ދިވެހިރާއްޖެ ފަދަ ދެވަނަ ގައުމެއް

ދުނިޔޭގައިވާ އެންމެ މީހުން މަދު އަދި ދިވެހިރާއްޖެއާއި އެންމެ ވައްތަރު އެއް ގައުމަކީ ޕެސިފިކްގެ ރަށްތަކުގެ ތެރޭގައިވާ ތުވާލޫއެވެ. ތުވާލު އޮންނަނީ ހަވާއީއާއި އޮސްޓްރޭލިއާއި ދެމެދުގައެވެ. ތުވާލޫ އުފެދިފައިނީ ބޮޑު 4 ރަށެއްގެ މައްޗައް ބިނާވެގެން ނަމަވެސް 6 އަތޮޅު ހިމެނެއެވެ. މިގޮތުން 6 އަތޮޅުގެ ތެރޭގައި ހިމެނެނީ ފުނަފުޓި، ނަނޫމިއަ، ނުކެފެޓައު، ނުކުލައިލައި، ވައިޓުޕު އެވެ. މީގެތެރޭން އެންމެ ބޮޑު އަތޮޅަކީ ފުނަފުޓިއެވެ. ފުނަފުޓި އަތޮޅުގައި ރާއްޖޭގެ ރަށްތައް ފަދަ 9 ރަށް އޮވެއެވެ. ފުނަފުއްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވައިގެ ބަނދަރެއްގެ ގޮތުގައި ބޭނުންކުރެވިފައިވާ ރަށެކެވެ މިހާރު ފުނަފުޓި އެއާރޕޯރޓަށް ދެވިފައިވާ ނަމަކީ ފުނަފުޓި އިންޓަރނޭޝަނަލް އެއާޕޯރޓެވެ.. ތުވާލުގެ ކައިރީގައިވާ ރަށްތަކަކީ ސަމާއޯ، ފިޖީ، ކިރިބަޓީއެވެ.  ތުވާލޫއަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ކުޑަ ގައުމެވެ. ތުވާލޫ ގެ ބޮޑު މިނަކީ 26 އަކަ ކިލޯމީޓަރެވެ.

މުރަކައިގެ ފަރުތަކާއި އެކުގައިވާ ތުވާލޫގެރަށްތަކަކީ އުފެދުމުގައި ރާއްޖޭގެ ރަށްތަކާއި އެންމެ އެއްގޮތަށް އުފެދިފައިވާ  ރަށްތަކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ހުންނަފަދަ ކުޅިތައްވެސް ތުވާލުގައި ހުރެއެވެ. ހަމަ އެހެންމެ އެފަދަ ކުޅިތަކުގައި އުޅޭ މަސްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ކުޅިތަކުގައި އުޅޭ ކެލާޕިއާ ނުވަތަ ޓިލާޕިއާ އަދި ބޭންގް ފަދަ މަސްމަހެވެ. ރާއްޖޭގެ ގޮނޑުދޮށްތަކުން ފެންނަ ބޯކެޔޮ، ކިނިބި ފަދަ ގަސްތައް ފެންނަ ތުވާލޫ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަށްކާ އޮންނަ ގައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި ފާހަގަކުރެވިފައިވާ އެއްގައުމެވެ. ފަސްގަނޑުގެ އުސްމިނަކީ 4.6 މީޓަރެވެ .5 ފޫޓެވެ.

އާބާދީގައި 10.544 މީހުން އުޅޭ ތުވާލުގައި އެންމެ ފުރަތަމަ ވަޒަންވެރިންނަކީ އިރުމަތި އޭސިއާ ގެ ގައުމުތަކުގެ މީހުންނާއި ޕެސިފިކްގެ މީހުންނެވެ. ތުވާލުއަކީ ދުނިޔޭގައި އާބާދީ އެންމެ މަދު އެއް ގައުމަށްވާއިރު ކުދިން ހެދިބޮޑުވާ ނިސްބަތަކީ 0.6 ޕަސެންޓެވެ. އަދި މިގައުމުގެ މީޙުންގެ އާންމު އުމުރަކީ 64 އަހަރެވެ. އަދި  ތުވާލޫގައި ވާހަކަ ދެއްކުމަށް އަދި ލިޔެ ކިޔުމަށް ބޭނުންކުރާ ބަހަކީ ތުވާލުއަން އަދި އިނގިރޭސި، ސަމޯއަން އެވެ.

ތުވާލޫގެ މީހުން އާންމުކޮށްކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމެވެ. އާބާދީގައި 10،544 މީހުން އުޅޭއިރު މަސައްކަތްކުރާ މީހުންގެ އަދަދަކީ 4300 މީހުންނެވެ. މިގައުމުގެ މީހުން ފައިސާގެ ގޮތުގައި ބޭނުންކުރަނީ ތުވާލުއަން ޑޮލާރ އަދި އޮސްޓްރޭލިއަން ޑޮލަރެވެ. ގައުމުގެ ވެރިކަމުގެ ނިޒާަކީ ޕާރލިމެންޓްރީ ނިޒާމެވެ. ޕާރލިމެންޓްރީ ނިޒާމަކުން ވެރިކަން ކުރެވޭ މި ގައުމުގެ އެންމެ މަތީވެރިޔަކީ  ނުވަތަ ދައުލަތުގެ ވެރިޔަކީ އިނގިރޭސި ރާނީއެވެ. ސަރުކާރުގެ ވެރިޔަކީ ޕްރައިމް މިނިސްޓާރއެވެ.

ތުވާލުގެ ޓިލާޕިއާ ފެންގަނޑު

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފުރާވަރު

Next Article

ކުރުން ހުއްދަވާ ކަންތައްތަކުގެ ތެރެއިން ﷲ ޙަޟްރަތުގައި އެންމެ ނުރުއްސަވާ ކަމަކީ...

Related Posts