Categories
ހުރިހާ ލިޔުންތައް

މެކްއޯއެސްގައި ތާނައިން ލިޔާނެ ގޮތުގެ ވީޑިއޯ

މެކް އޯއެސް އަކީ މިހާރު ރާއްޖޭގައިވެސް އާންމުވަމުން އަންނަ އޮޕަރޭޓިން ސިސްޓަމެކެވެ. މިހާރުވެސް އަދި ކުރިންވެސް އެންމެ ގިނަ ބަޔަކު ރާއްޖޭގައި ބޭނުންކުރަމުން އައީ ވިންޑޯސް ނަމަވެސް މިހާރު އެހެނިހެން އޯއެސްތައް ބޭނުންކުރާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އުބުންޓޫ، ޒޮރިން މެކް ބޭނުންކުރާފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. މީގެތެރެއިންވެސް ވިންޑޯސްގެ އިތުރަށް އެންމެ ގިނަ ދިވެހިން ބޭނުންކުރަނީ މެކް އޯއެސް އެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މެކްއޯއެސްގައި ތާނައިން ލިޔުމުގައި ދަތިތަކެއް އުޅޭކަމުގެ ވާހަކަތަށް އަންނަނީ ދެކެވެމުންނެވެ.  އެހެންނަމަވެސް ހެޔޮބަސްގެ ފަރާތުން މި ހުށައަޅާލަނީ މެކްއޯއެސްގައި ތާނައިން ލިޔާނެގޮތުގެ ވީޑިއޯޓިއުޓޯރިއަލްއެކެވެ. މި ވީޑިއޯއަކީ މުޙައްމަދު މާލިކް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

ހިޔާލު ފާޅު ކުރަށްވާ

އީމެއިލް އާންމު ނުކުރެވޭނެ ފުރަން ޖެހޭ ބައިތައް ފާހަގަ ކުރެވިފައި