ރާއްޖެއާ އަޅާބަލާއިރު ދުނިޔޭގެ އެހެން ޤަޢުމުތަކުގައި ވަރިކުރަން މެދުވެރިވާ ސަބަބުތައް:
މިސުރުޚީ ގެ ދަށުން ބަލާލައިފާ ވާނީ ޗައިނާ އާއި ޢިރާން ގައި ވަރި ކުރަން މެދުވެރިވާ ސަބަބުތަކަށެވެ. ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤަޢުމު ކަމުގައިވާ ޗައިނާއަށް ބަލާލާއިރު އެޤަޢުމަކީ ވަރި ވަރަށް މަދު ޤަޢުމެކެވެ. ނަމަވެސް މިހާރަކަށް އައިސް ޗައިނާގައި ދަނީ ވަރި އިތުރުވަމުންނެވެ. އެގޮތުން 2007 ވަނަ އަހަރު ޗައިނާގެ ރެކޯޑްތަކަށް ބަލާއިރު، އޭގެ ކުރީއަހަރަށްވުރެ 20އިންސައްތަ ވަރި އިތުރަށް ކުރެވިފައިވެއެވެ. މިގޮތަށް މިހާބޮޑު ޢަދަދަކަށްވަރި އިތުރުވެފައިވަނީ, 2005 ވަނައަހަރުން ފެށިގެން ސަރުކާރުން އަލަށްއެކުލަވާލި ޤަވާޢިދުތައް ބުނާގޮތުން އެއްދުވަހުން ވަރި ސާބިތުކުރުމުގެހުރިހާ ކަމެއް ނިމިގެންދާތީކަމުގައި ބައެއް ފަރާތްތަކުންހާމަކޮށްފައިވެއެވެ.
އިޖްތިމާޢީ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި ޗައިނާ ސަރުކާރުން ގެންގުޅެމުން އަންނަ ކޮންމެ ޢާއިލާއަކުންއެއްކުއްޖަކު ހޯދުމަށް ބާރުއަޅާ ސިޔާސަތުގެ ސަބަބުން, ޢާއިލާތަކުން ޢާޢިލީގުޅުން ބަދަހިކުރުމަށާއި ޢާއިލާ ގުޅުން ދެމެހެއްޓުމަށް ހުރަސްތައްކުރިމަތިވަމުން ދިއުމަކީވެސް, ޢާއިލާތައް ރޫޅިގެން ދިއުން އިތުރުވާމައްސަލައެއް ކަމަށެވެ.
ޗައިނާގައި ޢާއިލާތަކާ ބެހޭޤަވާޢިދުތައް ކުރިން ބުނާގޮތުން ވަރިވުމުގެ ކުރިން ދެމަފިރިން ހުއްދަހޯދަންޖެހޭ ތަންތަން ގިނަވެފައި އެކަމަށް ހޭދަކުރަންޖެހޭ މުއްދަތުދިގުވުމުން އެކަމަށް ގިނަ މީހުންނަށް އޮންނަނީ ވަގުތު ނުލިބިފައެވެ.
ޗައިނާގެތަފާސް ހިސާބުތައް ދައްކާގޮތުން, 2007 ވަނަ އަހަރު އެޤައުމުގައިކުރެވިފައިވާ ކައިވެނީގެ ޢަދަދުވެސްވަނީ އޭގެ ކުރީ އަހަރަށްވުރެ 12އިންސައްތަ އިތުރުވެފައެވެ. ކައިވެނި ރޫޅެމުންދާ ޢަދަދު މަދުވުމަކީޗައިނާގައި ކައިވެންޏަށް ދެވޭ ސަމާލުކަމާއި އިތުބާރު ކުޑަވެގެން ދިއުންކަމުގައި ޤަބޫލުނުކުރެވޭ ކަމުގައި ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކާ ޙަވާލާދީއެރިޕޯޓުގައި ހާމަކޮށްފައިވެއެވެ.[1]
ހަމަ އެގޮތަށް އިސްލާމީ ޤަޢުމެއްކަމަށްވާ އީރާނަށް ބަލާލާއިރު، މިހާރަކަށް އައިސް އީރާނުގައި ވަރީގެ ނިސްބަތް އިތުރުވެ ކުރިޔަށްވުރެ ބޮޑަށްއާއިލާތައް ރޫޅެމުންދާކަމަށް ރިޕޯޓުތަކުން ދައްކައެވެ.އީރާނުގެ އިޖްތިމާއީތަފާސްހިސާބުތަކާ ހަވާލާދީ ތެހެރާންގައި ޝާއިއުކުރެވުނުރިޕޯޓްގައި ބުނާގޮތުން އީރާނުގައި ކުރެވޭ ކޮންމެ ހަތް ކައިވެންޏެއްގެތެރެއިން އެއް ކައިވެނި ރޫޅެ އެވެ. އަދި ވެރިރަށް ތެހެރާންގައި ކުރެވޭކޮންމެ 3.7 ކައިވެންޏެއްގެ ތެރެއިން އެއް ކައިވެނި ދަނީ ރޫޅެމުންނެވެ.
ނަމަވެސް މިއީ މީގެ 32 ދެއަހަރު ކުރިން އީރާނަށް އިސްލާމީ އިންޤިލާބުއައި ދުވަސްވަރު ވަރީގެ ހާލަތާއި އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ. އީރާނަކީ ކޮންޒަވެޓިވް މުޖްތަމައެކެވެ. އަދި އިސްލާމީޤައުމެއްކަމަށްވާތީ އީރާނުގައި ވެސް ވަރިއާމެދު ދެކެނީ އިސްލާމް ދީނުގައިއޮންނަ ފަދައިން އެއީ ޙަލާލް ކަންތައް ތަކުގެ ތެރެއިން މާތް ﷲ އެންމެނުރުއްސަވާ ކަންތައް ކަމުގައެވެ. ކަންމިހެން އޮތްއިރު އީރާނުގައި ވަރިގިނަވަމުންދަނީ ކީއްވެގެން ހެއްޔެވެ؟ ނޫނީ ވަރި ގިނަވާ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
އީރާނުގެ އިޖްތިމާއީ އިލްމުވެރިން ވިދާޅުވާގޮތުން އެ ގައުމުގައިވަރިގިނަވާ އެތަށް ސަބަބެއް އެބަހުއްޓެވެ. މީގެތެރޭގައި ތައުލީމްހާސިލްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުމާއި އަމިއްލައަށް އާމްދަނީހޯދައިގެން ދިރިއުޅެވޭ ޙާލަތުގައި ތިބި އަންހެނުންގެ ނިސްބަތް ވަރަށްބޮޑަށް އިތުރުވެގެން ދިޔުން ހިމެނެއެވެ. އީރާނުގައި މަތީ ތަޢްލީމްޙާސިލްކުރާ އަންހެނުންގެ ނިސްބަތް މިހާރު ފިރިހެނުންނަށްވުރެ އިތުރެވެ.
އަނެއް ސަބަބަކީ އީރާނުގައި ސިއްރިޔާތުގައި ބަނގުރާ ބުއިމާއި އަދިކައިވެނިން ބޭރުގައި ބަދުއަހުލާގީ އަމަލުތައް ހިންގާ ފިރިހެނުންނާއިއަންހެނުންގެ ނިސްބަތް އިތުރުވުމެވެ. މީގެއިތުރުން އީރާނުގެ ޒުވާން ޖީލު ފިރިހެނުންނާއި އަންހެނުންގެ މެދުގައި ލާދީނީ އުސޫލުތައް ފެތުރި އެމީހުންހުޅަނގުގެ ނާތަހުޒީބު ދިރިއުޅުން ކޮޕީކުރަމުން ގެންދިޔުމަކީ ވެސް މިކަމުގެސަބަބެކެވެ. ހަމައެފަދައިން އީރާނުގައި ވަޒީފާ ނެތް މީހުންގެ ޢަދަދުގިނަވުމާއި ދިރިއުޅުމުގެ ވަސީލަތްތަކުގެ އަގުތައް ބޮޑުވުމަކީ ވެސް މިކަމުގެސަބަބެއް ކަމަށް އީރާނުގެ އިޖްތިމާޢީ ޢިލްމުވެރިންދެކެވަޑައިގަންނަވައެވެ.[2]
ތިރީގައި މިހިމަނާލަނީ ރާއްޖޭގައި ވަރިކުރެވޭ ގޮތްތަކުގެ ތެރެއިން ދެ މިސާލެކެވެ.
މިސާލު1
މަސްބާނަން ގޮސް އުޅެނިކޮށް މާދުރުން ކަނޑުމަތިން ހޯރައެއް ދައްކާލައިފިއެވެ. އެވަގުތު އެހޯރަ ދައްކާފައި ދޯނީގައި ހުރި ހަސަނު އެދޫނި އެއުޅެނީ މަސްއައިނެއް މަތީގައި ކަމަށް ބުނެފިއެވެ. އެވަގުތު އެޔާ ވިއްދާފައި ދޯނީގައި ހުރި އެން އުކާމީހާ އެއީ މަސްއައިނެއް ނޫނޭ ވައިމަތީ ހޯރައެކޭ ބުނެފިއެވެ. އެވަގުތު ހަސަނު އެޔަށްވުރެ ބާރަށް އެއީ މަސްއައިނެކޭ ތިޔަހަރަ ކޯމަސް ފުމެނީއޭ ބުނެ އަޑު ގަދަ ކޮށްލައިފިއެވެ. އެވަގުތު ދޯނީގައި ހުރި އެން އުކާ މީހާ ބުންޏެވެ. ތިޔައީ މަސްއައިނަކަށް ވެއްޖިއްޔާ މަގޭ އަނތްބަކު ނުހުންނާއެވެ. ކަންދިމާކުރި ގޮތުން އެންއުކާ މީހާގެ ބަސްދޮގުވެ ރަށަށް ހައްސަ ބައިގެން ލެފިއިރު އެންއުކާ އަލީ ހުރީ ހުއްސަރިބަޔަށެވެ. ގޭގައި ފިރިމީހާގެ އިންތިޒާރުގައި ހުރި އައިމިނައަށް ހުއްސަރިބައިވީ ކަމެއް ރޭކާވެސް ނުލައެވެ.
މިސާލު2
ފާތުމަ ކާން ހަދައިގެން އާދަނުގެ އިންތިޒާރުގައި ހުއްޓެވެ. އާދަނަކީ ބުރަ މަސައްކަތްކުރާ ޒުވާނެކެވެ. ލޯބިވެގެން އިންތާ ސާޅީސް ދުވަސްވެސް ނުވެއެވެ. އާދަނު އެންމެ ފަހުން އިން ގުރާފުޅު ވެސް ވަރިކުރީ ޅަގުރަޔެއް އަޑުތުއި ވެފައި ޗަސްޕު ހުންނާނެ ކަމަށް ބަލާފައެވެ. ކޮންމެއަކަސް އާދަނު ކާން އަތުވެއްޖެއެވެ. ބަތްތަށި މޮޑެލީ މޭޒުގައި އެހެރަ ހުރި ހުރިހައި އެއްޗެއް ހަމަކޮށްފައެވެ. ހަމަ ފުރަތަމަ ސުވާ އަނގަޔަށް ލާފައި މޫނު މައްޗަށް ފާޑެއްގެ ވައްތަރެއް ޖައްސާފައި އަނގައިގައި ހުރި ހުރިހައި އެއްޗެއް އުކާލައިފިއެވެ. ލޮނުގަދަ ކަމުންނޯލައެވެ. ދެން އިވުނީ ދަންބެރުގެ ހަތްބެރު ޖެހިހެން އަނބިމީހާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވިތަނެވެ. ނިންމާލީ ޒުވާބު އެކަންޏެއްނޫނެވެ. ހަތްދިހަރުފިޔާގެ ރަނަށް ކުރި ކައިވެނީގެ ގޮށްވެސް “ވަރި” ތަޅުދަނޑިން ހުޅުވާލީއެވެ.[3]
ރާއްޖޭގައިވަރިގިނަވާންމެދުވެރިވާސަބަބުތައް
ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތަކާއި ބެހޭގޮތުން އަޅުގަނޑުމެން ކުރި ސާރވޭގައި ރާއްޖެއަކީ ވަރިގިނަ ޤައުމެއްކަމަށް ފެނޭތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި %100 މީހުން ބުނަނީ ރާއްޖެއަކީ ވަރިގިނަ ޤައުމެއް ކަމަށެވެ. އެގޮތުން މި އެސައިމަންޓުގައި އަޅުގަނޑުމެން ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ގެނެސްފައިވާނީ އަޅުގަނޑުމެން ކުރި ސާރވޭގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ވަރީގެ މައްސަލަ ކުރިމަތިވަނީ ކޮންބައެއްގެ ސަބަބުންތޯ ކުރެވުނު ސާރވޭގައި ވާ ގޮތުން %28 މީހުން ބުނަނީ އަންހެނުންގެ ސަބަބުންނެވެ. އަދި %39 މީހުން ބުނަނި ފިރިހެނުންގެ ސަބަބުންނެވެ. %33 މީހުން ބުނަނީ ވަރީގެ މައްސަލަ ކުރިމަތިވަނީ ދެމީހުންގެ ސަބަބުނަކަމަށެވެ.
[1]www.jazeera.com.mv/posts/view/7900accesse on 5 october 2011
[2]sun.mv/4193accessed on 5 october 2011
[3]www.fanvaith.info6 october 2011
ރާއްޖެއާ އަޅާބަލާއިރު ދުނިޔޭގެ އެހެން ޤަޢުމުތަކުގައި ވަރިކުރަން މެދުވެރިވާ ސަބަބުތައް: