Categories
ހުރިހާ ލިޔުންތައް

ދަރިޔަކު ލިބުމުން ކިޔާ ތަހުނިޔާ

ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ

“باَرَكَ اللهُ لَكَ فِيْ الْمَوْهُوْبِ لَكَ, وَشَكَرْتَ الْوَاهِبَ, وَبَلَغَ أَشُدَّهُ, وَرُزِقْتَ بِرَّهُ”

“ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ( އެދަރިފުޅު ތިބާއަށް) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ. އަދި އެކުއްޖާ ޒުވާންއުމުރާ ހަމައަށް ފޯރާހުށިއެވެ! އަދި އެކުއްޖާ ހެޔޮކޮށްހިތުމުގެ ތައުފީޤު ތިބާއަށް ދެވޭހުށިއެވެ!”

ދަރިފުޅު ލިބުނު މީހާ އޭނާއަށް ތަހުނިޔާ ކީ މީހާއަށް ދޭންވީ ޖަވާބު“باَرَكَ اللهُ لَكَ وَباَرَكَ عَلَيْكَ, وَجَزَاكَ اللهُ خَيْرًا, وَرَزَقَكَ اللهُ مِثْلَهُ, وَأَجْزَلَ ثَوَابَكَ”

“މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ތިބާގެ މައްޗަށް ބަރަކާތްލައްވާށިއެވެ! އަދި މާތްﷲ ތިބާއަށް ހެޔޮޖަޒާދެއްވާށިއެވެ! އަދި މާތްﷲ ތިބާއަށްވެސް އެފަދަ ދަރިއަކު ދެއްވާށިއެވެ! އަދި ތިބާގެ ޘަވާބު ގިނަކޮށްދެއްވާށިއެވެ!”

މަރާޖިޢު
الأذكار للنّووي
صحيح الأذكار للنّووي لسليم الهلالي

ހިޔާލު ފާޅު ކުރަށްވާ

އީމެއިލް އާންމު ނުކުރެވޭނެ ފުރަން ޖެހޭ ބައިތައް ފާހަގަ ކުރެވިފައި