1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ.
ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނދުން ޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ފަހެ ކާފިރުންޤަރާރުވެ ތިބޭނެ ތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟”
ރ- ފުރަގަސްދިނުމުގެ ސަބަބުން ކާފިރުވުން: އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “ذَلِكَ بِأَنَّهُمْ آَمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ” المنافقون: ٣ މާނަ: “އެއީ (އެބައިމީހުން ދޮގުހަދައި) އަދި ނުބައި ޢަމަލުތައް ކުރަމުން އެދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެންކާފިރުވީކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވި ބަންދުކުރެއްވިއްޖެއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.”
2- ކުޑަ ކުފުރު ނުވަތަ މިއްލަތުން ބޭރުނުވާ ކުފުރު: އެއީ ނިޢުމަތަށް ކުފުރުވުމެވެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.”وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ” النحل: ١١٢ މާނަ: އަދި ﷲ ތަޢާލާ ރަށެއްގެ މިސާލު ޖެއްސެވިއެވެ. އެރަށް ވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ އަހުލުވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާއެކު ރިޒްޤު އާދެއެވެ. ދެން އެރަށުގެ އަހުލުވެރީން ﷲ ގެ ނިޢުމަތަށް ކާފިރުވިއެވެ. ދެންފަހެ އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީހުންގެ ގައިގާ ﷲ ތަޢާލާ ލެއްވިއެވެ. އެއީ އެމީހުން ކުރާކަމުގައިވި ކަންތައްތަކުންނެވެ.” އަދި ﷲ ތަޢާލާގެ މި ވަޙީބަސްފުޅުވެސް އެއީ މިކަމުގެ ދަލީލެކެވެ. “إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ” إبراهيم: ٣٤ މާނަ: “ހަމަކަށަވަރުން އިންސާނާވީ (ނިޢުމަތްތަކުގެ ޝުކުރު ﷲ ނޫން ފަރާތްތަކަށް އަނބުރާލާ އެކަލާނގެ ނޫންފަރާތްތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ ނަފްސަށް އަނިޔާވެރިއަކު ކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފިރުވާ މީހަކުކަމުގައެވެ.”
އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އީމާންވުމަށްފަހުގައި ކާފިރުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާދޭނވެ! އަދި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ކުފުރާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކުރައްވާދޭނވެ! އާމީން ޔާ ރައްބަލް ޢާލަމީން.