Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 މެއްސެއްގެ ސަބަބުން އެކަކު ސުވަރުގެއަށް އަނެކަކު ނަރަކައަށް – heyobas

މެއްސެއްގެ ސަބަބުން އެކަކު ސުވަރުގެއަށް އަނެކަކު ނަރަކައަށް

މާތްﷲ ރުއްސުންލެއްވި ޠާރިޤު ބުނު ޝިހާބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.
“دَخَلَ الجَنَّةَ رَجُلٌ فِى ذُبَابٍ ، وَدَخَلَ النَّارَ رَجُلٌ فِي ذُبَابٍ”، قَالُوا: وَكيَفَ ذَلِكَ يَارَسُولَ اللهِ؟ قَالَ: “مَرَّ رَجُلاَنِ عَلَى قَوْمٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحَدٌ حَتَى يُقَرِّبَ لَهُ شَيْئاً، فَقَالُوا لأَحَدِهِمَا قَرِّبْ، قَالَ: لَيْسَ عِنْدِي شَيْءٌ أُقَرِّبُ، قَالُوا لَهُ: قَرِّبْ وَلَوْ ذُبَابًا، فَقَرَّبَ ذُبَابًا فَخَلَّوا سَبِيْلَهُ، فَدَخَلَ النَّارَ، وَقَالُوا لِلآخَرِ: قَرِّبْ فَقَالَ: مَا كُنْتُ لأُقَرِّبَ لأَحَدٍ شَيْئاً دُوْنَ اللهِ عَزَّ وَجَلَّ، فَضَرَبُوا عُنُقَهُ، فَدَخَلَ الجَّنَةَ” (رواه أحمد فى كتاب الزهد)މާނައީ: “މެއްސެއްގެ ސަބަބުން ސުވަރުގެއަށް މީހަކުވަނެވެ. އަދި ހަމަ މެއްސެއްގެ ސަބަބުން ނަރަކައަށް ވެސް މީހަކުވަނެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކިހިނެއްވީކަމެއްތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. ދެމީހަކު ހިނގަމުންހިނގަމުން ބުދެއްގެންގުޅޭ ބަޔަކު ކައިރިން ދާންޖެހުނެވެ. އެމަގުން ދާ އެކަކަށްވެސް އެބުދަށް ކޮންމެވެސް އެއްޗެއް ޤުރުބާންނުކޮށެއް ނުދެވެއެވެ. ދެން ފަހެ އެބައިމީހުން އެދެމީހުންކުރެ އެކަކަށް ބުނެފިއެވެ. މި ބުދަށް ޤުރުބާނީ އެއްކުރާށެވެ. އޭނާ ބުންޏެވެ. އަހަރެން އަތަކު ޤުރުބާންކުރާނެ އެކައްޗެއްވެސް ނެތެވެ. އެބައިމީހުން އޭނާއަށް ބުންޏެވެ. މެއްސެއްވިޔަސް ޤުރުބާންކުރާށެވެ. ދެންފަހެ އޭނާ މެއްސެއް ޤުރުބާންކޮށްފިއެވެ. ދެން އެބައިމީހުން އޭނާ ދިއުމަށް ދޫކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ނަރަކައަށް ވަދެއްޖެއެވެ. ދެން އެބައިމީހުން ދެވަނަ މީހާއަށްބުނެފިއެވެ. ތިބާވެސް މިބުދަށް ޤުރުބާނީއެއް ކުރާށެވެ. އޭނާ ބުންޏެވެ. اﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަހަރެން ޤުރުބާނެއް ނުކުރާނަމެވެ. ހަމައެހިނދު އެބައިމީހުން އޭނާ ޤަތުލުކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ސުވަރުގެ ވަދެއްޖެއެވެ.”
Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

عَطَاءِ بْنُ يَسَارِ رَحِمَهُ اللهގެ ހަޔާތްޕުޅު

Next Article

ހަދުވަސް ރޯދައާއެކު ފަރުޟު ރޯދަ

Related Posts