Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ރަޝާދު ޚަލީފާގެ ބައިގަނޑު – heyobas

ރަޝާދު ޚަލީފާގެ ބައިގަނޑު

މިއީ ޤުރުއާނަށް ތަބާވާކަމަށްބުނާ ރަޝާދު ޚަލީފާއަށް އީމާންވާ ޖަމާޢަތެކެވެ. މިބައިމީހުންގެ ޒަޢީމު އެކިގޮތްގޮތުން 19 މިއާޔަތް އެކިގޮތްގޮތަށް ބަލައިގެން ޤުރުއާނުން ނެރެއެވެ. އަދި މިހިސާބާ ދިމާނުވާ ދެއާޔަތް އެއީ ޤުރުއާނުގައި ނުހިމެނޭ ކަމަށް ބުނެއެވެ. ނަޢޫޛުބިﷲ މިދައްޖާލަށް އީމާންވާ ދިވެހިން މަދުމަދުން އުޅޭކަމީ ހިތާމަކުރަން ޖެހޭ ނުހަނު ސީރިޔަސް މައްސަލައެކެވެ.
މިބައިމީހުން ވަކިކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ މި ދެ އާޔަތް މާނަކުރާ ގޮތުންނެވެ.
1. كِتَابٌ مَّرْ‌قُومٌ ﴿المطففين: ٩﴾
2. كِتَابٌ مَّرْ‌قُومٌ ﴿المطففين: ٢٠﴾
މިދެއާޔަތުގެ އަސްލު މާނައަކީ
” އެއީ ލިޔެވިފައިވާ ފަތްފުތެވެ. ނުވަތަ ފޮތެވެ”ނަމަވެސް އެބައިމީހުން މިއާޔަތް މާނަކުރާ ގޮތަކީ އެބައިމީހުން ޖަމާޢަތުގެ ލީޑަރު ރަސާދު ޚަލީފާ މާނަކުރާ ގޮތަށެވެ.

އެގޮތަކީ ” އެއީ ހިސާބު ޢަދަދުތައްއެއްވަރު ކުރެވިފައިވާ ފޮތެވެ” މިމާނައެވެ.

ނަމަވެސް މިމާނަ ލީމާވެސް އެގޮތާ ދިމާވަނީ ކީރިތި ޤުރުއާނުގެ އެތައް އެތައް އާޔަތެއް ކަނޑައިގެންނެވެ. އަދިވެސް އެތައްއެތައް އާޔަތެއް މީނާ ބޭނުންވާގޮތަށް މާނަބަދަލުކޮށް ތަރުޖަމާކޮށްފައިވެއެވެ. މިދައްޖާލުއެންމެ ފަހުންވަނީ ރަސޫލުކަމަށް ދައުވާކޮށްފައެވެ. ރަސޫލުކަމަށް ދަޢުވާކޮށްގެން އުޅެނިކޮށް މީހަކު އައިސް މަރާލިއިރުވެސް މީނާގެ ރަސޫލުކަމައިގެން ފޮނުއްވި އިބިލީސް އަޅައިވެސް ނުލިއެވެ. އޭނާގެ ޖަމާޢަތަށް އީމާންވާ މަދުބަޔަކު ރާއްޖޭގައި އުޅޭކަންވެސް މިއީ ހިތާމަހުރިކަމެއްމެއެވެ.
އެފަދަ މީހަކު ފެނިއްޖެނަމަ އެފަދަ މީހުންގެ ކިބައިން ރައްކާތެރިވާހުށިކަމެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

“افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي”. وفي بعض الروايات: هي الجماعة.

رواه أبو داود والترمذي وابن ماجه والحاكم، وقال: صحيح على شرط مسلم.

މާނައީ: ޔަހޫދީން ހަތްދިހަ އެއްބަޔަށް ބައިވިއެވެ. އަދި ނަޞާރާއިން 72 ބަޔަށް ބައިވިއެވެ. އަދި މިއުއްމަތް 73ބަޔަށް ބައިވާހުއްޓެވެ. އެންމެ ބަޔެއްފިޔަވައި އެހުރިހާ ބައެއް ވާހުށީ ނަރަކައިގައެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ރަސޫލުﷲއެވެ. އެއީ ކޮންބައެއްހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ގޮތުގައި ހިފަހައްޓައިގެން ތިބިމީހުންވެ.”

ބައެއް ރިވާޔަތްތަކުގައިވެއެވެ. “އެއީ ޖަމާޢަތެވެ.”

ދުޢާއަކީ މިބައިމީހުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތްކުރައްވައި ޞައްޙަ އިސްލާމްދީނުގެ މަންހަޖުގައި ހިފައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވުމެވެ. އާމީން

ނޯޓު: މަތީގައިވާ ފޮޓޯގައި އެވަނީ އެމީހުންގެ ހާލުހުރިގޮތެވެ. އެންމެ ފުރަތަމަ އާޔަތުގައި އިންނަ ގޮތަކީ ދެން ހުރި އާޔަތްތަކުގައިވެސް އިންނަން ޖެހޭނެ ކަމަށްބުނެ އެވަނީ ފިލި ބަދަލުކުރެވިފައެވެ. ހަޤީޤަތަކީ ފިލި ބަދަލުވަނީ ބަހުގެ ޤަވާއިދަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އެކަމަކު މިމީހުންގެ ހާލުހުރި ވަރަކީ މިއެވެ. މިފަދަ މީހުންގެ ކިބައިން އަޅުގަނޑުމެންގެ އިސްލާމީ އުއްމަތް ސަލާމަތްކުރައްވާށިއެވެ. އާމީން

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކަސްތޮޅު

Next Article

އިމްތިޙާންގެ ވަޤުތުގައި ކެތްތެރިވުން -ޢިބްރަތުން ފުރިގެންވާ ފުރިހަމަ މިސާލެއް

Related Posts