އިބްނު ބަތޫތާ

މުޅި ދުނިޔެއައް މަސްޙޫރު ޞައްޔާހު އިބްނު ބަތޫތާއަކީ މޮރޮކޯ ނުވަތަ މަޤުރިބުކަރައިގެ މުސްލިމް އާއިލާއަކަށް އުފަން ބޭފުޅެކެވެ. އިބުނު ބަތޫތާ ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 25 ފެބްރުއަރީ 1304 ގައެއެވެ. އެންމެ ކުޑައިރުންފަށައިގެންވެސް އިބުނު ބަތޫތާ އުންމީދުކުރަމުން އައީ ފަނޑިޔާރަކަށްވުމަށެވެ. މިގޮތުން ކިޔަވާ ވިދާޅުވުމަށްފަހު އިބުނު ބަތޫތާ މައްކާއަށް ވަޑައިގެން ހައްޖުކުރެއްވުމަށް ގަސްތުކުރަށްވާ ދަތުރުފެށިއެވެ. އޭރު އުމުރުފުޅަކީ 21 އަހަރެވެ. 3000 މޭލުގެ ދިގު ރާސްތާ ކަޑައްތުކޮށް އަހަރެއްހާ ދުވަސްތެރޭގައި މައްކާއައްވަޑައިގެން ހައްޖުގެ އަޅުކަން އަދާކުރެއްވެވިއެވެ. މައްކާއަށް ވަޑައިގެންނެވި ދަތުރުގައި ގާޙިރާ އަދި އެލެކްޒެންޑީރިއާ އާއި ތޫނިސްގައި މަޑުކުރެއްވިއެވެ. މައްކާއަށް ވަޑައިގެން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު 14 ޖޫން 1325 ގައި މައްކާ ދޫކުރަށްވާ ދަތުރުފެށިއެވެ. އަދި ހައްޖުގެ ދަތުރަށްފަހު ދުނިޔޭގެ އެތަންމިތާ ދަތުރުކުރެއްވުމުގެ ވިސްނުންފުޅާއި އެކު ދަތުރުފެށިއެވެ.

އިބުނު ބަތޫތާގެ ދަތުރުފުޅުގައި ދުނިޔޭގެ އެތައް މިތާ ދަތުރުކުރެއްވިނަމަވެސް އެއްވެސް މަގަކުން ދެފަހަރު ދަތުރުކޮށްފައިނުވެއެވެ. އަދި އިބުނު ބަތޫތާއަކީ މެދުއިރުމަތީގެ ބިންތައް ހޯދި އެންމެ ފުރަތަމަ ދަތުރުވެރިޔާއެވެ. ރެޑްސީ ގައި ދަތުރުކޮށް މައްކާއައް ވަޑައިގެން އަދި އަރަބި ސަހަރާ ހުރަސްކޮށް އިރާގު އަދި އީރާނަށް ވަޑައިގަތެވެ. ފަހުން ރެޑްސީ ހުރަސްކޮށް އަދަނަށް ވަޑައިގެން އެއައްފަހު އިރުމަތި އެފްރިކާގެ ކަނޑުގައި ދަތުރުކުރައްވާ ޓެންޒޭނިއާއައް ވަޑައިގެންނެވިއެވެ. އެދަތުރުގެ ފަހުން އިންޑިއާއައް ވަޑައިގަތުމަށް ނިންމަވާ އިންޑިއާއައް ވަޑައިގަތެވެ. އިންޑިއާއައް ވަޑައިގެންނެވުމުން ދިއްލީގެ ރަދުން  ފަނޑިޔާރުކަމުގެ ވަޒީފާ ދެއްވިއެވެ.  އެހެންކަމުން އިންޑިއާގައި 8 އަހަރުދުވަހު  ހުންނެވިއެވެ. އަދި އެއައްފަހު ޗައިނާއަށް ވަޑައިގަތެވެ.

 އިބުނު ބަތޫތާ ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވެ ވަޑައިގަތުމަށްފަހު 1349 ގައި އުފަންރަށްކަމަށްވާ މަޤުރިބުގެ ޓެންގިއަރއަށް ވަޑައިގަތެވެ. އެޔައްފަހު 1352 ގައި ދެކުނަށް ވަޑައިގަތެވެ. މިގޮތުން އެފްރިކާގެ މާލީއަށް ވަޑައިތަވެ. އަދި 1354 ގައި އެނބުރި މަޤުރިބަށް ވަޑައިގަތެވެ. އިބުނު ބަތޫތާ 29 އަހަރު 75،000މޭލައް ދަތުކުރެއްވިއެވެ. އިބުނު ބަތޫތާގެ މިދަތުރުތަކުގައި ހުރިހާ މުސްލިމް ގައުމަކަށް ވަޑައިގެން 60 ވެރިންނާއި ބައްދަލުކުރަށްވާފައިވެއެވެ. ދުނިޔޭގައި އިބުނު ބަތޫތާ ދަތުރުކުރެއްވުމުގައި މެދުއިރުމައްޗާއި ދެކުނު ޔޫރަޕް އަދި އެފްރިކާ، އޭސިއާގެ ގިނަ ސަރަހައްދުތަކަށް ދަތުރުކުރަށްވާފައިވެއެވެ. މި ދަތުރެއްވުމުގައި ރާއްޖެވަޑައިގެން ފަނޑިޔާރުކަން ކުރަށްފައިވާކަމަށާއި ދިވެހި ކަނބަލަކާއި ކައިވެނިބެއްލެވިކަމަށްވެސް ބުނެވެއެވެ. އިބުނު ބަތޫތާ ދުނިޔެ ދޫކުރެއްވީ އުރުފުޅުން 64 ނުވަތަ 65 އަހަރުގައި 1369 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލާ ހެޔޮމަގަށް ރުޖޫޢަވަމާތޯ!

Next Article

އަލުން ދިރުއްވުން( 1ވަނަ ބައި)

Related Posts