އިސްލާމީ އުންމަތުގެ ލޯބިލިބިފައިވާ އިލްމްވެރިއެއް

 އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް އަދި ހަމަ އެހެންމެ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ މެދުގައިވެސް ފާހަގަކުރެވޭ އެބޭފުޅެއްގެ ކިޔެވުން އަޑުއަހަން ގިނަ ބަޔަކު ބޭނުންވާ އެއް އަޑަކީ ޝައިޚް ސުރައިމްގެ އަޑެވެ. ޤުރުއާން ކިޔެވުމުގައި  އަޑުއަހާ މީހުން ސައުގުވެރިކަން އުފެދޭފަދަ ފުރިހަމަ އަޑެއްގެ ވެރިއެކެވެ. އިސްލާމީ އުންމަތުގެ ބޮޑު އިލްމްވެރިއެކެވެ. ސައުދު ބިން އިބްރާހިމް ބިން މުހައްމަދު އަލް ޝުރައިމް  ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 19 ޖެނުއަރީ 1964 ވަނަ ދުވަހުއެވެ. އަދި ސައުދު އައް ޝުރައިމް އަކީ އައް މަސްޖިދުލް ހަރާމްގެ އިމާމެކެވެ. ހަމަ އެހެންމެ ހަތީބެކެވެ. ސުރައިމް އަކީ އުމްލްގުރާ ޔުނިވަރސިޓީގެ ޝަރިއާ އަދި އިސްލާމިކް ސްޓަޑީސްގެ ޕުރޮފެސާރއެކެވެ. އަދި ފަހުން ފެކަލްޓީގެ ޑީން އަކަށް ބަދަލުވެ ފިޤްހު އިލްމަށް  ޚާއްޞަ ޕުރޮފެސަރަކަށް ބަދަލުވިއެވެ.

ޝައިޚް ސުރައިމް އަކީ ފިޤުހު އިލްމުގެ ދާއިރާއިން ތަފާތު ދިރާސާތަށްކޮށް ފިޤްހު އިލްމުގެ ދާއިރާގައި ފާހަގަކުރެވޭ ބޮޑު އިލްމްވެރިއެކެވެ. އިސްލާމްދީނާއި ބެހޭ ގޮތުން ލިޔުއްވާ ލިޔުންތެރިއެކެވެ. މިގޮތުން އަޤީދާގެ ފޮތްތަކާއި ފިޤްހު، އަރަބި ޅެން ލިޔުއްވިއެވެ. އަދި ސުރައިމް މުޅި ދުނިޔެއަށް މަޝްހޫރުވެފައިވަނީ ހަމައެކަނި މި ރޮނގުތަކަކުންނެއް ނޫނެވެ. އެ ބޭފުޅާ ޤުރުއާން ކިޔެވުމުގައި ގެންގުޅުއްވާ ރިވެތި އުސޫލުތަކާއި އަޑު ގެންގުޅޭގޮތާއި ތަޖުވީދުގެ ފުރިހަމަކެމެވެ. އެބޭފުޅާގެ ކިޔެވުންތަށް ދުނިޔެއަށް މަޝްހޫރުވެ އެބަލައިގަނެފައި ވާވަރަކީ ބައިނަލް އަޤުވާމީ ފެންވަރުގައި އެންމެ ގިނައިން ބޭނުންކުރެވޭ އެއް ޤުރުއާން ސީޑީއަކީ ނުވަތަ ކިޔެވުމަކީ ސުރައިމްގެ ކިޔެވުންކަމެވެ.

ޝައިޚް އެންމެ ބޮޑަށް މީހުންނަށް ފާހަގަވާންފެށީ ރޯދަމަހު މައްކާގައި އިމާމްވެ ތަރާވީސް ނަމާދުކުރަށްވަން ފެއްޓެވި ހިސާބުންނެވެ. އެއީ 1991 ވަނަ އަހަރާއި ހިސާބެވެ. ޚާއްޞަކޮށް އެ ބޭފުޅާގެ ކިޔެވުން ރީތިވެ ތަޖްވީދުމަގުވެސް އެހާމެ ފުރިހަމައެވެ. ޑރ.ޝުރައިމް އަށް ސައުދީ ޝާހީ އަމީރު ނަޔެފް ބިން އަބްދުލް އަޒީޒްގެ ކަށު ނަމާދު އިމާމްވެ ކުރުމުގެ ފުރުސަތުވެސް 17 ޖޫން 2012 ވަނަ ދުވަހު ލިބި ވަޑައިގެންނެވިއެވެ.

ޝުރައިމް ތަޢުލީމީ ހަޔާތް ފަށާފައިވަނީ އަރީން އެލެމެންޓްރީ ސްކޫލްއިންނެވެ. އެއަށް ފަހު ސާނަވީ ތަޢުލީމް އުގެނިވަޑައިގެންނެވުމަށް އަލްޔަރމޫކް ނޯރތް ހައި ސްކޫލާއި ގުޅިވަޑައިގެތެވެ. އަދި ހަމަ އެހެންމެ ސާނަވީ ތަޢުލީމުގެ ފަހު އަހަރު ޝުރައިމް ހާފިޒަކަށް ވެ ވަޑައިގެތެވެ. ޝުރައިމް ސާނަވީ ނިންމެވީ 1983 ވަނަ އަހަރުއެވެ. ސާނަވީ ތައުލީމްގެ މަރުހަލާ ނިންމުމަށްފަހު ޝުރައިމް އިމާމް މުޙައްމަދު ބިން ސޫއޫދު އިސްލާމިކް ޔުނިވަރސިޓީއިން 1988 ވަނަ އަހަރު ކިޔަވާ ވިދާޅުވުން ނިންމަވާލެއްވިއެވެ. އަދި އެއަށް ފަހު 1992 ވަނަ އަހަރު މާސްޓާރސް ޑިގްރީ ހާސިލްކުރެއްވިއެވެ.  ދެން އެއަށް ފަހު މައްކާގެ އުމުލް ޤުރާ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާސިލްކުރެއްވިއެވެ.

ޝުރައިމް 1991 ވަނައަހަރު މަސްޖިދުލް ހަރާމްގެ އިމާމަކަށް އަދި ހަތީބަކަށް ފަހުދު ރަސްގެފާނުގެ އެންގުމަށް ހަމަޖެއްސުނެވެ. އަދި 1992 ވަނައަހަރު މައްކާގެ ހައިކޯރޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި ޝުރައިމް އަކީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގެ ޕްރެފެސާރއެކެވެ.. އެއީ 1995 ވަނަ އަހަރެވެ. އަދި އެބޭފުޅާއަކީ ސަރިއާ އަދި އިސްލާމިކް ސްޓަޑީސްގެ ޑީންއެވެ. އަދި އެބޭފުޅާ އަށް ފިޤްހު އިލްމްގެ ހާއްސަ ޕްރޮފެސާރއެއްގެ މަޤާމްވެސް ލިބިވަޑައިގެންވިއެވެ.

ޝައިޚް ޝުރައިމް 1992 ވަނަ އަހަރު ކައިވެނިފުޅު ބައްލަވައިގެން 2 ފިރެހެން ބޭފުޅުންނާއި އެއް އަންހެން ބޭފުޅަކު ލިބި ވަޑައިގަތެވެ. ޝުރައިމް އާއި ޝުރައިމްގެ ކާމިޔާބީގައި ޝުރައިމްގެ އަނބިކަނބަލުންނާއި ބެހޭގޮތުން ސައުދީ ނޫހަކުން ކުރި ސުވާލެއްގެ ޖަވާބުގައި ޝުރައިމް ވިދާޅުވަނީ އަނބިކަބަލުންނާ ބެހޭގޮތުން އެއްޗެއް ވިދާޅުވުމުގެ ކުރިން ލޮބުވެތި މައިކަނބަލުންގެ ވާހަކައެވެ. އެބޭފުޅާ ދުވަހަކުވެސް މައިކަނބަލުން ދެއްވި ލޮއެއްބާއި އަޅާލުން ހަނދުމަ ނުނެތޭނެ ކަމަށެވެ. ތުއްތު ދުވަސްވަރުން ފަށައިގެން ޒުވާންދައުރުވެސް ވަރަށް ރަނގަޅަށް ލޮއެއްބާއި އޯގާތެރިކަމާއި އެކު އަޅާލެއްވިއެވެ. އަދި މައިކަނބަލުންނަށް ރަޙްމަތްލެއްވުމަށް ދުވާކުރަށްވައެވެ. އަނބިކަނބަލުން އެބޭފުޅާއަށް ހެޔޮގޮތުގައި ސާބިތުވެ ހުރުމުގައި އެހީތެރިވެ ވަޑައި ގަންނަވާކަމާއި އެކަމަނާ ހެޔޮ މަގުގައި ސާބިތު ކޮށްދެއްވުމަށް އެދި ދުވާކުރަށްވައެވެ. މާތް ﷲ އަޅުގަނޑުމެން އިސްލާމީ އުންމަތުގައި އެތައް ބައެއްގެ ލޯބި ލިބިފައިވާ ޝައިޚް ޝުރައިމް އަށް ހެޔޮ ރަހްމަތްލައްވާ ހެޔޮމަގުގައި ސާބިތިކުރަށްވާށި.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދިވެސް އަކުރަކީ ކޮބާ؟

Next Article

ދަރިޔަކު ލިބުމުން ކިޔާ ތަހުނިޔާ

Related Posts