ބޯވާގެ އެންމެ ބޮޑަތިވާ ވައްތަރު

ބޯވާގެ ވައްތަރުތަކަށް ބަލާއިރު އެންމެ ބޮޑެތިވާ ވައްތަރުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޖަޔަންޓް ޕެސިފިކް އޮކްޓޮޕަސް ގެ ނަމުން ނަންދެވިފައިވާ ބޯވާއެވެ. މިބާވަތުގެ ބޯވާ އުޅެނީ ޕެސިފިކް އުތުރުގެ ސަރަހައްދުތަކުގެއެވެ. މިގޮތުން ކެލިފޯނިއާ އަދި އެލަސްކާގެ ސަރަހައްދުން މިބާވަތުގެ ބޯވާ ފެންނަކަން ފާހަގަކުރެވެއެވެ. މިބާވަތުގެ ބޯވާއަކީ ބޯވާގެ ތެރޭގައި އެންމެ ބޮޑުވާ ވައްތަރުކަމަށް ރެކޯޑުތަކުން ދައްކާއިރު އެންމެ އުމުރު ދިގު ބޯވާއަކީވެސް މިބާވަތުގެ ބޯވާއެވެ. އާންމުކޮށް އުޅޭ ގިނަ ވައްތަރުތަކުގެ ބޯވާގެ އުމުރަކީ ގާތްގަނޑަކަށް ދެ އަހަރެވެ. އެހެންނަމަވެސް ޖަޔަންޓް އޮކްޓޮޕަސް ގެ އުމުރަކީ 3 ނުވަތަ 5 އަހަރެވެ.

ފައިތަކުގައި 30 ފޫޓު ހުންނަ ޖަޔަންޓް އޮކްޓޮޕަސް ފެނިފަައިވާއިރު އާންމުކޮށް ފެންނަ މިބާވަތުގެ ބޯވާގެ ފައެއްގައި ހުންނަނީ 14 ފޫޓެވެ. އާންމުކޮށް ފެންނަ މިބާވަތުގެ ބޯވާއެއްގެ ބަރުދަނަކީ 15 ކިލޯއެވެ.

ބޯވާގެ ވައްތަރުތައް އާންމުކޮށް މާހައުލާ އެއްގޮތަށް ކުލަ ބަދަލުކުރެއެވެ. ހަމަ އެގޮތަށް މިބާވަތުގެ ބޯވާ ވެސް މާހައުލާ އެއްގޮތަށް ކުލަ ބަދަލުކުރެއެވެ. ހަމަޖެހިގެން ބޯވާ އިންނައިރު ބޯވާގެ ކުލަޔަކީ މެރޫންކުލައެވެ. އެހެންނަމަވެސް ހަރަކާތްތެރިވެ އުޅޭއިރު ހާލަތާއި އެއްގޮތަށް ކުލަ ބަދަލުކޮށްލައެވެ.

ޖަޔަންޓް އޮކްޓޮޕަސް އަކީ ނެތެމުން އަންނަ ބާވަތްތަކުގެ  ތެރޭގައި ފާހަގަކުރެވިފައި ނުވާ ވައްތަރެކެވެ.  މިބާވަތުގެ ބޯވާ އާންމުކޮށް ކައި އުޅެނީ  ސްރިމްޕް ، ކަކުނި  ގާހަކަ، ސަންގުފަދަ ތަކެތީގެ އިތުރައް މަހުގެ ވައްތަރުތަކެވެ

ޖަޔަންޓް ޕެސިފިކް އޮކްޓޮޕަސް 100،000 ބިސް ދޫކޮށްލައެވެ. އެހެންނަމަވެސް މޫދުގައި އުޅޭ ދިރުންތަކުން ސަލާމަތްވެގެން ބޮޑުވަނީ މަދު އެއްޗެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޙަރަކާތާއި ގްރެވިޓީގެ ޤާނޫނުތައް

Next Article

މިއަދުގެ މުޖުތަމަޢުގައި އަންހެންކަނބަލުން!

Related Posts