ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)

ފުރާވަރުގެ ޢުމުރުގައި ދޭންޖެހޭ ތަރުބިއްޔަތު:

އަބޫ ނަބީޙް (2004) ގައި ބަޔާނަކުރައްވާފައިވާ ގޮތުގައި ފުރާވަރުގެ ޢުމުރަކީ ބޮޑުވަމުންއަންނަ އިންސާނާގެ ބަހާރު މޫސުމެވެ. ޅަފަތުގެ ދާނުގައި ފިރުކެމުންދާ ކުއްޖާވެސް އުންމިދުތައް ގުޅިފަވާ އުމުރުވެސް މެއެވެ.މި މަރުހަލާއަކީ އިނަސާނީ ބުއްދި މުޅިން ފުރިހަމަ ނުވާ ޢުމުރެއްކަމުން ސީދާމަގުން ކައްސާލުމަށް އެންމެ ފަސޭހަވެސް ޢުމުރެވެ. ހަމަ އެހެންމެ ފުރަވަރުގެ އުމުރުގައި ކުއްޖާ ކަމަކަށް އާދަވެއްޖެ ނަމަ އެކަން މުޅި އމުރަށް އެމިހަކާއެކު ދެމިގެންދާނެ ކަމަށް ބަޔާންކުރައްވާފައި ވެއެވެ.

އައްޝައިޚް މުހައްމަދު ޝަހީމް (2009) ގައި ތަރުބިޔައްޔަތު ކުރުމުގެ ދެވަނަމަރުހަލާގެ ގޮތުގައި ބަޔާންކުރައްވާފައި ވަނީ އެއީ އެކުދިން ބޮޑެތިވަމުން އައިސް ޒުވާންދުވަސްވަރާ ކުރިމަތިލާ އަހަރު ކަމުގައެވެ.ހަމަ އެހެންމެއެއީ ޘާނަވި ތަޢުލީމު ލިބިގަންނަ ޢަހަރުކަމުގައެވެ.  އަދި މިއީ އެންމެ މުހިންމު މަރުހަލާ ކަމުގައެވެ. އެގޮތުން މި މަރުހަލާގައި ދުނިޔެވީ ކަންތައްތަކާއި ދިރިއުޅުމުގައި ފެންނަ މަންޒަރުތަކާމެދު ވިސްނާ ފިކުރުކޮށް ހަދައެވެ. އައްޝައިޚް މުހައްމަދު ޝަހީމް (2009) ގައި ލިޔުއްވާފައިވާގޮތުގައި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅިވާގޮތުގައި މި މަރުހަލާގައި މުހިންމުކަން ދޭންވީ އެކުދިންނަށް ދުނިޔެ އުފެދުނު ގޮތާއި، ދުނިޔޭގެ އެކި ކަންތައްތަކާބެހޭ ގޮތުން އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް، އެކުދިން ހިތްހަމަޖެހޭފަދަ ހަރުދަނާ ޖަވާބެއް ހޯދާދިނުމަށެވެ. ހަމަ އެހެންމެ މި ޢުމުރުފުރާގައި ތަފާތު މިޒާޖުގެ ރަހްމަތްތެރިންނާ ބައްދަލުވެ ރަހްމަތްތެރިންގެ ކިބައިން ނޭދެވޭ ކަންކަން ވަރަށް ފަސޭހައިން ދަސްވާނެއެވެ. އެގޮތުން (އައްޝައިކް އަޙުމަދު ޝަމީރު އަޅުގަނޑު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ކުއްޖާއަށް ކުއްޖާގާތު ރަނގަޅު އެކުވެރިން އިޚްތިޔާރު ކުރުމަށް މާއިންބަފައިން ނަސޭހަތްތެރިވާންޖެހެއެވެ.އެހެނީ އެމިހަކުވާނީ އެމިހެއްގެ އެކުވެރިޔާގެ ދީންމަތީގައި ކަމަށް ޙަދީޘުން ޘާބިތުވާކަމަެވެ..އަދި ނުބައި މަގަކުން ކުއްޖާދާނަމަ ހިތްހެޔޮކަމާއެކު ނަސޭހަތް ދޭންޖެހެއެވެ.މި ޢުމުރަކީ ޝަހުވަތުގެ ރާޅުބާނިތައް އެތެރެ ހަށީގައި ހިނގަން ފަށާއުމުރު ކަމުންކުއްޖާއަށް ޢިއްފަތް ސަލާމަތް ކުރުމަށް ޓަކައި ރޯދަހިފުމަށް އިރުޝާޑު ދިނުން މި އުމުރުގައި ވަރަށް މުހިންމެވެ.އަދި ޙައްސަކޮށް މި އުމުރުގައި މަންމަ ދަރިފުޅާމެދު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަންޖެހެއެވެ.މިހަކު ދެކެ ރުޅިއަޔަސް އަދި ލޯބި ވިޔަސް ލޯބިވާންވާނީ ރުޅި އަންނަންވާނީ ﷲ އަށްޓާކައި ކަމަށް ކުއްޖާއަށް ބުނެދިމުގައި މައިން ބަފައިން އިހުމާލު ވެގެންނުވާނެއެވެ.(29،02،2012) އިންޓަވިއު).

އިސްލާމީ ތަރުބިއްޔަތުގެ ވަސީލަތްތައް:

އައްޝައިޚް މުހައްމަދު ޝަހީމް(2009) ގައި ބަޔާންކޮށްފައިވާ ގޮތުގައި  ކޮންމެ ކަމެއްވެސް އެކަމެއްކުރަން އޮންނަ އެންމެ ރަނގަޅަކަށް އެކަމެއްކުރުމުން އެކަމަކުން އެދެވޭ ނަތިޖާ އެއް ނުކުންނާނެއެވެ. ނޫންނަމަ ތިމާގެ މަޤްޞަދާ ނުގުޅޭ ނަތީޖާއެއް ނުކުމެދާނެއެވެ.  އެހެންނޫންނަމަ އެކަމުން ފަހަރެއްގައި ތިމާގެ މަޤުޞަދާ ނުގުޅޭ ނަތިޖާއެއްވެސް ނުކުމެދާނެއެވެ. މިހެންކަމުން ކޮންމެ މުރައްބީ  އެއްވެސް ތަރުބިއްޔަތު ކުރުމުގައި ގިނަ ވަޞީލަތްތަކެއް ގެންގުޅުން ވަރަށް މުހިންމެވެ. އެގޮތުން މިއަލިއަޅުވާލަނީ  މުހައްމަދު ޝަހީމް (2009) ގައި ބަޔާންކޮށްފައިވާ އިސްލާމި ތަރުބިއްޔަތުދިނުމުގައި ބޭނުންކުރެވިދާނެ ވަސީލަތް ތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކުށްވެރިންގެ ޙައްޤުތަށް މާގިނަ ނުކުރައްވާށެވެ.

Next Article

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 3

Related Posts