ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކާއި އެކު ދިވެހިންވެސް އަންނަނީ ކުރިއަރަމުންނެވެ. އަދި ހާއްސަކޮށް އަލައް ތަޢާރަފްވާ ޓެކްނޮލޮޖީތަކުގެ ބޭނުންވެސް ދިވެހިން އަންނަނީ ހިފަމުންނެވެ. ހަމަ އެހެންމެ އިންޓަރނެޓާއި ސޯސިއަލް ނެޓްވާރކްތަކުގެ ބޭނުން އިންތިހާ އަށް މިވަނީ ބޮޑުވެފައެވެ. ހަބަރު ހޯދުމަށާއި އަދިވެސް އެހެނިހެން މުޢާމަލާތުތައް ކުރުމަށެވެ. އަދި މިހާރު ދިވެހިންނަކީ ދުނިޔެއަށް ލޯހުޅުވިފައިތިބި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެކެވެ. މިގޮތުން ދިވެހިންގެ ތެރޭން ގިނަ މީހުންނަކީ މިހާރު އިންޓަރނެޓްގެ ބޭނުން ހިފާ ބައެކެވެ.
ގިނަ މީހުން ބޭނުންކުރާ ފޯނުތަކުން އިންޓަރނެޓް ބޭނުންކުރެއެވެ. އެހެންނަމަވެސް ދިވެހި ވެބްސައިޓްތައް ބެލުން މަދުކަން ފާހަގަކުރެވެއެވެ. އަދި މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް ދިވެހި ސައިޓްތަކަށް ވަދެ ހަބަރު ކިއުމަކީ ދަތިކަމެކެވެ. އޭގެތެރޭގައި މަސްވެރިންނާއި ހަދަމުންދާ ރިސޯޓްތަކުގައި މަސައްކަތްކުރަށްވާ ބޭފުޅުން ހިމެނެއެވެ. އެހެންކަމުން އަޅުގަނޑު މިލިއުމުގައި ހެޔޮބަސްގެ ކިޔުންތެރިންނަށް މިހިއްސާކޮށްލަނީ ދިވެހި ކޮންމެ ސައިޓެއްވެސް ފޯނު މެދުވެރިކޮށް ބެލޭނެ ގޮތެކެވެ. ހަމަ އެހެންމެ އިންޓަރނެޓައް ވަދެވޭ ފޯނުތަކުން ދިވެހި ސައިޓްތައް ފަސޭހަކަމާއި އެކު ބަލައިލެވޭނެ ގޮތެކެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން މަސައްކަތްތެރިންނަށްވެސް ދިވެހި ސައިޓް ތަކުން ހަބަރާއި މައުލޫމާތު ހޯދަން ފަސޭހަގޮތެކެވެ.
މޯބައިލް ފޯނުން ދިވެހި ސައިޓްތައް ބެއްލުވުމަށްޓަކައި މާ އުނދަގޫކަމެއް ކުރާކަށް ނުޖެހެއެވެ. ފޯނުން ދިވެހި ސައިޓްތައް ބަލަން ބޭނުން ފަރާތްތަކުން މަޝްހޫރު ވެބް ބްރޯސާރ އޮޕޭރާ މިނީ ގެ މޮބައިލް ވާރސަން ޑައުންލޯޑްކުރަށްވާށެވެ. އެފޯނަކާއި ގުޅޭ ވާރޝަންއެއް ފަސޭހަކަމާއި އެކު www.getjar.com , އަދި www.opera.com އިންވެސް ޑައުންލޯޑުކުރެވޭނެއެވެ. އަދި އިންޓަރނެޓްގައި ސާރޗުކޮށްގެން އޮޕެރާ މިނީ ޑައުންލޯޑްކުރެވޭ އެހެން ސައިޓްތައްވެސް ހުންނާނެއެވެ.
ދިވެހި ސައިޓްތައް ބެލުމައް އޮޕެރާ މިނީ ޑައުންލޯޑްކުރެއްވުމަށްފަހު ސެޓިން ހަދާނެ ގޮތް:
އޮޕެރާ މިނީ ޑައުންލޯޑްކުރުމަށްފަހު އިންސްޓޯލްކުރަށްވާށެވެ.
އޮޕެރާ މިނީ އިންސްޓޯލްކުރަށްވާފައި ހުޅުވާލާށެވެ.
ހުޅުވުމަށްފަހު ސައިޓް އެޑްރެސް ޖަހާތަނުގައި
Config: ޖަހާފައި އެންޓާރ ކޮށްލުމުން އަންނަ ސުވާލުތަކުގެ ތެރެއިން ތިރީގައި ވާ ސުވާލުގައި ،yes ޖަހާށެވެ. އޮޕެރާ މިނީ ޑައުންލޯޑް ކޮށްފައި އިންސްޓޯލްކުރާއިރު މި ސުވާލުގައި އިންނާނީ no އެވެ. އެހެންނަމަވެސް yes ނެގެން ހަމަ އެތާނގައި އިންނާނެއެވެ.
ސުވާލު:
Use bitmap fonts for complex scripts
If enabled, text written with complex scripts will be rendered on the server instead of in your device.
މި ސުވާލުގައި yes ޖެހުމަށްފަހު ސޭވްކޮށްލާށެވެ. އަދި ރީތިކޮށް ބެއްލެވުމަށްޓަކައި މި ސުވާލުގެ އިތުރަށް ދެން ފެންނަން ހުންނަ ސުވާލުތަކުގައިވެސް yes ޖަހާށެވެ. ސޭވްކޮށްފައި ދިވެހި ސައިޓްތަކަށް ވަންނަވާށެވެ. މި ސެޓިން ހެދުމުން ފަސޭހަކަމާއި އެކު ދިވެހި ސައިޓްތަކުން ހަބަރު ކިޔުއްވޭނެއެވެ. މި ސެޓިން ހައްދަވާނެ ގޮތް މި ސައިޓްގައި ލިއުމުގެ ކުރިން ހެޔޮބަސް ގެ ފަރާތުން ޓެސްޓް ކޮށްފައިވާނެއެވެ. އަދި ރާއްޖޭގެ ބޮޑެތި އޮންލައިން ނޫސްތަކަށް އަދި ހެޔޮބަސް ސައިޓަށްވެސް ވަދެ ތަޖުރިބާކުރެވުނެވެ.