ކައިވެނި ޝަރުޢުކުރެއްވުން
ކައިވެންޏަކީ ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ، ޝަރުޢުގައި އޭގެ ޙުކުމްތައް ބަޔާންވެގެންވާ ދީނީ އަޅުކަމެކެވެ. އަދި ދުނިޔެވީފައިދާތައްވެސް އެކަމުން ލިބިގެންދާ މުޢާމަލާއެކެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާ ފައިވެއެވެ.﴿وَإِنْخِفْتُمْأَلاَّتُقْسِطُواْفِىٱلْيَتَامَىٰفَٱنكِحُواْمَاطَابَلَكُمْمِّنَٱلنِّسَآءِمَثْنَىٰوَثُلاَثَوَرُبَاعَفَإِنْخِفْتُمْأَلاَّتَعْدِلُواْفَوَاحِدَةًأَوْمَامَلَكَتْأَيْمَانُكُمْذٰلِكَأَدْنَىٰأَلاَّتَعُولُواْ﴾[1]މާނައީ:”ޔަތީމުންނާމެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކައިވެނި ކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާއި ކައިވެނީ ކުރާށެވެ. ދެމީހުނާއެވެ. ނުވަތަ ތިންމީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.”
އަދި ހަމައެފަދައިން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.(يامعشرالشبابمناستطاعمنكمالباءةفليتزوجفإنهأغضللبصروأحصنللفرجومنلميستطعفعليهبالصومفإنهلهوجاء)[2]މާނައީ: “އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތައްތަކުން ދުރުކޮށްދޭ އައްޑަނައެކެވެ.”
ކައިވެނި ޝަރުޢު ކުރެއްވުމުގެ ޙިކުމަތް
މާތް ﷲ އުފައްދަވާފައިވާ ޚަލްޤުތަކުން އެތަކެތީގެ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ދެޖިންސުގެ ގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރުއާނުގެ ޒާރިއާ ސޫރަތުގެ 49 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ މިފަދައިންނެވެ.﴿وَمِنكُلِّشَيْءٍخَلَقْنَازَوْجَيْنِلَعَلَّكُمْتَذَكَّرُونَ﴾މާނައީ: “ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ (އަންހެން ފިރިހެން) ދޭތި އުފެއްދެވީމެވެ. އެއީ ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.”
T ކައިވެންޏަކީ އެންމެހާ ފާޙިޝް ޢަމަލުތަކުން ދުރުހެލިކޮށްދޭ ހަތިޔާރެކެވެ.
ޖިންސީ އެދުމަކީ އެއްމެ ވަރުގަދަ އަދި އިންސާނުން އެކަމަށް ކެއްތެރިވާން އެންމެ އުނދަގޫ އެއްކަމެވެ. އަބަދުވެސް އިންސާނާއަށް މަޖުބޫރު ކުރާނީ އެކަން ފުރިހަމަ ކުރުމުގެ މަގެއް ހޯދުމަށެވެ.އެފަދަ މަގެއް ނުފެނިއްޖެނަމަ ގިނަމީހުން ހަމަނުޖެހޭ ގޮތްވެދެެއެވެ. އަދި ނުބައިމަގުވެސް އިޚްތިޔާރު ކުރެއެވެ. މިފަދަ އެެދުންތައްެ ރަނގަޅު ގޮތުގައި ފުރިހަމަކޮށް ނަފްސަށް ހަމަޖެހުމެއް ހޯދުމަށް އިސްލާމްދީން ކައިވެނި ހުއްދަ ކުރެއްވިއެވެ. އަދި މާތް ﷲ ވަނީ ޒިނޭއާއި ކައިރިނުވުމަށާއި އަދި ޒެނޭއާއި ކައިރިވެވޭފަދަ އެންމެހާ ޢަމަލުތަކުން ދުރުހެލިވެތިބުމަށް ޢަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلاَتَقْرَبُواْالزِّنَىإِنَّهُكَانَفَاحِشَةًوَسَاءسَبِيلاً﴾[3]މާނައީ: “އަދި ތިޔަބައިމީހުން ޒިނޭއާއި ކައިރިނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައިވެގެން ވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.﴿قُلْلِّلْمُؤْمِنِينَيَغُضُّواْمِنْأَبْصَارِهِمْوَيَحْفَظُواْفُرُوجَهُمْذٰلِكَأَزْكَىٰلَهُمْإِنَّٱللَّهَخَبِيرٌبِمَايَصْنَعُونَ﴾[4]މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.”
އިސްވެދިޔަ އާޔަތްތަކުގައިއަންގަވާފައިވާފަދައިން ޢަމަލުކުރާނޭމަގު މާތްﷲ ވަނީ ދައްކަވައިދެއްވާފައެވެ. އާދޭހެވެ. އިންސާނާ ހެއްދެވި ރަސްކަލާނގެ އޭނާގެ ތަބީޢަތުގައި ޝަހުވަތްތެރިކަން ލެއްވިފަދައިން އެކަންފުއްދާނޭ މަގުވެސް ވަނީ އަންގަވާދެއްވާފައެވެ. މިކަމަށްޓަކައި ކަނޑައަޅުއްވާފައިވާ ހަމައެކަނި މަގަކީ ކައިވެންޏެވެ. މުޖުތަމަޢަށް ގެއްލުމެއްނުދީ މީހަކަށް އޭނާގެ ޖިންސީ ހަކަތަތައް ބޭރަށް ނެރެވެން އޮތީ މިމަގުންނެވެ. ޖިންސީ އެދުންތައް ޙާޞިލު ކުރެވެންއޮތީ މިވަޞީލަތުންނެވެ. އަންހެނަކާއި ފިރިހެނަކު ގުޅުވައިދޭ ފިޠުރީ މަގަކީ ވެސް މިއީއެވެ. ދެމީހުން ބައްދަލުކޮށްދޭ ޠަބީޢީ ތަނަކީވެސް ކައިވެންޏެވެ. އެދެމީހުންނަށް ނަފްސީ އަދި ޙިއްޞީ އަރާމު ލިއްބައިދެނީވެސް ހަމަ ކައިވެންޏެވެ. ދެމީހުންގެ ގުޅުންތައް ބަދަހިކޮށްދޭ އިޖުތިމާޢީ ވަޞީލަތަކީވެސް ކައިވެންޏެވެ.ފަހެ، ޖިންސީ ޣަރީޒާތައް ފުއްދުމަށްޓަކައިކައިވެނީގެ މަގު އިޚްތިޔާރު ކުރުން ލައްވާފައިވަނީ ތިމާގެ ޢިއްފަތްތެރިކަމާއި، އިންސާނީ މުޖުތަމަޢު ފަސާދައާއި ނުބައިކަމުގެ ތެރެއަށް ވެއްޓިގެން ދިޔުމުން ސަލާމް ކުރުމުގެގޮތުންނެވެ. ރަނގަޅު ޖައްވަކާއި ވެއްޓެއް އަދި އިންސާނީ ކާއިނާތު އުފެދި ބޮޑުވުމަށް ރަނގަޅު ބިމެއް ހޯދައި ދިނުމުގެ މަސައްކަތާއި ގެރެންޓީ ދިނުމަށްޓަކައެވެ.މާތް ﷲ ޥަޙީކުރަށްވާފައިވެއެވެ. ﴿وَمِنْآيَاتِهِأَنْخَلَقَلَكُممِّنْأَنفُسِكُمْأَزْوَاجاًلِّتَسْكُنُوۤاْإِلَيْهَاوَجَعَلَبَيْنَكُممَّوَدَّةًوَرَحْمَةًإِنَّفِىذٰلِكَلَآيَاتٍلِّقَوْمٍيَتَفَكَّرُونَ﴾[5]މާނައީ:ތިޔަބައި މީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިންހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން މިކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ހެކިތަކެށް ވާކަން ކަށަވަރެވެ.”
ހަމައެފަދައިން ކީރިތި ރަސޫލާގެ ޙަދީޘެއްގައިވެއެވެ.”عَنْأَبِيالزُّبَيْرِقَالَقَالَجَابِرٌسَمِعْتُالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَيَقُولُإِذَاأَحَدُكُمْأَعْجَبَتْهُالْمَرْأَةُفَوَقَعَتْفِيقَلْبِهِفَلْيَعْمِدْإِلَىامْرَأَتِهِفَلْيُوَاقِعْهَافَإِنَّذَلِكَيَرُدُّمَافِينَفْسِهِ”[6]މާނައީ: ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “އަންހެނަކު ރީތިވެގެން ތިމާގެ ހިތުގައި އަށަގެންފިނަމަ، ތިމާގެ އަމިއްލަ އަނބިމީހަގެ ގާތަށް އައިސް އެނދުދާން ކުރާހުށިކަމެވެ. އޭރުން އޭނާގެ ހިތުގައިވާ ކަންތައް ފިލައިގެން ހިނގައިދާނެއެވެ.”
އަޅުގަނޑުމެން އެންމެބޮޑަށް ހަނދާންބަހައްޓަންވީކަމަކީ، ޒިނޭއަކީ ބޮޑެތިފާފައިގެ ތެރޭގައި ހިމެނޭ މުޑުދާރު ޢަމަލަކަށް ވުމާއެކު، ބައްޕަޔަކު ނޭންގޭގޮތުގައި އިންސާނަކު އުފަންވުމަކީ އިންސާނިއްޔަތަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އަބުރުނެތް ދަރިންތަކަކުން އިންސާނީ މުޖުތަމަޢުގެ ހަމަހިމޭންކަން ގެއްލި ފަސާދަވެ ދިޔުމީ ވަރަށް ގާތުގައިވާ ކަމެކެވެ. އިސްލާމްދީން މަސައްކަތްކުރަނީ މާއްދީ އެދުންތަކަށް ނުހެއްލޭ އިންސާނުންތަކެއް ބިނާކުރުމަށެވެ. އަދި މާތް ﷲ، މީސްތަކުން އެފިޠުރަތެއްގެ މަތީގައި އުފައްދަވާފައިވާ ފިޠުރަތާއި އެއްގޮތްވާ ގޮތުގެމަތިން ދުނިޔޭގައި އުޅުމެވެ.
T ކައިވެންޏަކީ ދަރިން ވިހެއުމަށް އެންމެ ރަނގަޅު ވަޞީލަތެވެ. އަދި ހެޔޮގޮތުގައި ނަސްލު ގިނަކޮށް ނަސަބު ރައްކާތެރިކޮށްދޭ އެންމެ ރަނގަޅު ވަޞީލަތެވެ. އެއީ އިސްލާމީ މުޖުތަމަޢުގައި ރަނގަޅު ޞާލިހު އަދި ތަހުޒީބު ނަސްލެއް ދެމިއޮތުމަށާއިއިންސާނީ ނަސްލު ޝަރުޢީ ހަމަތަކާއެއްގޮތަށް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައެވެ.
T ކައިވެނީގެ ސަބަބުން މައިވަންތަކަމާއި ބަފައިވަންތަކަމުގެ ލޯބި ދަރިފުޅާމެދު އުފެދި އެއްބަޔަކު އަނެއްބަޔަކަށް ރަޙުމްކޮށް އޯގާތެރިވެ އުޅެއެވެ. މިއޯގާވެރިކަމާ ނުލައި އިންސާނިއްޔަތުކަން ފުރިހަމަ ނުވާނެއެވެ.
T ކައިވެނީގެ ސަބަބުން އިންސާނާގެ ފިކުރުތަކާއި ޝުޢޫރުތަކަށް ބަދަލު އާދެއެވެ. އަދި ދަރިން ލިބި އެކުދީން ބަލާބޮޑު ކުރުމުގެ މަސްއޫލިއްޔަތު އުފުލާން ޖެހުމުން އެކުދީންނަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިންސާނާ މުރާލިވެއެވެ.
T ކައިވެނީގެ ސަބަބުން ގޭތެރޭގެ ކަންތައްތައް ބެހި ވަކިނިޒާމެއްގެ ދަށުން ދެމަފިރިން އެމީހުންގެ މަސައްކަތްތަކުގައި މަސްޣޫލުވެދެއެވެ.
ދަރީން ލިބިޢާއިލާތައް ގުޅި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީ އުޅުމުން ކަންތައްތައް ފަސޭހައިން ޙައްލުވެއެވެ. އަދި އޭގެ ސަބަބުން އެކުވެރި މުޖުތަމަޢެއް އުފެދޭނެއެވެ.