ސިހުރު ހަދައިގެން ޖިންނިޝައިތާނުންގެ އެހީގައި ބައިވެރިޔަކުހޯދުން

ރާއްޖޭގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޞިހުރުގެ އަމަލުތައް އަންނަނީ ހިނގަމުންނެވެ. މި ގޮތުން އަންހެނުން ހޯދުމާއި ބޮޑެތި ކުޅިވަރު މުބާރާތްތައް ކާމިޔާބުކުރުމަށާއި އަދި ތިމާ ބޭނުންވާ ކަންތައް ތައް ހާސިލްކުރުމަށްޓަކައި ޞިހްރު ހަދައެވެ. އަދި މީގެ އެންމެ ނުރައްކާވައްތަރުކަމަށްވާ މީހުނަށް ގެއްލުންދޭ ޞިހްރުވެސް މިއަދު މިވަނީ އާންމުކަމަކަށްވެފައެވެ. މިފަދަ ކަންތައްތައް ކުރުމަކީ ﷲ ހަރާމްކުރެއްވި ބޮޑު ފާފައަކަށް ވީނަމަވެސް ޞިހްރުގެ އަމަލުތައް ހިންގާ ދުނިޔެމަތީގައި އެއްވެސް ބިރެއްނެތި އަންނަނީ ހިންގަމުންނެވެ. އަދި ޞިޙްރުގެ ބާވަތްތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާކަމަށް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މީހުންނަށް ގެއްލުންދޭން ހަދާ ޞިހްރެވެ. އަދި މީހުންނާއި އިނުމަށްވެސް ބޭނުންވާ ކަންކަން ހާސިލްކުރުމަށް މީހުންނަށް ގެއްލުންދޭ ޞިހްރުވެސް ހަދަނީ މަދެއްކޮށް ނޫނެވެ. ޞިޙްރު ހަދައިގެން ޖިންނި ޝައިތާނުންގެ އެހީގައި ބައިވެރިޔަކު ހޯދާ ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއްތޯ އޮޅުން ފިލުވަން ބޭނުންވާ ފަރާތްތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިކަމާއި ބެހޭގޮތުން ކުރެވިފައިވާ ސުވާލަކަށް އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދެއްވާފައިވާ ޖަވާބު ހެޔޮބަސްގެ ކިޔުންތެރިންނަށް ހިއްސާކޮށްލަމެވެ.

ސިހުރު ހަދައިގެން ޖިންނިޝައިތާނުންގެ އެހީގައި ބައިވެރިޔަކު ހޯދާ ކުރާކައިވެނި ހަލާލްވާނެތޯ؟އަދި ހޯދާ ދަރިންވެސް ހަލާލުވާނެތޯ؟

ޖަވާބު:
الحمد لله رب العالمين، والصلاة والسلام على نبينا محمد وآله وصحبه أجمعين..أما بعد
ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގަ އަންގަވާފައިވަނީ ”وَمَا كَفَرَ سُلَيْمَانُ ”“އަދި سليمان އަލައިހިއްސަލާމް، كافر ވެވަޑައެއް ނުގަންނަވައެވެ.““وَلَـٰكِنَّ الشَّيَاطِينَ كَفَرُوا““އަދި ކިއެއް ހެއްޔެވެ! شيطان ން ތަކޭ ކާފިރުވީ““يُعَلِّمُونَ النَّاسَ السِّحْرَ ”“އެއުރެން މީސްތަކުންނަށް ސިޙްރު އުގަންނާދީގެން“ އެހެންވީމާ ސިޙްރުގެ ޢަމަލަކީ ކުފުރުގެ ޢަމަލެއް ޝިރުކުގެ ޢަމަލެއް. އެކަން ކޮށްގެން ޖިންނި ޝައިތާނުންތައް މެދުވެރިކޮށްގެން ކުދިންނާއި ކައިވެނިކުރުމާއި، އަދި ހަމަ އެހެންމެ އޭގެ ޒަރީޢާއިން ދަރިން ހޯދުމަކީ އެއްވެސް ހާލެއްގައި ޙުއްދަކަމެއްނޫން. ޝައްކެއް ނެތް ގޮތުގަ ސިޙްރެއް ހަދައިގެން އަންހެންކުއްޖަކު ހޯދާކަމުގައިވާނަމަ އޭނާ ކައިވެންޔަށް ރުހޭ ރުހުމަކީ އޭނާގެ އަމިއްލަ އިޙްތިޔާރުގައި ރުހޭ ރުޙުމެއްކަމުގައި ނުވޭ. އެހެންނަމަވެސް ކައިވެނީގެ ޝަރުތު ތަކުގެ ތެރޭގެ ޝަރުތެއް، (ރުކުނެއް) އޭނާގެ ފުރިހަމަ އިޙްތިޔާރުގަ އޭނާގެ ރުހުން އޮތުން. އެހެންވީމާ މިރުހުން މިއަންނަނީ އޭނާގެ އަމިއްލަ ފުރިހަމަ އިޙްތިޔާރުގައި ކަމުގައި ނުވާތީވެ މިކަން ޞައްހައެއް ނުވާނެ. އެހެންވީމާ އެއީ ދަރިން ހޯދުމުގެ މަގެއްގެގޮތުން ނުބައިވެގެންވާ މަގެއް. އެހެންވީމާ އެފަދަ ކައިވެންޏެއްކޮށްގެން ހޯދާ ދަރިންވެސް ރަނގަޅެއް ނުވާނެ………..والله أعلم

އަސްލު ނެގިފައިވަނީ އިސްލާމީނޫރުން

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކްއިކް ޝޮޕިންގ ލިސްޓް – ބޭނުންތެރި އެޕްލިކޭޝަނެއް.

Next Article

ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލާ ހެޔޮމަގަށް ރުޖޫޢަވަމާތޯ!

Related Posts