ޢީސާ ޢަލައިހިއްސަލާމާ ބިމަށް ފައިބައިވަޑައިގަތުން 4

ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވުން
ﷲ ސުބުޙާނަހޫ ވަތަޢާލާ އާލު އިމުރާނުގެ 54 ވަނަ އާޔަތާއި 55 ވަނަ އާޔަތުގައި ބަސްފުޅު ޥަޙީކުރައްވައެވެ.
وَمَكَرُ‌وا وَمَكَرَ‌ اللَّـهُ ۖ وَاللَّـهُ خَيْرُ‌ الْمَاكِرِ‌ينَ ﴿٥٤﴾ إِذْ قَالَ اللَّـهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَ‌افِعُكَ إِلَيَّ .وَمُطَهِّرُ‌كَ مِنَ الَّذِينَ كَفَرُ‌وا…
މާނައިގެ ތަރުޖަމާޢީ: ފަހެ ކާފަރުންތައް އެބައިމީހުންގެ ނުބައިރޭވުންތައް ރޭވިއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާވެސް ރޭއްވެވިއެވެ. އަދި އެންމެ މޮޅަށް ރޭވުންތައް . ރާވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބަސްވަޙީކުރެއްވި ހިނދު( ހަނދުމަ ކުރާހުށިކަމެވެ). އޭ ޢީސާއެވެ. ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނު ގެންނަވައި އަދި ތިމަންއިލާހުގެ ޙަޟްރަތަށް އުފުއްލަވާހުށީމެވެ. އަދި ކާފަރުވީ މީސްތަކުންގެ ކިބައިން ކަލޭގެފާނު ތާހިރުކުރައްވާހުށީމެވެ. (އެބަހީ އެބައިމީހުން އެކަލޭގެފާނާ މެދު ބުނި ނުބައިބަހުގެ ކިބައިން ބަރީއަކުރައްވާހުށީމެވެ.) އަދި ކަލޭގެފާނަށް ތަބަޢަވާމީހުންނަކީ ކާފަރުތަކުންނަށްވުރެ މަތީގައިވާ ބަޔެއްކަމުގައި ލައްވާހުށީމެވެ. އެއީ ޤިޔާމަތާއި ޖެހެންދެނެވެ.
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْ‌يَمَ رَ‌سُولَ اللَّـهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا ﴿١٥٧﴾ بَل رَّ‌فَعَهُ اللَّـهُ إِلَيْهِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٥٨﴾ وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴿١٥٩﴾ އަދި އެބައިމީޙުން (ފޮނިކެނޑުމުގެ ގޮތުން ބުނި) ބަހުގެ ސަބަބުންނެވެ. އެއީ “ތިމަންނާމެން މަރިޔަމްގެފާނުންގެ ދަރިކަލުން ﷲ ގެ ރަސޫލާ ޤަތުލުކޮށްފީމުއެވެ. “ އަދި އެބައިމީހުންނަކަށް އެކަލޭގެފާނު ޤަތުލެއް ނުކުރެވޭމެއެވެ. އަދި ސަލީބަކަށްވެސް ނޭރުވޭމެއެވެ. ނަމަވެސް އެބައިމީހުންނަށް އެހެންމީހަކު އެކަލޭގެފާނުގެ ސިފަޖެއްސުނީއެވެ.( އެބައިމީހުން ގަތުލުކުރީ އެހެންމީހެކެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނާއި މެދުގައި ޚިލާފުވީމީހުން އެއީ އެކަލޭގެފާނުކަމާމެދުގައި ވީ ބޮޑު ޝައްކެއްގައެވެ. އެބައިމީހުންނަށް ހީއަކަށް ތަބާވުން ނޫން އެހެންކަމެއް އެނގިގެން ނުވެއެވެ. އަދި ޔަޤީނުންވެސް ޢީސާ އަލައިހިއްސަލާމް އެބަިއމީހުންނަށް ޤަތުލުނުކުރެވެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލޭގެފާނު އެއިލާހުގެ ޙަޟްރަތަށް އުފުއްލަވާފައެވެ. އަދި ﷲ ތަބާރަކަވަތަޢާލާއަކީ ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ. އަދި އަހުލުކިތާބީންނަށް (ޔަހޫދީންނާއި ނަޞާރާއިންނަށް އެކަލޭގެފާނު ނުވަތަ އެބައިމީހުންގެ މަރު) އަވަހާރަވުމުގެ ކުރިން (އެކަލޭގެފާނަކީ ހަމައެކަނީ ﷲ ގެ ރަސޫލާއަދި އިންސާނެއްކަމަށް) ތަބާވުން ނޫން ގޮތެއް ނެތެއެވެ. އަދި ޤިޔާމަތްދުވަހުން އެކަލޭގެފާނު އެބައިމީހުންގެ މައްޗަށް ހެކިވެރިޔެއްކަމުގައި ވުމަށްޓަކައެވެ.
އާދެ ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އެއިލާހު ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެއްވި ކަމަށް އެއިލާހުގެ ފޮތުގައި ޚަބަރުދެއްވާފައެވެ. އަދި ޢީސާ ޢަލައިހިއްސަލާމަށް ގެއްލުންދޭން އުޅުނު މީހުންގެ ކިބައިން އެއިލާހު އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ. އެއީ ޔަހޫދީންނެވެ. އެބައިމީހުން އެޒަމާނުގެ ކާފަރު ގަވަރުނަރަށް އެކަލޭގެފާނާ ބެހޭގޮތުން ޚަބަރުދިނެވެ.
ދެން އެގަވަރުނަރު އެކަލޭގެފާނު ސަލީބަށް އެރުވުމުގެ އަމުރުނެރުނެވެ. އަދި ބައިތުލްމަޤުދިސްގައިވާ ގެޔެއްގައި އެކަލޭގެފާނު ވަނިކޮށް އެބައިމީހުން އެގެވަށާލިއެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ވަނުމުން އެކަލޭގެފާނުގެ ޙަވާރިއްޔާ ބޭކަލުންގެ ތެރެއިން ޒުވާން ބޭކަލަކު އެކަލޭގެފާނުގެ ސިފައެބައިމީހުންނަށް ފެންނާނެ ފަދައިން ސިފަ ޖެއްސެވިއެވެ. އަދި ޢީސާ ޢަލައިހިއްސަލާމް އެގޭ ކުޑަދޮރަކުން ގޭތެރޭގައި ތިބި މީސްތަކުން ބަލަންތިއްބައި އުފުއްލަވައިފިއެވެ.
ދެން ސިފައިނުން އައިސް ޢީސާ ޢަލައިހިއްސަލާމާއި ވައްތަރުވެގެންވާ ޒުވާނާ ހައްޔަރުކޮށް އެޒުވާނާ ސަލީބަށް އަރުވައި ބޮލުގައި އެކަލޭގެފާނު ދަށްކޮށްލުމަށްޓަކައި ކަށިނަރު އަޅުވައި ހެދިއެވެ. ގިނަ ނަޞާރާއިންނަކަށް ޢީސާ ޢަލައިއްސަލާމަށް ވީގޮތެއް ނުފެނެތެވެ. އަދި އެބައިމީހުން ޢީސާ ޢަލައިއްސަލާމް ސަލީބަށް އެރުވުމާއި ބެހޭގޮތުން ޔަހޫދީން ދިން ޚަބަރު ގަބޫލުކުރީއެވެ. އަދި އެކަމުގެ ސަބަބުން އެބައިމީޙުން އެޔަށްވުރެ ބޮޑަށް މަގުފުރެދިގެން ދިޔައެވެ. ނަމަވެސް މަތިވެރިވެވޮޑިގެންވާ ހުސްތާހިރުވަންތަ އެއިލާހާ ޝަރީކެއްނުވާ އިލާހު ވަޙީކުރެއްވިއެވެ.

وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ
އަދި އަހުލުކިތާބީންނަށް (ޔަހޫދީންނާއި ނަޞާރާއިންނަށް އެކަލޭގެފާނު ނުވަތަ އެބައިމީހުންގެ މަރު) އަވަހާރަވުމުގެ ކުރިން (އެކަލޭގެފާނަކީ ހަމައެކަނި ﷲ ގެ ރަސޫލާއަދި އިންސާނެއްކަމަށް) ތަބާވުން ނޫން ގޮތެއް ނެތެއެވެ.

އެއީ އެކަލޭގެފާނު ފަހު ޒަމާނުގައި ދުނިޔެއަށް ފައިބައިވަޑައިގެން ޤިޔާމަތްވުމުގެ ކުރިން އޫރުތައް މަރައި ޞަލީބުތައް މުގުރައި އަދި ޖިޒުޔަ ނައްތާލައްވާނެއެވެ. އަދި އިސްލާމްދީން ނޫން އެހެންދީނެއް އެއްވެސް ބަޔެއްގެ ކިބައިން އެކަލޭގެފާނު ޤަބޫލެއްނުކުރައްވާނެއެވެ.

ނުނިމޭ
ދެން އަންނަ ބަޔެއްގައި
އެކަލޭގެފާނު ބިމަށް ފައިބައިވަޑައިގަތުމާއި ބެހޭ ތަފުސީލު

ކުރީގެ ބައިތައް

ޢީސާ ޢަލައިހިއްސަލާމް ފައިބައިވަޑައިގަތުން 1

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 2 ވަނަ ބައި

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 3

ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވުން
އަސްލު ލިޔުއްވީ ޑރ.މުޙައްމަދު އަރީފީ ވައްފަޤަހުﷲ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކޮންމެ ނެވާއެއް

Next Article

ޚިދުމަތުގެ މީހެއް ކަމުގައި ވާށެވެ!

Related Posts