ރޯދަމަހަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި މައްސަރެވެ. އެ މަހަކީ އަޅުކަމުގެ މަހެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން ބޮޑެވެ. އަދި މި ބަރަކާތްތެރި މަހަކީ އެމަހެއްގައި ޤުރުއާން ބާވައި ލެއްވުނު މަހެވެ. ސަވާބުންފުރިގެންވާ ލައިލަތުލް ޤަދުރި ވިލޭރޭވެސް ވަނީ ހަމަ އެމަހުގައެވެ. އެހެންކަމުން އަޅުގަނޑުމެންނީ މުސްލިމުން ކަމުގައިވާއިރު އެ މަހުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަޅުކަންތަކުގައި ފަރުވާތެރިވެ ﷲ އާއި ރަސޫލާގެ ފަރާތުން ހެޔޮމަގުގައި ސާބިތުވުމުގެ އެހީއެއްގެ ގޮތުން އައިސްފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔުމަކީވެސް ހަމަ އެހާމެ މުހިންމުކަމެވެ. އެހެންކަމުން ރޯދަޔާއި، ލައިލަތުލް ގަދުރި ވިލޭރޭޔާ ގުޅޭ ދުޢާ އަދި ކެއުމާއި ބުއިމުގެ ވަގުތުގެ ދުޢާތައްވެސް ހެޔޮބަސްގެ ކިޔުންތެރިންނާ ހިއްސާކުރަމެވެ.
ލައިލަތުލް ޤަދްރި ވިލޭރޭ
للهم إنك عفو تحب العفو فاعف عني
ބުޙާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. “من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه” خرّجه البخاري ومسلم، މާނައަކީ “ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާ ޘަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ.”
ކީރިތި ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ. ” التمسوا ليلة القدر في الوتر من العشر الأواخر من رمضان” خرّجه البخاري ومسلم މާނައަކީ ” ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރިރޭތަކުން ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަންނާށެވެ.
ލައިލަތުލް ޤަދްރުވިލޭރޭ ލިބިގަތުމަށް ކުރާ ދުޢާ
އައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. قلت : يا رسول الله أرأيت إن وافقت ليلة القدر ما أقول ؟ قال : قولي : ( اللهم إنك عفو تحب العفو فاعف عني ) رواه الإمام أحمد ، والترمذي
މާނައަކީ ތިމަންކަމަނާ ރަސޫލާ އަށް ދެންނެވީމެވެ. ” އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަމަނާއަށް ލައިލަތުލްޤަދްރި ލިބިއްޖެނަމަ ކިޔަންވީ ކީކޭތޯއެވެ ؟ ” އެހިނދު ވިދާޅުވިއެވެ. ” ވިދާޅުވާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. އިބައިލާހަކީ އަފޫދެއްވާ ކަރީމްވަންތަ އިލާހެވެ. އަދި އަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް އަފޫކުރައްވާފާނދޭވެ.
ކާންދޭމީހާއަށް މެހުމާނު ކޮށްދޭންވީދުޢާ
اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އެބައިމީހުންނަށް އިބަﷲ ދެއްވި رِزق ގައި އެބައިމީހުންނަށް ބަރަކާތް ލައްވާނދޭވެ.!އަދި އެބައިމީހުންނަށް ފާފަފުއްސަވައި رحمة ލައްވާނދޭވެ!”
“Muslim 3/1615.”
ކެއުމުގެ ކުރިން ކިޔާދުޢާ
ތިޔަބައިމީހުން ކުރެ މީހަކު ކާއެއްޗެއް ކާންފަށާހިނދު ފަހެ “بِسْمِ الله” “ﷲގެ އިސްމުފުޅުގެ ބަރަކާތުން (ކާންފަށަމެވެ.)” ކިޔާށެވެ.ފަހެ ކާން ފަށާއިރު ކިޔަން ހަނދާންނެތިއްޖެނަމަ ފަހެ މިފަދައިން ކިޔާށެވެ.”بِسْمِ اللهِ في أَوَّلِهِ وَآخِـرِه””ކެއުމުގެ ފެށުގައާއި އަދި (ކާންފެށުމަށް) ފަހުގައިވެސް (އަހުރެން ކަނީ) ﷲ ގެ اسم ފުޅުގެ ބަރަކާތުންނެވެ.”
“Abu Dawud 3/347, At-Tirmidhi 4/288. See Al- Albani’s Sahih At-Tirmidhi 2/167”
الله تعالى އެމީހަކަށް ކާންދެއްވުމުން ފަހެ އޭނާ މިފަދައިން ކިޔާހުށި ކަމެވެ.”اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه””އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް އެ ކެއުމުގައި ބަރަކާތް ލައްވާނދޭވެ!އަދި އެ ކެއުމަށް ވުރެ ހެއު ކެއުމެއް އަޅަމެންނަށް ކާންދެއްވާނދޭވެ!” އަދި الله تعالى އެމީހަކަށް ކިރުފޮދެއް ބޯންދެއްވައިފިނަމަ ފަހެ އޭނާ މިފަދައިން ކިޔާހުށި ކަމެވެ.”اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه””އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އަޅަމެންނަށް އެ ކިރުފޮދުގައި ބަރަކާތް ލައްވާނދޭވެ!އަދި އަޅަމެންނަށް އެ އަށްވުރެ އިތުރު ކޮށްދެއްވާނދޭވެ!”
“At-Tirmidhi 5/506. See also Al-Albani, Sahih At-Tirmidhi 3/158
ކައިނިމިގެން ކިޔާދުޢާ
الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة
“ހުރިހާ حمد تعريف އެއް حق ވެގެންވަނީ ﷲ އަށެވެ.އެކަލާނގެއީ މިކެއުން މިއަޅާއަށް ކާންދެއްވި ރަސްކަލާނގެއެވެ.އަދި މިއަޅާގެ އެއްވެސް މަސައްކަތަކާއި ބާރަކާ ނުލައި މިކެއުން މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.”
“At-Tirmidhi, Abu Dawud, and Ibn Majah. See also Al-Albani, Sahih At-Tirmidhi 3/159.”
الْحَمْـدُ للهِ حَمْـداً كَثـيراً طَيِّـباً مُبـارَكاً فيه، [غَيْرَ مَكْفِيٍّ] وَلا مُوَدَّعٍ وَلا مُسْتَغْـنىً عَنْـهُ رَبُّـنا
“ގިނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތްލެއްވިގެންވާ، ފުއްދާލެވުމެއް ނުވާ އަދި ދޫކޮށްލެވުމެއް ނުވާ އަދި އެއިން ފުއްދާ ނުލެވޭ حمد تعريف އަކުން ﷲ އަށް حمد تعريف ލިބިވޮޑިގެން ވެއެވެ.އޭ އަޅަމެންގެ ވެރި ރަސްކަލާކޮ!
“Al-Bukhari 6/214, At-Tirmidhi 5/507.”
ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކިޔާދުޢާ
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
“ކަރުހިއްކުން ފިލައްޖެއެވެ.އަދި ނާރުތައް ތެމިއްޖެއެވެ.ﷲ އިރާދަކުރެއްވިއްޔާ ރޯދައިގެ އަޖުރު ސާބިތުވެއްޖެއެވެ.”
“Abu Dawud 2/306 and others. See also Al- Albani, Sahihul-Jami’ As-Saghir 4/209.”
اللّهُـمَّ إِنَّـي أَسْـأَلُـكَ بِرَحْمَـتِكَ الّتي وَسِـعَت كُلَّ شيء، أَنْ تَغْـفِرَ لِي
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!ހުރިހައި އެއްޗަކަށް ވުރެ ތަނަވަސްވެގެންވާ އިބަﷲގެ رحمة ފުޅު މެދުވެރިކޮށް މިއަޅާގެ ފާފަފުއްސަވައިދެއްވުމަށް އެދި އިބަﷲ ގެ حضرة ން ދަންނަވަމެވެ.”
“މިދުޢާ އަކީ މާތް ﷲ ރުއްސުންލެއްވި عبد الله بن عمرو بن العاص ރޯދަވީއްލަވާ ވަގުތު އެކަލޭގެފާނު ވިދާޅުވާ ދުޢާއެކެވެ.”أخرجه ابن ماجه وحسنه الحافظ في تخريج الأذكار
ގެއެއްގެ އަހުލުވެރިންގެ ގާތުން ރޯދަވިއްލާ އިރު ކިޔާދުޢާ
أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة
“ރޯދަވެރީން ތިޔަބައިމީހުންގެ ގާތުން ރޯދަ ވީއްލައިފިއެވެ.އަދި ހެއުލަފާ މީހުން ތިޔަބައިމީހުންގެ ކެއުން ކައިފިއެވެ.އަދި ތިޔަބައިމީހުންނަށް މަލާއިކަތުން ދުޢާކޮށްދެއްވައިފިއެވެ.”
“bu Dawud 3/367, Ibn Majah 1/556, An-Nasa’i, ‘Amalul-Yawm wal-Laylah 296-8. Al-Albani graded it authentic in Sahih Abu Dawud 2/730.”
ރޯދަވެރިޔާއަށް މީހަކު ލަދުހުތުރުބަސް ބުނެފިނަމަ ރޯދަވެރިޔާ ދޭންޖެހޭ ޖަވާބު
إنِّي صَائِمٌ, إنِّي صَائِمٌ
“ހަމަކަށަވަރުން އަހުރެންނީ ރޯދަވެރިޔަކީމެވެ.ހަމަކަށަވަރުން އަހުރެންނީ ރޯދަވެރިޔަކީމެވެ.”
“Al-Bukhari, cf. Al-Asqalani, Fathul-BAri 4/103, Muslim 2/806”
އަސްލު : އިސްލާމީނޫޜު