ތަފާތުވައްތަރުގެ ކެއުންތަކުގެ މައުލޫމާތު..

ހެޔޮބަސް އަކީ ތަފާތު ދާއިރާތަކުން އިލްމީ މައުލޫމާތު ތައް އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފްނުވާނެގޮތުގެ މަތިން އާންމުނަށް ފޯރުކޮށްދިނުމަށް ހެދިފައިވާ ސައިޓެކެވެ. އެހެންކަމުން ކުރިއައް އޮތްތާ ރާއްޖޭގެ މަސްހޫރު ކެއްކުމުގެ ދާއިރާއިން މަތީފެންވަރުގެ ހަރަކާތްތެރިވާ ޖުވޭރިއާ އާއި ގުޅިގެން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ހަދާނެގޮތް ހެޔޮބަހުގެ ކިއުންތެރިންނަށް ހިއްސާކުަރެމެވެ. މިގޮތުން އެންމެ ފުރަތަމަ ބީފް ޕިއްޒާ ހަދާނެ ގޮތް ހުށައަޅާލަމެވެބީފް ޕިއްޒާ ހަދާނެ ގޮތް

ބޭނުންވާތަކެތި

1 ދަޅު ކޯން ބީފް
1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޗީޒް (ގާނާފައިހުރި)
1 ސައިސަމުސާ މުގުރި އަސޭމިރުސް
2 ޓޮމާޓޯ ފޮތިކޮށްފައި
2/1 ޖޯޑު ޕީލްޑް ޓޮމާޓޯ
3/1 ޖޯޑު ޗިލީ ސޯސް
(ފުށްގަނޑަށް)
2 ޖޯޑު ފުށް
1 ބިސް (ގިރާފައި)
1 މޭޒުމަތީ ސަމުސާ ބަޓަރ
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
2 ސައިސަމުސާ ހަކުރު
5/1 ސައިސަމުސާލޮނު

ފުރަތަމަ ފުށް ގަނޑަށް ބޭނުންވާ ހުރިހާބާވަތް ރަނގަޅަށް އެއްކޮށްފައި ތާފަނާ ފެނުން މޮޑެފައި ކޮތަޅަކަށް ލާފައި އައްސާފައި ބާއްވާށެވެ. ދެން ތަވާއުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާފިޔާކޮޅާއި މިރުސްކޮޅު އަޅާފައި ފިޔަކޮޅު މޯޅިވީމާ މަސް. ލޮނު، އަސޭމިރުސް އަޖިނަމޮޓޯ ޕީލްޑް ޓޮމާޓޯ ، އަދި ޗިލީ ސޯސް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. ދެން ޓްރޭގައި ބަޓަރުކޮޅެއްހާކާފައި ފުށްގަނޑު 4/1 އިންޗީގެ ބޯމިނަށް ދަމާލާފައި ފުށްގަނޑު ޓްރޭގެ ތެރޭގައި ބާއްވާފައި މަސްފުށްގަނޑު މަތީގައި އަތުރާލާފައި މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ޕަސެންޖާރ ލައިނާރތައް

Next Article

އާއެކެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ނަޞީބުވެރިންނެވެ

Related Posts