލޯބިކުރުމަށާއި، ޤުރުއާންކިޔެވުމަށެވެ.”
- ވަޢުޡުދީގެން ތަރުބިއްޔަތު ކުރުން:. މިކަމަށް ނަމޫނާއެއްގެ ގޮތުގައި ލުޤުމާނުގެފާނު އެކަލޭގެފާނު ގެ ދަރިކަލުންނަށްވީ ވަޢުޡު ހިމެނެއެވެ. މިގޮތުން ލުޤުމާން ސޫރަތުގެ 13ވަނަ އާޔަތުގައިވަނީ “އޭދަރިފުޅާއޭ! މާތްﷲ ގެ ރަސްކަންފުޅާއިމެދު ޝިރުކު ނުކުރާށެވެ! ހަމަކަށަވަރުން ޝިރުކު ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ.”
- ކުއްޖާއަށްސަމާލުވެތަރުބިއްޔަތުކުރުން: ތަރުބިއްޔަތުކުރުމަކީނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އެކުއްޖަކާމެދު ފަރުވާ ބެހެއްޓުމެވެ.އެކުއްޖައާމެދު ސަމާލުވެ ތަރުބިއްޔަތު ކުރުމަކީ، އޭނާގެ ޢަޤީދާއާ އަޚްލާޤުގެ ބިންގާ އެޅުމުގައި ރަނގަޅަށް ސަމާލުވުމާއި، ނަފްސާނީ ގޮތުންނާއިއިޖްތިމާޢީ ގޮތުން އޭނާއާމެދު ފަރުވާބަހައްޓައި، އަޅާލުމެވެ. އަދި އަބަދުވެސް އޭނާގެ ހުރިހާކަމަކާއި ބެހޭގޮތުން އޭނާއާ ސުވާލުކޮށް ހެދުމެވެ. އޭނާ އުޅޭނޫޅޭ ގޮތް ބަލާހެދުމެވެ. ނުބައި މަގުންދާނަމަ ހެޔޮމަގު ދެއްކުމެވެ. މިއީ ވަރަށް ކާމިޔާބު އިސޫލެކެވެ.
- އަދަބުދީގެންތަރުބިއްޔަތުކުރުން: ކުޑަކުދިންނަށްއަދަބުދީ ތަރުބިއްޔަތު ކުރުމުގައި އެކުދިންނާ މުޢާމަލާތް ކުރާނެ ގޮތުގެ މަތިވެރި އުސޫލު ތަކެއް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. އެގޮތުން އޯގާތެރިކަމާއި ލުއިފަސޭހަ ގޮތް ބޭނުންކުރުރުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ.މިކަން ކިރިތި މާތްސާހިބާގެ ހާދިޘް ބަސްފުޅުތަކުން ސާބިތުވެއެވެ. ހަމަ އެހެންމެ ކުއްޖާގެ ޠަބީޢަތަށްބަލައި މުޢާމަލާތް ކުރުންވެއެވެ. އެހެނީ ކުދިންގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދިން ތިބޭއިރު އެކަމަށް ވިސްނަންޖެހެއެވެ. ޢުޤޫބާތް ދިނުމުގައި ފުރަތަމަ ލުއިގޮތަށް ދިއުމަށްފަހު އުދަނގޫ ގޮތައް ދިއުން މުހިންމެވެ.
މާތްވެގެންވާ އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މަރުހަލާތައް:
އައްޝައިޚް ޝަހީމް (2009)ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމުގެ ވަރަށް މުހިންމު ދެމަރުހަލާއެއް ވާކަމަށް ބަޔާންކުރައްވާފައި ވެއެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ތުއްތުކުދިން މަދަރުސާއަށް ދާންފެށުމުގެ ކުރިއްސުރެ ފެށިގެން ފަށާތަޢުލީމުގެ އަހަރުތައް ނިމުމާދޭތެރޭ ހިނގާ އަހަރުތަކެވެ. މިއީ އެހާ މުހިންމު މަރުހަލާއެއްކަމުގައިވަނީ އެ ދުވަސްވަރަކީ އެކި އެކި އާދަތައް ކުދިންނަށް ދަސްވެ ، އަދި އެކުދިންގެ ޝަޚްޞިއްޔަތުގެ ބިންގާ އެޅޭ ދުވަސްވަރު ކަމަށްވާތީއެވެ. އެހެންކަމާއެކު ކުދިންގެ ސިކުނޑިއަށް ވަކި ގޮތްތަކެއް ވިސްނާދީ އެގޮތްތައް އެކުދިންގެ ކިބާގައި އަށަގެންނެވުން އަވަސްކުރި ވަރަކަށް އެކުދިން އެގޮތްތަކަށް ހޭނި، އެއީ ރަނގަޅު ގޮތްތަކެެއް ކަމުގައި ބަލައިގަންނަލެއް ބޮޑުވާނެއެވެ. އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ،މިމަރުހަލާގައި އިސްކަންދޭންޖެހޭނީ، އިންސާނާގެ ހަށިގަނޑަށާއި އުފެދިފަވާލެއް ފުރިހަމަ ކަމުގެ މައްޗަށް އެކުދިންގެ ސަމާލުކަން ހޯދައިގަތުމަޝެވެ.
ދެވަނަ މަރުހަލާއަކީ އެކުދިން ބޮޑެތިވަމުން އައިސް ޒުވާންދުވަސްވަރާ ކުރިމަތިލާ އަހަރުތަކެވެ. އެއީ މިހާރު ތަޢުލީމީ ނިޒާމު ހަމަޖެހިފައިވާ ގޮތުންނަމަ ޘާނަވީ ތަޢުލީމު އުނގެނޭ އަހަރެވެ. މި މަރުހަލާ މުހިންމު ވެގެންދަނީ ދުނިޔޭގެ ކަންތައްތަކާއި ދިރިއުޅުމުގައި އެކުދިންނަށް ފެނަން މަންޒަރު ތަކާމެދު އެކުދިން ވިސްނާ ފިކުރުކުރަން ފަށާ ދުވަސްވަރު ކަމުގަވާތީއެވެ. މިމަރުހަލާގައި މުހިއްމުކަން ދޭންވީ އެކުދިންނަށް ދުނިޔޭގެ އެކި ކަންތައްތަކާއި ބެހޭގޮތުން އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ، ހަރުދަނާ ޖަވާބެއް ހޯދައިދިނުމަށެވެ.
ތަރުބިއްޔަތުގެ މަޤުޞަދުތައް:
އައްޝައިޚް އަޙުމަދު ޝަމީރު އަޅުގަނޑު ކުރެއްވި ސުވާލަކާށް ޖަވާބުދެއްވަމުން ވިދާޅުވި ތަރުބިއްޔަތުގެ މަޤުޞަދުތަކަކީ ﷲ ގެ ރުހިވޮޑިގަތުންހޯދުމާއި،ޒާތަށައި ނަފްސަށް އިޚްތިރާމުކުރުމާއި، ޣަރީޒާތައް ކޮންޓްރޯލް ކުރުމާއި،މަތިވެރި ސިފަތައް އަށަގެންނެވުން އަދި ފައިދާ ކުރަނިވި އާދަތައް ދަސްކޮށްދިނުމާއި ނުބައި ކަންކަމަށް ބާރުއަޅާ ކަންތައްތައް ނައްތާލަން މަސައްކަތް ކުރުމެވެ. (29،02،2012 އިންޓަވިއު).
ނިންމުން
މަންމަގެ އުނގަކީ ކުއްޖާގެ ފުރަތަމަ ސްކޫލެވެ. އެހެންވީމާ ސްކޫލަކަށް ކިޔަވަން ދިއުމަކުން އެދަރިފުޅު ހަރުދަނާ ޝަޚްޞިއްޔަތަކަށް ހެދުމުގެ ތަރުބިއްޔަތު ދިނުމުން މައިންބަފައިން މަޙްރޫމެއް ނުވެއެވެ. އަދި ސްކޫލަށް ދާންފެށުމަކީ ގޭގެ މާހައުލުން ދުނިޔޭގެތެރެއަށް އުދުއްސާގަތީ ކަމުގައި ބަލައިގެންނުވާނެއެވެ. މައިންބަފައިންގެ ކޮންޓްރޯލް ދަރިންގެ މައްޗަށް އަބަދުވެސް އޮންނަންވާނެއެވެ.އަޅުގަނޑުމެންގެ ފޮނި އުންމީދުތައްކަމުގައި ދެކޭކުދިން ކިބައިން ފޮނި ދިޔަތަކެއް ނެރެވޭނީ ދީނުގައި އަންގަވާފައިވާ މަތިވެރި އަޚްލާޤާ އެއްގޮތައް އެކުދިންނަށް ތަރުބިއްޔަތު ދެވިގެންނެވެ. އަޅުގނޑުމެންގެ ލޯތަކުގެ ފިނިކަމާއި ހިތުގެ ހިތްހަމަޖެހުން ކަމުގައި މި ކުދިންވާނީ އެފަދަ ބަޔަކަށް އެކުދިން ހަދާގެންނެވެ. ނޫނީ އެކުދިންވާނީ އަޅުގަނޑުމެންގެ ލޮލުގެ ރޯގާއަކަށެވެ. މައިންބަފައިން އެބައިމީހުންގެ ދަރިންނަށްޓަކައި މުޅިދިރިއުޅުން ޤުރުބާން ކޮށްލައެވެ. އެމީހުންގެ ވަގުތުތައް ދަރިންނަށްޓަކައި ހުސްކޮށްލައެވެ. ދަރިން އެމީހުންގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގެ ޒިންމާދާރަކީ މައިންބަފައިންނެވެ. މައިންބަފައިންނަކި އުޅުއްމެއް ނެތް ވިޔާނުދާ ބައެއްކަމުގައިވާނަމަ އެމީހުންގެ ދަރިންނަށް ދަސްވާނީ އެސިފަތަކެވެ. އަދި އެކުދިންވެސްވާނީ މައިންބަފައިން ފަދައިން ވިޔާނުދާ އުޅުމެއްނެތަ ބަޔަކަށެވެ. ޝައްކެއްނެއތް ގޮތުގައި ދީންވެރި މްއިންބަފައިންގެ ތަރުބިއަޔަތުގައި ބޮޑުވާކުއްޖާވާނީ ނުބައި އާދަތަކުން އެއްކިބާވެގެންނެވެ. ރަނގަޅު އާދަތަކާއި ސިފަތަކުން ގަހަނާއެޅި ޒީނަތްތެރިވެގެންވާ ހަރުދަނާ މިހަކަށެވެ. ދަރިންނަކީ މައިންބަފައިންނ ހަވާލުވެގެންވާ ވަރަށް ބޮޑު އަމާނަތެކެވެ. އެ އަމާނަތައް ރައްކާތެރި ވުމަކީ ހެޔޮ ރަނގަޅު ގޮތުގައި އޭނާ ތަރުބިއްޔަތު ކުރުމެވެ.
ދުނިޔެއާ އާޚިރަތުގެ ބާއްޖަވެރިކަން އޭނާއަށް ފަހިވަމުންދާގޮތުގައި އެކުށް ޖަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފައިން ނަށެވެ. ނުބައި ކަންކަމުން އެއކިބާވެގްނވާ ކުއްޖެއްގޮތުގައި ހެދުމށް ދީނުގައި އަނގަވާފައިވާ ގޮތްތަކަށް މައިން ބަފައިން ސަމާލުކަން ދޭންޖެހެއެވެ.މައިން ބަފައިން މިކަމާ ފަރރުވާތެރި ނުވެއޖެނަމަ އެކުދިން ނުބައިމަގުން ކައްސީލުމަކި ވަރަށް ކައިރިގަވާ ކަމެކެވެ.އަދި އަދި ހެޔޮނުބައި ވަކިކޮށް ނުގަނެވޭނޭ ވަލު ޖަނަވާރަކަށްވުރެ ދަށުދަރަޖަ އަށްވެސް ހިގައިދާނެއެވެ މަންމަގެ އުނގަކީ ކުއްޖާގެ ފިރަތަމަ ސްކޫލެވެ. އެހެންކަމުން މައިމީހާއަކީ ދީންވެރި ޞާލިހް މީހަކަށް ވެގެން މެނުވީ ތަރުބިއްޔާތުގެ ބީންގާ ރަނގަޅެއްނުވާނެއެވެ. އެހެނވީމާ ސްކޫލަކަށް ކިޔަވަން ދިއުމަކުން އެދަރިފުޅު ހަރުދަނާ ޝަޚްސިއްޔަތަކަށް ހެދުމުގެ ތަރުބިއްޔަތު ދިނިމުން މައިންބަފައިން މަޙްރޫމެއް ނުވެއެވެ. އަދި ސްކޫލަށް ދާންފެށުމަކީ ގޭގެ މާހައުލުން ދުނިޔޭގެތެރެއަށް އުދުއްސާގަތީ ކަމުގައި ބަލައުގެންނުވާނެއެވެ. މައިންބަފައިންގެ ކޮންޓްރޯލް ދަރިންގެ މައްޗަށް އަބަދުވެސް އޮންނާންއެވެ.. ވީމާ ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތި ތަރުބިއްޔަތުގައި ހިފައިގެން މަސއްކަތް ކުރުމުގެ ރޫޙު އާލާކޮށް އެގޮތުގައި ދެމިތިބެމާތޯއެވެ.
ރެފަރެންސް
v ޢބްދުއް ރައްޒާޤު ޢަލީ. (2007). ދަރިން ތަރުބިއްޔަތުކުރުން. މާލެ. ދަގަތަ ޕަބްލިޝާ.
v އައްޝައިޚް މުހައްމަދު ޝަހީމް.(2010). އިސްލާމީ ތަރުބިއްޔަތުދޭން ދަސްކުރަމާތޯ.މާލެ. ޤައުމީ ކުތުބުހާނާ.
v ފާރޫޤު ޙަސަން (1992). އަލްއިސްލާމް ދީނުލް ފިޠުރަތު. މާލެ. ދިވެހިބަހާ ތާރީޚަށް ހިދިމަތްކުރާ ޤައުމީ މަރުކަޒު.
v އައްޝައިޚް މުހައްމަދު ޝަހީމް. (2009). ޚުޠުބާ ފޮތް.މާލެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް.
v އިބްރާހިމް ރަޝީދު މޫސާ. (1991). އިސްލާމީ އަޚްލާޤު1. މާލެ. މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ.
v ޢަބްދުﷲ ޝާކިރު މުހައްމަދު. (2009). ފަށާތަޢުލީމު-އިސްލާމީ ތަރުބިއްޔަތުގެ ބިންގަލުގެ މަތީގާބާ؟. ދަރުމަ. ޢަދަދު:6. ވޮލިއުމް:9. ޞ:44-47.
v ޢަބްދުﷲ ޝާކިރު. (2008). ދަރިން ތަރުބިއްޔަތު ކުރުމާމެދު. ދަރުމަ. ޢަދަދު:3. ވޮލިއުމް:9. ޞ:2-3.
v ޢަބްދުލްމުޢީދު ޙަސަން (ތާރީޚްނެތް).ދަރިން ތަރުބިއްޔަތުކުރުން. ފިޔެސް. ޢަދަދު:97. ޞ:4.
v އަބޫ ނަބީޙް. (2004). އިޖްތިމާޢީ ރީތި ހަމަތަކާއި ފުރާވަރު. ކުރިފަސް. ޞ:5-6.
v އަޙުމަދު ސަލީމް ޙުސައިން. (1432ހ). ރައްކާތެރި މައިވަންތަކަން. ހިދާޔަތުގެއަލި. ޞ:3.
v އަޙުމަދު ފަހުމީ ދީދީ.(1432ހ). ދަރިން ތަރުބިއްޔަތުކުރުން. ހިދާޔަތުގެ އަލި. ޞ:3.
v ޝުޢައިބް ޔޫސުފް. (1424ހ). ހެޔޮގޮތުގައި ދަރިން ތަރުބިއްޔައތުކުރުން. ދީނުގެ މަގު.ޞ:3.
v އިބްރާހިމް ޒަކަރިއްޔާ މޫސާ. (1424ހ). ދަރިންގެ ތަރުބިއްޔަތާއި މައިންބަފައިންގެ މަސްއޫލިއްޔަތު. ދީނުގެމަގު. 2.
v މުހައްމަދު ރަޝީދު އިބްރާހިމް. (1415ހ). ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް. ދީނުގެމަގު. ޞ:4.
v އަޙުމަދު ފާރޫޤު މުޙައްމަދު. (1424ހ). ކުދިން ތަރުބިއްޔަތު ކުރުމުގައި ބޮޑެތިމީހުންގެ މަސްއޫލިއްޔަތު. ދީނުގެމަގު. 2.
v މުހައްމަދު ރަޝީދު އިބްރާހިމް. (1424ހ). ރީތި ނަމޫނާއާނުލާ ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެއެވެ. ދީނުގެމަގު. ޞ:4.
v kavaasaa.com/aailaa/kudhin/dharin-belun-bura-masakkathei.html
v http://dhisalafiyyah.net/?p=1669
v http://www.miadhu.com/dv/?p=1704
v 6.30.2011http://www.maldivianpearls.com/2011/06/blog-post.html
v http://dhiislam.com/archives/12946
v http://www.gadhdhoo.com/feed/report/273.txt
v http://dhiislam.com/archives/26896
v vhttp://vilufushionline.com/?p=267
v އައްޝައިޚް އިއްޒުއްދިން އަދުނާން (2012). (ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޚްޞެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު). އިންޓަވިއު
v އަލް އުސްތާޒާ އަނާރާ ނަޢީމް (2012). (ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޚްޞެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު). އިންޓަވިއު
v އައްޝައިޚް އަޙުމަދު ޝަމީރު (2012). (ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޚްޞެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު). އިންޓަވިއު