ޙަދީޘްގެ ތަރުޖަމާއީ:
ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާމެން އެކަލޭގެފާނު ދެން އެއްވެސް ދުވަހެއްގައި ރޯދަ ދޫނުކުރައްވާނޭ ބުނާ މިންވަރަށް ރޯދަ ހިއްޕަވައެވެ. އަދި ދެން ދުވަހަކުވެސް ރޯދައެއް ނުހިއްޕަވާނެއޭ ބުނާ މިންވަރަށް ރޯދަ ނުހިއްޕަވައި ހުންނަވައެވެ. އަދި ރޯދަމަސްމެނުވީ އެހެން މަހެއްގައި އެކަލޭގެފާނު އެއްކޮށް މުޅި މަހުގައި ރޯދަހިއްޕަވާތީ ތިމަންކަމަނާ ދެކިވަޑައި ނުގަންނަވަމެވެ. އަދި ޝައުބާން މަހަށްވުރެ ގިނައިން ރޯދަހިއްޕަވާ އެހެން މަހެއްވެސް ތިމަންކަމަނާ ދެކިވަޑައި ނުގަންނަވަމެވެ. (ބުޚާރީ ވަ މުސްލިމް)
އަދިވެސް އެކަމަނާ ރިވާކުރައްވައެވެ
و عنها رضي الله عنها قالت: (( لم يكن النبي صلّى الله عليه و سلّم يصوم شهرا أكثر من شعبان؛ فإنه كان يصوم شعبان كلـه )) [أخرجه البخاري في الصوم/ باب صوم شعبان (1970)، و مسلم في الصيام/ باب صيام النبي صلّى الله عليه و سلّم في غير رمضان…(1156)(177)]، و في رواية لمسلم (( كان يصوم شعبان إلا قليلا ))[(1156)(176)].
.( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައުބާން މަހަށްވުރެ ގިނައިން އެހެން މަހެއްގައި(އެބަހީ ސުންނަތް ރޯދަ) ރޯދަ ނުހިއްޕަވައެވެ. ފަހެ މުޅި ޝަޢުބާން މަސް އެއްކޮށް އެކަލޭގެފާނު ރޯދަ ހިއްޕަވައެވެ.) އަދި މުސްލިމުގެ ރިވާޔަތެއްގައި ވެއެވެ. (މަދު ދުވަސްތަކެއްގައި މެނުވީ މުޅި ޝަޢުބާން މަސް އެއްކޮށް އެކަލޭގެފާނު ރޯދަ ހިއްޕަވައެވެ.)
ފަހެ މިދެ ޙަދީޘުން މިމަހުގައި ރޯދަހިފުން ގިނަކުރުމަކީ ސުންނަތްވެގެންވާ ކަމެއްކަމަށް ދަލީލުކުރެއެވެ. އެއީ ސުންނަތް ވެގެންވާ ރޯދަހިފުން ގިނަކުރުމެވެ. ފަހެ އެފަދައިން ރޯދަހިފުން ގިނަކުރުމުގެ ސަބަބު މަތީގައިވާ އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހުގެ ޙަދީޘުން އެނގިގެން ހިނގައްޖެއެވެ.
އިބުނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ރަމަޟާން މަހުގައި ހިފާ ރޯދަ މެނުވީ އެހެން މަސްތަކުގައި ހިފާ ރޯދައަކީ ސުންނަތްވެގެންވާ މުސްތަޙައްބު ވެގެންވާ ރޯދައެވެ. ފަހެ ރޯދަހިފުމަކީ ސުންނަތެކެވެ. އަދި ހެޔޮވެގެންވާ ޢަމަލެކެވެ. އަދި އަޅުކަމެކެވެ. ފަހެ މަދުން ރޯދަހިފަން އެދޭ މީހާ މަދުކުރާށެވެ. ފަހެ ގިނައިން ހިފުމަށް އެދޭ މީހާ ގިނާކުރާށެވެ.” التمهيد (164/21
އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައެވެ. : ((ما رأيت رسول الله صلى الله عليه وسلم يصوم شهرين متتابعين إلا شعبان ورمضان)).
މާނައިގެ ތަރުޖަމާޢީ:
(އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައެވެ. ޝައުބާންމަހާއި ރޯދަމަހާއި މެނުވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެމަސް ޖެހިޖެހިގެން ރޯދަހިއްޕަވާތީ ތިމަންކަމަނާ ދެކިވަޑައި ނުގަންނަވަމެވެ.)
މަތީގައިވާ އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހުގެ ޙަދީޘުން ޝައުބާން މަހު ރޯދަހިފުން ގިނަކުރުމުގެ ދެޙިކުމަތެއްވާކަން އެނގެއެވެ. އެއީ
އެމަހަކީ ރަމަޟާންމަހާއި ރަޖަބު މަހާއި ދެމެދުގައިވާ މީސްތަކުން އެމަހަކާއި މެދުގައި ޣާފިލުވެފައިވާ މަހެއްކަމުގައި ވުމެވެ.
މީސްތަކުންގެ ޢަމަލުތައް ރައްބުލް ޢާލަމީންގެ ޙަޟްރަތަށް އުފުއްލެވި ހުށައެޅޭ މަހަކީ މިއީކަމެވެ.
އަދި މިމަހުގެ ރޯދަޔާއި އެނޫންވެސް ކަންކަމާއި ގުޅޭ ޙުކުމްތައް
عن معاذ بن جبل رضي الله عنه، عن النبي صلى الله عليه وسلم قال: ((يطلع الله إلى جميع خلقه ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن)) [رواه الطبراني وابن حبان وهو حديث صحيح].
މުޢާދު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ ތަބާރަކަ ވަތަޢާލާ އެއިލާހުގެ ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ޝަޢުބާން މަހުގެ ދެބައިވާ ރޭ ވޮޑިގެން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ފާފަ ފުއްސަވާނެއެވެ. ޝިރުކު ކުރާ މީހާއާއި އަދި އޭނާގެ މުސްލިމު އަޚާއާއި ގުޅުން ކަނޑާލާފައިވާ މީހާ ފިޔަވައެވެ. (އިމާމު އަޢުޒާއީ ރަޙިމަހުﷲ ވިދާޅުވަނީ އެއީ މުސްލިމުންގެ ޖަމާޢަތުން ބޭރުވެފައިވާ ބިދުޢަވެރިޔާއެވެ).” (ތަބަރާނީ އަދި އިބުނު ޙައްބާން، ޞައްޙަ ޙަދީޘެއް)
މިޙަދީޘުން މުހިންމު ހަތަރުކަމެއް އަހަރެމެންނަށް އެނގިގެން ދެއެވެ.
ހަމަކަށަވަރުން ޝިރުކު ކުރާ މީހާ މެނުވީ ހުރިހާ ފާފައެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްސަވައެވެ. އޭ އަޚާއެވެ. ތިބާގެ ނަފުސު ވަނީ ޝިރުކުން ސަލާމަތްވެގެން ކަމަށް ހީނުކުރާށެވެ. އަދި ޝިރުކަށް ނުވެއްޓޭނެ ކަމަށްވެސް ހީނުކުރާށެވެ. އެހެނީ މުޖްތަމަޢުގައި ޝިރުކުތައް ވަނީ ސިއްރާއި ފާޅުގައި ފެތުރިފައެވެ. މީސްތަކުންނަށް ލޯބިކުރުމާއި ބޯލެނބުމާއި ނަޛުރު ބުނުމާއި ކަތިލުމާއި މިފަދަ ކަންކަން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ ކަންތައްތަކުގައި މަޚުލޫޤުންނާއި އެއްވަރު ކުރެވިއްޖެނަމަ ފަހެ ޝިރުކުގެ ތެރެއަށް ވަދެދާހުއްޓެވެ. ނަޢޫޛުބިﷲ
ތިމާގެ އަޚާއާއި ގުޅުން ކަނޑާލުން އަދި މީސްތަކުންގެ މެދުގައި ރުޅިވެރިކަން ފެތުރުން. ހަމަކަށަވަރުން މިކުށަށް އަރައިގަނެފައިވާނަމަ އެރޭ އެބައިމީހުން މިމަތިވެރި ނަސީބުން މަހުރޫމު ވެގެންދެއެވެ.
މިރޭ ބައެއް މީހުން ހަފްލާތައް ބާއްވައި ޖަމާޢަތް ހަދައިގެން މިރެޔަށް ޚާއްޞަކޮށް ނަމާދުކޮށް ހަދައެވެ. ހަމަކަށަވަރުން މިއިން އެއްވެސް ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވެގެންވާ ކަމެއް ނޫނެވެ. އަދި ޞަހާބީ ބޭކަލުން ނުކުރައްވާ ތަނުގައި އެބޭކަލުންގެ ފަހުން އައި ތާބިޢީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގު ފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ. މިކަމުން ރައްކާތެރިވުމުގެ ހެޔޮ ތަޢުފީޤު ދެއްވާށިއެވެ.
ފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައެވެ.
“ތިމަންކަލޭގެފާނުގެ ސުންނަތުން ސާބިތުނޫން ކަމެއް ކޮށްފިނަމަ(ދީނަށް ނިސްބަތްކޮށް ދީނީކަމެއްގެ ގޮތުގައި) އެކަމެއްވަނީ ފަހެ ރައްދުކުރެވިގެންނެވެ.” ރިވާކުރެއްވީ މުސްލިމް.
4. ޝަޢުބާން މަސް ދެބައިވުމުން ރޯދަ ނުހިފުން.
ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إذا انتصف شعبان فلا تصوموا حتى رمضان))
ޙަދީޘްގެ މާނައިގެ ތަރުޖަމާއީ:” ފަހެ ޝައުބާން ދެބައިވެއްޖެނަމަ ރޯދަމަސް އަތުވެއްޖައުމަށް ދާންދެން ރޯދަނުހިފާ ހުށިކަމެވެ.”
އިބުނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އިބުނު ޢައްބާސް އަދި ސަލަފުންގެ ބައެއް ބޭކަލުން ރަމަޟާން މަހާއި އަދި ޝަޢުބާން މަސް ވަކި ކުރުމަށްޓަކައި ދުވަހެއް ނުވަތަ ދެދުވަސް ރޯދަ ވީއްލުމަކީ މުސްތަހައްބު ކަމެއްކަމަށް ދެކެވަޑައިގަނެއެވެ. އެއީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ބަހަކުން ނުވަތަ ޤިޔާމަކުން ނުވަތަ ހިނގުމަކުން ނުވަތަ ހުރިތަނުން ފަހަތަށް ނުވަތަ ކުރިޔަށް ޖެހިލައިގެން ވަކިކުރުން މުސްތައްހައްބު ވެގެންވާ ފަދައިންނެވެ. ” الاستذكار (371/3
އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ފަހެ މިޙަދީޘް ޞައްޙަ ކަމަށް ދެކިލައްވާ ބޭފުޅުންގެ ގާތުގައި ނަހީއެވަނީ ޢާދަކޮށް ރޯދަ ނުހިފާ މީހުންގެ މައްޗަށެވެ. ފަހެ އާދަކޮށް ޝަޢުބާންގެ ދެވަނަ ފަނަރައިގައި ރޯދަ ހިފާނަމަ އެކަމުގައި މައްސަލައެއްނެތެވެ. [انظر: فتح الباري لابن حجر (215/4)].
ފަހެ މިޙަދީޘް ޞައްޙަ ކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި އިބުނު ޙައްބާން، އަބޫ އުވާނާ، ތަޙާވީ، އިބުނު ޤުދާމާ،އަޙުމަދު ޝާކިރު އަލްބާނީ އަދި ބިންބާޒު ރަޙިމަހުމުﷲ ޖަމީޢަން. ހިމެނެއެވެ.
ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢާންމުކޮށް ހިފާނަމަ ފަހު ބައިގައިވެސް ރޯދަހިފޭނެއެވެ. އަދި ހޯމަ ބުރާސްފަތީގެ ރޯދައާއި އަދި ތޭރަ ސާދަ ފަނަރައިގެ ރޯދަވެސް ހިފޭނެއެވެ. والله أعلم
އަދި ފަހު ފަނަރައިގައި ރޯދަ ހިފޭނެކަމަށް އަދި މަތީގައިވާ ޙަދީޘް ޟަޢީފުކުރައްވާ ޢިމްލުވެރިން ގެންނަވަނީ އަންނަނިވި ޙަދީޘެވެ.
قال رسول الله صلى الله عليه وسلم« لاَ تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلاَ يَوْمَيْنِ إِلاَّ رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ ».رواه مسلم
ޙަދީޘްގެ މާނައިގެ ތަރުޖަމާއީ: ފަހެ ރޯދަމަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަނުހިފާ ހުށިކަމެވެ. ފަހެ ޢާންމުކޮށް ރޯދަ ހިފާ މީހާ (އޭނާ ހިފަމުން އައި ރޯދަ އެދުވަހާއި ދިމާވެއްޖެނަމަ) އޭނާ އެރޯދަ ހިފާހުށިކަމެވެ.”
އޭ ހެޔޮކަމުގެ ޢަޚާއެވެ. އޭ އަބޫ ފަޟުލެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
( من دل على خير فله مثل أجر فاعله )
ތަރުޖަމާޢީ: ފަހެ ހެޔޮކަމަކަށް މަގު ދައްކައިފިމީހާއަށް އެކަން ކުރި މީހާ ފަދައިން އޭނާއަށް ޘަވާބު ލިބޭ ހުއްޓެވެ.
ވީމާ ޝެއާރ ކޮށްލައިގެން ނަމަވެސް ރަޙުމަތްތެރިންނަށް ފޯރުކޮށްދީގެން ނަމަވެސް މި ލިޔުން ފޯރުކޮށްދީގެން ޝަޢުބާން މަހުގެ ރޯދައިގެ ހެޔޮކަމުން ބައެއް މަގުދައްކައިދިން މީހެއްގެ ހައިސިއްޔަތުން ލިބިގަތުން ކީއްތޯއެވެ؟ ފޭސްބުކު ވިޔަސް ޓުވިޓަރ ވިޔަސް މަޖީދީ މަގު ބިލްބޯރޑެެއް ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް ތައުފީޤު ދެއްވުމެވެ. އާމީން
والله أعلم، و صلى الله وسلم علي نبينا و قدوتنا محمد و على آله و صحبه.
سبحانك اللهم و بحمدك و استغفرك و أتوب إليك. لا إله إلا أنت
ނިމުނީ
މިލިޔުމުގެ އަސްލަކީ ސަޢޫދީ ޢަރަބިއްޔާގެ ޖާމިޢުލް ޚަރާޝީ މިސްކިތުގައި ދެވިފައިވާ ހުކުރު ޚުތުބާއެކެވެ.
އިތުރު އެހީ:
1. އަހުލަލް ޙަދީޘް ވެބްސައިޓު
2. ބައެއް ހެޔޮއެދޭ ޢަޚުން. جزاهم الله خيرا