ހުދު ކާޅާއި އަދި ހުދު ކޯމަސް ފަދަ ޖަނަވާރުތައް އުޅޭ ވާހަކަ އަކީ ޒަމާނުއްސުރެވެއް އަޑު އިވެމުން އަންނަ ވާހަކަތަކެކެވެ. އެހެންނަމަވެސް މިފަދަ ބާވަތްތަކުގެ ޖަނަވާރު އާންމުކޮށް ފެނިފައި ނުވާއިރު ބައެއް ފަރާތްތަކުން ހީކުރާގޮތުގައި ހުދު ކާޅަކީވެސް ހަމަ ކާޅުގެ ވައްތަރެކެވެ. އެހެންނަމަވެސް މީ މުޅިން ހަގީގަތެއް ކަމުގައި ބެލެވޭކަށް ނެތެވެ. އެހެނީ ވަކި ވައްތަރެއް އެހެން އުޅޭކަން ރެކޯޑް ތަކުން ފެންނާން ނެތްއިރު އަޅުގަނޑުމެންނަށް ޔަގީންވާ އެއްކަމަކީ ހުދު ޖަނަވާރު ނުވަތަ އަލްބީނޯ ޖަނަވާރު އުޅޭކަމެކެވެ. އެހެންކަމުން ކޮންމެ ވައްތަރެއްގެވެސް އަލްބީނޯ ދިރުމެއް ނުވަތަ ދިރޭއެއްޗެއް އުފަންވެފައި ހުރެދާނެއެވެ.ހުދު ކޯމަހަކީވެސް ކަނޑުތަކުން ފެންނަ މަހެކެވެ. މި ބާވަތުގެ ކޯމަހެއް އަޅުގަނޑަށްވެސް ވަނީ ފެނިފައެވެ..
ދިރޭތަކެތީގެ ތެރޭގައި މިހާރަކަށް އައިސް އަލްބީނޯ ނުވަތަ އުފެދުމުގައި ހުދު ބަލި ހުންނަ ދިރޭތަކެއްޗަށް ގިނަބައެއްގެ ސަމާލުކަން ހުއްޓެއެވެ. 2011 ވަނައަހަރުގެ އޮކްޓޫބަރުމަހު މިފަދަ އެއްޗެއް ވަނީފެނިފައެވެ. އެއީ ވަރަށް ރީތި ހުދު ކުލައިގެ ވެލެއެކެވެ. ހުދު ވެލަޔަކީ ބައެއް ފަރާތްތަކުން ހީކުރާގޮތުގައި ތަފާތު ވައްތަރެއެގެ ވެލައެކެވެ. އެހެންނަމަވެސް މާފަރުން ފެނުން ވެލަޔަކީ އެހެން ވައްތަރުގެ އަލްބީނޯ ދިރޭތަކެތިހެން ހަމަ އުފެދުމުގައި ޖެނެޓިކް ގޮތުން އެންމެ ފުރިހަމަ އަށް ކުލަ ނުހުންނަ ވެލައެކެވެ. އެހެން ގޮތަކަށް ބުނާނަމަ އުފެދުމުގައި އަސްލު ކުލަ ނާންނަ ވެލައެކެވެ. (މާފަރުން ފެނުނު ވެލާގެ ފޮޓޯ އަދި ވީޑިއޯ ކުރީގެ މަސްޙޫރު ފްޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަބްދުލް ޣަނީގެ ފޭސްބްކް ފޮޓޯ އަލްބަމްގައި ފައިލްކުރެވިފައިވެއެވެ).
އަލްބީނޯ ދިރޭތަކެތީގެ ގޮތުގައި ތަފާތު އެތައް ވައްތަރެއްގެ ދިރޭތަކެތި ވަނީ ފެނިފައެވެ. މިގޮތުން މޫދުގައި އުޅޭ މަސްމަހާ މެއްސާއި އެއްގަމުގައި އުޅޭ ޖަނަވާރާއި ދިރޭތަކެއްޗާއި ކުދި ސޫފިތައްވެސް ފެނިފައިވެއެވެ. އާންމުކޮށް ފެންނަ އަލްބީނޯ ދިރޭތަކެތީގައި ލޮލުގައި ރަށްކުލަހުރެއެވެ
އަލްބީނޯ ބައެއް ދިރޭތަކެތީގެ ފޮޓޯ