Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟ – heyobas

ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟

އަޅުގަނޑުމެންގެ މި ގަައުމުގައި ޖިންނީންގެ އުނދަގުލުގައި އުޅޭ މީހުން ވަރަށްވެސް ގިނައެވެ. އަދި ހަމަ އެހެންމެ ޖިންނިންނާއި ބެހޭ ގޮތުން ތަފާތު އެތަކެއް ވާހަކައެއް ދެކެވެ. މާޒީގައި ރަންނަމާރީގެ ވާހަކައާއި ފޫޅު ދިގު ހަންޑީގެ ވާހަކަ ދެއްކެމުން އައިސް މިހާރު ވެސް އެވާހަކަތަށް ހަމަ އަންނަނީ ދެކެވެމުންނެވެ. ރޭގަނޑުގެ ވަގުތުތަކުގައި ކުޑަ ފޫޅު ފެންނަވާހަކައާއި ފާޑުފާޑުގެ އަޑުތައް އިވޭ ވާހަކަވެސް ދަނީ ދަށްކަމުންނެވެ. އިންސީންނާއި ޖިންނީ ކައިވެނި ކުރާކަމަށް ދެކެވޭ ވާހަކަތަކަކީވެސް އެވޭލާ ޒަމާނުން ފެށިގެންވެސް އަޑު އިވެމުން އަންނަ ވާހަކަތަކަކެވެ. ހަމަ އެހެންމެ ޖިންނީން އިންސާނުންގެ ލޯމައްޗައް ފެންނަ ވާހަކަ އާއި އިންސާނުންނަށް ޖިންނި ކުދިން ލިބޭކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. ހަމަ އެހެންމެ ގަބޫލުނުކުރާ މީހުންވެސް ނުހަނު ގިނައެވެ. މި ވާހަކަތަކަކީ ދިވެހިންގެ ތާރީޙާއި ގުޅިފައިވާ ވާހަކަތަކެކެވެ.

ދިވެހި ވާހަކަތާކާއި ފިލްމުތަކުގައިވެސް މިފަދަ ހާދިސާތައް ހުރިކަން ފާހަގަކުރެވެއެވެ. މިގޮތުން ފަތިސް ހަނދުވަރަކީ މިފަދަ ފިލްމެކެވެ. މިފަދަ ވާހަކަތަކާއި ބެހޭގޮތުން ބަހުސްކޮށް ވާހަކަ ދަށްކާއިރު އިސްލާމް ދީނުގައި ނުވަތަ ދީނުގެ އަލީގައި ބަލާ ދިރާސާކުރާއިރު އެފަދަ ކަންތައް ތައް އޮންނަނީ ކިހިނެތްތޯ ބެލުމަކީ ހަމަ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން މި ކަމާއި ބެހޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން މިކަމާއި ބެހޭ ގޮތުން ޝައިހް އާދަމް ޝަމީމް އެ ބޭފުޅާގެ ސައިޓްގައި ކުރެވިފައިވާ ސުވާލަކަށް ދީފައިވާ ޖަވާބު ހޯދާލީމެވެ. އަދި އެ ޖަވާބު ހެޔޮބަސް ގެ ކިޔުންތެރިންނާއި ހިއްސާކުރަމެވެ.

الحمد لله، والصلاة والسلام على رسول الله

أما بعد:

ޖިންނިންނާއި އިންސީންނަށް ކައިވެނީގެ ގޮތުން ގުޅެވިދާނެތޯ ނުވަތަ ނޫންތޯ؟ އަދި އެއީ ކުރެވިދާނެ ކަމެއްނަމަ ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ؟ ނުވަތަ މިތަނުގައި އަހާފައި މިވާފަދަ ސުވާލަކީ ވަކި ޒަމާނަކާ ނުވަތަ މަކާނަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. ޒަމާނެއްގެ ސަބަބަކުން އެފަދަ ކަންކަމުގެ ހުކުމަކަށް އަންނާނެ ވަކި ބަދަލެއް ނޯންނާނެއެވެ.

ޢިމްވެރިން މިފަދަ ސުވާލު ހިމަނުއްވާފައިވަނީ ބޭކާރު، ފައިދާއެއް ނެތް ސުވާލުގެ ތެރޭގައެވެ. އަދި ތިބާގެ ދީނާއި ދުނިޔޭގައި ފައިދާހުރި، ބޭނުންތެރި ސުވާލު ކުރުމަށާއި އެފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ޢިލްމުވެރިން ނަޞޭހަތްތެރިވެއެވެ. އެފަދައިން އަޅުގަނޑުވެސް ސާއިލުންނާއި ކިޔުންތެރިންނަށް އެކަން ހަނދުމަ އަރުވަމެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޖިންނީންގެ ހަގީގަތަށް ބަލާއިރު، ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ކުރެވިދާނެ ކަމެއްކަމުގައި ގަބޫލު ކުރެވެއެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް ވެދާނެ ކަމެކެވެ. ޝައްކެއްނެއް ގޮތުގައި ދެޖިންސެއް ގުޅިގެން ލިބޭ ދަރި ވާނީ ދެޖިންސުންކުރެ އެއް ޖިންސަކަށެވެ. ނުވަތަ ދެޖިންސުން އެއްވެގެން އައުމަކީވެސް ވެދާނެކަމެކެވެ. މިވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައި ހުރި ވާހަކައެއް ނޫނެވެ.

ކީރިތި ޤުރްއާނުން އެނގެން އޮތް ޞަރީހަ ބަސްފުޅަކީ: އިންސީންނާއި ޖިންނީން މި ޖިންސުން ކައިވެނި ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމެވެ. މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. {والله جعل لكم من أنفسكم أزواجاً} النحل: 72. މާނައަކީ: “އަދި މާތް ﷲ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުނަށްޓަކައި ތިޔަބައިމީހުންގެ ޖޯޑު އުފެއްދެވިއެވެ.” އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { فانكحوا ما طاب لكم من النساء} النساء: 3. މާނައަކީ: “ފަހެ ތިޔަބައިމީހުނަށް ކަމުދާ، ރަނގަޅު އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ.” އިމާމް އައްސުޔޫޠީ އެބޭފުޅާގެ ‘الأشباه والنظائر’ (ج 1، ص 257) ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި އެވާ ‘النساء’ (އަންހެނުން) ގެ މާނައަކީ އާދަމުގެ ދަރީންކުރެ އަންހެނުންނަށް ޚާއްސަ ނަމެކެވެ.” ހަމައެފަދައިން ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއީ ޙަރާމް ކަމެއް ކަމުގައި ސާބިތުވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

މިއީ ޝައިޙް އާދަމް ޝަމީމް އެކަމާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާ ވަރަށް އިލްމީ ބަސްކޮޅެކެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެނަކީ ދީނުގައި ކޮންމެ ކަމަކާއިމެދުވެސް އޮންނަ އެންމެ ރަނގަޅު ގޮތް އެގުމުން އެގޮތުގައި ސާބިތުވާ ބަޔަކަށް ވަމާތޯއެވެ.

އަސްުލު: ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކުޑަކުދިންގެ ވާހަކަ

Next Article

ކައިވެނީގެ މުހިންމުކަން( 6 ވަނަ ބައި)

Related Posts