ސިއްހަތު ރަނގަޅު މަޔަކަށްވުން

 

ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާތް ﷲ ލައްވާފައިވާ ތަބީޢީ ނިޒާމެއްގެ ދަށުން ހިނގާކަމެކެވެ. ކޮންމެ ދެމަފިރިޔަކީވެސް  އެދެމަފރިޔަކުވެސް  ލިބޭ ދަރިފުޅަކީ ޞިއްހަތު ރަނގަޅު ހެޔޮހާލުގައި އުފަންވާ ކުއްޖަކަށް ހަދަންވާނެއެވެ. އެހެންކަމުން ކޮންމެ މަޔަކާއި ބަފަޔަކުވެސް ލިބޭ ދަރިފުޅާ މެދުގައި ކުރަމުންއަންނަ އުންމީދު ފުރި

ހަމަކުރމަށްޓަކައި މާބަނޑު ދުވަސްވަރު ޞިއްޙިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފަރުވާތެރިކަމާއި އެކު އަޅަންޖެހެއެވެ.

މާބަނޑުދުވަސްވަރުގެ ފަރުވާ

 

 ކޮންމެ އަންހެނަކުވެސް ބަލިވެ އިންކަން ޔަގީންވުމުން  ވީ އެންމެއަވަހަކަށް ޞިއްޙި އެހީހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.އަދި  މިކަންކުރުމަށް ބަނޑުން ތޮޅެންދެން ލަސްކުރުމުގެ ބޭނުމެއްނެތެވެ. ބަލިވެ އިނުމުގެ އެންމެކުރީގެ ދުވަސްވަރަކީ ކުޑަދަރިފުޅު ބަނޑުގައި އުފެދެމުންއަނަ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. މިދުވަސްވަރުގައި މައިމީހާ އަރާމްކުރުމަށާއި ރަގަޅުކާނާކެއުމަށާއި ޞިއްޙިގޮތުން ދިމާވާ ކުދިކުދި މައްސަލަތަކުގައި ޞިއްޙީ ހިދުމަތްތެރިޔެއްގެ ލަފަޔާއި އރުސާދު ބޭނުންވާނެވެ.

މާބަނޑުވުމުގެ ބައެއް އަލާމާތްތައް ފާހަނގަކުރެވުމާއި އެކު ހާއްސަ ސަމާލކަމެއް ދިނުން މުހިންމެވެ. މިގޮތުން ބަލާއިރު މާބަނޑުވުމުގެ އަލާމާތްތަކަކީ މައްސަރުކަންތައް ނުޖެހުމާއި،އުރަމަތި ބޮޑުވާންފެށުން،ހޮޑުލެވުން މެއިނުބައިކުރުން،ބޯ އެނބުރުން،އަވަސްއަވަހަށް ކުޑަކަމުދާންވުމެވެ.

އަދި މީގެއިތުރުން ބަލިވެއިނދުމުގެ ފަހުކޮޅުގައި ފެންނާނެ އަލާމާތްތަކަކީ :

އުރަމަތި ބޮޑުވުމާއިއެކު ނާރުތައް އެނގުން. ވައްގަނޑުގެ ކައިރި ކުލަގަދަވެ ބޮޑުވުން، މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވޭނީ ފުރަތަމަ އަހަރުއެވެ.

4 ނުވަތަ 4 ބައި މަހުގެ ތެރޭގައި ބަނޑުން ތޮޅުން. އެންމެފުރަތަމަ ތޮޅޭނީ ވަރަށްކުޑަކޮށެވެ. އަލަށް ބަލިވެ އިންނަކުއްޖާއަށް ފަހަރުގައި މި މުއްދަތުގައި ނޭގނި ހިނގައިދާނެއެވެ.

5 މަސް ފުރުމަށްފަހު ހޮޑުލެވި މޭނުބައިކުރާގޮތް ރަނގަޅުވެއެވެ.

ދަރިފުޅު ބޮޑުވަމުން އައިވަރަކަށް މައިމީހާގެ ބަނޑު ބޮޑުވަމުންދާނެއެވެ. 6 މަސްފުރުމުން ބަނޑުބޮޑުވުން އަވަސްވާނެއެވެ. އަދި ރަހިމު ބޮޑުވަމުންދިއުމުގެ ސަބަބުން ނެވާކުރުވުމާއި ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތައް މެދުވެރިއެވެ. 8 މަސްފަހުން މެދަށައް ދުވެ ދަރިފުޅު ތިރޔައްޖެހެއެވެ. މިގޮތުން ތިރިޔައްޖެހުމުން މޭދަށައް ލުއިވުމާއި އެކު އުކުޅުވަޅަށާއި އުނގަނޑުގެ ތެރެޔަށް ތަދުވެއެވެ. އަދި ތަންކޮޅެއް އަވަސްއަވަހައް ކުޑަކަމުދާން ޖެއެވެ.

ކޮންމެ މަޔަކުވެސް ބަލިވެ އިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ޞިއްހީ ހިދުމަތްދޭ ފަރާތަކަށް ދެއްކުންމުހިންމެވެ.  މިގޮތުން:

ފުރަތަމަ ބަލިވެއިންކަން އެގުމުން ވީހާ އަވަހަށްކަށް ޑޮކްޓަރަށް ދެއްކުން

އެއްވެސް އިތުރުއުނދަގުލެއް ނުވާނަމަ 7 މަސްވަންދެން މަހަކު އެއްފަހަރު ދެއްކުން

ހަތްމަހުންފެށިގެން 9 މަސްވަންދެން މަހަކު ދެފަހަރު ދެއްކުން

 މާބަނޑުދުވަސްވަރު ބައެއްފަހަރަށް ނުރައްކާތެރި އަލާމާތްތައް ކުރިމަތިވެ ފުރާނައަށް ގެއްލުން ލިބޭ ހާލަތައް ދެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކާއި އެފަދަ މައުލޫމާތު ހޯދުމަކީ މުހިންމުކަމެކެވެ.  މިގޮތުން ދިމާވާ ނުރައްކަތެރި އަލާމާތްތަކަކީ

ލޭއައުން ނުވަތަ ފެންފޭބުން

އަތްފައި ފޮއްސިވުން

ގަދަޔަށް ބޮލުގައި ރިއްސުން

މޫނުމަތިން ކޮކާބުރާގޮތްވުން

ގިނައިން ހޮޑުލުން

ދުވަސްނުފުރައި ބަނޑުގައި ރިހުން

މާބަނޑު ދުވަސްވަރު ދިމާވާ ސިއްޙި މައްސަލަތަކުން ސަލާމަތްވުމަށް ތިރީގައި މިވާކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ރެޔާ ދުވާލު އެއްފަހަރުނަމަވެސް ސާފުވައިގެ ތެރެޔައް ނިކުމެ ހިނގާލާ އުޅުން.

އާންމުކޮށް ގޭތެރޭގަޔާއި އޮފީހުގައިކުރާ މަސައްކަތް ހުއްޓާނުލާކުރުން.

ނަމަވެސް މާބުރަމަސައްކަތްނުކުރުން.

ރެޔާއިދުވާލު މަދުވެގެން 8 ގަޑިއިރު ނިދުމާއި މެންދުރުފަހުންވެސް ކުޑަކޮށް އަރާމުކޮށްލުން.

އޮށޯވެ އޮންނައިރު ފައިދަށަށް ބާލީހެއް ލައްވައި އުފުލާލައިގެން އޮތުމަކީ ރަނގަޅުކަމެކެވެ.

ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށާއި ރިތިހެދުމަށް ލޮބިކުރަންވާނެއެވެ.

ބަނޑު ހިނދުނަނުދިމަށްޓަކައި ފަތައި ތަރުކާރީއާއި މެވާ ބޭނުންކުރަމުން ގެންދިއުން.

ދަތްތަކުގެ މައްސަލައެއް އުޅޭނަމަ ޑޮކްޓަރަކަސް ދަށްކައިގެން ވިހެއުމުގެ ކުރިން ފަރުވާ ހޯދުން.

ދުވާލަކު އެއްފަހަރު ސައިބޯނިލައިގެން ރަނގަޅަސް ފެންވަރަން ވާނެއެވެ،

ބޭނުންވާ މައުލޫމާތު ޞިއްޙީ ހިދުމަތްތެރިޔަކާއި ގުޅައިގެން ހޯދުން.

ދަރިފުޅައްދޭނެ ކިރު މައިމީހާގެ ގައިގައި އުފެއްދުމަށާއި ވިހާ ދަރިފުޅުގެ ޞިއްހަތު ރަނަގަޅުވެ އެކަށިގެންވާ ބަރުދަނެއް ބެހެއްޓުމަށްޓަކައި ބަލިވެ އިންނަ ދުވަސްވަރު  މައިމީހާ ރަނގަޅު ކާނާ ބޭނުންކުރުން،.ވީމާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މިކާނާތައް ހިމަނާށެވެ.

ކިރު،ކުކުޅުބިސް، ތަރުކާރީއާއި ފެހިކުލަގަދަ ފަތް،މޭވާ

އަސްލު ނަގާފައިވަނީ:

އިންސްއުޓް އޮފް ހެލްތް ސައިންސަސް، 1993 އޮކްޓޫބަރ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން

Next Article

ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރާނީ ކިހިނެއް؟

Related Posts