Categories
ހުރިހާ ލިޔުންތައް

ކައިވެނީގެ މުހިންމުކަން( 3 ވަނަ ބައި)

ކައިވެނީގެ ޙުކުމް

ކައިވެނި ކުރުން އެއީ އިސްލާމްދީނުގައި ޘާބިތު އަދި އެކަމަށްބާރު އަޅައިފައިވާ ކަމެކެވެ. އަދި އެއީ އަޅުކަމުގެ ތެރެއިންވެސް ހިމެނިގެންވާ ކަމެކެވެ. މިކަން ކީރިތި ޤުރުއާނުންނާއި، ރަސޫލާގެ ސުންނަތުން އަދި އިޖުމާޢުން ސާބިތުވެއެވެ.

Categories
ހުރިހާ ލިޔުންތައް

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 2

ބިރުވެރި ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމަތްތަކުގެ ތެރެއިން،  ޢީސާ ޢަލައިހިއްސަލާމާއިގެން މަރިޔަމް އަލައިހިއްޞަލާމް ހައްޔަރުވެވަޑައިގަތުން
މަލާޢިކަތްބޭކަލުން އެކަމަނާއަށް މަތިވެރިވެގެންވާ ޚަބަރުދެއްވައި، އެކަމަނާއަކީ ޢާލަމްތަކުގެ ހުރިހާ އަންހެނުންތަކުގެ މައްޗަށް މާތްކުރެއްވިގެންވާ ބޭކަނބަލެއްކަމާއި އަދި އެކަމަނާއަށް ޞާލިޙުފިރިހެންދަރި

Categories
ހުރިހާ ލިޔުންތައް

ޢިއްފަތާއި ޞިއްޙަތު “ފުށަތުބަލި” ޖިންސިއްޔާތުގައި

އަލްމަރްޙޫމް ޢުމަރު ޢީސާ
“އަބޫ ނަވާސްގެ ޅެންބައިތުގައި އޮންނަ ފަދައިން އެބައްޔެއްގެ ޢަމަލުތަކަކުން އެބައްޔަކަށް ބޭހެއް ނުކުރެވޭނެއެވެ. މިކަމާ މެދަކު އޮޅުމެއް ނެތެވެ. އެހެންވީއިރު ބަލިމީހާ އެބަލިން ގަދަވުން އެދޭނަމަ ފުރަތަމަ ފިޔަވަޅަކީ ކޮންމެފަދަ ހުރަހެއް އަޅައިގެން ނަމަވެސް

Categories
ހުރިހާ ލިޔުންތައް

ހެޔޮ ކަންކަމަށް ގޮވައިލުމުގެ އަދަބުތައް

ޢަބްދުﷲ ފާރޫގް ޙަސަން
ޙިމްޔަރު ވަންހަ އަކީ ޤަދީމީ ޢަރަބި ކަރައިގެ ބާރުގަދަ ޤަބީލާއެކެވެ. އެ ޤަބީލާ އިން އެތަކެއް ސަތޭކަ އަހަރެއް ވަންދެން ޔަމަނު ކަރައިގައި ރަސްކަން ކުރިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙިމްޔަރު ވަންހައިގެ ޝާހީ ޢާއިލާގެ މެމްބަރުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅެއް ފޮނުއްވިއެވެ.

Categories
ހުރިހާ ލިޔުންތައް

ސުވަރުގެ ދާނީ އަހަރެން އެކަންޏެވެ.

އަހަރެން މިހިރީ އެންމެ ޞައްޙަ އަޤީދާގެ މަތީގައެވެ.
އަހަރެން ނޫން މީހަކު މިޒަމާނުގައި ޞައްޙަ އަޤީދާގެ މައްޗަކު ނެތެވެ.
އަހަރެން ނޫން މީހަކު ރަސޫލުﷲ ގެފާނުގެ ސުންނަތަށް އުޅޭ މީހަކު ނެތެވެ.
އަހަރެން ނޫން މީހަކު

Categories
ހުރިހާ ލިޔުންތައް

ދިވެހިބަސް ދިރާސާކޮށް މުއްސަނދި ކުރުން

ޙަބީބާ ޙުސައިން ޙަބީބް

ބަހުގެ ޢިލްމުވެރިން ވިދާޅުވާ ފަދައިން އަދި އިންސައިކްލޯޕީޑިއާ ބްރިޓޭނިކާގައިވެސްވާ ފަދައިން، ދުނިޔޭގެ އަހުލުވެރިން ވާހަކަ ދައްކައި ލިޔެކިޔެއުޅޭ ތިންހާހަކަށްވުރެ ގިނަ ބަސް އެބައޮތެވެ. ނަމަވެސް، މީގެތެރެއިން މިހާރުވެސް ބައެއް ބަސްތައް އުވެމުން އެބަދެއެވެ. އެއީ އެބަ

Categories
ހުރިހާ ލިޔުންތައް

ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދޭ

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
މާތްﷲ ވަހީކުރައްވާފައިވެއެވެ.
“الَّذِينَ آَمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ” (الأنعام: 82)
މާނައީ: “އީމާންވެ، އެބައިމީހުންގެ ޢަމަލުތައް އަނިޔާއަކާއި، (އެބަހީ ޝިރުކަކާއި) މަސްހުނި ނުކުރިމީހުން ދަންނައެވެ. އެބައިމީހުންނަކީ އެއީ އަމާންކަން ލިބިގެންވާ މީހުންނެވެ. އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީވެސް އެބައިމީހުންނެވެ.”

Categories
ހުރިހާ ލިޔުންތައް

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 2 ވަނަ ބައި)

އިސްލާމީ ޝަރީޢަތުގައި ވަރި ހުއްދަވުން

ވަރި ހުއްދަވެފައިވާކަން އެނގެނީ އަންނަނިވި އާޔަތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައަކީ: “ވަރި ކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮ ރަނގަޅު ގޮތުގައި، ބައިތިއްބާށެވެ! ނުވަތަ، ހެޔޮ ރަނގަޅު ގޮތުގައި ދިޔަދޭށެވެ.” މިއާޔަތުން ވަރިއަކީ ޝަރުޢުކުރަށްވާފައިވާ އެއްޗެއްކަމަށާއި އަދިވަރި ކުރަންވީ ގޮތް ބަޔާންވެގެން ހިނގައްޖެއެވެ. ވަރިކުރަންވީ ހެޔޮރަނގަޅު ގޮތުގައެވެ. އެއްވެސް

Categories
ހުރިހާ ލިޔުންތައް

ޒިނޭކުރުން ގިނަވެފައިވަނިކޮށް އައި ބިންހެލުން

މުޙައްމަދު މުސްޠަފާ ޙުސެއިން/ދަރުމަ – އޯގަސްޓް 2003

އިސްވެ ދިޔަ ޤައުމުތައް ކަމުގައިވާ ޢާދު އާއި ޘަމޫދް އާއި މަދްޔަނާއި ސަދޫމް ހަލާކުވެ ފަނާވެ ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. އެޤައުމުތައް ހަލާކުވެ ދިޔައީ، އެޤައުމުތަކުގެ މީހުން ކުރަމުންދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. އެއީ އީމާންތެރިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުންނެވެ.

Categories
ހުރިހާ ލިޔުންތައް

އިނގިލިބުރި ރަސްގެފާނުގެ ވާހަކަ

އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. މިރަސްގެފާނުގެ އަރިހުގައި ވަރަށް ތަޤުވާވެރި ހުރިހާކަމެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލުކުރާ ވަޒީރެއް ހުއްޓެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދަނިކޮށް އެއްކަލަ ރަސްގެފާނުގެ އިނގިލިފުޅެއް ބުރިވެއްޖެއެވެ. އަދި ވަރަށް ގިނައިން ލޭއަންނަން ފަށައިފިއެވެ. އެވަގުތު ވަޒީރު ބުންޏެވެ. “ރަނގަޅަށް ކޮންމެކަމެއްވެސް ވާނީ. ތިކަމުގައިވެސް ރަނގަޅެއް ވާނެއެވެ. އިންޝާﷲ”