ދުނިޔޭގައި ބޮޑެތި ބިންހެލުންތަކާއި ބޮޑުރާޅުއެރުމުގެ ހާދިސާ ތަކުގައި މިސްކިއްތައް

ﷲ ކޮންމެ ކަމެއް ހަރާންކުރެއްވުމުގައިވެސް އަދި ހަލާލުކުރެއްވުމުގައިވެސް ހިކުމަތްތަކެއްވާނެއެވެ.  އަދި ހަމަ އެހެންމެ  ބިންހެލުންތަކާއި ބޮޑުރާޅުއެރުންފަދަ ކަންތައްތަކުގައިވެސް ހިކުމަތެއްވާނެކަން ޔަގީނެވެ. ހަމަ އެހެންމެ ވިސްނާފިކުރުކުރާބަޔަކަށް ދުނިޔެމަތީގައި  އިބްރަތެއްވާނެކަން ޔަގީނެވެ. ދުނިޔެއަށް ﷲ އިންސާނާ ލައްވާ އިންސާނާ ދިރިއުޅެންވީ މަގު އަންގަވާދެއްވުމަށްފަހު ﷲ އިންސާނާ އިމްތިހާނުކުރައްވައެވެ. ޝައްކެއްނެތެވެ. ﷲ ނުރުއްސަވާކަންތައްކޮށް ﷲ ގެ އަމުރުފުޅުތަކާއި ދިމާ އިދިކޮކޮޅައް އުޅޭފަރާތްތަކަށް ﷲގެ ކޯފާއާއި އަޒާބްދެއްވުމަށް ﷲ ކުޅަދުންވަންތައެވެ.   ނިކަންވިސްނާލަމާ ހިނގާށެވެ. ތުރުކީވިލާތައް އައި ބިންހެލުމާއި 2004 ވަނައަހަރު އިންޑެނޭސިއާގެ ސްމަޓްރާއއި ބަންޑަޗޭއައް އައި ސްނާމީ ގައި ކަންތައްވީގޮތަކީ އަޖައިބުންފުރިގެންވާފަދަ ގޮތެކެވެ. އެ ހާދިސާތައް ހިނގުމުގެ ކުރިން އެތަންތަނުގައި ﷲ އުރެދުމުގެ ހައްދުފަހަނައެޅުމުގެ އެތައް އަމަލެއް ހިނގާފައިވާކަންވަނީ ފާހަގަކުރެވިފައެވެ. އަދި އެފަދަ އަމަލުތައް އެތާ ހިނގާފައިވާކަމަށް އަޅުގަނޑާ ދިމާވި އެ ރަށްތަކުގެ މީހުން ބުނެފައިވެއެވެ. އެ ހާދިސާތަކަށްފަހު އެސަރަހައްދުތައް މުޅިން ސުންނާފަތިވެފައިވާއިރު މިސްކިއްތައް ވަރަށް ރީތިކޮށްފެންނާން ހުއްޓެވެ. ފެނުގެ މާބޮޑުއަސަރެއްނުކުރެވެ. މީގައިވެސް ވިސްނާބަޔަކަށް ހެކިތަކެއްވާނެކަންކަށަވަރަވެ. އަދި ހަމަ އެހެންމެ މީ ކޯފާއެެއްކަން ނުވަތަ ނޫންކަންވެސް ދެނެވޮޑިގެންވަނީ ﷲ އެވެ.

އިންޑޮނޭސިއާގެ ސްނާމީއައި ސަރަހައްދުގައި ހުރި މިސްކިއްތައް:

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ވިސްނުންތެރިކަމާ އެކު ކާށެވެ. އިސްރާފުނުކޮށް ފަހަށް ރައްކާ ކުރާށެވެ.

Next Article

އަރާމު ނިންޖަކަށް ހުރަސްއެޅޭ ކަންތައްތަކުން ދުރުހެލިވުން

Related Posts