ބިންވަޅު ނެގުނު ފިޔަވަޅު 5 ވަނަ ބައި

 

ދުވަސްތައް ރެއަށްވެ ރޭ ދުވާލަށްވެ، ދައުރުވަމުން ދިޔައެވެ. އައިޝް ކެތްތެރިކަމާއެކު ދުވަސް ތައް ގުނަމުން ދިޔައީ މާލެ ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިރިއުޅުން ރަށަށް ބަދަލުކުރިތާ 6 މަސް ފާއިތުވެގެން ދިއައިރު އައިޝްގެ ހަޔާތުގައި އުފާވެރިކަމުގެ އެއްވެސް ކުލައެއް ޖެހިފައެއް ނުވެއެވެ. ލިބިފައިވަނީ ހިތާމަޔާ ހިތްދަތިކަމެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާތިފް ކޮޓަރިއަށްވަދެ އައިޝް ގާތު ބުނެލިއެވެ. ” މިއަންނަ އާދިއްތަ ދުވަހު މާލެދާން ފުރަން ތައްޔާރުވޭ” އަހަރެން މި އަންނަނީ ކުޑަކޮށް ބޭނުންވާ ބައެއްތަކެތި ހޯދާލަން ބޭރަށް ޖެހިލާފަ” މިއަޑު އިވުމުން އައިޝް ވަރަށް އުފާވިއެވެ. މާލެދެވެން އުޅޭތީއެވެ. އައިޝްގެ ހިތާމަތަކަށް ނިމުމެއް އަންނަން އުޅޭކަމުގެ އުންމީދު އާލާވިއެވެ.

މާލެ ދާން ފުރުމުގެ ކުރިން ރަށުގައި ހިނގައިދިޔަ ކަންކަން ސިއްރުކުރުމަށް އައިޝް ނިންމިއެވެ. އެކަންކަމަކީ މާޒީވި ހަޔާތުގެ ވަޅުލެވިފައިވާ ސަފުހާތަކެއްގެ ގޮތުގައި ބޭއްވުމަށެވެ. އައިޝްމެން މާލެއަށް ދިއުމަށް ފުރިއެވެ. ހިތުގައިވާ ހުރިހާ އިޙްސާސެއް ދުލުން ބަޔާން ނުކުރެވޭނެ ކަން އައިޝްއަށް ގަބޫލުކުރެވޭ ހާލުއެވެ. މާލެއަށް ދެވުނު އިރު ހުރީ މެންދުރުފަސް ވެފައެވެ. އެއަރޕޯޓުން މާލެދިއުމަށް ކެތްތެރެކަމެއް ނެތި ވަގުތުތައް އައިޝް ގުނަމުންދިއައެވެ.

އާތިފް އޭނާގެ އާއިލާޔާއެކު މާލެއަށް ގޮސް ގެއަށްދިޔައިރު ގޭގައި އާއިލާއަށް މަރުހަބާ ކިޔަން އެންމެންހެން ތިއްބެވެ. އައިޝް އުފަލުންގޮސް މަންމަ ގައިގާ ބައްދައިގަތެވެ. އަދި ރޯންފެށިއެވެ. ހިތަށްކުރަމުން ދިޔަ އިޙްސާސްތަށް އައިޝްނޫން އެހެން މީހަކަށް ނޭނގެއެވެ. “އައިޝް ކީއްވެތަ ތިރޮނީ ” އައިޝްގެ މަންމަ ބާރަށް ބައްދާލުމަށްފަހު ބުންޏެވެ. އައިޝް ވެސް ވަރަށް ހިތްވަރު ކޮށްލާފައި ” މަންމާ ވަރަށް އުފާވެއްޖެ އެހެންވެ ރޮވުނީ” މިހެން ބުނެލިއެވެ. ހުރިހާ އެންމެވެސް ތިބީ ވަރަށް ހިންހަމަޖެހިފައެވެ. އައިޝް އަނބުރާ ގެއަށް އައުމުންނެވެ. އައިޝްގެ ދައްތަ މަރީ ބުންޏެވެ. ” ސިސް ހާދަ ހިއްކޭ މިހާރު” ޑަޔަޓްގަދޯ” އައިޝް ހިނިތުން ވެލާފައި އަނއެކޭ ބުނުމަށްފަހު ގެނައި ފޮށިތައް ކޮޓަރިއަށް ގެންދިއުމަށްޓަކައި ހިނގައިގަތެވެ.

މާލެ އައުމަށްފަހު އައިޝް އޭނާގެ ހަޔާތް އަލުން އާބާދުކުރުމަށްޓަކައި ވަޒީފާއަކަށް ވަނުމައް ފޮނި އުންމީދުތަކެއް ކުރަމުން ދިއައެވެ. އައިޝްގެ އަޒުމަކަށް ވީ އޭނާއަށް ދިމާވި ހިތްދަތިކަން ފޮހެލުމަށްޓަކައި އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ރަށުގައި ދިމާވި ހާދިސާއަށްފަހު އިތުރު ކުއްޖެ ނުހޯދުމަށް ވެސް އައިޝް ނިންމިއެވެ. އައިޝްއަށް ގަބޫލުކުރެވުނީ އެއްކުޖެއް އެކަނި ބަލަންޖެހުނަސް ބަލަން ފަސޭހަ ވާނެކަމަށެވެ. ޔޫސުފަށް ވީ އަދި ހަމައެކަނި އެންމެ އަހަރެކެވެ. ޔޫސުފް ބަލަން މަންމަ އާހަވާލުކޮށްފައި ވަޒީފާއަށް ދިއުމަކީވެސް އެހާ ފަސޭހަކަމެއްނޫނެވެ. އެހެނަސް އައިޝް ގަސްތުކުރީ ދަރިފުޅުގެ ކުރިމަގުވެސް އުޖާލާކުރުމަށާއި، ދަރިފުޅުގެ ކަންތައްތައް ފުރިހަމަކޮށް ކުރުމަށް އަދި ވަކި މީހަކަށް ބަރޯސާނުވުމަށް ވަޒީފާއަށް ދިއުމަށެވެ.

އާތިފް އާއި އައިޝް މާލެއައިތާ 3 މަސް ދުވަސްފަހުން އާތިފްގެ އެކުވެރި އަޝްރަފް ވެސް މާލެއަށް އައެވެ. އާތީފް އެއްދުވަހެއްގެ މެންދުރު އަޝްރަފް ގޮވައިގެން ގެއަށް އައިސް އައިޝް ގާތު ބުންޏެވެ. “މިގޭގައި ދުވަސްކޮޅަކު އަޝްރަފް ބަހައްޓާލަން އެބަޖެހޭ، އަހަރުމެން ދެމީހުނެ ވަޒީފާ ރިސޯޓުން ހަމަޖެހެންދެން އޭނާވެސް މިގޭގަ ހުރެވޭނެ ގޮތް ހަދާލަބަލަ” އާތިފް އެހެން ބުނުމުން އައިޝް “ތިކަމާ ކަންބޮޑުނުވޭ މިކޮޓަރީގައި ފުރަންވަންދެން އޭނަޔަށް އޮވެވިދާނެއެއްނު. އާތިފް އަށްވެސް އިގޭދޯ އަހަރުމެން ތިންމީހުން މިހާރުވެސް މި ނިދަނީ އެންމެ ކޮޓަރިއެއްގަކަން. އޯކޭ މިތާ ގޮދަޑިއެއް ބާއްވައިގެން އަޝްރަފަށްވެސް ނިދިދާނެ”

އަޝްރަފްގެ ނިދުމުގެ އިންތިޒާމް އައިޝް ހަމަޖައްސަދިނެވެ. އަދި ދަތުރު ވަރުބަލި ވެފައި ހުންނާނެތީ ފެންވެރުމާއި ކެއުމުގެ ކަންކަން ހަމަޖައްސައިދިނެވެ. އައިޝް ކޮޓަރިން ބޭރަށް ޖެހިލުމަށްފަހު އެނބުރި އައިވަގުތު އާތިފް އާއި އަޝްރަފްގެ ވާހަކައިގެ އަޑުއިވުނެވެ. “އާތިފް އަހަރެންގެ އަތުގަ އެބަ އޮތް ލަތީފާ ދީފައޮތް ސިޓީއެއް. ބުނީމެއްނު އައިޝް މާލެއަށް ގެނެސް ބަހައްޓާފަ އަނބުރާ ދާ ވާހަކަ” އެސުވާލަށް ޖަވާބުދެމުން އާތިފް ބުންޏެވެ. ” ކޮބާ ގެނޭ ސިޓީ، އަހަރެން އޭނަ މާލެ ގެނެސް ދާން އަޔަސް ތިހާ ފަސޭހައެއް ނުވާނެދޯ ކަންކަން ނިންމާކަށް، ބައްޕަ ބުނެގެން މިއައީ އޭނަ ގެއަށް ލާން.” އައިޝް ކޮޓަރިއަށް ވަނުމާއެކު އާތިފްގެ އަނގައިން ބަސް ހުއްޓުނެވެ. އެވާހަކަތައް އައިޝްއަށް އިވުނު ކަމުގައި ވިޔަސް އެކަން އައިޝްގެ އަމަލަކުން ނުދައްކައެވެ.

ކަމެއް އިނގުނުކަމަށް ނުހެދި އައިޝް އޭނާގެ ވަޖިބެއްކަމުގައި ދުއް މެހުމާންދާރި އަދާކުރިއެވެ. “އަޝްރަފް ދޭ ފެންވަރައިގެން އަންނަން. ސައިހަދާނަން އަންނަން ވާއިރަށް” އައިޝް މިހެން ބުނެ އަނެއްކާވެސް ކޮޓަރިންނިކުތެވެ. އަޝްރަފް ފެންވަރައިގެން އައުމުން އޭނާއަށް ސައި ދިނުމަށްފަހު އާތިފް އޭނާ ގޮވައިގެން ބޭރަށް ޖެހިލާފާ އެބަ އަންނަމޭ ބުނެ ނިކުތެވެ. އައިޝް ލިބުނު ފުރުސަތުގައި އާތިފްގެ ފޮށި ހާވަލުމަށް ކޮޓަރި ތަޅުލިއެވެ. އާތިފް ވަރަށް ރައްކާތެރިކަމާއެކު ލަތީފާ ފޮނުވި ސިޓީ ބާއްވާފައި އޮތެވެ.

އައިޝް އެސިޓީ ނެގުމަށްފަހު ސިޓީ ކިޔަންފެށިއެވެ. ” ލޯބިވާ އާތިފްއަށް މަލުގެ ދަސްތާއަކުން ވެދުންކުރަމުން ލިޔަމެވެ” ސިޓީކިޔަމުން ދިއައިރު އައިޝްއަށް ކުރެވެމުން ދިޔައީ ރުޅިވެރިކަމާއި ހިތާމައިގެ އިޙްސާސްތަކެކެވެ. ” އާތިފްގެ ލޯބި ދަރިފުޅުގެ މަންމަ އަކަށް ވާން ބޭނުން” މިހެން ލިޔެފައި އޮއްވާ ފެނުމުން އިތުރަށް އައިޝްގެ ރުޅިގަދަވިއެވެ. އަދި އެހިނދު ލޮލުން ކަރުނަ އޮހޮރިގެން ދިއައެވެ. ރުޅިއަށްވުރެ ވީދެރަ މާބޮޑެވެ. އާތިފް ދައްކާފައި ހުރި ވާހަކަޔާ ސިޓީގައި ވާ އިބާރާތްތައް ދިމާނުވާތީއެވެ.

އާތިފް މާލެއަށް އައީ ލަތީފާ އާ އެއްވެސް ގުޅުމެއް ނުބާވަންކަމަ ބުނެއެވެ. އަދި ރަށުގައި އުޅުނުއިރު އެއްވެސް އެކަހަލަ ގައިގޯޅި ވުމެއް ނުހިންގަމޭ ބުނެ އެތަކެއް ދޮގުތަކެއް ހަދާފައެވެ. ނަމަވެސް ލަތީފާ ފޮނުވާފައިވާ ސިޓީން ހުރިހާ ކަމެއް އެނގި ސާބިތުވެއްޖެއެވެ.
nunimey

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކުރިސްމަސް ފަދަ ކާފަރުންގެ ޢީދުތައް މުސްލިމުން ފާހަގަކުރުމުގެ ޙުކުމް.

Next Article

ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން- ސީރިއަސް މައްސަލައެއްތަ؟

Related Posts