އާންމުކޮށް ބޭނުންކުރާ ބުރޯޒާރ ތަކުގެ ފަހުގެ ވާރޝަންތައް ޑައުންލޯޑް ކުރަށްވާ

އިންޓަރނެޓް މިވަނީ އާންމުވެ އޭގެ މުހިންމުކަން އިންތިހާއަށްބޮޑު ވަސީލަތަކަށް ވެފައެވެ. އަދި އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ، އިންޓަރނެޓް ބޭނުން ނުކުރާ ރަށެއް ރާއްޖޭގައިނެތެވެ. އެހެންނަމަވެސް އިންޓަރނެޓްގެ ސްޕީޑްގައި އެކި ރަށްތަކުގައި ތަފާތުކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ދިރާގް، ވަތަނިއްޔާ، ރާއްޖެއޮންލައިން ފަދަ ކުންފުނިތަކުން އިންޓަރނެޓްގެ ހިދުމަތް މާލެ އާއި އަތޮޅު ތެރޭގައި އަންނަނީ ދެމުންނެވެ. މި ކޮންމެ ފަރާތަކުން ޚިދުމަތް ދިންކަމުގައިވިޔަސް މާލެ އާއި އަތޮޅު ތެރޭގައި ސްޕީޑް ވަރަށް ތަފާތެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ސްޕީޑް ދަށްވީމަ ނެޓަށް ވަނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

އިންޓަރނެޓް ބޭނުންކުޜާއިރު ބައެއް ފަހަރަށް ބައެއް ސޮފްޓްވެއާރގައި ސްޕީޑް ތަފާތުކަން ފާހަގަކުރެވެއެވެ. އާންމުކޮށް ދިވެހިން ބޭނުންކުރަނީ ފަޔަރފޮކްސް އަދި ގޫގުލްކުރޯމް ނަމަވެސް ދަށް ނެޓްވާރކްތަކުގައި ބޭނުންކުރަން ރަނގަޅު އެހެން ބުރޯޒަރ ތަށްވެސް ހުރެއެވެ. މީގެ ތެރެއިން އޮޕެރާ އަށް ބަލާލަނަމަ އަޅުގަނޑުގެ ތަޖްރިބާގައި ފާހަގަކުރެވުނީ އިންޓަރނެޓްގެ ސްޕީޑް ދަށް ތަންތަނުގައި އޮޕެރާ ބޭނުންކުރަން ރަނގަޅުކަމަށެވެ.

އިންޓަރނެޓް ބުރޯޒާރ އަދި އެހެން ސޮފްޓްވެއާރަތަކީވެސް އަޕްޑޭޓް ކުރާ އެއްޗިއްސައްވާއިރު ކުރީގެ ވާރޝަންތަކަށްވުރެ ފަހުގެ ވާރޝަންތަކުގެ ސްޕީޑް އަދި ފެންވަރު ރަނގަޅުވާނެއެވެ. އެހެން އެއްޗެއްސެކޭ އެއްގޮތަށް އާންމުކޮށް ބޭނުންކުރާ ބުރޯޒާރ ތައްވެސް އަންނަނީ އެންމެ ފަހުގެ ވާރޝަންތައް ނެރެމުންނެވެ. މިގޮތުން ފަޔަރފޮކްސް، ގޫގުލް ކުރޯމް، އޮޕެރާ ގެ ފަހުގެ ވާޝަން ޑައުންލޯޑް ކުރަން ފަސޭހަ ލިންކެއް ހިއްސާކުރަމެވެ.

ފަސޭހަކަމާއި އެކު ބުރޯޒާތައް މި ލިންކުތަކުން ޑައުންލޯޑްކުރަށްވާ

ފަޔަރފޮކް: ފަހުގެ ވާރޝަން،

20.64MB

Download
Latest Version

ގޫގުލް ކުރޯމް: ފަހުގެ ވާރޝަން

31.54MB

Download
Latest Version

އޮޕެރާ: އެންމެ ފަހުގެ ވާރޝަން

Download
Latest Version

12.56MB

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަހަލް ބަހަކީ ކޮންބަހެއްބާ ؟

Next Article

ކަރަންފޫ – ކުޑަ އެހެން ނަމަވެސް ބޭނުންތެރި އެއްޗެއް

Related Posts