ތައުޙީދުގެ މާނަޔާއި އޭގެ ބައިތައް

ތައުޙީދު ގެ މާނަ:
ޢަރަބި ބަހުން ތައުޙީދު އޭ ބުނުމުން އޭގެ މާނައަކީ އެކަހެރި ކުރުމެވެ. ނުވަތަ އެކަށްޗެއް ކަމުގައި ބެލުމެވެ. އެއްކައުވަންތަ ކުރުމެވެ.
ޝަރީޢަތުގެ އިޞްޠިލާޙުގައި ތައުޙީދު އޭ ބުނުމުން އޭގެ މަނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަ ވަންތަކަމާއި އުލޫހިއްޔަވަންތަކަމާއި އަދި އިސްމު ފުޅުތަކާއި ސިފަފުޅު ތަކުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އަދި މިބުނިތިންބައިން ކުރެ އެއްބައެއްގައި ވެސް އެއިލާހުއާއި އެއްފަދަވެ ބައިވެރިވާ އެހެން އެއްވެސް ދެވަނަ އެއްޗެއް ނެތް ކަމުގައި ޔަޤީން ކޮށް އެގޮތުގެ މަތިން ޢަމަލު ކުރުމެވެ.ތައުޙީދު ގެ ބައިތައް:
ޢާއްމު ގޮތެއްގައި ތައުޙީދު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ:
تَوحِيدُ الرُّبُوبِيَّة
تَوحِيدُ اُلُوهِيَّة
تَوحِيدُ اْلاَسْمَاءُ وَالصِّفَاتُ
ތައުޙީދު ފުރިހަމަވަނީ މިބަޔާންވެދިޔަ ތިންބައިވެސް ފުރިހަމައަށް ގެނެސްގަނެގެންނެވެ. މިއިން އެއްބައެއްވެސް އުނިކޮށްފި މީހާ ފުރިހަމަ ގޮތުގައި ތައުޙީދުގެ އަހުލުވެރިއަކު ކަމުގައި ނުވާނެއެވެ.
—————————-
ސުވާލު:
(1) ޢަރަބި ބަހުން ތައުޙީދު އޭ ބުނުމުން އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟
(2) ޝަރީޢަތު ގެ އިޞްޠިލާޙުގައި ތައުޙީދު އޭ ބުނުމުން އޭގެ މަނައަކީ ކޮބައިހެއްޔެވެ؟
(3) ތައުޙީދު ބެހިގެންވަނީ ކިތައް ބަޔަށް ހެއްޔެވެ؟
(4) ފުރިހަމަ ގޮތުގައި ތައުޙީދު ގެ އަޙުލުވެރިއަކަށް ވާނި ކިހިނަކުން ހެއްޔެވެ؟
………………………………………………………
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ ”ރިސާލަތުއްތައުޙީދި“ ފޮތުން ނަގާފައި

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފެހުރިހި(ވޭލް ޝާރކް

Next Article

ކުފުރުގެ ވައްތަރުތައް

Related Posts